Friday, July 4, 2014
#
ހެޔޮބަސް
ބޭންކް އޮފް މޯލްޑިވްސް އިން ބަނގުރަލާއި އޫރު މަހުގެ ވިޔަފާރި ކުރާކަން އެގިލައްވާތޯ؟
on
4.7.14
ކޮންވެންޝަނަލް ބޭންކް ތަކުގެ ވާހަކަ ދައްކަވާއިރު އަބަދުވެސް ދީނީ އިލްމުވެރީން ދައްކަވަނީ ރިބާގެ ވާހަކައެވެ. ބޭންކް ތަކާއި ގުޅުވައިގެން މިނޫން ވާހަކައެއް އިލްމުވެރީން ދައްކަވާތީ އަޅުގަނޑު ނާހަމެވެ. އަބަދު އިލްމުވެރީން ދައްކަވާތީ އަޑުއިވެނީ ލޯން ނަގާފައި އެލޯނު އަދާކުރާއިރު އިންޓްރެސްޓްގެ ގޮތުގައި ދައްކާ ފައިސާ އަކީ ރިބާކަމުގެ ވާހަކައެވެ. ހަމައެހެންމެ ސޭވިންސް އެކައުންޓްގައި ވަކި މުއްދަތަކަށް ފައިސާ ބަހައްޓައިފިނަމަ ބޭންކުން އެއެކައުންޓްގެ ވެރިފަރާތަށް ދޭ އިޓްރެސްޓަކީވެސް ރިބާގެވާހަކައެވެ.
އަޅުގަނޑަށް ފެނުނު ގޮތުގައި ކޮންވެންޝަނަލް ބޭންކުތަކުން ދޫކުރާ ލޯން އަދާކުރުމުގެ ތެރޭގައި ދައްކާ އިންޓްރެސްޓަކީ "ކޮންސެޕްޓް" ބަދަލު ކޮއްލުމުން ހުކުމްވެސް ބަދަލުވެގެންދާ ފަދައަކުން ދޫކުރާ ދަރަނި ތަކެކެވެ. މިސާލަކަށް ފާތުމަ އާއި އަލީ އުޅެނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. އެދެމީހުން އެކީގައި ނިދާވެސް ހަދައެވެ. މިހެން އުޅެނިކޮށް ފާތުމަ އާއި އަލީ އަށް ވިސްނުނީ މިއުޅެވެނީ ދީނާއި ހިލާފަށް ކަމަށެވެ. މިހާރު މިކުރެވެނީ ޒިނޭއެވެ. އެހެންވެ އެދެމީހުން ކާވެނި ކުރުމަށް ނިންމައި ކާވެނިކުރިއެވެ. ކާވެނި ކުރުމުން ހަމައެކަނި ބަދަލުވީ "ޢަޤުދު"އެވެ. އެދެމީހުން އުޅެނީ ކުރިންވެސް އުޅުނު ގޮތަށެވެ. އެދެމީހުންގެ ކާވެންޏާއި އެކު އެދެމީހުން ކުރަމުން އައި "ޒިނޭ" ގެ ނަން "ޖިމާޢު" އަށް ބަދަލުވެއްޖެއެވެ. އެބަހީ އެގުޅުމަކީ ހުއްދަ ގުޅުމަކަށް ބަދަލުވެއްޖެއެވެ. ލޯނުގެ މުޢާމަލާތަކީވެސް ހަމަ މިކަހަލަ ކަމެކެވެ. ލޯނުދޫކުރާ ކޮންސެޕްޓް އިސްލާމީ އިމުގެތެރެއަށް ފައްތާލުމުން ހުކުމްވެސް ބަދަލުވެ "ލޯން" ހުއްދަވެދެއެވެ. މާތުރަ ބަނގުރަލާއި ގުޅޭ ކަންކަމުގައި ކޮންސެޕްޓް ބަދަލު ކުރިޔަސް އެކަމެއް ހުއްދައެއްނުވާހުއްޓެވެ.
ދެން އަޅުގަނޑުގެ އަސްލު މައުޞޫއަށް ޖެހިލާނަމެވެ. އަޅުގަނޑު ދައްކަން މިއުޅެނީ ވަރަށްވެސް ބޮޑު ވާހަކައެވެ. ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ޤައުމީ ބޭންކުގެ ކިބަޅިފަރާތުގެ ވާހަކައެވެ. އެއީ ޤައުމީ ބޭންކް ޔަޢުނީ ބޭންކް އޮފް މޯލްޑިވްސް އިން ކަސްޓަމަރުންގެ ފައިސާ ބޭނުން ކުރައްވައިގެން ބަނގުރަލާއި އޫރު މަހުގެ ވިޔަފާރި ކުރައްވާ ވާހަކައެވެ. ބޭންކުން މިޖަރީމާ ހިންގަނީ ރިސޯޓްތަކަށް ބޭނުންވާ ރަލާއި އޫރުމަސް ގެނައުމަށް އެލްސީ (ލެޓަރ އޮފް ކްރެޑިޓް) ހުޅުވައިދީގެންނެވެ. މިކަންހިގާ ގޮތަކީ
1. ރިސޯޓްތަކުން ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކާގޮތަށް މުދާގެނެސް ދިމަށް ބޭންކުގައިއެދެއެވެ.
2. ސަޕްލަޔަރެއްގެ ޕްރޮފޯމަރ އަދި އެލްސީ އެޕްލިކޭޝަން ބޭންކަށް ހުށަހަޅައެވެ.
