Tuesday, November 25, 2014

#

އެންޓަން ޕިލަރ އޯޑަރ

އެންޓަން ޕިލަރ އޯޑަރަކީ ކޮބާ؟

· އެއްފަރާތުގެ އެދުމުގެ މަތިން ނެރޭ އަމުރެއް

· ދައުވާ ކުރާ ފަރާތުގެ މަންދޫބުންނަށް ތަނަކަށް ވަނުމުގެ ހުއްދަ ދެވޭ.
· ބޭނުން: ތަކެއްޗާއި ލިޔެކިޔުން ހޯދައި އެތަނުން ގެންދިއުން.


އެންޓަން ޕިލަރ އޯޑަރ

· ބޭނުން ކުރެވޭނީ ޝަރިއަތް ކުރެވެންދެން؛

· ދައުވާ ލިބޭފަރާތުން އޭނާއަތުގައި ވާ އެއްޗެއް ޝަރިއަތުގައި ގެއްލުމެއް ވެދާނެތީ ނައްތާލިޔަ ނުދިނުމަށް؛

· ކޯޓްގައި މައްސަލަ ކުރިޔަށް ގެންދިއުމުގެ ކުރިން، ނުވަތަ މައްސަލަ ހިގަނިކޮށް، ނުވަތަ ހުކުމް އިއްވުމަށްފަހު ތަންފީޒުކުރަން އެހީ އެއްގެ ގޮތުން، ކުށެއްގެ ހެކި ކަމަށް ބެލެވޭ އެއްޗެއް ނައްތާލިޔަ ނުދިނުމަށް ނުވަތަ އެތަކެތި ތަނުން ގެންދިޔަ ނުދިނުމަށްޓަކައި.


އެންޓަން ޕިލަރ އޯޑަރު ގެ ބާވަތް

ވަރަށް އާދަޔާ ޚިލާފު މަދު ހާލަތްތަކުގައި ދެވޭ ފަރުވާއެއް

· ތަނަށް ވަދެ ލިޔުމެއް ހޯދުމުގެ ހުއްދަ މަންދޫބަށް ދެވޭނެ

· ދައުވާ ލިބޭ ފަރާތަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ. އަދި އޭނާގެ އަބުރަށް ގެއްލުން ވާނެ.


އެންޓަން ޕިލަރ އޯޑަރު ބޭނުން ކުރުމާއި އޭގެ ދާއިރާ

· ވިޔަފާރީގައި މަކަރު ހެދުމުގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް ބޭނުންތެރި އެއްޗެއް

· އިތުބާރާއި ޚިލާފުވުން، ކޮޕީ ރައިޓާއި ޚިލާފުވުން


އެންޓަން ޕިލަރ އޯޑަރު ބޭނުން ކުރުމާއި އޭގެ ދާއިރާ

އެފަދަ އޯޑަރެއް އާއިލީ މައްސަލަތަކުގައި ވެސް ބޭނުން ކުރެވިދާނެއެވެ. (Emanuel v Emanuel [1982] 1 W.L.R 669)

· ފިރިމީހާ އޭނާގެ މިލްކިއްޔާތާ މެދު ކޯޓުގައި ދޮގު ހަދާފައި އޮވެދާނެއެވެ.

· ކުރީގެ ފިރި މީހާ އަށް އޭނާގެ މުދަލާ ބެހޭ ލިޔުންތައް ހުށަހަޅާން އަންގާފައި އޮވެދާނެއެވެ.

އެންޓަން ޕިލަރ އޯޑަރުގެ ތާރީޚު

މި ބާވަތުގެ އޯޑަރު ފުރަތަމަ ބޭނުން ކުރެވިފައިވަނީ 1974 ގައެވެ. (EMI LTD V KISHORILAL PANDIT [1975] 1 WLR 302.)

