Sunday, January 13, 2013

#

ހުވަދު އަތޮޅު ވިލިނގިލި ހިތަށް އަރުވާލިޔަސް ލޮލުން ކަރުނަ އަންނަހާވޭ

އަހުރެން މިލިޔުން ލިޔާން ފިކުރުކުރާތާ ލައްކަދުވަސް ވެއްޖެއެވެ. ހިތަށް ވަދެފައިވާ ބިރުވެރިކަމެއްގެ ސަބަބުން މިކަން ނުކޮށް 
މަޑުޖައްސާލާފައި ބޭއްވީއެވެ. ތާރީހުގެ ލޯ ކަނެއްނުކުރެވޭނެއެވެ. މާޒީގެކަންފަތް ބީރެއް ނުކުރެވޭނެތާއެވެ. އަހުރެންގެ ހަޔާތުގައި އަހުރެން ތަޖުރިބާކޮށްފައިވާ އެންމެ ހިތްދަތި ދުވަސްތަކުގެ ވާހަކަ ލިޔުމަކީ ތާރީހަށްޓަކައި މުހިންމު ކަމެއްކަމުގައި ދެކޭތީ މިލިޔުން ލިޔެލާހުށީމެވެ.

ދަންނައެވެ. އަހުރެންގެ ރަށު އިސްކޫލުގައި އޭރު ކިޔަވާދެނީ ގުރޭޑު ހަތަކާއި ހަމައަށެވެ. އޭގެ ފަހުން ދާންޖެހެނީ ހަވަރު ތިނަދޫއަށް ނުވަތަ ގއ. ވިލިނގިއްޔަށެވެ. މާލެދެވެނީ ވަރަށްވެސް މަދު ކުދިންކޮޅަކަށެވެ. މީލާދީ ސަނަތުން ހާހާ ނުވަސަތޭކަ ތެޔާނަވައި ވަނަ އަހަރު ދެއްވަދޫ އިސްކޫލުން އަހުރެންވެސް ދަސްވެ ނިވުނެވެ. ދެން އަހުރެންގެ މައިން ބަފައިން ހިޔާރު ކުރީ އިސްވެދެންނެވުނު ނަންހުރި ވިލިނގިއްލާ އަށް އަހުރެން ފޮނުވުމަށެވެ. ކަންދިމާވިގޮތުން އެހެން ކުދިންތަށް ވިލިނގިއްޔަށް ގެންގޮސް އިސްކޫލުން ޖާގަހޯދާ ނިންމާލި އިރުވެސް އަހުރެންއޮތީ ހަވަރު ތިނަދޫ ހަސްފަތާލުގައި އެނދުމަތިކޮށްފައެވެ. އެއީ ޓައިޕޮއިޓް ހުންޖެހިގެންނެވެ. ހެދުނާއި ހަވީރު ފޫކޮޅަށް އިންޖެކްޝަން ޖަހާ ޖަހާ އެދިމާލުގައި ރިއްސާވަރުން އެދުގައިވެސް ނޯވެވެއެވެ. އަހުރެންނަށް އެންމެ ފުރަތަމަ އައިސްކްރީމް ބޯލެވުމުގެ ނަސީބު ލިބުނީވެސް ހަމަ އެ ބަލިއެނދުގައި އޮއްވައެވެ. އެއީ ބައްޕަގެ ރަހުމަތްތެރި ހަވަރު ތިނަދޫ މީހަކު އަހުރެންނަށް ގެނެސްދެއްވި ހަދިޔާއެކެވެ.

