Tuesday, December 18, 2012

#

ޝެއިޙް އިމްރާން އަށް ސާބަސްދެމާތޯ؟

ތެދުފުޅެކެވެ. ފަހާދުވެގެން ޝެއިޙް އިމްރާނަށް ފޭދޫ ދާއިރާގެ މެންބަރ އަލްހާން ފަހުމީ އަތުލެވޭނެ ކަމަށް އަޅުގަނޑުވެސް ގަބޫލުނުކުރަމެވެ. ހުދު ޝެއިޙްވެސް އެކަން ޤަބޫލުފުޅު ކުރައްވައެވެ. އެހެންކަމުން  ޝެއިޙް އެވިދާޅުވާ ފަހާދުވުމަކީ މަޖާޒީގޮތުން ވިދާޅުވި ވިދާޅުވުމެއް ކަމަށް އަޅުގަނޑުގެ ބުއްދީގެ ދުރުމިއަށް އަރައެވެ.

ރައްޔިތުންގެ މަޖިލިސް އިސްލާހު ކުރުމުގެ ބުރަ އަދި އެހާމެ ނުރައްކާތެރި މަސައްކަތެއް ޝެއިޙް އިމްރާން އިސްވެހުންނަވައިގެން ފެއްޓެވިދުވަހުން ފެށިގެން އެކަމަށް އަޅުގަނޑު ތާއިދުކޮށް ވާހަކަ ދައްކާތީ އެކުވެރީން ވަރަށް ލާހިކުނޫން ގޮތްގޮތަށް އަޅުގަނޑަށް ޒުވާބުދީ ހަދައެވެ. އެކުވެރީންނަށް ހަދާންކޮށްދެނީ ހެންވެއިރު ހާޖަރާގެ ތައުފީގުގެ އަޑުން ރެކޯޑުކޮށްފައިވާ ކީރިތި ރަސޫލާގެ ސިޔަރަތުން ތަންކޮޅެކެވެ. އެތަންކޮޅަކީ "ޒުބައިރުބުނި ބައްކާރު ރިވާކުރައްވަތޭ އެއްދުވަހަކު މީހަކު ޢަމުރުބުނި ޢާސްގެ އަރިހުގައި ދެންނެވިއޭ "މަނިކުފާނުގެ ތިޔަހުރިބުއްދިފުޅުގެ ތޫނުކަމާއިއެކު އިސްލާމްދީން ޤަބޫލުކުރެއްވުން އެހާފަސްކުރެއްވީ ކީއްވެތޯއެވެ؟" އެހިދު އެކަލޭގެފާނުވިދާޅުވިއޭ  "އަހަރެމެން އުޅެއުޅެތިބީ އަހަރެމެންނަށްވުރެ  އަދި މާބުއްދިއަށް ކުރިއަރާތިބި ބޮޑެތި ފަރުބަދަތަކެއްފަދަ ބައެކާއިއެކުގައެވެ. އޭރުއަހަރެމެން ހިގަނީ އެބައިމީހުންގެ ދަށުންނެވެ. އަހަރެމެން ބުއްދިކުރާންޖެހުނީ އެބައިމީހުން އަވަދިވެ ނެތިދިއުމުންނެވެ. އަހަރެމެން ބުއްދިކުރާން  ފެށުމުން ފެނުނުޙައްޤަށް މިހިރީ ތަބާވެގެންނެވެ. އެބައިމީހުން އެގޮތުގައި ނިމިގެންއެދިޔައީ އެމީހުންގެ ބުއްދިނެތިގެންހޭ؟ ނޫނެކެވެ. ތެދުމަގަކީ މާތްﷲ ފޮނުއްވާނޫރެކެވެ."  މީގެކުރިން ރިއްސެޔޮ ޖަމާއަތުން ވާހަކައެއް ނެރެފިނަމަ އެކަމަށް ފިކުރުހިންގާ އަޅުގަނޑު ނަހަދަމެވެ. އެގިފައިވާ އޮންނަގޮތުން އެވެރިން ވާހަކައެއް ނެރެނީ އެތަށް ގޮތަކުން ބުއްދިކުރުމަށް ފަހުގައެވެ. ނަމަވެސް އެއީ އެންމެ ރަގަޅުގޮތް ނޫންކަމށްވިސްނި މިހާރު އަޅުގަނޑު އެވެރިންގެ ވާހަކަތަކަށް ފިކުރު ކުރުހިންގަމެވެ. މިރާއްޖޭގެ ސިޔާސީ ތާސްބާގައި ކާލާ މަންނަ އަކާއި ޖޯކަރެއް އޮވެއެވެ. ކާލާ މަންނަ އަކީ ތިރީހަކަށް އަހަރު ވެރިކަންކުޅަ މީހެކެއެވެ. ޖޯކަރަކީ ތިންއަހަރު ވެރިކަންކޮއްފައި ދެންނުވާނޭއޭބުނެ ވެރިކަމާއި ފޭޔަށް ޖެހުނު ރައީސެވެ. އެކުވެރީންނޭވެ. އަޅުގަނޑުމެން ތާސްކުޅޭއިރު ކުޅެނީ ޖޯކަރު ނުލައެވެ. އެކަމަކު ކާލާ މަންނަ ނުލާ ތާސް ނުކުޅެވޭނެއެވެ. އެހެންކަމުން މިގައުމުގެ ސިޔާސީ ތާސްބައިންވެސް ޖޯކަރަކީ ހަމައެކަނި ރަމްޒީ އެއްޗަކަށް ހެދުން ކީއްތޯއެވެ؟ އެއީ ހަމައެކަނި އައްބައި މަދުވެއްޖެނަމަ ކޮންމެ ރަގެއްގެ ގޮތުގައި ބޭނުންކުރުމަށް ޝަރަފުވެރިކަމާއިއެކު ފޮށީގައި ބާއްވާ ގަޑަކަށް ހަދަމާތޯއެވެ؟

