Saturday, May 18, 2013

#

އިސްލާމްދީނަކީ ކުށް ކުރުމަށް ހިއްވަރުދޭ ދީނެއްކަމަށް އިލްޔާސް ވިދާޅުވެފައިވޭ


މުޖުތަމައުގައި ފިތުނަ ފަސާދައުފައްދާކަމަށް ގިނަބަޔަކު ޤަބޫލުކުރާ ޝޭޙް އިލްޔާސް އާއި ބެހޭގޮތުން އަހުރެން ކުރަމުންދާ ތަހުލީލު ތަކުގެތެރެއިން މުޅިއައު ކަމެއް ފެނިއްޖެއެވެ. 07 މެއި 2010 ވީ ހުކުރުދުވަހުގެރޭ އަލިމަސް ކާނިވަލުގައި "ޑޯންޓް ބީ ސޭޑް" މި މައުޞޫއަށް ދެއްވި ދަރުސްގެ ރެކޯޑިން އަޑުއަހައިފައި އަހުރެންގެ ހިތަށް އެރިއެވެ. ނޫނޭވާ މިކަލޭގެ މިހުރީ މީހުންގެ މަގުފުރެއްދުމުގައި ޝައިޠާނާއަށްވުރެވެސް ކުރީގައެވެ.

ދަރުސު ދެއްވަމުން އިލްޔާސް ވިދާޅުވެފައިވަނީ ކިތަންމެގިނަ ފާފަކޮފައިހުރި މީހަކުވެސް ﷲގެ ހަޒުރަތުގައި ތައުބާވެއްޖެކަމުގައިވާނަމަ ސުވަރުގޭގެނިއުމަތް ލިބޭނެކަމަށެވެ. އިންސާނުންނަކީ މަލާއިކަތުންނޫން ކަމަށާއި އެންމެހައި އިންސާނުންނަކީ ކުއްތަކަށް ގިނަގިނައިން އަރައިގަންނަ ބަޔެއް ކަމަށްވިދާޅުވިއެވެ. ޤުރުއާނުގެ އާޔަތްތަކުގެ އަލީގައި ދަރުސް ކުރިޔަށް ގެންދަވަމުން ވިދާޅުވެފައިވަނީ ގިނަގިނައިން ތައުބާވުމަކީ ﷲ ވަރަށްބޮޑަށް ރުހިވޮޑިގެންވާކަމެއްކަމުގައެވެ. މިގޮތުން މިއަދުކުރެވޭ ފާފަތަކަށް މިރޭތައުބާވުމާއި މިރޭކުރެވޭ ފާފަތަކައް މާދަމާ ތައުބާވުމަކީ އެންމެމޮޅުއިތުރުވެގެންވާގޮތްކަމުގައެވެ. އިސްލާމީ ތާރީޙްގައި އަފޫކުރެއްވުމުގެ ދީލަތިކަންހާމަވާ ހާދިސާއެއް ކިޔައިދެއްވިއެވެ. އެހާދިސާއަކީ 99 މީހުންމަރާލި މީހަކު އޭނާގެ ތައުބާ ﷲ ގަބޫލުކުރައްވަފާނެތޯ މީހެއްގެކައިރިން އެހުމުން އެމީހާ ކަލޭތީ 99 މީހުންމަރާލައިފާވާމީހެކޭ، ކަލެއަށް އޮތީކޮންތައުބާއެކޭ ބުނިހިނދު 100 ހަމަކޮއްލުމައްޓަކައި އެމީހާވެސް މަރާލިމީހާއަށް ސުވަރުގެ ﷲ މިންވަރުކުރެއވި ވާހަކައެވެ. ތެދެކެވެ. މިއީ ހަޤީގަތެވެ. އެހެންނަމަވެސް މިގޮތަށް ފަތުވާއެއްދިނުމުން އޭގެއިން ނުކުމެދާނެ ނަތީޖާއަކަށް ބަލާލަންޖެހޭނެއެވެ. އިބުލީސް މީހަކު މަގުފުރައްދާނަމަ އެމީހަކު މަގުފުރެއްދުމުގެ ކުރިން 100 ހެޔޮކަންތަށް އެމީހަކަށް ދައްކާނެއެވެ. މިކަލޭގެވެސް މީހުން މަގުފުރައްދަނީ ހަމައެމޭރުމުންނެވެ.