ކޮންމެއަކަސް އަހުރެން ހަސްފަތާލުން ދޫކޮށްލީ އިސްކޫލުތަކުގައި ކިޔެވުންފެށިތާ އޮނަވިހި ދުވަސްވީފަހުންނެވެ. ރަށުގައި ދެދުވަހު މަޑުކުރުމަށްފަހު ބައްޕަގެ ދޯނި "އޮނަސާޅީހާ" އިން އަހުރެން ގޮވާގެން ވިލިނގިއްޔަށް ފުރައިފިއެވެ. ތިންގަޑިއިރުގެ ދަތުރަކަށްފަހު ވިލިނގިއްޔަށް ފައިބައިގެން ދިޔަގޮތަށް ދިޔައީ ވިލިނގިލީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒަށެވެ. އެތަނަށް ގޮސް ހަބަރު ބަލާލި އިރު އިސްކޫލުގައިވަނީ ޖާގަފުރިފައެވެ. ބައްޕައާއި ހެޑްމާސްޓަރާއި އޮންނަ ރަހުމަތްތެރިކަމަކުން އަހުރެންނަށް ފަސްދުވަސް ފަހުން ޖާގައެއް ހަމަޖައްސަދެއްވާނެކަމަށް ހެޑްމާސްޓާރު ވިދާޅުވެއްޖެއެވެ. ކޮންމެއަކަސް ފަސްދުވަސްފަހުން އިސްކޫލަށް ވަނުމަށްދޭ އިމްތިހާނުން އަހުރެން ފާސްވުމުން އިސްކޫލުން ޖާގަލިބިއްޖެއެވެ. ކިލާހަކީ ގުރޭޑް ހަތެއް ބީއެވެ. އިސްކޫލަށް ވަނުމުގެ ކަންތަށް ފުރިހަމަވުމުން ވަރަށްވެސްގިނަ ނަސޭހަތް ދެއްވާފައި ވިލިނގިލީ މުސްކުޅި ދެމަފިރިއަކާ އަހުރެން ހަވާލުކޮށްފައި ބައްޕާ ފުރައިގެން ރަށަށް ހިގާއްޖެއެވެ.
ދުވަސްކޮޅެއްވޭތުވީ ފަހުން އަހުރެމެން (ވިލިނގިލީގައި ކިޔަވަންއުޅޭ ދެއްވަދޫ ކުދިން) އިސްކޫލު ބަންދު ދުވަސްތަކުގައި އެއްތަނަކަށް ޖަމާވެ ޖޫސްޕެޓީބޮއި، ގެރިކިރާއި ބަނަހާއި، ނުވަތަ ކިރާއި ބިސްކޯދާއި ކައި މަޖާކޮށް ހަދާން ފަށާގެންފީމެވެ. މިގޮތުން އެއްދުވަހު އަހުރެންނާއި މަރިޔާ އިބުރާހިމާގެ ސިނާދު، ހަމީދު ހުތާގެ މުއީނުއާއި ދިޔައީ އޭރު ހަސްފަތާލު ކާރީގައި ހުންނަ ރާޑަރު ކާރީގަ ހުންނަ ބަނަސް ފިހާ ތަނަކަށެވެ. އެތަނުން ބަނަހާއި ގެރިކިރުދަޅެއް ގަނެގެން އަހަރެމެން ދިޔައީ ވަލުތެރެއަށެވެ. ކުޑަތަންކޮޅަކަށް ދެވުނުތަނާ ވިލިނގިލީގެ ފުރާވަރުގެ ގުރޫޕު ގަޑެއް އައިސް އަހަރެމެން ގައިގައި ތަޅައި ރޯނާގަންނަވާފައި އަހަރެމެން އަތުގައި ހުރި ފައިސާއާއި ކިރުދަޅާއި ބަނަސްތަށް ފޭރިގަނެގެން "ނަރެކެޔާނެ ހައުދަހައި ކިރާއި ބަހަނަ ކަނެހިތެވެއިއޭދާ!" ކިޔައި އަވަގުރާނަ ގޮވަމުން ހިގާއްޖެއެވެ. މިއީ ވިލިނގިލީ މީހުންގެ ގޯނާ އަހުރެން ތަޖުރިބާކުރި ފުރަތަމަ ފަހަރެވެ.

