ތާރީޚު
· ކޮމަން ލޯގެ ދަށުން ބަލައިގަނޭ
· މަނާކުރުމުގެ އަމުރު (ވަރަށް ހަރުކަށި)
· އިންޖަންކްޝަން: ކޯޓް އޮފް ޗާންސަރީގެ އިހުތިސާސް
· ކޮމަންލޯ ގެ އިޖުރާއަތާ ބެހޭ ޤާނޫނު 1854: އެއިން ކޮމަން ލޯ ކޯޓަށްވެސް ބާރު ލިބިގެން ދިޔައެވެ.
· ސުޕްރީމް ކޯޓްގެ ޤާނޫނު (Supreme Court Act 1981) ގެ 37 ވަނަ މާއްދާއިން ބާރުތައް ފެންނާނެއެވެ.
އިންޖަންކްޝަންގެ ބާވަތްތައް
· މެންޑޭޓަރީ: ކަމެއް ކުރުމަށް އަންގާ
· ޕްރޮހިބިޓަރީ: ކަމެއް މަނާކުރާ
· ޕާރޕެޗުއަލް: ދާއިމީ (ފައިނަލް)
· އިންޓަރލޮކިއުޓަރީ : ވަގުތީ
މެންޑޭޓަރީ އިންޖަންކްޝަން· އެއީ ވަކި ކަމެއް ކުރުމަށް އަންގާ އަމުރެކެވެ.
މިސާލަކަށް B ގެ ބިމެއްގައި ޤާނޫނާ ޚިލާފަށް A ކުޑަ ޖިފްޓިއެއް ހަދައިފިއެވެ. B އަކަށް އެކަން ނުހުއްޓުވެއެވެ. އޭނާއަށް އެ ޖިފުޓި ރޫޅާ ލުމުގެ އަމުރެއް ހޯދިދާނެއެވެ. (މެލޭޝިއާގެ Specific Relief Act ޤާނޫނުގެ 53 ވަނަ މާއްދާ)
ޕްރޮހިބިޓަރީ އިންޖަންކްޝަން· މީހަކު ވަކި ކަމެއް ކުރުން މަނާ ކުރުން. މިސާލަކަށް :
o ފޮތެއް ޝާއިޢު ކުރުން
o ގެވެށި އަނިޔާ
o ބޯ ގޯސްވެފައި ހުރި ސަޕޯޓަރެއްގެ އުނދަގުލުން ސަލާމަތް ވުން
o މުދަލާއި ފައިސާ ނަގުލުކުރުން
o ބޭރަށް ދަތުރު ކުރުން
ESHWARA ENGINEERING SDN BHD V DELTA STRUCTURE SDN BHD
[2003] 4 MLJ 18
· މީހަކު ކަމެއް ނުކުރުމަށް، ނުވަތަ ކުރަމުން އައި ކަމެއް ހުއްޓާލުމަށް ނެރޭ އަމުރަކީ ޕްރޮހިބިޓަރީ އިންޖަންކްޝަން އެވެ.
· ދައުވާ ލިބޭފަރާތުން އޭނާގެ އިހުމާލެއް ރަނގަޅުކުރުމަށް، ނުވަތަ ޤަވާއިދާ ޚިލާފަށް ކޮށްފައިވާ ކަމެއް ރޫޅާލުމަށް ކުރާ އަމުރަކީ މެންޑޭޓަރީ އިންޖަންކަޝަން އެވެ.
ޕާރޕެޗުއަލް އިންޖަންކްޝަން
· އެއްމެ ފަހުގެ (ފައިނަލް) އިންޖަންކްޝަން
· ކޯޓުން ހުރިހާ ހެއްކެއް އަޑުއެހުމަށް ފަހު ދެފަރާތުގެ މެދުގައިވާ ދެބަސްވުން ފައިނަލް ގޮތެއްގައި ނިންމައިދޭ އަމުރެއް
· އެއީ މެންޑޭޓަރީ އިންޖަންކްޝަނަކަށް ވެސް، ނުވަތަ ޕްރޮހިބިޓަރީ އިންޖަންކްޝަނަކަށް ވެސް ވެދާނެއެވެ.
· މެލޭޝިއާގެ Specific Relief Act ގާނުނުގެ 51 ވަނަ މާއްދާގެ ދަށުން
މެލޭޝިއާގެ SRA ޤާނޫނުގެ 51 ވަނަ މާއްދާގެ (2)
· ކޯޓްގެ އަޑުއެހުމުގައި ޤަޟިއްޔާގައި ލިބެންހުރި ހެއްކަށް ބަލައި ޕާރޕެޗުއަލް އިންޖަންކްޝަނެއް ދެވިދާނެއެވެ.