EMI LTD V KISHORILAL PANDIT [1975] 1 WLR 302 ގަޟިއްޔާ

މައްސަލަ ހިގާފައިވާ ގޮތް:

· ދައުވާ ކުރާ ފަރާތަށް އިންޑިޔާގައި ވަރަށް ގިނަ ލަވައިގެ (ރެކޯޑް ކޮށްފައިވާ އަޑުގެ) ކޮޕީރައިޓް ލިބިފައި ވެއެވެ.

· ދައުވާ ލިބޭފަރާތުން ދައުވާކުރާ ފަރާތުގެ ކޮޕީރައިޓާ ޚިލާފުވެ އެ ލަވަތަކުގެ ކޮޕީހަދައި ގަވާއިދާ ޚިލާފަށް ވިއްކަމުން ދާކަން ދައުވާކުރާ ފަރާތަށް އެނގިއްޖެއެވެ.

· ދައުވާކުރާ ފަރާތުން އިންޓަރލޮކިއުޓަރީ (ވަގުތީ) ފަރުވާއަށް އެދެއެވެ. މިއަށް އަނެއް ފަރާތުން ދެކޮޅެއް ނުހަދައެވެ.

ކޯޓުގެ ނިންމުން:

· ދައުވާކުރާފަރާތުން އެދުނުގޮތަށް އަމުރު ނެރެ ދިނެވެ.

· ފަނޑިޔާރު ޓެމްޕަލްމޭން ފާހަގަކުރިގޮތުގައި، މަދު ހާލަތްތަކެއްގައި، އަދުލު އިންސާފު ގާއިމުކުރުމަށްޓަކައި ލިޔެކިޔުންތަކެއް ހޯދައި ބަލަން ޖެހޭނަމަ، އެކަން ކުރުމުގެ އޯޑަރެއް ނެރުމުގެ ބާރު ކޯޓަށް ލިބިގެން ވެއެވެ.



Anton Piller KG v Manufacturing Processes [1976] Ch 55.

· އެޕީލް ކޯޓުން ފުރަތަމަ ފަހަރަށް ފަރުވާގެ އިހުތިސާސް ނެގެހެއްޓީ މިމައްސަލައިގައެވެ.

· ދައުވާކުރާ ފަރާތުގެ މައުލޫމާތެއް، އެފަރާތުގެ އެޖެންޓުން ވާދަވެރި ކާރުޚާނާއަކަށް ފޯރުކޮށްދެން އުޅޭކަން ދައުވާ ކުރާ ފަރާތައް އެނގިއްޖެއެވެ. މި މައުލޫމާތު ބޭނުން ކޮށްގެން ވާދަވެރި ކާރުޚާނާއިން، ދައުވާ ކުރާ ފަރާތުގެ އުފެއްދުން ތަކާ އެއްގޮތް ތަކެތި އުފެއްދޭނެއެވެ.

· ދައުވާކުރާ ފަރާތުން ބޭނުންވީ ވާދަވެރި (ދައުވާ ލިބޭ) ފަރާތުން، ދައުވާކުރާ ފަރާތުގެ މެޝިންތައް ކޮޕީ ކުރުން ހުއްޓުވުމަށެވެ. އެހެނަސް، ދައުވާ ލިބޭ ފަރާތަށް ނޯޓިސް ދީފިނަމަ، އެފަރާތުން ލިޔުން ތައް ނައްތާލައި ނުވަތަ އިހުތިސާސުން ބޭރަށް ފޮނުވަފާނެކަމަށް، ދައުވާ ކުރާ ފަރާތުގެ ބިރު އޮތެވެ.

