Monday, May 6, 2013

#

ލާދީނީ އަކީ މުސްލިމުން ބައިބައިކޮއްލަން ޔަހޫދީން ހެދިބަހެއް

މުސްލިމުންނާއި ހަނގުރާމަކޮށްގެން މުސްލިމުން ބަލިނުކުރެވޭނެކަން އެގުމުން، ޔަހޫދީން ނިންމީ މުސްލިމު އުންމަތުގައި ފިތުނަ ފަސާދަ އުފައްދައި އުއްމަތް ބައިބައި ކޮއްލުމަށެވެ. މިގޮތުން ޔަހޫދީން ފެނުނު އެންމެ ބުއްދިވެރި ގޮތަކަށްވީ މުސްލިމުން އެއްބަޔަކު އަނެއްބަޔަކު ކާފިރު ކުރުމުގެ ފިކުރެއް އުފަން ކުރުމެވެ. މިފިކުރުގެ ދަށުން ސާފުބަހުން މުސްލިމަކާއި ދިމާލަށް ކާފަރެކޭ ބުނުމަށް މުސްލިމުން ފަސްޖެހިދާނެކަމަށް ބަލައި "ލާދީނީ" ގެނަމުގައި ދުލަށް ފަސޭހަ ބަހެއް ޔަހޫދީން އުފަންކުރުވިއެވެ. މިބަސް ބޭނުންކޮށްގެން އެންމެ ފުރަތަމަ އުފެއްދި ފިތުނައަކީ މުސްލިމުންގެ ތިންވަނަ ހަލީފާ އުޘްމާންގެ ފާނާއި ދެކޮޅަށް އުފެއްދިފިތުނައެވެ. ޔަހޫދީން އަޑީގައި ތިބެގެން އުފެއްދި މިފިތުނައިގެ ނަތީޖާއަކަށް ވެގެންދިޔައީ މުސްލިމުންގެ ތެރެއިން ބަޔަކު ނުކުމެ އުޘްމާންގެފާނު ގެކޮޅުގައި ގުރުޢާން ކިޔަވަން އިންނަވަނިކޮށް ގަދަކަމުން ގެކޮޅަށްވަދެގަނެ ވަރަށް ރަހުމްކުޑަ ގޮތަކަށް އެކަލޭގެފާނު ޝަހީދުކޮއްލުމެވެ. މިއީ އިސްލާމީ ތާރީޙުގައި ވެރިމީހާއާއި ދެކޮޅަށް ކުރިފުރަތަމަ ބަޤާވާތްވެސްމެއެވެ.

ޔަހޫދީންގެ ރޭވުމުގެ ދަށުން ކުރިޔަށްދާ މިފިކުރީ ހަނގުރާމަ އެމީހުން ކުރަނީ އިސްލާމީ އިލްމުވެރިން ތަކެއް ބޭނުންކޮށްގެންނެވެ. މިބުނާ އިލްމު ވެރީން ދައުލަތުގެ ވެރިން ކާފިރުންނަށް ހަދައެވެ. އެއީ، މާތް ﷲގެ ޥަޙީއާ އެއްގޮތަށް ވެރިކަން ނުކުރާތީއެވެ. އެމީހުން ރައްޔިތުން ކާފިރު ކުރެއެވެ. އެއީ، ރައްޔިތުން ވެރިންނަށް ރުހި ޤަބޫލު ވާތީއެވެ. އެމީހުން ދީނީ ޢިލްމުވެރިން ކާފިރުކުރެއެވެ. އެއީ، އެމީހުން، ވެރިންނާއި ރައްޔިތުން ކާފިރުންނަށް ނުހަދާތީއެވެ. އެމީހުންގެ ޚިޔާލު ތަކާއި ދެކޮޅު ހަދާ ކޮންމެ މީހަކީ އެމީހުންގެ ނަޒަރުގައި ކާފިރެކެވެ. މިބައި މީހުން ވަނީ މީސްތަކުން ކާފިރުކުރުމުގައި އިސްރާފުގެ ދަރަޖައަށް ވެއްޓިފައެވެ.