އިލްޔާސް ތަކުރާރުކޮއް ގޮވާލައްވާފައިވަނީ މާޔޫސްނުވުމަށާއި ގިނަގިނއިން ތައުބާވުމަށެވެ. ރާއްޖޭގައި ބޮޑެތިޖަރީމާހިންގާމީހުންނަށްވެސް ތައުބާވެއްޖެކަމުގައިވާނަމަ މާޔޫސްވެދެރަވާންވީސަބަބެއް ނެތްކަމަށް ވިދާޅުވިއެވެ. އެހެނީ އެމުޖުރިމުންނަށްވެސް ތައުބާވެއްޖެކަމުގައިވާނަމަ ސުވަރުގެ މިންވަރުކުރައްވާނެއެވެ. މީހުން މަރާލާފައިވެސް ތައުބާ ވީމަނިމުނީ، ޒިނޭކޮށްފައިވެސް ތައުބާވީމަ ނިމުނީއެވެ. ކުށްތަކަށް އަރައިގަތުމަށް މީސްތަކުންނަށް ހިއްވަރު ދިނުމަށްވުރެ ބޮޑަށް ޖަރީމާއެއް އޮންނާނެތޯއެވެ؟ މިއަށްވުރެ ބޮޑު ފުރައްސާރައެއް އިސްލާމް ދީނަށް މީހަކު ކުރާނެތޯއެވެ؟ އާދޭހެވެ. އިސްލާމްދީނުގެ މަގުސަދަކީވެސް މީސްތަކުން ކުށްތަކުން ބަރީއަވެ ރިވެތި އަހުލާޤުގެ މަތީގައިތިބުމެވެ. ނަމަވެސް މިކަލޭގެ މިދޭ ނަސޭހަތަކީ އަޅުތަކުންނަށް ވެވުނު ވަރަކުން ކުށްތަކަށް އަރައިގަންނާށެވެ. ދެން އެޔަށްފަހު ތައުބާ ވާށެވެ. ތެދެކެވެ. ގިނަގިނައިން ތައުބާ ވާންޖެހޭނެއެވެ. އެކަމަކު އެކަމަށް ޝަރުތު ތަކެއްވެއެވެ. ތައުބާގެ ޝަރުތުތަށް ބުނެނުދީ ހަމައެކަނި ތައުބާވުމުން ނިމުނީ ކަމަށް ބުނުމަކީ ޖަރީމާއެވެ. އިލްޔާސްގެ އެ ދަރުސްގައި ތައުބާ ޤަބޫލުވެވޭނީ ކިހިނެއް ކޮންގޮތަކަށްކަން ބަޔާން ކޮށް ނުދެވެ. އެހެންކަމުން އަޅުތަކުން އެއްކުށަކަށް ތަކުރާރުކޮށް އެރުމަކީވެސް އެކަށީގެންވާކަމެކެވެ.

މިދަރުސް އާއިބެހޭގޮތުން ބައެއްބޭފުޅުންނާއި ސުވާލުކުރުމުން ބުނެފައިވަނީ އިލްޔާސްގެ މިދަރުސުގައި ދެއްކެވިބައެއް ވާހަކަ ތަކަކީ އިސްލާމްދީނާއިމެދު މީސްތަކުން އިހާނެތިކޮށް ހީކޮފާނެހެން ދޭހަވެދާނެ ގޮތަކަށްދައްކަވާފައިވާ ވާހަކަތަކެއް ކަމަށްވާތީ ހިތާމަކުރާކަމަށެވެ. އަދި އެބޭފުޅުން ބުނެފައިވަނީ އިސްލާމްދީނަކީ ކުށްކުރުމަށް ހިއްވަރުދޭ ދީނެއްކަމަށް އިލްޔާސްގެ ދަރުސުން ކިތަންމެރަގަޅަށްވެސް ދޭހަވާކަމަށެވެ. އަދިއެމީހުންގެނަޒަރުގައި މައުސޫމު މީހުންނަކީ ﷲ ފާފަފުއްސަވާނެކަމުގެ ޔަގީންކަންއޮތްކަމަށް އިލްޔާސް ވިދާޅުވިޔަސް އެއްވެސްގޮތަކަށް ކުށް ނުކޮށް ޝަރަފުވެރި ރީތިދިރިއުޅުން އުޅޭމީހުންކަމުގައެވެ. އިލްޔާސްގެ "ޑޯންޓް ބީ ސޭޑް" މިދަރުސްގައި ފޮރުވިފައިވާ އެޖެންޑާއެއްވާ ކަމަށް މިގަނަބަޔަކު ޤަބޫލުކުރެއެވެ.