ކޯޓްގެ ނިންމުން

· އެއްފަރާތުގެ އެދުމަށް ބަލައި އެފަދަ އަމުރެއް ނެރުމުގެ އިހުތިސާސްއަކީ ކޯޓަށް އަމިއްލަ ޒާތުގައި އޮތް އިހުތިސާސެކެވެ. އެހެން ނަމަވެސް އެ އިހުތިސާސްގެ ބޭނުން ހިފަންވާނީ ވަރަށް މަދު ހާލަތެއްގައި، ހެކި ނައްތާލަފާނެކަމުގެ ނުވަތަ މުދާ ގަވާއިދާ ޚިލާފަށް ބޭރުކޮށްފާނެ ކަމުގެ ބޮޑު ބިރެއް އޮތް ނަމައެވެ.

· ދެފަރާތުގެ ދެމެދުގައި އަދުލު އިންސާފު ޤާއިމުކުރުމަށް، އެފަދަ ފިޔަވަޅެއް މުހިއްމު ކަމަށާއި އެ ފިޔަވަޅުގެ ސަބަބުން ދައުވާ ލިބޭފަރާތަށް ނުވަތަ އޭނާގެ ހައްގަށް އުނިކަން ނާންނާނެކަން ދައުވާ ކުރާ ފަރާތުން ސާބިތު ކޮށްދޭން ވާނެއެވެ.

އެންޓޮން ޕިލާރ އޯޑަރާއި ބަލައި ފާސް ކުރުމުގެ އަމުރު (Search Warrant) ގެ ތަފާތު

· ލޯރޑް ޑެނިންގް ބުނެފައިވާ ގޮތުން އެންޓަން ޕިލާރ އޯޑަރަކީ ސާރޗް ވަރަންޓެއް ހެން ހީވެދާނެއެވެ. އެހެނަސް އޭގައި ތަފާތެއް ވެއެވެ. އެންޓަން ޕިލަރ އޯޑަރަކުން ދައުވާ ލިބޭފަރާތުގެ ރުހުމާާ ނުލައި އޭނާގެ ތަނަކަށް ވަނުމަށް ހުއްދައެއް ނުދެއެވެ. އޭގެ ބަދަލުގައި އެ އޯޑަރުން އެފަދަ ހުއްދައެއް ދިނުމަށް ދައުވާލިބޭ ފަރާތަށް ޕްރެޝަރ ކުރަނީއެވެ.

· އެ އަމުރުން އެފަދަ ހުއްދައެއް ދިނުމަށް ދައުވާލިބޭ ފަރާތަށް އަންގަނީއެވެ. ހުއްދަ ނުދީފިނަމަ ކޯޓުގެ ހުރުމަތް ކަނޑާލިކަމަށް ބެލެވޭނެއެވެ.



އެންޓޮން ޕިލާރ އޯޑަރ ނެރޭއިރު ފުރިހަމަ ކުރަން ޖެހޭ ޝަރުތުތައް

1. ފާޅުކަން ބޮޑު ގޮތެއްގައި މައްސަލައެއް ފެންނަން އޮތުން

2. ވެދާނެ ގެއްލުން ނުވަތަ ވެފައިވާ ގެއްލުމަކީ ދައުވާކުރާ ފަރާތަށް ވަރަށް މުހިއްމު ކަމަކަށް ވުން؛

3. ދައުވާ ލިބޭ ފަރާތުގެ ބެލުމުގެ ދަށުގައި ކުށުގެ ހެކި ކަމަށް ބެލެވޭ ލިޔުމާއި ތަކެތި (މައްސަލައިގައި ނައްތާލިޔަ ނުދޭން އުޅޭ ހެކި) ހުރިކަމުގެ ފާޅުކަން ބޮޑު ހެކި ހުރުމާއި، ދެފަރާތް ހާޒިރުކޮށްގެން އަމުރކަށް އެދެވޭ އިރު އެ ތަކެތި ނައްތާލަފާނެ ކަމުގެ ހަގީގީ ބިރެއް އޮތުން.



Automatici Italicia SPA v Holford General Trading Co [1985] 1 WLR 1066.

· މި މައްސަލައިގައި އެންޓަން ޕިލަރ އޯޑަރެއް، ފަނޑިޔާރު ލެގަޓް ނެރެ ދިނެވެ.