ފެންނަފެނުމުގައި ޔަހޫދީން ރާއްޖޭގައިވެސް މިހަނގުރާމަ ފަށައިފިއެވެ. މިހަނގުރާމަ ފެށުމުގެ ގޮތުން ޔަހޫދީންގެ ފައިސާކޮޅަށް ވިކުނު މަދުދީނީ އިލްމުވެރީން އެންމެ ފުރަތަމަވެސް ކުރިކަމަކީ މީހުންގެ ލޮލުގައި އަދުނެއްއެޅުވުމަށް އިސްރާއީލާއި ދެކޮޅަށް ބޮޑު މުޒާހަރާއެއް ރޭވީއެވެ. ނަތީޖާއަކަށްވެގެންދިޔައީ ނޭގުމެއްގެ ތެރޭގައިވެސް ރާއްޖޭގެ ޤަދަރުވެރި އިޙްލާސްތެރި އިލްމުވެރީންވެސް މިއެއްވުމުގައި ބައިވެރިވުމެވެ. އާދޭހެވެ. މުޒާހަރާކުރީ އިސްރާއީލުގެ ފްލައިޓް ރާއްޖޭގެ އެއަރޕޯޓުގައި ޖައްސާތީއެވެ. ޔަހޫދީން ރާއްޖެ އަންނާތީކީނޫނެވެ. އެދުވަހު އަޅުގަނޑުހިތަށްއެރިއެވެ. ޔަހޫދީން ބޭނުމިއްޔާ އެހެން އެއަރ ލައިންތަކުން ހިތަކަށް މިގައުމަށް އެވެރިންނަށް އާދެވޭނެ ނޫންހޭ، ކީއްވެބާއޭ ޔަހޫދީން ރާއްޖެ އަންނާތީ އެކަމާއި ދެކޮޅަށް އިހްތިޖާދުނުކޮށް އިސްރާއީލުގެ ފްލައިޓް ޖެއްސީމާ މިމީހުން  އެކަމާއި ދެކޮޅަށް އިހުތިޖާދު މިކުރަނީ. ފްލައިޓަށް މިގައުމު ފަނާކުރެވިދާނެތީބާއެވެ؟ އެކަމަކު ޔަހޫދީނަށް ހިތަކަށް އާދެވޭނަމަ އެމީހުން ފިތުނައިގެން ރޭވުންތަށް ރާވާނެކަން ކަށަވަރެވެ. މިއީ ރާއްޖޭގެ ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނޭ ޔަހޫދީންގެ އެޖެންޓުން ދިވެހީންގެ ލޮލުގައި އެޅުވިއަދުނެކެވެ. ރައްޔިތުން ހީކުރާނީ މިއީ ވަރަށް ޔަހޫދީންނާއި ދެކޮޅު އިލްމިވެރީން ކަމަށްތާއެވެ. އިބުލީސްވެސް މީހަކު ލައްވާ ލާހިކުނޫން ކަމެއްކުރުވަން  އުޅޭނަމަ ފުރަތަމަ އެތަށްސަތޭކަހެޔޮކަން ދައްކާނެއެވެ.

ރާއްޖޭގެ ދީނީ އިލްމުވެރީންގެ ތެރޭގައި އިސްވެދެންނެވި ފަދައިން ޔަހޫދީންގެ އަތުން މާލީ ފައިދާ ހޯދާ ޔަހޫދީންގެ ޕަޕެޓުންގެ ގޮތުގައި މަސައްކަތްކުރާ އިލްމުވެރީން ތިބޭނެކަން ކަށަވަރެވެ. ރާއްޖޭގެ ދީނީ އިލްމުވެރިޔަކު އެއްވެސް ވަޒީފާއެއް އަދާނުކޮށް ދިރިއުޅުމަށް އެއްވެސް މަސައްކަތެއްނުކޮށް މާލެއިން އެންމެ ފެންވަރު ރަގަޅު ތިންކޮޓަރީގެ އެޕާޓްމެންޓެއް ކުއްޔަށް ހިފާގެން އުޅޭ ވާހަކައާއި މިދެންނެވި އިލްމުވެރިޔާ ކުއްލިއަކަށް  އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއިއެކު ހަތްމިލިޔަން ރުފިޔާގެ އަގުހުރި ފައިބަރގްލާސް މަސްދޯންޏެއް ބައްލަވައިގަތް ވާހަކައަކީ ދިވެހީންގެ ތެރޭގައި މިހާރު ދެކެވޭ ވާހަކައެކެވެ. އާމްދަނީ ހޯދުމަށް އެއްވެސް ވަޒީފާއެއް އަދާނުކުރާ އަދި އެއްވެސް މަސައްކަތެއްވެސް ނުކުރާ މީހަކަށް ކުއްލިޔަކަށް މިހާ އަގުހުރި މުދާގަނެވޭނީ ކޮންފަދައަކުން ހެއްޔެވެ؟ ހަޤީޤަތުގައި މިފަދަ ކަންތަށް ތަކަކީ މިރާއްޖޭގެ ދާހިލީ ވުޒާރާތަކުންނާއި ފުލުހުން ތަހުޤީގުކޮށް ބަލަން ޖެހޭނެ ކަންތަކެވެ.