އޭގެ ދުވަސްކޮޅެއްފަހުން ދިމާވި ބޮޑު ހާދިސާއެކެވެ. އަހުރެން ހުންނަގެޔަކީ ޖޫސްޕެޓީ ވިއްކާ ގެއެއްކަމުން ވަރަށް ގިނައިން ތަންގަނޑު ކުދީން އެގެއަށް ޖޫސްޕެޓީ ގަންނަން އާދެއެވެ. އެގޮތުން އެއްދުވަހަކު އަހުރެން އެގޭގެ ޖޫސްޕެޓީ ވިއްކުމާއި ހަވާލުވެހުރި ދުވަހަކު ކުއްޖަކު އެގެޔަށް ޖޫސްޕެޓީ ގަންނަން އައެވެ. އެވަގުތު ޖޫސްޕެޓީ ހުރީހުސްވެފައެވެ. އަހުރެން ޖޫސްޕެޓީ ގަންނަށް އައި ކުއްޖާ ކާރީގައި ޖޫސްޕެޓީ ހުސްވެފައި ހުރިވާހަކަ ބުނުމުން އެކުއްޖާ އެބުރި ގެޔަށް ހިގާއްޖެއެވެ. އޭގެ އިރުކޮޅެއްފަހުން އައީ އެކުއްޖާގެ މަންމަ އެވެ. އައިގޮތަށް އައިސް އަހަރެންނާއި ދިމާލަށް ހަޅޭއްލަވަން ފަށައިފިއެވެ. ތިމަންނަގެ ދަރިގައިގައި ޖެހީއޭ ކިޔާފައެވެ. ﷲ ގަންދީހުވައިކޮށްފައި ބުނަމެވެ. އަހުރެން އެކުއްޖާގެ ގަޔަކު ނުޖަހަމެވެ. ހަމައެކަނި ޖޫސްޕެޓީ ހުސްވެފައި ހުރިވާހަކަ ބުނުން ފިޔަވައި އެހެން ވާހަކައެއްވެސް ނުދައްކަމެވެ. އެކުއްޖާގެ މަންމަ ހަޅޭއްލަވާފައި ދިޔަތާ ކުޑައިރުކޮޅެއްފަހުން އެކުއްޖާގެ ކާފަ (ކަރީމާ) އައީ ލަޓީބުރިއެއް ހިފާގެން އަހުރެން މަރާލާށެވެ. އޭރު އަހުރެންގެ އުމުރަކީ ތޭރައަހަރެވެ. ބިރުންގޮސް ގަޔަށް ހީސްވެސް ލެވިއްޖެއެވެ. ނަސީބު ދިމާކުރިގޮތުން އެގަޑީގައި އަހުރެންހުންނަގޭގެ ދެމަފިރިންގެ ދަރިއެއްކަމަށްވާ ހަބީބު ހަސަން (ހަބިޔާ) ހުއްޓެވެ. ހަބިޔާ އަކީ ބިރުކުޑަކަމާއި ނުލަފާކަމަށް މައްޝޫރުކުއްޖެކެވެ. ކޮންމެއަކަސް ކަރީމާ އާއި އޭނަގެ އަންނެހުންނާއި އޭނަގެ ދަރިފުޅު ރަޒީނާ އަހުރެން މަރާލަން ހަތިޔާރާއި އެކު އައުމުން އަހުރެންގެ ދިފާއުގައި ހަބިޔާ ނުކުތެވެ. އޭނާ އެމީހުންނަށް ޒުވާބުދިނުމުން ކިތަންމެ ދުވަހެއްކޮޅުން ނަމަވެސް ބަދަލުހިފާނެ ކަމަށް ބުނަމުން ހަޅޭއްލަވަމުން ހިގާއްޖެއެވެ. ކިޔުންތެރީންނޭވެ. ތޭރައަހަރުގެ ކުޑަ ކުއްޖަކާ ދިމާލަށް ބޮޑުފިރިހެނަކު ރުޅިވެރިކަމާއެކު ލަޓިބުރިއެއްހިފާގެން އަންނައިރު އެކުއްޖާއަށް ވާނެގޮތަކާއި މެދު ބުއްދިކޮއްލާށެވެ. އަދި އޭނަގެ ފަހަތުން އޭނަގެ އަންނެހުންނާއި ތިން ދަރިން އައުމުން ތޭރައަހަރުގެ ކުޑަކުއްޖަކު ބިރުގަންނާނެވަރު ހިޔާލަށް ގެންނާށެވެ. ޔަގީންވާކަމަކީ އަހުރެން އެދުވަހު ބިރުން ގަޔަށް ހީސްލެވުނުކަމާއި ރޭވުމުން ނިދަން އުޅެއުޅެ ނުނިދުނުކަމެވެ. 

