Saturday, December 1, 2012

#

ތާރީޚުގެ ލޯ ކަނެއް ނުކުރެވޭނެ އަދި މާޒީގެ ކަންފަތް ބީރެއް ނުކުރެވޭނެ - 1

ދޮންވެލި ތުޑީގެ ހުދުހުދު ހިމުން ދޮވެލި މިދިވެހި ކަރައިގައި މީހުން ވަޒަންވެރި ވެގެން އުޅޭތާ ފަންސަވީހަކަ ސަތޭކަ އަހަރު ވެދާނެ ކަމަށް ތާރީޚީ އިލްމުވެރިން ބުނެއެވެ. އެހެންކަމަށް ވާނަމަ މިކަރައަކީ ތާރީޚީ ގޮތުން ލައްޒަތާއި ފޮނިމީރު ކުރުވަނިވި މޭވާ އަޅާގަހެކެވެ. އެތައް ހާދިސާއަކާއި އެތައް ކަމެއް މިގަދީމީ ފަސްގަނޑުގައި ފޮރުވިފައި ވާނެއެވެ. އަދި މިބިމުގައި އުޅުނު ބަޔަކު އުޅެފައިވާނީ އަމިއްލަ ގޮތްތަކަކާއި ސަގާފަތެއްގެ މަތީގައިކަން ތަސައްވަރު ކުރެވެއެވެ. އެކަން ތާރީޚީ ލިޔުންތަކުންވެސް ފެންނަން އެބަހުއްޓެވެ.

ކަންމިހެން އޮތަތީ އަހުރެން ގަސްތުކުރަނީ ސީދާ ތާރީހުން ހާދިޘާ ހިގި ދުވަސް ނޭގުނު ކަމުގައިވިޔަސް ދެއްވަދޫއިން އަހުރެންނަށް ދުށް ތަނާއި އިވިފައިވާ އަޑުތަކުގެ ތެރެއިން ފާހަގަކޮއްލެވޭ ވާހަކަތަށް ސިލްސިލާކޮށް ލިޔާށެވެ. އަހުރެން ލިިޔާން ގަސްތުކުރާ ތަރުތީބަކީ ހަނދާނުގެ އެންމެ ހިމަކޮޅުފެށާގަނެގެންނެވެ. މާތް ﷲ އިރާދަފުޅު ކުރެއްވާފިއްޔާ މީގެތެރެއިން ފާހަގަ ކޮއްލެވޭ ހާދިޘާތަށް ތަފްސީލު ކުރެވޭތޯވެސް ބަލާހުށީމެވެ.

އަހުރެން ކުޑައިރު އަހުރެންގެ އުފަންބިން، ދެއްވަދޫން އަރެންނާއި ކުރިމަތިވި ހިތްދަތި އަސަރުގަދަ ވާހަކަ އިން މިސިލްސިލާ ފަށާގަންނަމެވެ. އަހުރެން ހަނދާން ހުންނަށް ފެށީންސުރެ އަހުރެންނަކީ "ވިޔާނުދާ ޖަންގަލީ ކުއްޖެއް" ކަމަށް ރަށުގެ އެންމެން ކަހަލަ ގޮތަކަށް ނަންހިންގައެވެ. މިކަމާއި އަހުރެން ވަރަށް ދެރަވެއެވެ. އަހުރެންނާއިއެކު ޕަޗަސް، އޮކޭ ނުވަތަ ހޯބެރެއްލޯ މިއިން ކުޅިވަރެއް ކުޅެފިކަން އެގިއްޖެނަމަ އެކުދިންގެ މައިން އެކުދިންނަށް ވަރަށް ހާނިކަވެސް ކުރެއެވެ. އަދި އަހުރެންނަށް އަޑުވޭތަނުގައި މީނައާއި އެކު އުޅެގެންނުވާނޭއޭ، މިއީ މިރަށުގައި ހުރި އެންމެ ޖަންގަލީ ކުއްޖާއޭ ކިޔައި ކުދިންނާއި ދިމާލަށް އަޑުލައި އަހުރެންނާއި އެކު ކުޅުނީތީ ކުދީންނަށްހާނިކަކޮށް އަގަޔަށް މިރުސް އަޅާވެސް އުޅެތެވެ. އެހެން ކަންތަށްކުރާ މައިންނަށް ނޭގުނަސް އަހުރެން އެކަމާއި ވަރަށް ހިތުގައި ޖެހެއެވެ. ބައެއްފަހު ރޯންވެސް ރޮމެވެ. އެހެންވެ އަހުރެން ފަހުން ނިންމީ ކުދިންނާއިއެކު ކުޅެން ނުދިއުމަށެވެ. އެކުދިންގެ މައިން އެކަމާއި ނުރުހޭއިރު އެކަން ކުރަންވީ ބޭނުމެއްނެތެވެ. މިސަބަބާހުރެ މިހާރުވެސް ދެއްވަދޫއަށް ގޮސް ހުންނައިރު އެކަހަލަ އެއްޗެހި ހިތަށް އަރައެވެ. މިހާރު ކުޅެން އުޅެނިކޮށް އަނިޔާލިބުނު ކުދިންނަކީ ބޮޑެތި މީހުންނެވެ. ބައެއް ކުދިން މީހުންނާއި އިދެ ދަރީންވެސް ލިބިފައިވެއެވެ. ދުވަސްތަށް މާޒީވެ އަހުރެން ދެކުދިންގެ ބައްޕަ އަކަށް ވީފަހުންވެސް، އާދޭހެވެ! މިހާރުވެސް އެފަދަ ގޭގެއަށް ވަންނާން އަހުރެން ޖެހިލުންވެއެވެ. އެމީހުންގެ ދަރީންގެ ރައްޓެއްސަކަށް ވުމަށް އެމީހުން ނޭދޭމީހަކު އެމީހުންގެ ދަރިންގެރައްޓެހިކަމުގައި ގެއަށް ވަދެއުޅުމަކީ އެހާކަމުދާ ކަމެއްކަމުގައި އަހުރެންނަށް ނުފެނެއެވެ. ހައްޤުތެދެކެވެ.  މިހާރުވެސް އަހުރެންނާއި އެކުކުޅުނީތީ އަނިޔާލިބުނު ކުދިންގެ ގޭގެއަށް ވަންނާން އަހުރެންނަށް ނުކެރެއެވެ. މޭތުރުތުރު އަޅައެވެ. ބުނަން ނޭގޭ ކަހަލަ އެތަށް އެތަށް އިހުސާސްތަށް އޮހިގެންދެވެ. އެހާވަރަށް އަހުރެން މިހިރީ ނފްސާނިއްޔަ އަނިޔާ އެކަމުގެ ސަބަބުން ލިބިފައެވެ.