އަހުރެންނަކީ ދީނީ އިލްމުވެރިއެއްނޫނެވެ. ނަމަވެސް އަޅުގަނޑު މިސާދާ މާތް ދީނުގެ މަތީގައި އަހުރެންހުންނަތާ 33 އަހަރުވެއްޖެއެވެ. އެހެންކަމުން މިދީނުގެ އަހުކާމުތަށް ވަރަށް ރަގަޅަށް ދަންނަމެވެ. އިލްމުވެރީން ލާހިކު ނޫންވާހަކަ އެއްދެކިޔަސް އެގެއެވެ. އެހެންކަމުން އަހުރެންގެ ނަސޭހަތަކީ އިލްޔާސް ކަހަލަ މުނާފިޤު ސިފަހުރި މީހެއްގެ ދަރުސްތަށް އަޑު އެހުމުން ދުރުހެލިވުމަށެވެ. މީހުން މަގުފުރެއްދުމުގައި އޭނާ އެހުރީ އިސްރާފުގެ ދަރަޖާގައެވެ. 

19 comments:

  1. އެންމެ ފުރަތަމަކަމެއްގެގޮތުގައި މިބްލޮގް ހެއްދެވިކަމަށްޓަކައި އަށް ވަރަށް ހޫނު މަރްހަބާއެއް ދަންނަވަމެވެ.އަޅުގަނޑުގެ އުންމީދަކީ މިބްލޮގް ގެ ސަބަބުން ދިވެހި މުޖުތަމައު މިހާރަށް ވުރެ ބޮޑަށް ދީނީގޮތުން ހައްދުފަހަނަޅައިދިއުމާއި ދެކޮޅަށް ހޭލުންތެރިވުމެވެ.މިހާރު މިރާއްޖޭގައި ކަންތައްތައް މިދާގޮތުން ކައިރި މުސްތަގުބަލެއްގައި ދިވެހިރާއްޖޭގައިވެސް ދީނުގެ ނަމުގައި ހައްދުފަހަނައަޅާއިފައިވާ އަފްޣާނިސްތާން ،ޕާކިސްތާން ،ސައޫދިއަރަބިއްޔާ އަދި އީރާން ފަދަ ގައުމުތަކުގައި ހިނގާ ލާއިންސާނީ ނާތަހުޒީބު ކަންތައްތައް ހިންގަންފެށުމުގެ ބިރު ވަރަށް ބޮޑެވެ. މީގެތެރޭގައި އަންހެން ކުދިންގެ މޫނަށް އެސިޑް ޖެހުން ، އާއިލީ ޝަރަފައްޓަކައި މީހުން މެރުން ، އަޅުންނާއި ޖާރިއާއިން ގެންގުޅުން ، ޖާނުން ފިދާވެގެން ބޮންގޮއްވުން ފަދަ ކަންތައްތައް ހިމެނެއެވެ.އަދި އިތުރު އެއްވާހަކަ އެބައޮތެވެ.އަޅުގަނޑަށް ހީވަނީ ހަމައެކަނި މިގޮތަށް ބްލޮގް ހަދައިގެން ލިޔުމަކުން މިހާރަކު ނުފުދޭނެހެނެވެ.އޭގެ ބަދަލުގައި އަޅޫގަނޑުމެންކަހަލަ ދީނީ ގޮތުން މެދުމިނުގެ ޚީޔާލުގެ މީހުން ( ހައްދުފަހަނައަޅައި ދިއުމާއި ދެކޮޅު މީހުން ) އެއްތަންވެ ބައްދަލުވުމެއް ބާއްވައި ، ދިވެހިރާއްޖެ ވެއްޓެމުންމިދާ އަނދިރި ވަޅުގަނޑުން ސަލާމަތްކުރުމަށްޓަކައި މަސައްކަތްފައްޓަން ވެއްޖެހެންނެވެ.އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ގާނޫނު ހުއްދަކުރާ އެންމެ ފުޅާ ދާއިރާއެއްގެތެރޭގައި ދީނީގޮތުން ހައްދުފަހަނަޅައިދިއުމާއި ދެކޮޅާށ މަސައްކަތްކުރަން ފެއްޓުން މިހާރުވެސް މާލަސްވެއްޖެއެވެ.މިގޮތަށް އަޅޫގަނޑުމެން ޣާފިލުވެފައި ތިއްބާ ވަގުތު ފާއިތުވުމަކީވެސް އެކަށީގެންވާކަމެކެވެ. އަޅުގަނޑުގެ އުންމީދަކީ ކޮންމެވެސް ބޭފުޅަކު މިކަމަށް އިސްނަންގަވައިގެން މިކަން ފެއްޓެވުމެވެ.

