Wednesday, June 12, 2024
Thursday, May 9, 2024
ހުއްދައެއްނެތި އަނެކާގެ މައްޗަށް ކަމެއް ނިންމުމުގެ ބާރު
Wednesday, May 1, 2024
މުސްލިމު އަންހެނާގެ ހަށިގަނޑުން ނިވާކުރުން ލާޒިމުވެގެންވާ މިންވަރަކީ ކޮބާ؟
ރައީސް މައުމޫން ދައުރުގައި ޝަރުއީ ނިޒާމް
ޟަރޫރަތްތެރިކަމަކީ މަނާ ކަންކަން ހުއްދަ ކުރާކަމެއް
Saturday, March 23, 2024
އާޚިރަތްދުވަހަކީ ހަމަ ޔަޤީނުންވެސް އަންނާނޭ ދުވަހެއް
މުސްލިމުންގެ ޢަޤީދާއަކީ، އާޚިރަތްދުވަހަކީ ހަމަ ޔަޤީނުންވެސް އަންނާނޭ ދުވަހެއްކަމުގައި ޤަބޫލު ކުރުމެވެ. ދުނިޔެވީ ޙަޔާތުގެ ބޭނުމަކީ ހަމައެކަނި މިދުނިޔޭގެ އުފަލާއި އަރާމު ޙާޞިލުކުރުން ކަމުގައި ދެކިގެން މަސައްކަތްކުރުމީ، ތިމާ މިދުނިޔެއަށް އައި މަޤްޞަދު އޮޅުވާލުމެވެ. ދުނިޔެމަތީގައި ތިމާ ކޮށްފައިވާ ކަންތައްތަކަށް ޖަވާބުދާރީވާންޖެހޭ ދުވަހެއް އަންނާނޭކަން ޤަބޫލު ކުރަންޖެހެއެވެ. އެދުވަހަކީ އާޚިރަތް ދުވަހެއެވެ. އެންމެހައި ޚަލްޤުތަކުން ޢާމަލްތަކުގެ ވެރި ﷲ ގެ ޙަޟްރަތަށް އެއްކުރެވޭ ދުވަހެވެ. އެންމެހައި ސިއްރުތައް ފާޅުކުރެވޭނޭ ދުވަހެވެ. ކީރިތި ޤުރްއާނުގައްޔާއި ރަސޫލުﷲ r ގެ ސުންނަތުގައި ވަރަށް ގިނަފަހަރަށް، ﷲ އަށް އީމާންވުމާއި ވިދިއިގެން އާޚިރަތް ދުވަހަށް އީމާންވުމުގެ ވާހަކަ އައިސްފައިވެއެވެ. އޭގެ ތެރެއިން އެއް ތަނެއްގައި އައިސްފައިވެއެވެ. â يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ إِنَّ زَلْزَلَةَ السَّاعَةِ شَيْءٌ عَظِيمٌ (١)يَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّا أَرْضَعَتْ وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَى النَّاسَ سُكَارَى وَمَا هُمْ بِسُكَارَى وَلَكِنَّ عَذَابَ اللَّهِ شَدِيدٌ (٢) á [الحج 1-2] މާނައީ"އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރި އިލާހަށް ތިޔަބައިމީހުން ބިރުވެތިވާށެވެ! ހަމަކަށަވަރުން ޤިޔާމަތް ދުވަހުގެ ބިންހެލުމަކީ ބޮޑުވެގެންވާ ކަމެކެވެ. ތިޔަބަމީހުންނަށް އެ ދުވަހުގެ ޒަލްޒަލާ ފެންނަ ހިނދު، ކިރުމައިން އެބައިމީހުން ކިރުދޭ ދަރިންގެމަތިން ހަނދުމަނެތި، އަދި މާބަނޑު އަންހެނުން އެބައިމީހުންގެ ބަނޑުގައި އޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިވާ ބަޔަކުފަދައިން ތިބާ ދެކޭނޫއެވެ. ނަމަވެސް އެބައިމީހުންވާނީ މަސްތުވެފައެއް ނޫނެވެ. އެހެނެއްކަމަކު، ﷲގެ ޢަޛާބު ގަދަފަދައީއެވެ."
