Sunday, December 23, 2012

#

އިސްލާމިކް ފައިނޭންސް

މަޤްޞަދު
  • އިސްލާމިކް ފައިނޭންސަށް ހޭލުންތެރިކަން އިތުރުކުރުން.
  • އިސްލާމިކް ފައިނޭންސް ގެ އަސާސްތައް އެނގުން.
  • އިސްލާމިކް ފައިނޭންސް ގެ ބައިތައް އެނގުން.
  • އިސްލާމިކް ފައިނޭންސް ގައި ބޭނުންކުރެވޭ ކޮންޓްރެކްޓްތައް އެނގުން.
  • އިސްލާމިކް ފައިނޭންސް ރާއްޖޭގައި އޮތް ހިސާބު އެނގުން.
  • އިސްލާމިކް ފައިނޭންސް ކުރިއެރުވުމުގައި ރާއްޖޭގައި ހުރި ގޮންޖެހުންތައް އެނގުން.

އިސްލާމިކް ފައިނޭންސަކީ ކޮބާ؟
ޝަރީއާ ގެ ހަމަތަކުގެ މަތިން ކުރެވޭ އެންމެހައި މާލީ މުޢާމަލާތުތައް.
އެއީ ބޭންކިންގެ ވިޔަސް އިންޝުއަރެންސް ވިޔަސް އަދި ކެޕިޓަލް މާރކެޓް ގެ ޙަރަކާތްތައް ކަމުގައިވިޔަސް، ޝަރީއާ ގެ
އުޞޫލުތަކާއި ހަމަތަކާއި އެއްގޮތަށް ކުރެވޭ މުޢާމަލާތުތައްއިސްލާމިކް ފައިނޭންސް ގެ އަސާސްތައް:
މުޢާމަލާތުގެ ކަންކަމުގައި އާއްމު އުޞޫލަކީ ދީނުގައި މަނާކުރައްވާފައިނުވާނަމަ، އެކަމެއް ހުއްދަވުން.
ދެފަރާތުން ވެސް މުޢާމަލާތް ކުރަންވާނީ އެއްވެސް ފަރާތެއްގެ މަޖުބޫރު ކަމެއްނެތި، މިނިވަންކަމާއި އެކު.

ފައިނޭންސް ގެ އަސާސީ އުޞޫލުތައް:
މައިސިރް (ޖުވާ) - ޙަރާމް.
ޟުލްމު (އަނިޔާ) - ޙަރާމް.
ރިބާ (އިންޓަރެސްޓް) - ޙަރާމް.
ޣަރާރު ފާޙިޝާ (ޔަޤީންނުވާ މުޢާމަލާތް) - ޙަރާމް.
ފައިސާއިން ފައިސާހެދުން - ޙަރާމް.
ރިސްކް ޝެއަރކުރުން - ހުއްދަ.

އިސްލާމިކް ފައިނޭންސް ގެ ކޮންޓްރެކްޓްތައް

ޚިދުމަތް :- (ހ) ކަފާލާ. (ށ) ވަކާލާ.
ގަނެވިއްކުން :- (ހ) މުރާބަޙާ. (ށ) އިސްތިޞްނާ. (ނ) ސަލަމް.
އިކްއިޓީ :- (ހ) މުޟާރަބާ (ށ) މުޝާރަކާ
ކުއްޔަށްދެވޭ :- އިޖާރާ.

އިސްލާމީ ނަޒަރުން، ސައްޙަ ކޮންޓްރެކްޓެއް ޢަޤުދު ކުރުމަށްޓަކައި ތިރީގައިވާ ޝަރުތުތައް ފުރިހަމަ ކުރަން ޖެހޭނެ:

އީޖާބާއި ޤަބޫލު އެއްގޮތްވުން.
ބާލިޣުވެފައިވާ ފަރާތްތަކަށް ވުން.
ކޮންޓްރެކްޓް ގެ ސަބްޖެކްޓް ޑެލިވަރ ނުވަތަ ރައްދު ކުރެވޭނެ ފަދަ ޙާލަތެއްގައި ހުރުން.
ކަޑައެޅިފައިވާ މުދަލަކަށް އަޤުދުކުރުން.
ދީނުގައި ސައްޙަ މުދަލަކަށް ޢަޤުދުކުރުން.

No comments:

Post a Comment