    ReplyDelete
  2. thaubaa soorai http://tanzil.net/#9:1

    ReplyDelete
  3. އަހަރެންނަކީވެސް ބްލޮގެއް ލިޔާމީހެއް، އެމީހުންނަކީ ވާހަކަދައްކައިގެން މައްސަލަ ހައްލުކުރަން ބޭނުންވާ ބަޔެއްނޫން، އެހެމީހުން ބޭނުންވަނީ އެމީހުންނަށް ވިސްނިފައި އޮންނަގޮތައް ހަރުކަށިއުސޫލުން، އަނެއްމީހާއަކީ އެއްވެސް މީހެއްކަމަށް ނުބަލާ އެމީހެއް ނައްތާލޫން. މަރުގެ އިންޒާރުވެސް ލިބޭ.

    ReplyDelete
  4. meega liyefa vanee varah hamanujehey vaahaka eh...
    beyfulhaage visnun adhi rangalhen noon....
    iliyas buni bahah rangalhah visnaa

    ReplyDelete
  5. mi vaahakathah liyunumeehaa ah dheenuge ehves kuhumeh adhi dheenakee kobai kamehves engeykamaamedhu shakku. luyunumeehaa Quran ge tharujamaa kiyaalun muhinmu. adhi rasoolullah (SAW) ge hadhees thah ves balailun muhinmu.Thimaa ah ah thikurevenee konkameh kan neygi namaves thi kuravenee dheenah malaamaathaai furahsaara. 33 aharu muslimehge namuga huttas dheen enguneekeenun.

    ReplyDelete
  6. Shihaadhu kaley theehama fakka koheh... mikahala hama nujehey Article eh ves thiya liyevunee hama buddhi nethyma. Reendhoo hun jehifa thibey meehunnah vaagoteh thee. Kaley komme ehcheh kiyas Ilyas Hussain e dhekkee mulhin ves rangalhu vaahka. Kithamme gina faafa kuriyas tauba veema efaafa fussavaane. Taubaa vumuge thereygai himeney sharuteh aee ekuraaa faafa in waguthun dhuruvun adhi efaafa thakuraaaru nukurun. thaneh dhoreh waki nuviyas theedhen bodu varu . adhi ves anga aruvaathi. 33 aharu vee iru hama ekacheh ves neenge. May Allaah Guide you

    ReplyDelete
  7. ކުދިންނޭ، ﷲ ފާފަފުއްސަވާނެ ކަމަށް އަހަރެން އިންކާރުނުކުރަން. ތައުބާ ވާއިރު އޭގައިވާ ޝަރުތުތަށް އޭނާ ކިޔައިނުދޭ. ހަމައެކަނި ތައުބާ ވީމަނިމުނީއޭ ކިޔާފަ ނިންމާލީ. ތައުބާގެ ޝަރުތުތަށް ނުގެންނަނަމަ މީހުން ތައުބާވުންވެސް ކުޅިވަރަކަށް ހަދާފާނެ. ހަމަ ގޯސްކަމެއްކޮށްފައި ތައުބާ . ތައުބާ އަކީ އެހެން އޮންނަ އެއްޗެއް ނޫން