އާޚިރަތް ދުވަހަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެކެވެ. އެހެންކަމުން މިދުވަހަށް އީމާންނުވާ މީހެއްގެ ދީން ފުރިހަމައެއް ނުވާނެއެވެ. އާޚިރަތް ދުވަހަށް އީމާންނުވާ ގިނަ މީހުން ދެކޭގޮތުގައި، މީހާ މަރުވުމަށްފަހު އޭނާގެ ކަށިތައް ފީވެ، ބިމުގެ ވެއްޔަށް ބަދަލުވެގެން ދިއުމަށްފަހު، އަލުން އެކަށިތަކަށް ދިރުމެއް އައުމަކީ މުސްތަޙީލު ކަމެކެވެ. އެހެނަސް، ފުރަތަމަ ފަހަރަށް ނެތުމުގެ ތެރެއިން އިންސާނާ ޚަލްޤު ކުރެވިގެން އައިގޮތާ މެދު ވިސްނާލައިފިނަމަ، އަލުން ދިރުވުމަކީ ވެދާނޭ ކަމެއްކަމުގައި ޤަބޫލު ކުރަންޖެހެއެވެ.
މަކައްކާ މުޝްރިކުންގެ ތެރެއިން މީހަކު، ރަސޫލާ r ކުރިފުޅުމައްޗަށް އައިސް، ފީވެފައިވާ އިންސާނެއްގެ ކަށި ކަނޑެއް، އޭނާގެ އަތުން ފުޑުފުޑު ކޮށްލުމަފަހު، ފޮމެލާގައި ވައިގެ ތެރެއަށް ބުރައްސާލަމުން ބުންޏެވެ. ކަލޭގެފާނު ތިޔަ ވިދާޅުވަނީ، މިކަށިތައް މިގޮތަށް ފީވެ ވެއްޔަށްވެ ނިމި ދިއުމަށްފަހު އަލުން މިއަށް ދިރުން އަންނާނޭކަމަށްތޯއެވެ؟ ޖަވާބުގައި އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. އާނއެކެވެ. އަދި ކަލޭވެސް ﷲދިރުއްވާނެތެވެ. އަދި ނަރަކަޔަށް ވައްދަވާނެތެވެ. މިޙާދިޘާއާ ގުޅިގެން ޔާސީން ސޫރަތުގެ މިދެޔާޔަތް ބާވައިލެވުނެވެ. âوَضَرَبَ لَنَا مَثَلا وَنَسِيَ خَلْقَهُ قَالَ مَنْ يُحْيِي الْعِظَامَ وَهِيَ رَمِيمٌ (٧٨)قُلْ يُحْيِيهَا الَّذِي أَنْشَأَهَا أَوَّلَ مَرَّةٍ وَهُوَ بِكُلِّ خَلْقٍ عَلِيمٌ (٧٩)á [يس 78-79] މާނައީ"އިންސާނާ އޭނާ ހެއްދެވުނު ގޮތް ހަނދާން ނައްތާލައި، ތިމަން އިލާހަށް މިސާލެއް ޖެއްސެވެ. އޭނާ ބުންޏެވެ. ކަށިތައް ފީވެ، ހަލާކުވެފައިވަނިކޮށް، އެތަކެތި އަލުން ދިރުވާނީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެކަށިތައް އަލުން ދިރުއްވާނީ ފަރަތަމަ ފަހަރަށް އެކަށިތައް އުފެއްދެވި އިލާހެވެ. އަދި އެކަލޭނގެއީ، އެންމެހައި މަޚްލޫޤުންގެ ކަންތައްތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ." މިޙާދިޘާއާ ގުޅިގެން އަދިވެސް ވަޙީކުރައްވާފައިވެއެވެ.â أَيَحْسَبُ الإنْسَانُ أَلَّنْ نَجْمَعَ عِظَامَهُ (٣)بَلَى قَادِرِينَ عَلَى أَنْ نُسَوِّيَ بَنَانَهُ (٤)á [القيامة 3-4] މާނައީ"އިންސާނާ ހީކުރަނީ، ތިމަންއިލާހު އޭނާގެ ކަށިތައް އެއްނުކުރައްވާނޭ ކަމަށް ހެއްޔެވެ؟ އެހެނަކުންނޫނެވެ. އެ އިންސާނާގެ އިނގިލިތަކުގެ ކުރިތައް ހަމަކުރެއްވުމަށްވެސް، ތިމަންއިލާހު ކުޅަދުންވަންތައެވެ."