· އޭނާ ނިންމީ އަމުރަށް އެދޭ އިރު ހޯދަން އުޅޭތަކެތީގެ ލިސްޓެއް ހިމަނަންވާނެ ކަމަށެވެ.

· ހޯދަން އުޅޭ އެއްޗެއް ނޭގި އެއްޗެއް ފެނިދާނެކަމަށް ބަލައި (މަހެއް ގަނެދާނެ ކަމަށް ދޮށިއެއްލުމަށް) މިފަދަ އަމުރެއް ނުނެރެވޭނެއެވެ.



އެންޓޮން ޕިލާރ އޯޑަރގެ ދާއިރާ

ދާއިރާވަނީ ފަހުން ފުޅާކުރެވިފައެވެ.

· ކުރިން: ކުށުގެ ހެކި ކަމަށް ބެލެވޭ ހުރިހާ ތަކެތި ހުންނަން ވާނީ އެޕްލިކޭޝަންގައި ލިސްޓް ކޮށްފައެވެ.

· މިހާރު: ފެންނަ ބައެއް ތަކެއްޗަކީ ލިސްޓްގައި ނެތް އެއްޗެތި ކަމަށް ވިޔަސް، އެއީ ހެކީގެ ގޮތުގައި ބަލައިގަނެވޭނެއެވެ.

· Yousif v Salama [1980] 3 All ER 405



މެލޭޝިއާގެ ބައެއް ކޭސް

Lian Keow Sdn Bhd v Paramjothy & Anor [1982] 1 MLJ 217

Regent Decorators (M) Sdn Bhd & Anor v Michael Chee & Ors [1984] 2 MLJ 78

Penerbit Fajar Bakti Sdn Bhd v Cahaya Surya Buku dan Alat Tulis [1989] 1 MLJ 386

Arjunan v Kesatuan Kebangsaan Pekerja – Pekerja Ladang [1993] 1 MLJ 326

(Lian Keow Sdn Bhd v Paramjothy & Anor [1982] 1 MLJ 217) ޤަޟިއްޔާ

· ދައުވާ ކުރާފަރާތަކީ ބިން ކޮޅެއްގެ beneficial owners (ޤާނޫނީ މިލްކުވެރިކަން ނެތަސް، ނަމާއި ބިން ބޭނުންކުރުމުގެ މިލްކުވެރިކަން އޮތް މީހުން) އެވެ.

· ދައުވާ ކުރާ ފަރާތުން އެދުނީ ބިމާ ބެހޭ ހުރިހާ ލިޔުންތަކެއް (ޓްރަސްޓް ޑީޑް އާއި ބިން ގަތުމާ ބެހޭ ލިޔުންތައް) އެ ފަރާތުގެ ބެލެހެއްޓުމުގެ ދަށަށް އައުމެވެ.

· ކޯޓުން، އެ އެދުމާ އެއްގޮތަށް ހުއްދަ ދިނެވެ.

· ފަނޑިޔާރު ޔޫސުފް އަބދުއްރަޝީދު ބުނީ ދައުވާލިބޭ ފަރާތާ އިދިކޮޅަށް ފާޅުކަން ބޮޑު އަދި ވަރުގަދަ ކޭސް އެއް އޮތްކަމަށް ދައުވާ ކުރާފަރާތުން ސާބިތުކޮށް ދީފި ކަމަށެވެ.

· ހަގީގަތުގައި ވެސް ޓްރަސްޓް ޑީޑް އާއި ބިން ގަތުމާ ބެހޭ ލިޔުންތައް ދައުވާލިބޭ ފަރާތުން ނައްތާލަފާނެ ކަމުގެ ބިރު އެބަ އޮތެވެ. އަދި އެ ލިޔުންތައް ދައުވާ ލިބޭ ފަރާތުގެ އަތުގައި އެބަ ހުއްޓެވެ.