ޝެއިހް އިމްރާން ޖީއެމްއާރު މައްސަލާގައި  ބުއްދިކުޅަ ގޮތާއި  އަޅުގަނޑު ބުއްދިކުޅަގޮތް ވަރަށް ތަފާތެވެ. ނަމަވެސް މިކަމަށް ޔައުނީ ރައްޔިތުންގެ މަޖިލިސް އިސްލާހު ކުރުމުގެ މަސައްކަތަށް ތާއިދު މިކަނީ ވަރަށް މުހިންމު ތިންކަމެއް އިސްލާހު ކުރުމަށް ޝެއިޙް ފައިވިއްދާލާފައިވާތީއެވެ. ފުރަތަމަ ކަމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ އަބުރުވެރި އަދި ޤަދަރުވެރި ބައަކަށް ހެދުމަށްޓަކައި މެންބަރުންގެ ސުލޫކީ ޤަވާއިދެއް ފާސްކުރުމަށް ކުރެވޭ މަސައްކަތެވެ. ދެވަނަ ކަމަކީ ރައްޔިތުންގެ ޝުއޫރާއި އިޙްޞާޞްތަކާއި އެއްގޮތަށް މަޖިލީހުގައި މަސައްކަތްކުރުމަށް ރައްޔިތުން އިންތިޚާބުކުރާ މެންބަރުން މަޖިލީހުގައި ރައްޔިތުން މެންބަރު ހޮވި މަޤްޞަދާއި ދެކޮޅަށް މަސައްކަތްކުރާނަމަ މެންބަރު މަޖިލީހުން ނެރެވޭނެ ގޮތެއް ހަމަޖެއްސުމުގެ މަސައްކަތެވެ. އަދި ތިންވަނަ ކަމަކީ ކޮންމެ ކަމެއްގައިވެސް އެންމެ ފަހުބަސް ބުނާ ޤާނޫނީ އެންމެ މަތީ ފަރާތަކީ ކޯޓުތައް ކަމަށްވާއިރު ކޯޓުތަކުން ކުރާ އަމުރުތަކަށް މަޖިލީހުންވެސް ތަބައުކުރުވުމަށް ކުރެވޭ މަސައްކަތެވެ.

މަތީގައިއެވާ ތިންކަމަކީވެސް މިހާރުން މިހާރަށް ކުރާންޖެހިފައިވާ ތިންކަމެވެ. އެހެންކަމުން މިކަމުގައި ޝެއިޙް އިމްރާނަށް އެއްބާރުލުން ދެއްވަމާތޯއެވެ. މިގައުމަށް ހަމަޖެހުން ލިބޭނީ ޑިމޮކްރަސީގެ އެވިދާޅުވާ ރީތި ސިފަތަކުން ސަލާމަތްވެ، ޤާނޫން އަސާސީގެ ދިހަވަނަ މާއްދާގެ ށ. ފުރިހަމައަށް ގެނެސްގެންނެވެ. އާދޭހެވެ. އިސްލާމީ ޝަރީއަތް ތަންފީޒުކޮށްގެންނެވެ.

ގުޅުންހުރި ލިޔުން:
އިސްލާމީ ނަޒަރަކުން ޖީއެމްއާރު އަތުން މަތިންދާބޯޓް ޖައްސާމާލަން އަތުލާ މައްސަލަ

2 comments:

  1. kalw, thiee Sheikh kamaka qabool eh nukuran. fuck vejje liyun kiyan ves sheikh jahaafa ineema

    ReplyDelete
  2. hama kashavarun hadhufahana alhaa faivaa bayakah thabaa vaakan kashavaree ebai meehunge therein vaabeh kan kashavareve ebarihama imraan akas majilis membaerun nakas http://islaameenoor.com/952

    ReplyDelete