27 އޮކްޓޫބަރ 2019 ގައި އިތުރު ކުރެވުނުބައި
މިހާރު އުފެދިގެން މިއުޅޭ މޯލްޑްވްސް ޑިމޮކްރަސީ ނެޓްވޯކްއިން ނެރުނު ރިޕޯޓްގެ މައްސަލައިގައި އެންމެ ނަގައި ކިޔައިއުޅޭ ޝެއިޙަކީ އެއްވެސް ޢަދުލުވެރިކަމެއްނެތް ހަވާނަފްސައް ވާހަކަ ދައްކައިއުޅޭ ޝެއިޙެއްކަމަށް ބެލެވޭ ޝެއިޙެކެވެ. 27 މެއި 2017 ވަނަ ދުވަހު ރާއްޖެ ސިއްސުވާލީ މިދެންނެވި އިލްމުވެރިޔާ ރާއްޖޭގެ ރަށެއްގެ %70 މީހުން ރޯދަނުހިފާ، ރޯދަމަހުވެސް އެހެން މަސްތަކެކޭ އެއްގޮތަށް ކައްކައި ކައިބޮއި އުޅޭ ވާހަކަ އާންމު ދަރުސްއެއްގައި ވިދާޅުވި ހަބަރުންނެވެ. މައުލޫމާތުގެ ސައްހަ ކަން ބެލުމެއް ނެތި ދަރުސްގައި އެ ވާހަކަ ވިދާޅުވީ ކީއްވެތޯ އެހުމުން ވިދާޅުވީ "އަޅުގަނޑަށް އެ މައުލޫމާތު ދިނީ ދޮގު ނުހަދާނެ ވަރުގެ ބޭފުޅެއް" ކަމަށެވެ. އެހެންކަމުން ބެލެވޭގޮތުގައި އެމްޑީއެން ރިޕޯޓް މިދެންނެވި އިލްމުވެރިޔާއަށް އަދި ފެނިފައިނުވެއެވެ.

މޯލްޑްވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އަކީ ޤާނޫނީ ޝަޙްސެކެވެ. ސުވާލަކީ އެރިޕޯޓުގައި ގޯސްވާހަކަތަކެއްވާނަމަ، އެރިޕޯޓް ލިޔުނު މީހުން ތިބިގޮތަށް ބާތިއްބާފައި އެޖަމިއްޔާ އުވާލުމުން ދީނަށް ލިބޭނީ ކޮންފައިދާއެއްތޯއެވެ؟ އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނާއި މެދުގައި އަމަލު ކުރުމަށް އަންގަވާފައިވާ ޝަރުޢީ އިޖުރާޢަތްތަކާއި ހިލާފަށް "ރުޅިވެރިކަމާއި ނަފްރަތާއި ފަސާދަ" ފަތުރަނީ ހަމަ އިސްލާމްދީނުގެ ދިފާޢުގައިބާއެވެ؟ އެމްޑީއެން މައްސަލައިގައި ބައެއް ދީނީ އިލްމުވެރިންގެ ފޮޓޯޖަހައި އެއިލްމުވެރީނަކީ ޝައިތާނުންކަމަށް ލިޔެ ޝޯޝަލްމީޑިޔާގައި ދައުރުކުރުވަނީ އިސްލާމްދީން ދެކެވާ ލޯބިންތޯއެވެ؟ "ރުޅިވެރިކަމާއި ނަފްރަތާއި ފަސާދަ" އިންނެރެވޭނެ ހެވެއްނޯންނާއެވެ.

11 comments:

  1. varah ragalhu vaahaka eh kamah feney. aharen ah ves mihaaru ehcheh eba vissney

    ReplyDelete
  2. Ilyas ge vaahaka dho fahun bunefa thi othee? aa aharen hithah ves araa keehve baa ey meena vazeefaa akah nugoass e gothah laari e hoadhanee

    ReplyDelete
  3. shihadh kale akee dheenee ilmu libigen huri meehekamakah masheh gabooleh nukuran..kaley thiliyanee hus zaathee vaahaka(MDP aa idhikolhu meehunge)....mulhinves kaley hunnaanee meehunge mulha mas kaifa..aharen nubunan ilyas mennakee kusheh nukureyveyne perfect meehekey..ekamu shihadh kaley thikuraa kamakee insaanunge mulha mas keun maa dheenee meehakah vegen website hadhaigen...kaley MDP aa idhikolhu meehunnah anticampaign kuranee dho thi dheeneey kiyaigen...kaleyah giyaamah dhuvahu suvaalu anna iru kaleyah saabithu kohdheveynetha thibunaa meehaku kanneli dhoni gaiy kameh??? shihadh allah ah biru vethi vey meehaku kusheh kohfiyyas eynage mulha mas nukai naseyhaiy dhee rangalhu veytho balaa!!! dhen ma mi website ah dhuvahakuves nuvanannaanan...v salaam bye bye