މަސްދަރު: ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ، 24 ސެޕްޓެމްބަރ 2010
Saturday, April 15, 2023
ހުރިހާ ފަންނެއްގެ އިލްމު އެއްވެސް މީހަކަށް ލިބިގެންނުވޭ
ބައެއްމީހުންގެ އާދަޔަކީ ތިމާމެންނާ ނުބެހޭ ކަންކަމާއިބެހި ފާޑުކިޔައި ހެދުމެވެ. އެކަންކަމަކީ ތިމާމެންނާ އެއްވެސްގޮތަކުން ގުޅުމެއްނެތް ކަންތައްކަމުގައިވިޔަސް، އެފަދަ މީހުންނަށް ހަމަހިމޭނުން ނުތިބެވެއެވެ. އޭގެ ތެރޭގައި ސިޔާސީކަންކަމާއި، އިޖުތިމާއީ ކަންކަމާއި، އިޤްތިސާދީ ކަންކަމާއި، ދީނީ ކަންކަމާއި، ޝަރުޢީ ދާއިރާގެ ކަންކަމުގެ އިތުރުން ޑޮކްޓަރީ ބޭހުގެ ދާއިރާވެސް ހިމެނެއެވެ.
އެއްވެސް އިންސާނަކީ، ހުރިހާ ފަންނެއްގެ އިލްމު ލިބިގެންވާ މީހެއްނޫންކަން، ސަލާމަތް ބުއްދިހުރި ކޮންމެ މީހަކަށްމެ އެނގޭނެއެވެ. ބައެއް މީހުން މުޅި އުމުރު ހޭދަކުރަނީ އިލްމުގެ ތެރެއިން ކޮންމެވެސް ފަންނެއްގައި ހުރިހާ މައުލޫމާތެއް ލިބޭތޯ މަސައްކަތް ކުރުމުގައެވެ. އުމުރުން އަށްޑިހަ ނުވަތަ ނުވަދިހަ އަހަރުވާއިރުވެސް ހިތްހަމަޖެހޭވަރަކާ ކައިރިއަށްވެސް އެފަންނުގެ މައުލޫމާތު ލިބިފައިނުވާކަމަށް އިލްމުވެރިން ވިދާޅުވެފައިވެއެވެ.
ކަންމިހެން ހުރުމުން އެއްވެސް ފަންނެއްގެ މައުލޫމާތު ލިބިފައިނުވާ އާދައިގެ ބަޔަކު ހުރިހާ ފަންނެއްގެ މައުލޫމާތު ދަންނަކަމަށް ހަދައިގެން، ހިތަށްއެރިހާ ވާހަކަތަކެއް ދެއްކުމަކީ މުސްލިމުންގެ ކިބައިގައި ހުރުން އެކަށީގެންވާ ސިފައެއްނޫނެެވެ. އަދި ކީއްތޯއެވެ. އެއީ އެކަމުގެ ގެއްލުން އެކި ސިފަސިފައިގައި އެކަންތައްކުރާ ބަޔަކަށާއި މުޅި މުޖުތަމައުއަށް ފޯރާނެކަމެކެވެ. މިކަމަށްޓަކައި އެކަން ނަހީކުރައްވައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَٰئِكَ كَانَ عَنْهُ مَسْئُولًا ﴿سورة الإسراء ٣٦﴾ މާނައީ: "އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް، ތިބާ تبع ނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު سؤال ކުރައްވާނެ ކަމެއްކަމުގައިވިއެވެ."
ހަމައެކަނި ނަމާދުކޮށް. ރޯދަހިފައި، ޒަކާތްދީ ހައްޖުވުމަކުން ނުފުދޭނެއެވެ. މިފަރުޟުތަށް އަދާކުރުމާއިއެކު ތިމާމެންގެ ދުލަށްވެސް ރައްކާތެރިވާންޖެހެއެވެ. ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވެއެވެ. من حسن إسلام المرء: تركه ما لا يعنيه (الترمذي) މާނައީ: "މީހާގެ ދީން ފުރިހަމަވެ ރިވެތިވާނީ، އޭނާއާއި ނުބެހޭ ކަންތަކާއި ދުރުހެލިވެ ހުރުމުންނެވެ." އަދިވެސް ހަދީޘް ކުރައްވާފައިވެއެވެ. ومن كان يؤمن بالله واليوم الآخر فليقل خيرا أو ليصمت (ابن ماجة) މާނައީ: އަދި ﷲ އަށާއި އާހިރަތް ދުވަހަށް އީމާންވާމީހާ، ހެޔޮބަސް ބުނާހުށިކަމެވެ. ނުވަތަ ހަނުހުންނަ ހުށިމަވެ.