އެންޓޮން ޕިލާރ އޯޑަރ ނެރޭއިރު ފުރިހަމަ ކުރަން ޖެހޭ ޝަރުތުތައް

1. ފާޅުކަން ބޮޑު ގޮތެއްގައި މައްސަލައެއް ފެންނަން އޮތުން

2. ވެދާނެ ގެއްލުން ނުވަތަ ވެފައިވާ ގެއްލުމަކީ ދައުވާކުރާ ފަރާތަށް ވަރަށް މުހިއްމު ކަމަކަށް ވުން؛

3. ދައުވާ ލިބޭ ފަރާތުގެ ބެލުމުގެ ދަށުގައި ކުށުގެ ހެކި ކަމަށް ބެލެވޭ ލިޔުމާއި ތަކެތި (މައްސަލައިގައި ނައްތާލިޔަ ނުދޭން އުޅޭ ހެކި) ހުރިކަމުގެ ފާޅުކަން ބޮޑު ހެކި ހުރުމާއި، ދެފަރާތް ހާޒިރުކޮށްގެން އަމުރކަށް އެދެވޭ އިރު އެ ތަކެތި ނައްތާލަފާނެ ކަމުގެ ހަގީގީ ބިރެއް އޮތުން.

މީގެ ތެރެއަށް ސްޓޯޓަން ކޮމިޓީއިން ވަނީ 4 ވަނަ ޝަރުތެއް އިތުރު ކޮށްފައެވެ. އެއީ:

4. އަމުރުގެ ސަބަބުން ދައުވާކުރާ ފަރާތަށް ބޮޑުގެއްލުމެއް ނުވަތަ އަމުރުން ގަސްދުކުރެވިފައިވާ މަޤުސަދާ ނުބައްދަލު ގެއްލުމެއް ނުލިބުން.

މި ޝަރުތު 2 ބަޔަކަށް ބަހާލެވިދާނެއެވެ. އެއީ

· ތަނަށް ވަދެ ބެލުމުގެ ސަބަބުން ދައުވާލިބޭ ފަރާތަށް ހަގީގީ ގެއްލުމެއް ލިބިގެން ނުވާނެއެވެ.

· މި އޯޑަރުން، ދައުވާކުރާ ފަރާތަށް ދައުވާ ލިބޭފަރާތުގެ ތަނަކަށް އޭނާގެ ރުހުމާ ނުލައި ވަނުން ހުއްދައެއް ނުކުރެއެވެ.


އެންޓަން ޕިލަރ އޯޑަރު ރައްކާތެރި ކުރުން

(Columbia Pictures v Robinson [1987] Ch 38)

· މި ޤަޟިއްޔާގައި އެންޓަން ޕިލަރ އޯޑަރުގެ ބޭނުމާއި އޭގެ މަޤުސަދާއި އޭގެ ފައިދާއާއި ގެއްލުމަށް ތަފްސީލުކޮށް ބަލާލައިފައި ވެއެވެ.

· މި ޤަޟިއްޔާއަކީ އެންޓަން ޕިލަރ އޯޑަރާ ގުޅޭ ގާނޫނުގެ "ފެންފަހިވާ ހިސާބު" ފާހަގަކޮށްދޭ ޤަޟިއްޔާއެކެވެ.

· މި ޤަޒިއްޔާގައި ނެރުނު އެންޓަން ޕިލަރ އަމުރު ތަންފީޒު ކުރެވުނެވެ. (އިސްތިއުނާފު ކުރި ފަނޑިޔާރު ބުނިގޮތުން މިލިޓަރީ ހަރަކާތެއް ހާ ބަރާބަރަށެވެ.)