    ReplyDelete
  8. mee laadheeny saite

    ReplyDelete
  9. aslu kuh kurumah hivvaru dhey dheenekay nun dhw Sh.ilyaas ebuny, thi liyun kiyaalumun ves ingey e nun kan hudhu kaleyah ves ingey kan. Dhen ekamaku thi bunaahen thauba ge sharuthu tha kiyadhy ei ves kihine onna kameh kan kiyadhin nama ithuru furihama kameh annaane.Ekamaku sheikh vaahaka edhakkavany vaki mauloo akah; Rahmaan vantha raheem van tha, kuhthah afoo kuravva ilaahu ge e sifa visnaa dhinumah dheefa oiy dharuheh thee. Insaana mashakah thauba eh nethey maa gina faafa kurevijje ey eburi naadhevey varah faafa funijehijjeyey hithaa thauba vumun ekkibaa kuraa fikuru ei goas fikureh kan angaa dhinumah sheikh masakaiy koffa evany.

    ReplyDelete
  10. shihadh kaley thee fithunaige bodeh...enme dharus akun mulhi islaamun bayaaneh nukohdheyveyne...ilyas dharus dhinee vaki mauloo akah...vaki mauloo akah dharus dhinumakee dheenuga vaa ehen kanthah thah nethey bunumeh nun...thuaubaa vumuge furusathu konme insaanakah oiy vaahaka dho ilyas bunee...kaleah thaubaa ge sharuthu thakaa thaubaa vaane goiy olhun nufilaa nama ilyas ah gulaafa ahaalinama.alhe fahe kaley sikundeega innanee loavalheh ehlifatha.kaleythee mdp propegnedaa fatharun ulhey meeheh...kaleyeh engeytha kaley islaamun dheen mathee 33 aharu ulhunas kaleyah dheenuga kankamaa vaahaka dhahkaa dheenuge hukumthah bayaaneh nukohdheveyne...mithaa dheenee bai baivun ufedhenee kaley kahala amilla ah dheen kiyavaigen ulhey meehun dheeney kiyafa vaahaka dhahkaathee...thikahala amilla ah dheen kiyaigen ulhey meehun ginavegen gos afghanistan, pakistan fadha than thaa hama nujehun ufahdhanee...emeehun jihadh ge aayai nagaigen emeehunah visney gothakah emeehun amalu kuranee...kaleyves thee efadha meeheh....dhen bunelan othee kaley varah ilyas ah hasadha veri vaakah faahaga kurevey abadhu eyna ey kiyaigen liyun thiliyanee...kaley eyna ah libifa huri varah ilmu nulibeythee hasadha vanyaa islamic university thakah gos dheen kiyavabala...ok brother!! v salaam

    ReplyDelete
  11. shihadh thaubaage sharathu thah ilyas bune nudhinas enmenahves engey dho eyga sharuthu thah vaakan adhi thaubaa vaan jeheynee vaki gothakah kan...ehenveema thaubaa vaan beynumiyya olhun filuvaane dho ekanthah..furathama thaubaa aee oiy ehcheh kan bunedheegen dho meehun islaahu kureveynee....kithanme varakah olhun filuvaidhinas kanthah thah kulhivarah hadhaa meehun ekanthah thah kulhivarkah hadhaane...misaalakah shahaadhathuge dhekalima kiyafiyyaa suvaruge vadheveyney hadith ehga otheema ekan kulhivarakah hadhaigen shahaadheh kiyagen muslimunnah vegen thibe beynun gothakah ulhemen dhanee...dhen kaley article liyanveenu meesthakunnah faafa kurumah magu fahi vaafadha hadith eh eba othey kiyaafa...e hadith ge nethey sharuthu thakeh kiyaafa...bunantha shihadh vaahaka eh liyun therinnah konme ehchkey ves liyevidhaane emeehunge hunaru beynun kohgen...goas meeheh rangalhu meeheh kamugai ves sifa kohdhevidhaane...adhi rangalhu meeheh goas meeheh kamah ves sifa kohdhevidhaane...kaley thinaganee liyun theri kamuga naajaaiz faidhaa...kaley gayaavaa gothakee enme rangalhu goiy kan meesthakun hihthakah vahdhan thi masakaiy kuranee...kaley thee fithuna ufahdhaa machineh!!