    ReplyDelete
  4. ވަރަށް ރަގަޅު ކޮމެންޓެއް ކަމަށް މިދެކެނީ 8 މޭ 2013 ގައި ފޮނުވާފައި އިނީ

    އަޅުގަނޑަކީ ދީނީ އިލްމުވެރިއެއްނޫން، އެހެންނަމަވެސް އަޅުގަނޑަކީ ވަރަށް ފޮތްކިޔާ މީހެއް އަދި މިދީނުގައި އުޅޭތާ 33 އަހަރު ވެފައިވާ މީހެއް. އަޅުގަނޑަށް އެގޭ ގޮތުގައި އިލްޔާސް، އިމްރާން މިމީސްމީހުން މީހުންނަށް މަލާމާތްކޮށް ހަޖޫޖަހާ ޢީބަ ބުނެ ހެދީމާ އެއީ ހުއްދަކަމަކަށް ވަންޏާ އަހަރެން ކިޔާގެންވެސް ހަމަ އެވާނީ ރަގަޅު ކަމަކަށޭ. ދެން އުފެދޭނެ ސުވާލަކީ އިމްެރާންއާއި އިލްޔާސް މީހެއްގެ އަބުރާއި ބެހުމަކީ އެހެން މީހުން މީހުންގެ އަބުރާއި ބެހުމަށް އޮތް ހުއްޖަތެއްތޯ؟ ނޫން. އެއީ ހުއްޖަތެއްނޫން. އެހެން ނަމަވެސް އަޅުގަނޑުގެ ނަޒަރުގައި މިމީހުން މަތަކުރަންވެއްޖެ، މިކަން އަހަރެންނަށް ކުރެވެން އޮތީ އިލްމީ ނަޒަރަކުން މިމީހުންގެ ވާހަކަތަށް ޕަބްލިކަށް ކިޔާދީގެން. އެކަން އަހަރެން މިކުރަނީ

    ReplyDelete
  5. shihadh kaleyakee dheenee ilmuverieh noonee aa kaleyah dheenuge hukumthakeh bayaaneh nukureveyne...kaley dheenee ilmu ungenigen avahah islaahu vey...

    ReplyDelete
  6. aharen ah ves eba heevey miee ragalhu vaahaka eh hen. mi meehun kameh kuran veema halaal vefa ehen meeheh kameh kuran veema haraam. mi meehun anhen kudhin aaeku ekaheri koh fenboan veema ves bovey. fahari gayah ves ery, rissvath ves negey

    ReplyDelete
  7. mi liumun ahannakah dheeny ilmuveriyakah vaan shihadh masakkai koffa ovvaeh nufeney...ekam vyhaavx bodah hagygai kiyaidheyn masakkai koffa oii kan igey... nd asl vx v ragalhu vaahaka thakeh dhakkaafa mihury... mifadha gina guna liyun thakeh kiyaalan libeyne kamah ummydhu kuran.. sababaky v ragalhu vaahaka thakeh mygen visnijje..thanx v bodah shihadh ah :)

    ReplyDelete
  8. dhen emeehun haraam kameh kuriyyey kiyaafa kaleymen jeheytha emeehun fahathun haraam kanthah kuran...emeehun kureema halal vanyaa thimanna kureemaves halaalu vaaney kiyaafa..bala emeehun kameh goas koh kuriyeey kiyaafa kaleymen evaahaka liyefa emeehun kanthah kureyey bunaa gothah thikuranee...v hehvaa websiteh mee

    ReplyDelete
  9. shihadh kaleyakah neygeytha yahoodheen beynun kuranee kaley kahala eeman kan kuda meehun kameh dheen bai bai kuran!!!

    ReplyDelete
  10. ދީނީ ގޮތުން ހެޔޮ ނަސޭހަތެއް ނުވަތަ ހެޔޮ ބަހެއް ބުނާކަށް ކޮންމެހެން ޝޭޚަކަށް ނުވަތަ ދީނީ ރޮނގުން ޕީ. އެޗް.ޑީ ހަދާފައި ހުރި މީހަކަށް ވާކަށް ނުޖެހޭ.. އަހަރެމެން އެންމެންނަކީ ވެސް ޝަހާދަތުގެ ދެކަލިމަ ކިޔައި އެއަށާް އީމާންވެގެން ތިބި. މީހުން...އެހެން ކަމުން އެކަކު އަނެކަކަށް ލާ ދީނީ ނޮގޮވާ، ތިޔަ ލާ ދީނީ ބަސް މިގައުމުގައި މިވަރަށް ޕްރޮމޯޓް ކުރި ބަޔަކު އަވަހަށް ތައުބާވުމަށް ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ގޮވާލަމެވެ...

    ReplyDelete