ތިމާގެ ދުލުން ހިތަށްއެރިހާ އެއްޗެއް ބުނެ ފާޅުކުރުމަކީ، މުއުމިނެއްގެ ކިބައިގައި ހުރުން އެކަށީގެންވާކަމެއް ނޫންކަން އިސްވެދިޔަ އާޔަތުންނާއި ހަދީޘުން ވަރަށް ސާފުކޮށް އެނގެއެވެ. ދީނުގައި ކަންއޮތްގޮތް ކިތަށްމެ ސާފުކަމުގައިވިޔަސް ހިތާމައަކީ އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އެފަދަ މީހުންގެ ދުލުގެ ސަބަބުން އެތަށްބަޔަކަށް އެކަމުގެ ނުބައި އަސަރު ފޯރަމުންދާކަމެވެ. އަދި އެކުވެރިކަމާއި އެއްބައި ވަންތަކަން އެކަމުގެ ސަބަބުން ނުހަނު ގެއްލުންދަނީ ކުރަމުންނެވެ.
Monday, April 3, 2023
ތިބާއީ ނީލަމުގައި އޮތް ފިނިފެންމަލެއްތަ؟
އަންހެން ކަނބަލުން ނީލަންކިޔުން އަދުގެ މުޖްތަމަޢުގައި ގިނަވެއްޖެއެވެ. އަންހެނުން ބާރުވެރި ކުރުމުގެ ނަމުގައެވެ، އިންސާނީ ހައްޤުގެ ނަމުގައެވެ. ތިބާ ހެއްދެވި ފަރާތުން ތިބާއަށް ނުދެއްވާ ބާރެއް ތިބާގެ މަސައްކަތުން ލިބޭނެ ކަމަށް ތިބާއަށް ޤަބޫލު ކުރެވެނީ ހެއްޔެވެ؟ އެހެން ކަމަށް ވާނަމަ ތިބާގެ އަމިއްލަ ނަފްސު ތިބާ އުފެެއްދީހެވެ؟
މިނިވަންކުރުމުގެ ނަމުގައި އަންހެނާ ބަރަހަނާ ކުރަނީ ނޫންތޯއެވެ؟ ހައްޤު ދިނުމުގެ ނަމުގައި ނުހައްޤު ހުތުރު ނަންތަކެއް ދެނީ ނޫންތޯއެވެ؟ ބާރުދިނުމުގެ ނަމުގައި އެކަނބަލުންގެ ހަޤީޤީ ބާރުވެރިކަމުން ބޭރުކުރަނީ ނޫންތޯއެވެ؟ ﷲ ތަޢާލާ އަންހެނާވެސް ދުނިޔެއަށް ފޮނުއްވީ މިނިވަނެއްގެ ގޮތުގައެވެ. އަންހެނާ އަޅާ ހެދުމަކީ ނުވަތަ އޭނާ އިޚްތިޔާރު ކުރާ ގޮތަށް އޭނާގެގޭގައި އޭނާ ޤަރާރުވެ ހުރުމަކީ އަޅުވެތިކަން ކަމުގައި ދެކޭނަމަ މިނިވަންކަމުގެ މާނަ އެބައިމީހުން އެކުރަނީ ކިހިނެއްހެއްޔެވެ؟
ހެޔޮ ޢަމަލުކުރުމުގައި ހީވާގިވެއުޅުން
މަސްދަރު : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ، 17 ސެޕްޓެމްބަރ 2010
Saturday, September 24, 2022
މާތްﷲ އަށް އީމާންވުމުގެ ފޮނިމީރު ކަން
- މާތްﷲ އަށް އީމާންވުމަކީ އެކަލާނގެ ރުބޫބިއްޔަތަށާއި، އުލޫހިއްޔަތަށާއި އަދި އެންމެހައި ޞީފަފުޅުތަކައް ޤަބޫލުކޮށް އީމާންވުމެވެ.
- މާތް ﷲ އަށް އީމާންވުމަކީ ގިނަގުނަ ފައިދާތަކެއް އޭގައި އެކުލެވޭކަމެކެވެ.
