1) Don't write God please Write"Allah"
because there is No Description of God in The Holy Quran.
2) Don't say "Mosque" Always say "Masjid"
Because: Islamic Organization has found that
Mosque = Mosquitoes
3) Don't write "Mecca" write always correctly"Makkah"
Because: Mecca = House of Wines
4) Don't write "Moh'd" write always
completely "Mohammad"
Because: Moh'd= The dog with big mouth.
ޑރ. ޒާކިރު ނައިކްގެ ވާހަކަ ކުރުކޮއްލާފައި މިމެސެޖާއިމެދު އަޅުގަނޑުގެ ދެކޭގޮތް ހާމަކޮއްލާނަމެވެ. މަތީގައި އިގެރޭސި ބަހުން އެވާ މެސެޖް އޭގެ ކޮންމެ ނަމްބަރެއް ދިވެހިބަހަށް ތަރުޖަމާކޮށްފައި އޭގެ ތިރީގައި އަޅުގަނޑުގެ ރައްދު ހިމަލާނަމެވެ. މިއީ އަޅުގަނޑުގެ މިކަމުގައި ދެކޭގޮތެވެ.
އަޅުގަނޑުގެ ރައްދު: އިގެރޭސި ބަހުން މިކިޔާ "ގޯޑް"ގެ ދިވެހި ނަމަކީ "ކަލާނގެ" ނުވަތަ "ދޭވަތާ" އެވެ. އަރަބި ބަހުގައި "އިލާހު" ނުވަތަ "ރައްބު" އެވެ. ރަސޫލުއްﷲ (ޞއވ) ގެ މައްޗަށް ބާވައިލެއްވި ކީރިތި ޤުރުއާންގެ ކިތައްމެ ތަނެއްގައި "އިލާހަ" "ރައްބު" މިކަލިމަ އައިސްފައިވެއެވެ. ޒަމާނުންސުރެފެށިގެން ނިދުމުގެ ކުރީން ދިވެހިން ކިޔައި އުޅޭ އާޔަތުލް ކުރުސީގައިވެސް މިކަލިމަ އައިސްފައިވެއެވެ. ވީމާ ޤުރުއާނުން "ގޯޑް" އަކީ ކޮންއެއްޗެއްކަން އެގެން ނެތޭ ބުނާބުނުމަކީ ކަނޑައެޅިގެން ދޮގެކެވެ. އެހެން ކަމުން މުސްލިމުންގެ އިލާހަށް ނިސްބަތްކޮށް ދިވެހިބަހުން "މާތްރަސްކަލާނގެ" ކިޔޭނަމަ އިގެރޭސިބަހުން "ގޯޑް" ބޭނުން ނުކުރެވޭންވީ ސަބަބެއްނެތެވެ.
3. ވަކިގޮތަކަށް މައްކާ ސްޕެލްކުރީމަ މައްކާގެ މާނަ ފުރޮޅިގެންދަނީ ބަނގުރަލުގެ ބާވަތެއްކަމަށްވާ "ވައިން" އަށޯލަ.
އަޅުގަނޑުގެ ރައްދު:މިވެސް ކަނޑުކޮސް ވާހަކައެކެވެ. ކޮންމެ ގޮތަކަށް ސްޕެލްކޮށްފައިއިނަސް މައްކާއަށް ނިސްބަތްކޮށް ވާހަކަ ދައްކާއިރު ހަމަ އެ މުހާތަބުކުރެވޭނީ މައްކާއަށެވެ. ވައިންގެއަށް ނިސްބަތްކޮށް ވާހަކަ ދައްކާނަމަ ހަމަ ވައިންގެއަށެވެ. ކަންއޮތީ މިހެން ކަމަށްވެފައި ދުނިޔޭގެ އެކިހިސާބުތަކުގެ މީހުން "މައްކާ" ކިޔާއިރުގައި ޕްރޮނައުންސް ކުރުމުގައި ތަފާތުތަކެއް ހުރިކަމުގައިވިޔަސް ހަމަ އެމުހާތަބު ކުރަނީ ހުރުމަތްތެރިވެގެންވާ ރަށް އެބަހީ މައްކާ އަށެވެ.
4. "މޮހޮދު" ގެ މާނައަކީ ބޮޑުއަގަލީ ކުއްތާއަކަށް ވާތީ "މޮހޮދު" ނުލިޔެ "މުހައްމަދު" ލިޔާށޯ
އަޅުގަނޑުގެ ރައްދު: އަޅުގަނޑު ދެކޭގޮތުގައި ރަސޫލާގެ ނަންފުޅު ލިޔެވޭހިދު"މޮހޮދު" މިހެން ލިޔެގެން ނުވާނެއެވެ. އަދި "މުހައްމަދު" އެކަނި އެކަހެރިކޮށްވެސް ނުލިޔެވޭނެއެވެ. ލިޔަންޖެހޭނީ މުހައްމަދުއްސައްލަﷲ އަލައިވަސައްލަމް ނުވަތަ މުހައްމަދުއްރަސޫލުﷲ މިހެންނެވެ. އަޅުގަނޑުގެ އުމުރުން ތިރީސް އެތަށް އަހަރެއް ވޭތުވެ ހިގާއްޖެއެވެ. ދުވަހެއްގައިވެސް ރަސޫލާގެ ނަންފުޅު "މޮހޮދު" މިގޮތަށް ލިޔެފައިވާތަން ނުދެކެމެވެ. އަޅުގަނޑުގެ ޤަބޫލުކުރާ ގޮތުގައި މުސްލިމުން އެމީހުންގެ ނަބިއްޔާގެ ނަންފުޅު އެގޮތަކަށް ނުވެސްލިޔާނެއެވެ.
ކަންމިހެން ހުރުމާއިއެކު ފެތުރެމުން، ފޭސްބުކްގައި އެކަކު އަނެކަކަށް ޝެއަރ ކުރެވެމުންދާ މެސެޖަކީ ޙުރާފީ އެއްޗެކެވެ. ބުޙުތާން ދޮގެކެވެ. މިފަދަ ކަންތަކުން އަޅުގަނޑުމެން ސަމާލުވާންޖެހެއެވެ.
ނޯޓް: މިލިޔުމަކީ އަޅުގަނޑުގެ އޮޕީނިއަންއެވެ. ފަހަރެއްގައި އަޅުގަނޑުގެ ވިސްނުން ގޯސްވެސް ވެދާނެއެވެ. ހައްޤުގޮތް ފެނިއްޖެނަމަ އެގޮތުގައި ހިފާށެވެ. އަދި އަޅުގަނޑަށްވެސް ބުނެދޭށެވެ.
varah furihama
ReplyDelete