· މި ކަމާ ގުޅިގެން ދައުވާ ލިބޭ ފަރާތް އެ ފަރާތުގެ ވިޔަފާރި ހުއްޓާލިއެވެ. އަދި އޯޑަރު ކެންސަލް ކުރުމަށާއި ބަދަލު ނަގައި ދިނުމަށް އެދި ކޯޓަށް ހުށަހެޅިއެވެ.

· އޯޑަރު ކެންސަލް ކުރުމުގެ މައްސަލަ ބެލި ފަނޑިޔާރު ސްކޮޓް އަންނަނިވި ކަންކަން ކުރިއެވެ:

o އެންޓަން ޕިލަރ އޯޑަރުގެ ބާވަތާއި ބޭނުންކުރާ ގޮތް މުރާޖައާ ކުރިއެވެ؛

o އޯޑަރު ގެ އިޖުރާއަތާ އިދކޮޅަށް ހުރި ފާޑުކިޔުންތަކަށް ޖަވާބުދާރީވެ، ސަޕޯޓް ކުރިއެވެ؛

o އެންޓަން ޕިލަރ އޯޑަރެއް ނެރުމުގައި ރިޢާޔަތް ކުރަން ޖެހޭނޭ 5 ރއްކާތެރިކަމެއް ފާހަގަ ކުރިއެވެ. އެއީ:

1. އޯޑަރުގެ އަމާޒަކަށް ވާން ވާނީ އަމުރު ނެރުނު ބޭނުމެވެ.

2. ތަންފީޒު ކުރާގޮތް ތަފްސީލުކޮށް ލިޔުން

3. ބެލޭނީ ހަމަ އެކަނި އޯޑަރުގައި ހުއްދަކުރާ އެއްޗެއްސެވެ.

4. މިލްކްވެރިކަމާ މެދު ދެބަސްވެފައި ތަކެތި އަތުލާފައި ވާނަމަ އެތަކެތި އަތުގައި ނުބެހެއްޓުން؛

5. އޮޅުމަކުން، އެކަށީގެން ވާ ވަރަށް ވުރެން އިތުރަށް ފާޅުކުރެފިފައިވާ ނަމަ އެކަމަށް ބާރު ލިބޭނޭ އެފިޑެވިޓް (ގާނޫނީ ބޭނުމަށް އަމިއްލަޔަށް ދޭ ބަޔާނެއް)


އަމިއްލައަށް ކުށްވެރިވާ ފަދަ ކަމެއް ނުކުރުމުގެ ހައްޤު

· ކޯޓްގައި އޭނާއާ އިދިކޮޅަށް ބޭނުން ކުރެވިދާނޭ މައުލޫމާތާއި ލިޔުންތަކާ ގުޅިގެން މި ހައްގު ބޭނުން ކުރެވިދާނެއެވެ.

· އިނގިރޭސި ވިލާތުގައި މި ހައްގު ލިބެނީ Civil Evidence Act 1967 ޤާނޫނުގެ 14 ވަނަ މާއްދާގެ (1) ގެ ދަށުންނެވެ.

· މިއީ އިނގިރޭސި ޤާނޫނުގެ ދަށުން ލިބިފައިވާ އަދި ކޮމަން ލޯ ގައި ބޭނުން ކުރެވިދާނެ އަސާސީ މިނިވަން ކަމެކެވެ.

· މައުލޫމާތެއް ފޯރުކޮށްދޭން، ނުވަތަ ލިޔުންތަކެއް ދޭން، ނުވަތަ އޭނާގެ ތަނަކަށް ދައުވާ ކުރާ ފަރާތް ވަދެ ލިޔުންތަކެއް ހޯދައި ނެގުމުގެ ހުއްދަ ދޭން ޖެހިފައިވާ މީހަކަށް މި ހައްގު ބޭނުން ކުރެވޭނެއެވެ.