· ނަތީޖާ: ދައުވާ ލިބޭމީހާއަށް ދައުވާ ކުރާމީހާގެ ހައްގަކަށް އުނިކަން އަންނަފަދަ ގޮތަކަށް، ދާއިމީ ސިފައެއްގައި އަންނަނިވި ކަންކަން މަނާވުމެވެ:
o ވަކި ހައްގެއް ޤާއިމުކުރުން
o ވަކި ކަމެއް ކުރުން
އިންޓަރލޮކިއުޓަރީ ނުވަތަ ވަގުތީ އިންޖަންކްޝަން
· ޝަރިއަތް ފެށުމުގެ ކުރިން ނެރޭ ވަގުތީ އަމުރެއް
· މުއްދަތު:
o ކަނޑައަޅާފައިވާ ވަގުތުގެ ނިޔަލަށް، ނުވަތަ
o ކޯޓުން އެހެން އަމުރެއް ނެރެންދެން
· އަމުރު ނެރެވޭ ވަގުތު: ޤަޟިއްޔާގެ ކޮންމެ މަރުހަލާއެއް ގައިވެސް
· އަމުރާ ބެހޭ ޤަވާއިދަކީ މެލޭޝިއާ ހައި ކޯޓުގެ އިޖުރާއީ ޤަވާއިދު (Ord 29 of Rules of High Court 1980)
އިންޓަރލޮކިއުޓަރީ އިންޖަންކްޝަންގެ ބާވަތްތައް
1. މަރެވާ Mareva އިންޖަންކްޝަން: ފްރީޒު ކުރުމުގެ (ހާލަތު އޮތްގޮތަށް ދެމެހެއްޓުމުގެ) އަމުރު
2. އެންޓަން ޕިލަރ ( Anton Piller Order) އަމުރު: މި އަމުރުގެ ދަށުން އެއްފަރާތުގެ ބެލުމުގެ ދަށުގައި ވާ ތަނަކަށް އަނެއް ފަރާތުން ވަދެ އެތަނުގައި ހުރި މުދާ ބެލުމުގެ ހުއްދަ ލިބެއެވެ.
3. Erinford Property އަމުރު : އެ އަމުރަކީ އިސްތިއުނާފު ކުރެވެންދެން ނެރޭ ވަގުތީ އަމުރެކެވެ.
4. Quia Timet އަމުރު: ހިނގާފާނެ (އެހެނަސް އަދި ނުހިނގާ) ޤާނޫނާ ޚިލާފު އަމަލަކުން ރައްކާތެރި ވުމުގެ ގޮތުން ނެރޭ އަމުރެއް
އެހެނިހެން ޤާނޫނީ ނުކުތާތައް
· މެލޭޝިއާގެ SRA ޤާނޫނުގެ 54 އާއި 55 ވަނަ މާއްދާ: އިންޖަންކްޝަނާއި ވަޒީފާގެ ކޮންޓްރެކްޓް
· މެލޭޝިއާގެ Govt Proceedings Act 1956 ޤާނޫނުގެ 29 ވަނަ މާއްދާ: ސަރުކާރާ އިދިކޮޅަށް އިންޖަންކްޝަނެއް ނުނެރެވޭނެއެވެ.
އިންޓަރލޮކިއުޓަރީ އިންޖަންކަޝަންގެ ސިފަތައް
1. އެއީ އިޚުތިޔާރީ ފަރުވާއެކެއެވެ.
o ފުދޭ ބަދަލެއް ނަގައިދެވެން ނެތުމުގެ މައްޗަށް ބިނާވޭ
o އަމުރަށް އެދޭ މީހާ އޭގެ ބޭނުން ނުކޮށް ލަސްކޮށްގެން ނުވާނެއެެވެ.
o އެދޭ މީހާގެ ހައްގަށް ވެސް އަސަރުކޮށްފާނެ. މިސާލަކަށް ހައިސިއްޔަތު
2. އެއީ މީހާއާ އިދިކޮޅަށް ދެވޭ ފަރުވާއެއް (in personam)
3. އާއްމު މަސްލަހަތު
o މީހެއްގެ އަމިއްލަ މަސްލަހަތު ހިމާޔަތް ކުރުމަކީ ހައްގެކެވެ.
o އާއްމު މަސްލަހަތަށް ވެސް ރިޢާޔަތް ކުރަންވާނެއެވެ.
4. އަމުރާ ޚިލާފުވެއްޖެ ނަމަ އެއީ ކޯޓުގެ ހުރުމަތް ކަނޑާލުމެވެ.
5. އަމުރުނެރެވެނީ ޤާނޫނުން ނުވަތަ އިކުއިޓީއިން ދަންނަ ހައްގެއް ހިމާޔަތް ކުރުމަށް
o އަމުރަށް އެދޭމީހާގެ ހައްގަކަށް އަސަރުކޮށްފައި ވާކަން ދައްކަންޖެހޭނެ.
o Day v Brownigg (1878)10 Ch.D 294
o Paton v Trustee of British Pregnancy Advisory Service [1979] QB 276
o ސަރުކާރާ އިދިކޮޅަށް އިންޖަންކްޝަނެއް ނުނެރެވޭނެ (Govt Proceedings Act 1956)
No comments:
Post a Comment