28 comments:

  1. kareemaa ge meehunnakee eyruves mihaaru ves varah nubai haseelatheh ge baeh. emeehun beynun nuvaane ehen meehun ah ehves molheh vaahakah. varah nubai baeh e e.

    ReplyDelete
  2. alhugadakee villigilimeehen varan deravejje thee hageegathen nama

    ReplyDelete
  3. miow ayya; thi vaaany hama yageeenun ves thdakan thi meeehun ge kanthan hunaaaany thi gothan ahanaky ves villingili ge ulhe bodu v kunjen

    ReplyDelete
  4. moyain adugadha kuran fesheedhoa.heehee halaaku.thee hama fahkkaa moyain thakeh ulhey rasheh.Dhevvadhoo moyainney......thimeehun rangalhu vaanee kon irakun.

    ReplyDelete
  5. Miskithu valaa jahai abarailau.dhevvadhoo shihaadh thaganmaa dhillaa

    ReplyDelete
  6. vedaane thedakahves.. ekamaku mihaaru mivaahaka dekkumuge beynumakee koba.. aharen ves male ga huri iru ulhunee lakka haalugai.. eves amilla bodu daitha kaireega huri iru.. ekamaku evaahaka eh nudakkan. den goheh noon.. villigili meehunnakee nulafaa bayekey kiyaa adu ahan..

    ReplyDelete
  7. viligilla meehunnakee khaseelay nubai hadi huthurubahun mehunna dhimaakuraa baeykan dhannan, ekamakuves ranagalhu meehunves thibey!

    ReplyDelete
  8. Dhevadhoo shihad ge liyun therikamuge fanvaru vara dha , mulhi ethi dheyha kolyma engigen midhany Viligiyyaky Vara nubai nulafaa rashekan saabithu kodhinun , thyiaamge ku thimaa haama nukuraakan engigen higajje, Dhevadhoo meehun vara boda vilingili meehunai alhaai gangen ulheynee atoll ge verikan kuraa ra veemai , ahrumen maruhabaa kiyan dhevadhoo kudhi bodu enmenna ,

    ReplyDelete
  9. Dhevadhoo ayyaa kiyavan vilingili ga ulhunu dhuvas varu vara gina kuda kudhinna behi rashuge magumathyga football kulhun noon kame novey

    ReplyDelete
  10. Villigili meehun dhevvadhoo meehunnakee moya'nah hedhias, Budhdeege gothunnaa ilmee gothun kureega ulhey bayakee kon bayeytho thimaage amilla nafsaa suvaalu kohllun buddhiveri kanneyge?? alhugaduge thajuribaaga villigili emmenakee gose baeh noon.. haassakoh emeehun dhevvadhoo meehun dheke lobi vaakan varah faahaga kurevey.. ekamakuves e rashuga ulhey madhu bayegge sababun rashuge ehen meehunge aguves gina faharu onnanee vettifa..

    ReplyDelete
  11. hehe 1993 ... ahren miluyun kiyaa lumun fennanee thimaa ge mausoom kan saabithu koiydhinumah meehkau kuramun dhaa mashakah. Juce patee eh nethey hama bunumakun egeymeehuneh naanane lati buri hifageneh maraalakah .. thimaayah kurevifa vaa akmeh nethi varah qaboolu nukurevey thiyahen kan higaafaane kamah ahrenakee ves thiay rashah Villingiya dhiya beeravvehseh. ahren ves 15 dhuvahu thiya rashuga ulhunin..meehunaa medhu thiya gothah kan kan kureveythee eh nudheken. adhi adehves naahan Yaqeen thirashuge thahuzeebee mingadu huree emme usmineh ga eh noon ekamaku thimaage rangalhuvaahak dhakka iru , thimaa schoolah vanee Maqaamu ge nufooz beynun koggen dhekki vaahak thakun saabithu vey