RANK FILM DISTRIBUTORS LTD AND OTHERS V VIDEO INFORMATION CENTRE AND OTHERS [1981] 2 ALL ER 76 ޤަޟިއްޔާ

· ދައުވާ ލިބޭ ފަރާތުން އެދުނީ އެންޓަން ޕިލަރ އޯޑަރު އިސްލާހުކޮށް، އޭނާ އަމިއްލައަށް ކުށްވެރި ވުމުގެ ފުރުސަތު ނެތް ގޮތަށް ހެދުމަށެވެ.

· ކޯޓުން މިކަމަށް ވަކި މިންވަރަކަށް ހުއްދަ ދިނެވެ.

· އެންޓަން ޕިލަރ އޯޑަރެއް ނެރުމުގެ އިހުތިސާސާއި އޯޑަރު ނެރެން ޖެހޭ ސަބަބުތަކެއް މި މައްސަލައިގަ ހުއްޓެވެ.

· ކޮޕީ ރައިޓް މައްސަލައެއްގައި ދައުވާ ލިބޭ ފަރާތަށް އޭނާ ކުށްވެރިވެދާނެ ކަމަށް ބުނެ، އޭނާގެ ބެލުމުގެ ދަށުގައިވާ ތަނަކުން އެއްޗެތި ހޯދުން ހުއްޓުވުމަށް މި ހައްގުގެ ބޭނުން ކުރެވޭނެއެވެ.

· ދައުވާކުރި ފަރާތުން މި ނިންމުން އިސްތިއުނާފުކުރިއެވެ.

· ހައުސް އޮފް ލޯޑުން އެ އިސްތިއުނާފު ބޭރުކޮށްލިއެވެ.

· ހައުސް އޮފް ލޯޑުން ބުނީ ދައުވާ ލިބޭ ފަރާތަށް އަމިއްލައަށް ކުށްވެރި ނުވުމުގެ ހައްގު ބޭނުން ކުރެވޭނެކަމަށެވެ.

· މި ބާވަތުގެ އޯޑަރަކާ އެއްގޮތަށް އަމަލުކޮށްފި ނަމަ، އެ ހަލަތުގައި އޭނާއާ އިދިކޮޅަށް މަކަރު ހަދަން ރޭވުމުގެ ތުހުމަތުގައި ޖިނާއީ މައްސަލައެއް ހުށަހެޅުމުގެ ނުރައްކާ ފާހަގަކުރެވޭ މިންވަރަށް އޮތެވެ.

· އިނގިރޭސި ޕާލަމެންޓުން ވަނީ Supreme Court Act 1981 ޤާނޫނުގެ 72 ވަނަ މާއްދާގައި ވާ މައްސަލަ ތަކުގައި މި ހައްގު ބާޠިލުކޮށްފައެވެ.

· މީގެ ސަބަބުން އެ މާއްދާގައި ބުނާ ކަންތައްތަކަށް، ޚާއްސަކޮށް ފިކުރީ މުދަލުގެ މައްސަލަތަކުގައި، އެންޓަން ޕިލަރ އޯޑަރު ބޭނުންކުރެވޭނެއެވެ.



މެލޭޝިއާގައި އޮތް މަޤާމު

· މި ހައްޤު Evidence Act 1950 ޤާނޫނުގެ 132 ވަނަ މާއްދާއިން ބާޠިލުކޮށްފައި ވާ ކަމަށް ބެލެވެއެވެ.

· މެލޭޝިއާގައި ތައާރަޒު ވާ ގޮތަށް އޮތް ހައިކޯޓުގެ 2 ހުކުމެއް އޮތުމުން، މި ހައްޤުގެ މަގާމު އަދި މުޅިން ސާފެއް ނުވެއެވެ.



