ވަގުތީ އަމުރެއް ބާޠިލުކުރަން ނިންމާއިރު ކޯޓުތަކުން ރިޢާޔަތް ކުރާ އުސޫލުތަކެއް ހުރެއެވެ.
1. ކަމެއް ފޮރުވާފައިވުން ނުވަތަ ދޮގު މައުލޫމާތެއް އެއީ ތެދުއެއްޗެއް ކަމަށް ވަކާލާތުކޮށްފައި ވުން
- · ފޮރުވުމެއް ނެތި ފުރިހަމަ މައުލޫމާތު ހެއްކާއެކު ހާމަ ކޮށްފައިވުން؛
- · ދައުވާ ކުރާ ފަރާތުން، ކޯޓުގައިވާ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް ފޮރުވައިގެންވެސް ނުވަތަ ހާމަކޮށްގެން ވެސް ނުވާނެއެވެ.
- · މި ކަންކަމުން އެނގެނީ ދައުވާ ކުރާފަރާތުން ކޯޓަށް އައީ ސާފު އަތަކާ އެކު ނޫން ކަމެވެ.
M. R. K Nayar v Ponnusamy & Ors [1982] 2 MLJ 174. ޤަޟިއްޔާ
މި މައްސަލައިގަ ދައުވާ ލިބޭފަރާތުން ބިން ކޮޅެއް ވިއްކިޔަ ނުދިނުމަށް ދައުވާކުރާ ފަރާތުން ވަގުތީ އިންޖަންކްޝަނެއް ހޯދިއެވެ. ދައުވާ ކުރާފަރާތުން އެ އަމުރު ހޯދީ ބައެއް މައުލޫމާތު ފޮރުވައި ކޯޓަށްއޮޅުވާލައިގެން ކަމަށް ބުނެ، އެ އިންޖަންކަޝަން ބާޠިލު ކޮށް ދިނުމަށް ދައުވާ ލިބޭ ފަރާތުން އެދުނެވެ.
ފަނޑިޔާރު އެ އިންޖަންކްޝަން ބާޠިލުކޮށްފައި ބުނީ: " އިންޖަންކްޝަނެއް ދިނުމަކީ ކޯޓުގެ އިޚުތިޔާރުގައި ވާ ކަމެކެވެ. ކޯޓަށް ލިބިފައިވާ އިޚުތިޔާރުގެ ބޭނުން ކުރުމުގެ ކުރިން ކަމާބެހޭ ހުރިހާ މައުލޫމާތެއް ފޯރުކޮށްދިނުމަކީ ދައުވާކުރާ ފަރާތުން ކުރަން ޖެހޭނެ ކަމެކެވެ. އަހަރެންގެ ނަޒަރުގައި ދައުވާ ކުރާފަރާތުން ބައެއް ކަންކަން ފޮރުވާފައިވާތީ، އޭނާ ކޯޓަށް އައީ ސާފު އަތަކާއިގެނެއް ނޫނެވެ. އިންޖަންކްޝަނަކީ އިކުއިޓީގެ (އަދުލުވެރި ކަމުގެ) ފަރުވާއަކަށް ވާ ހިނދު، މި ހާލަތުގައި ދައުވާ ކުރާފަރާތަށް އޭގެ ފައިދާ ދީގެން ނުވާނެއެވެ."
- · މި ނިންމުން ދައުވާ ކުރާ ފަރާތުން އިސްތިއުނާފު ކުރިއެވެ.
- · އިސްތިއުނާފު ކޯޓުން ބޭރުކޮށްލިއެވެ.
2. އަމުރު ބިނާވެފައިވަނީ ޤާނޫނުގެ ނުބައި މަފްހޫމެއްގެ މައްޗަށް ކަމަށް ވުން
Regent Oil Co Ltd v J.T. Leavestley [1966] 1 WLR 1210.
މިސާލަކަށް، މި މައްސަލައިގަ އިންޖަންކްޝަން ނެރުނު ފަހުން އެޕީލް ކޯޓުން ވަނީ ޤާނޫނުގައި ބުނާ އެއްޗެއް ސާފުކޮށް ދީފައެވެ.
3. އަމުރާ ގުޅުމެއް ނެތް ތިންވަނަ ފަރާތަކަށް އަސަރުކުރުން
Iraqi Ministry of Defence v A. Shipping [1981] QB 65.
- · މި މައްސަލައިގަ ތަދައްޚުލުވާ ފަރާތުން ވަނީ ދައުވާ ލިބޭފަރާތަށް ލޯނެއް ދީފައެވެ.
- · ދައުވާ ލިބޭ ފަރާތުގެ ބޯޓްތަކަކާ އެކު ދައުވާކުރާ ފަރާތުގެ މުދާތަކެއް ވަނީ ކަނޑަށް ފެތިފައެވެ.
- · ދައުވާ ކުރާ ފަރާތުން 3 މިލިޔަން ޑޮލަރުގެ ބަދަލު ހޯދުމަށް ކޯޓަށް މައްސަލަ ވައްދައެވެ. އަދި ދައުވާ ލިބޭ ފަރާތުގެ މިލްކިއްޔާތު ފްރީޒްކުރުމަށް (ބޭނުން ނުކުރެވޭ ގޮތަށް ބެހެއްޓުމަށް) މަރެވާ (Mareva) އިންޖަންކްޝަނަކަށް އެދެއެވެ. އެ މިލްކިއްޔާތުގައި އިންޝިއުރަންސުން ލިބޭ އެއްޗެއް ވެސް ހިމެނެއެވެ.
- · ތަދައްޚުލުވި ފަރާތުން އަމުރު ބަދަލުކުރުމަށް އެދުނެވެ. އެއީ އިންޝުރަނަސް އިން ލިބޭ އެއްޗަކުން ލޯނު ދެއްކޭ ގޮތަށް ހެދުމަށެވެ.
- · ތަދައްޚުލުވި ފަރާތުން އެދުނުގޮތަށް ކޯޓުން އިންޖަންކްޝަން ބަދަލުކޮށް ދިނެވެ.
No comments:
Post a Comment