3. ޕްރޮފޯމަރ އަދި އެލްސީ އެޕްލިކޭޝަން ބޭންކަށް ހުޅަހެޅުމުން ބޭންކުން އެސަޕްލަޔަރަށް އެލްސީ ހުޅުއްވާދެއްވަވާ
4. މުދާ އަންނާނީ ބޭންކްގެ ނަމުގައި، އެމުދާތަށް ހުންނާނީ ބޭންކްގެ އަތުގެ ވެރިކަމުގައި (possession)
5. މުދާތަށް މާލޭ ކަސްޓަމަށް އައުމުން ބޭންކުން އެކަސްޓަމަރަށް ގުޅައި، މުދާތަށް އަތުވެއްޖެކަމަށާއި، މުދާ ކްލިއަރ ކުރުމަށް ބޭނުންވާ ޑޮކިއުމަންޓް ބަލާ އައުމަށް އެދެއެވެ.
6. މުދާކްލިއަރ ކުރުމަށް ބޭންކުން ހުއްދަދިނުމުން އެމުދާތަށް ކްލިއަރ ކުރެއެވެ.
7. އެލްސީއަށް ފައިސާ ދައްކާނީ 45 ދުވަސް ނުވަތަ 90 ދުވަސް ފަހުންނެވެ.
ދަންނަވަން މިއުޅޭ ވާހަކައަކީ ރިސޯޓްތަކުން އެމީހުންނަށް ބޭނުންވާ ރަލާއި އޫރުމަސް ގެނައުމަށް ސަޕްލަޔަރުގެ ޕްރޮފޯމަރ އާއި އެލްސީ އެޕްލިކޭޝަން ފޯމް ގެންދިއުމުން ކަނޑައެޅިފައިވާ މުއްދަތެއްގައި ފައިސާ ދައްކާގޮތަށް ކަސްޓަމަރުން ބޭންކް ގައި ބަހައްޓާފައިވާ ފައިސާއިން ބަނގުރަލާއި އޫރުމަސް ބޭންކްގެ މުދަލުގެ ގޮތުގައި ރާއްޖެއަށް އެތެރެ ކުރާ ވާހަކައެވެ. އަދި އެލްސީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ ކާޑް މެޝިންތަށް ރިސޯޓްތަކުގެ ބާރ ތަކުގައި ބަހައްޓާފައި އެބަހުއްޓެވެ. އެއިންވެސް ގިނައިން ކުރެވޭނީ ލިކަރ (ބަނގުރާ) ގެ މުއާމަލާތެވެ. ބަނގުރަލުގެ މުއާމަލާތުގައި ހިމެނޭ އެންމެން އެއްވަރަކަށް ފާފަ ވެރިވާނެއެވެ. ރާ ވިއްކުމާއި ބުއިމާއި އުފެއްދުމާއި މިއީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްވެގެންވާ ކަމެކެވެ. އަދި ރަލާއި ގުޅިގެން ރަސޫލުﷲ (ޞ.އ.ވ) ޙަދީޘް ކުރައްވާފައިވެއެވެ. (لَعَنَ اللَّهُ الْخَمْرَ وَشَارِبَهَا وَسَاقِيَهَا وَبَائِعَهَا وَمُبْتَاعَهَا وَعَاصِرَهَا وَمُعْتَصِرَهَا وَحَامِلَهَا وَالْمَحْمُولَةَ إِلَيْهِ) މާނައަކީ: "ރާ ބޯމީހާ އަށާއި، ބޯންދެވޭ މީހާ އަށާއި، ވިއްކާ މީހާ އަށާއި، ވިއްކޭ މީހާ އަށާއި، ދިޔަފެލާ މީހާ އަށާއި، ދިޔަ ފެލައިދެވޭ މީހާ އަށާއި، އުފުލާ މީހާ އަށާއު އުފުއްލައިދެވޭ މީހާ އަށް ﷲ ލަޢްނަތްލެއްވިއެވެ". އެހެން ޙަދީޘެއްގައި ވަނީ (هُمْ فِي الْإِثْمِ سَوَاءٌ) އެބައިމީހުން ފާފައިގެ ގޮތުން ހަމަހަމައެވެ. މިފަދައިންނެވެ.
ދެން މިކަމުގައި އިތުރަށް ދެއްކާނެ ވާހަކައެއް ނެތެވެ. ކޮންސެޕްޓް ބަދަލުކޮށްގެން ބޭންކް އިޓްރެސްޓް ރިބާއަށް ނުވާގޮތަށް ހެދިދާނެއެވެ. އެހެންނަމަވެސް ރަލާއި ގުޅިފައިވާ މައްސަލަ ތަކަކީ އެގޮތަށް ރެކެވެން އޮތް ކަމެއްނޫނެވެ. والله أعلم.
މަމީ ޝިހާދު
ތިހުއްޓު މަފޮޓޯއާ. ކަންނެ ބޮންނެ މަކެރެނެ މަސައްކަދާއްކޫ ރާވޭ ސިމެންތިޖެހުމާ. މާއްކޫ ޤާނޫނީ ވަކީލެކެ އަދި ލެޔެނާ މީހެކެ. މީގެ އިތިއްރެޓެ ކަމެކެ ސާފުކޮށްލެންނެ ބޭނުންފެހޭ ފޭސްބުކުން މެސެޖެކެ ކޮށްލަ، އެވޭލެ އައިކެ ޖަވާބެ ދެންނިން
ހެޔޮބަސް
Labels:
ހެޔޮބަސް
Subscribe to:
Post Comments (Atom)
Ziney in kaivenyah dhiumun hama ekani agudheh nun badhalu vany, eyge ithurun ethakeh zinmaa eh dhemyhun boluga elhey, maa bodah thi simple kollany.
ReplyDelete