Evidence Act 1950 ޤާނޫނުގެ 132 ވަނަ މާއްދާ

"ކުށްވެރިވެދާނެތީ ކަމަށް ބުނެ، ނުވަތަ ކުށްވެރިވުމަށް މަގު ފަހިވެދާނެ ކަމަށް ބުނެ، ނުވަތަ އަދަބަކަށް ނުވަތަ މާލީ ގެއްލުމަކަށް ހުށަހެޅިދާނެ ކަމަށް ބުނެ، ނުވަތަ އޭނާގެ ދަރަންޏެއް މެލޭޝިއާ ސަރުކާރަށް ނުވަތަ ސްޓޭޓަކަށް ނުވަތަ މީހަކަށް ދައްކަން އޮތްކަން ސާބިތުވެދާނެތީ ކަމަށް ބުނެ، ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ނުވަތަ އެހެންވެސް މަދަނީ ނުވަތަ ޖިނާއީ ޝަރީއަތަކާ ގުޅުން ހުރި ސުވާލެއް ކުރުމުން އެ ސުވާލަށް ޖަވާބު ނުދިނުމަށް ހެއްކަކު ދައްކާ އުޒުރެއް ގަބޫލެއް ނުކުރެވޭނެއެވެ."

މި މާއްދާގައި އޮޅުން އަރަނީ "ހެއްކަކު" މި ބަހާ މެދުގައެވެ. ދެ މައްސަލައެއްގައި މި ބަސް ވަނީ ދެ ގޮތަކަށް މާނަކޮށްފައެވެ.



Television Broadcasts Ltd & Ors v Mandarin Video Holdings Sdn Bhd [1983] 2 MLJ 346 ޤަޟިއްޔާ

ފަނޑިޔާރު ޗޭން ބުނީ:

· އެފިޑެވިޓް ހެއްކަކީ (ކޯޓްގައި ބޭނުންކުރުމަށް ލިޔެ ސޮއިކޮށްފައިވާ ޤާނޫނީ ލިޔުމެއް) 132 ވަނަ މާއްދާގައި ހިމެނޭ އެއްޗެކެވެ.

· "ހެއްކަކީ " އަނގަ ބަހުން ވިޔަސް ލިޔުމުން ވިޔަސް ހެކިބަސް ދޭ މީހާއެވެ.

P.M.K Raja v Worldwide Commodities [1985] 1 MLJ 65. ޤަޟިއްޔާ

ފަނޑިޔާރު ޒަކަރިއްޔާ ޔަތީމް ބުނީ:

· އެފިޑެވިޓް ހެއްކަކީ (ކޯޓްގައި ބޭނުންކުރުމަށް ލިޔެ ސޮއިކޮށްފައިވާ ޤާނޫނީ ލިޔުމެއް) 132 ވަނަ މާއްދާގައި ހިމެނޭ އެއްޗެއް ނޫނެވެ.

· 132 ވަނަ މާއްދާގެ ބޭނުމަށްޓަކައި ހެއްކަކީ ކޯޓަށް ހާޒިރުވެ ހުވައިކޮށް، މައި ސުވާލުތަކަށް ޖަވާބުދީ، ކްރޮސް އެގްޒެމިނޭޝަން (ހެކިދޭމީހާ ހާޒިރުކުރި ފަރާތް ނޫން އަނެއް ފަރާތުން ސުވާލުކުރުން) ގެ ސުވާލުތަކަށް ޖަވާބުދީ އަދި ދެވަނަ ބުރުގެ ސުވާލުތަކަށް ޖަވާބު ދޭން ޖެހިދާނެ މީހެކެވެ. އެހެން ކަމުން ލިޔުމުން ބަޔާނެއް ދޭ މީހަކީ ހެއްކެއް ނޫނެވެ.

· ދައުވާ ލިބޭ ފަރާތަށް، އަމިއްލައަށް ކުށްވެރިނުވުމުގެ ހައްގު އޮންނާނެއެވެ.



ފަހުގެ ކޭސް ތައް

· Arthur Anderson & Co v Interfood Sdn Bhd [2005] 6 MLJ 239

· Apparatech (M) Sdn Bhd v Ng Hock Chong & Anor [2006] 2 MLJ 61

No comments:

Post a Comment