    ReplyDelete
  12. މަގޭ ހިތަށް އަރާ މި ޝިހާދު އިބްރާހީމަކީ ބުއްދި ސަލާމަތުން ހުރި މީހެއްބާއޭ؟ ނޫނީ ހިނދުކޮޅުގައި ހުރީ ބާއޭ؟ މީ ފަހެ ލިޔުން ތެރިއެއްތަ؟ އަހަރުމެން އަތޮޅު ގައިވެސް އުޅޭ މިކަހަލަ ބޯ ގޮވާފަ ހުރި ލިޔުން ތެރިއެއް.

    ReplyDelete
  13. shihaadhu kaley thee haadha moya meehekey dhw.kaley ekujjaa gaiga nujahamey buneema kaaku gaboolu kuraanee.kale eh nuntha bunee kolufushee meehun bune ey seykh imraan india anheneh gayah eriey.ehen emeehun buneema gaboolu kohfa.mamma dharifuluge bas gabool nukureema dhw vee bodu massala akah.emme furathama mathy thauleemu hoadhumah eli bingaaves thi elee magaamuge nufooxu beynun kohgen.thikahala meehaku ragalu vaanee kihenei,thee hama budhdhi filaa gos huri meehehtho balan jehey.

    ReplyDelete
  14. islaam dheenuge rivethi usool thakah malaamay kuraa liyun thakeh mi fennanee?? e dheenuge adhabu akhlaagaa khilaafah.. ادْعُ إِلَىٰ سَبِيلِ رَ‌بِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ ۖ وَجَادِلْهُم بِالَّتِي هِيَ أَحْسَنُ ۚ إِنَّ رَ‌بَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِ ۖ وَهُوَ أَعْلَمُ بِالْمُهْتَدِينَ [16:125 mi aayathah kuraa malaamathegge gothuga.. theetha rivethi gothuga hikumathaa eku islaam dheenah govaalan angavaafa oy gothakee??? mulhi site furifa mi hunanee meehunge boluga saabithu nukurevey dhogu thuhmath alhuvaa gazfu koh fithna fasaadha fathuraafa hunna munaafiq liyun thakun... maay kalaange aa wakeeel... thibaa ah thedhu magu maay Allaah dhakkavaashi..

    ReplyDelete
  15. aaaaaan dhevvaadhoo moyain hehehe... ekam vilingili meehunakee hama varah nubai baeh igey

    ReplyDelete
  16. Thee 1993 mee 2017. Gaimu mihaaraku thibunaa zaathuge baeh noolhe. Zamaan badhaluvejje. Meehunves badhalu vejje. Kameh nethi villingily meehun anekaa ah aniyaakoh hadi huthuru bahun muaamalaatheh nukuraane. Villingili school ga eyru dhevvadhoo varah gina kudhin ulheyne. Mashaa eku eh claahuga ves ulhunu varah gina kudhin. gaaimu ekudhinnakah dhimaleh nuvey thifadha kameh

    ReplyDelete
  17. Mihaaru thibunaa zaathuge meehun noolhey. Villingily meehehge haisiyyathun thi vaahaka thee thedheh kamah gabool kuran. E dhuvas kolhu meehunge visnun huri goith hama thee. Amalu thah hunna goith hama.