- ﷲ އަށް އީމާންވުމަކީ އެކަލާނގެއަށާއި، މަރާއި ކަށްވަޅުގެ ޢަޛާބަށާއި، ޤިޔާމަތުގެ އެންމެހައި ކަންތައްތަކަށް ބިރުވެތިވެ އެކަންކަމަށް ތައްޔާރުވެ ދިރިއުޅުން ބާއްޖަވެރި ކުރެވޭކަމެކެވެ.
- އީމާނުގެ ސަބަބުން ޢަމަލުތައް ޤަބޫލުވެވިގެންދެއެވެ.
- އީމާނުގެ ސަބަބުން މީހާގެ ޢިއްޒަތާއި އަބުރު ރައްކާތެރި ކޮށްދެއެވެ.
- އީމާނުގެ އަހުލުވެރިންނަށް ﷲ އާއި މަލާއިކަތުންގެ މަދަދުވެރިކަން ލިބިގެން ދެއެވެ. އަދި މަލާއިކަތުން ހެޔޮ ރަޙުމަތްލެއްވުން އެދި ދުޢާ ކުރެއެވެ.
- ﷲ އަށް އީމާންވުމުން އިންސާނާއަށް ހިތްހަމަޖެހުން ލިބިގެން ދެއެވެ.
- އީމާނުގެ ސަބަބުން މީހާ ޠާހިރު މީހަކަށްވެ އަދި އެންމެހައި ބަލާއާއި މުޞީބާތްތަކަށް ކެތްތެރިވެވެއެވެ.
- އީމާނުގެ ސަބަބުން ބިމުގައި އަމާންކަންލިބި ޙައްޤުތައް ފުރިހަމައަށް ލިބިގެން ދެއެވެ.
- އީމާނުގެ އަހުލުވެރިން، ﷲ ބިމުގައި ތަމްކީނު ކުރައްވައި ބާރުގަދަ ކުރައްވައެވެ.
- ސުވަރުގެޔާއި ނަރަކައަކީ ޙަޤީގަތެއް ކަން ކަށަވަރުކުރެވި ނަރަކައިން މިންޖުވެ ސުވަރުގެ ޙާޞިލްކުރުމަށް ގަދައަޅައި މަސައްކަތް ކުރެވެއެވެ.
- القرآن الكريم
- القرآن الكريم ގެ ދިވެހި ތަރުޖަމާ 2008މ.
- الإمام البخاري، ޞަޙީޙުލް ބުޚާރީ
- الإمام مسلم، ޞަޙީޙު މުސްލިމް
- ޞާލިޙު ބިން އިބުރާހީމް އަލްބަލީހީ. (1988). عقيدة المسلمين و الرد على الملحدين المبتدعين. (ވޮލިއުމް 1). ތިންވަނަ ޗާޕް.
- އައްޝައިޚު މުޙައްމަދު އިބުރާހީމް. (2002). ކިތާބުއްތައުޙީދު. މާލެ: އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް.
- ޢަބުދުއްރަޙީމް ޢަބުދުލް މަޖީދު. (1999). އިސްލާމްދީނުގެ މައިގަނޑު ޢަޤީދާތަކާއި އުޞޫލުތައް. މާލެ: އަސްރަފީ ޕަބްލިކޭޝަން.
- އައްޝައިޚު ޢަލީނަޖީބު. (2012). ﷲ އަށް ބިރުވެތިވުން. މާލެ: ދަގަތަ ޕަބްލިޝާރސް.
- މުޙައްމަދު މުޖުތަބާ އާދަމް. (2012). ބޮޑެތި ފާފަތައް (ވޮލިއުމް 1). މާލެ: ދަގަތަ ޕަބްލިޝާރސް.
- އައްޝައިޚު ޢަލީ ނަޖީބު. (2012). ސުވަރުގެއަށް ދެވޭނެ މަގު. މާލެ: ދަގަތަ ޕަބްލިޝާރސް.
- އައްޝައިޚު މޫސާ އަންވަރު ޙަސަން. (2013). ފާފަ ފުއްސެވުމުގެ ސަބަބުތައް. މާލެ: ކޮރޯނާ ޕްރެސް.
- އައްޝައިޚު އަބޫ ބަކުރު އިބުރާހީމް. (2009). އަހަރެން ތައުބާވާނީ ކިހިނެއް؟. މާލެ: ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް ޕވޓ (ލޓޑ).