    ReplyDelete
  12. MI blog ge veri buraanthi Shuhadh bunan beynun vanee Islam dheen ga thaubaavun lavaafa vanee insaanun kamah vumun kushah enginegnaa neygi namves araiganeveythee kan neygunee kaleyge huri jaahil kamun ney. Dhen liyun therieh gothun kaleyah qaboolu kurevey hurihaa gothakee nuvatha kaley liyaa urihaa ehchakee maa molu ragalhu ehcheh kan kaleyah visnunas ehen meehun thiya vaahak thakeh qabooleh nukuraane.. Allah ah shareek kuraa meehaa noon meehunah Allah iraadha kuravvaifi nama thaubaa qaboolukuravvaane kan kaleyeh neygunee kaleyge jaahilu kamaun..bala dheenee ilmuverin bunaa adu kaleyah neevey tha..thibaa Allah ah thaubaa vumah ladhuvethi vejjeaumah dhan dhen ves thibaa ge thaubaa qaboolukuravvane vaahaka..Mees thaku ge madhu ga fasaadha hufadhanee SHIHAD kan miliyun kiyaa komme meehkah ves ingeyne

    ReplyDelete
  13. shihaad kaley thee seedaa fithunaige bodu meehei..kaley thee alhe kaakutha amillayah bodey vefa mi bimuga dhoguhadaigen ulhen kaleyge thi huri kiburu verikamaa bodaakan matheega? kaleythee ALLAH hazrathugai kuda kuda soopakah vuren ves nikamethi eichei....kaley ge thi fithunain minjuve kaley thaubaa vey...allah mikaleyge ah heyo visnun devvaashi

    ReplyDelete
  14. mashah miblog ga hunna baeh vaahaka thah gabooleh nukurevey......dheen rangalhah engugen hure noonee dheeney kiyaagen anga neyruvun ei emme salhi goi ....so shihadibrahim ah bunelan otheee kaloge size ga ulheyshey...maa bodah engigen noolheyshey....

    ReplyDelete
  15. miliyefa vaa meehakee boduvegenvaa fithunaverieh.

    ReplyDelete
  16. ކީރިތި ޤުރްއާނުގައި ތަޙްރީމް ސޫރަތުގެ 8 ވަނަ އާޔަތުގައި ތައުބާވާން އަމުރުކުރައްވާފައިވާއިރުވެސް ތައުބާގެ ޝަރުޠުތަކެއް ބަޔާންކުރައްވާފައެއް ނުވޭ... އޭގެ މާނައަކީ ޝިހާދުގެ ނަޒަރުގައި ....ބާ؟

    ReplyDelete
  17. ކަލޯތީ ހަމަ ބުރާންޗެއް. ކަލޮޔޮށް ތެދުމަގު ދެއްކެވުން ނުވާނަމަ ކަލޯ ހަލާކު ކުރެއްވުމަށް އަހަރެން ދުޢާކުރަން. ޝެއިޚް އިލްޔާސްގެ ޢިލްމާއި ހިލްމަށް ބަލާއިރު ކަލޯ ތީ ޝެއިޚް އިލްޔާސްގެ މިޔަކަނުން ފައިބާ ސޮނިކޮޅަކަށްވުރެވެސް ދަށު ދަރަޖައިގެ ބުރާންތިއެއް!!!! ސިޔާސީ ފިކުރުގައި ޤައުމު ފަސާދަކުރަން އުޅޭ ޝައިތާނާ އެވެ. އަވަހަށް ތައުބާވެ ޝެއިޚްގެ ކިބައިން މާފަށް އެދުން އަވަސްކުރާށެވެ! ނޫނީ ތަންކޮޅެއް ލަސްވެދާނެއެވެ.

    ReplyDelete
  18. ޝައިޚް އިލްޔާސްގެ މިދަރުސަށް ދިވެހިރާއްޖެ ނަން މަޝްހޫރު އެއްވެސް ޢިލްމުވެރިއަކު ރައްދު ނުދެއްވާ އިރު މި ފަދަ ނަޒަރަކުން ޢިލްމުވެރިއަކަށް ރައްދުދީ އެއި ފާސިގެއް ކަމަށް ކަނޑައަޅާނީ ދީނުގެ އެއްވެސް އަސްލެއް ފިލާފައި ނެތީމަކަން ޔަގީން.

    ReplyDelete