    ReplyDelete
  18. ވިލިނގިލީ ގިނަ މީހުންަކީ އޭރުވެސް މިހާރުވެސް ވަރަށްބޮޑާ ކިބުރުވެރި ބައެއް. އެމީޫން ބަޔަކަށް އެއްސް ކުރިއެރުމެއްމޮޅެއްވާކަށްދުވަހަކުވެސް ނޭދޭނެ. އަޑުގަދަމީހުންގެ ރުއް ގިނަވާނޭ ބުނާގޮގަށް އަޑުގަދަކޮށްގެން ތަޅޅާފޮޅައިގެން ކުރިހޯދަން އުޅުމަކީ އެމީހުންގެ އާދަ

    ReplyDelete
  19. Kommw rasheh ga ves ulheyne goas meehunna rangalhu meehun.. mi liyumuge sababun villigily meehunna dheythrey ehen meehun dhekey goiy badhalu vegen dhaanee v negative koh.. stereotype kurumakee dhivehinge therey v aammukameh..mee eyge eh sababu..

    ReplyDelete
  20. ވިލިނގިލީ ރައްޔިތަކަށް ވެހުރެ ބުނަލަން ބޭނުންވަނީ އޭރުވެސް މިހާރުވެސް ވިލިނގިލީ ގެ މެޖޯރިޓީ މިސްމީހުން ގެ އުޅުން އަދިވެސްބައްޓަން ވެފަހުރީ ހަމަ ދިދެންނެވި މަޒުމޫނުގައި ވާގޮތަށެވެ. ހިތާމަޔަކީ ެއމީނުންނށް ވުރެ ދެންތިބެނީ ވަރަށް ދެރަނިކަމެތި ބައެއްކަމެވެ. ދިފަދަ ހާދިސާއެއްގައި އަޅުގަނޑުގެ ބޭބެ ވަނީ މިދުނިޔެއާއި އަލްވަދާއު ކިޔާފައެވެ. ހޭލުންތެރިބަޔަކަށް ވެވޭތޯ އަބަދުވެސް ފަރުދީ ޒިންމާ އަދާކުރަމާތޯ

    ReplyDelete
  21. Ahannakah Villingili meehuneh neygey ekamaku thiee kuree zamaanuga varah gina rah rashu meehun ge gotheh. Kuda kudhinnah ves hadhaanee hadhaane gotheh, meehun gina ginain thedhah mikahala vaahaka kiyaadhey nama kuree zamaanuga meehun "rangalhu" kamah kuraa dhauvaa nuves kurees. Ehaa ves meehun nubai. Aharen mikahala varah vaahaka ahan ekamaku migothah aanmu liyumakun mi fenunee furathama faharu. Ehen nama ves bunan othee vaki rasheh ge meehun nubai kamakah dhekeveykah nethey. Nubai hithuge verin hama hurihaa rasheh ga ves ulhey.

    ReplyDelete
  22. Umurah hithun nufilaa varuge hadhaaneh hithuga laigen mi ulhenii thirashun faibaigen.kudha dhariyaku govaigen ( 7 months ) Ramazaan meehehge 26 vana dhuvahuge haveeru 4:00 jehi firimeehaa rashuga nerhees ge in nerelaa . Mulhi family ehmen vegen firimeehaa ahnandhen 15 dhuvas van dhen bavaaa, furahsaarakoh, ehchihi keey hadhaanaa eku .theeey varah rahum kuda baeh ulheey rasheh.

    ReplyDelete
  23. Dheyhvadhoo shihaadhu thee kudakufhin gayan aramun fouvi meeheyn eyhen veema eyrashu meehun thalhaane eyhnun nuvithaakan hurigey dhaatha kaariyah vadhey mosheyn onnaaney kohmeyreyaku ladheyhves nuganey eyvaahaka liyaabala maareethi vaane

    ReplyDelete
  24. Thee Male theyreyan ginaveygeyn masthuvaa eyhchihi bogeym dhuvaa rudiyeyh hamageyhey eyhchen liyaakan ves neyge dheyh vadhoo meehungey zuvaabu kuraa video mulhi FB ga veys ladheyh nuganey baa

    ReplyDelete
  25. Nathan athulaa thalhaagathee ves villingili ga hureygeyn eyrashu kuda kufhin naabeyhey there thi Rudi shihaad

    ReplyDelete
  26. Huvadhu atholhah ufan vi emme gamaaru lhaa mi ehchihi liyanee. Kihineh gaboolu kuraanee 😂😂😂

    ReplyDelete