1. އަހުރެމެން ކުޑައިރު މަޢުރިބު ނަމާދާއި ޢިޝާނަމާދާއި ދެމެދުގައި ޤުރުއާން ކިޔަވާންޖެހެއެވެ.  އެއްރޭ ކިޔަވާން އިންދާ "ޖުއްޅޭ" ކިޔާފައި މީހަކު ވަރަށް ބާރަށް ހަޅޭއްލަވާ އަޑުއިވިގެން، އެވީގޮތެއްބެލުމަށް މަންމަ ގެއިން ނުކުންނާން ހެދީމާ އަހުންންވެސް މަންމަގެ ލިބާހުގައި ހިފައިގެން ބޭރަށް ނުކުތީމެވެ. އަސްތާ! މީހުންތަށް ވަކި ސުމާރެއް ގުމާރެއް ނުބަލައި ދުވެފައިދަނީ ނައީމްބެމެން ގެއާއި ދިމާލަށެވެ. އޭރު ކަރަންޓު ނޯންނަކަމުން އުޅެނީ ފުޅިބައްތި އަލީގައެވެ. މީހުން ކިޔާތީ އަޑު އިވެއެވެ. ނައީމާ އެއްފިހިއްޖެއެވެ. އެކުއްޖާ ފަކީރެއްނެތެވެ. ނައީމާ ކަޅުކުލައިގެ ބުރިބެގީ ހެދުމެއްލާ ހަދާން މިހާރުވެސް ހަދާނުގެ ދުރުމީއަށް އަރައެވެ.ނައީމާ އަހުރެމެންނާއި ވަކިވެގެން ދިޔައީ ފުޅިބައްތިވެއްޓި ގޭގައި ރޯވެގެންނެވެ. ނައީމާއަކީ ދެއްވަދު އަތިރީގޭ ހަދީޖާ ރަޝީދާ އާއި މުހައްމަދު ނައީމުގެ ދޮށި އަންހެން ދަރިފުޅެވެ.

2. އަހުރެންގެ ހަދާނުގައި މާކުރަތު އެވެ، ކިޔުނު މީހަކު ދެއްވަދޫގައި އުޅުނެވެ. މިއީ ރ. މާކުރަތު މީހެކެވެ. ކޮނޑެޔާއަށް އޭނަގެ ރަށުގެ ނަމުން ނަންދެވުނުގޮތަށް މިމީހާއަށްވެސް އޭނަގެ ރަށުގެ ނަމުން ނަންދެވުނީއެވެ. މިމީހާއަކީ ވަރަށް މަޖާ މީހެކެވެ. މިމީހާ އީދު ދުވަހު ކޯޑި ކެޑުމުން މިޔަރުތެޔޮ އޭނަގެ ގަޔަށް އެޅިދުވަސްވެސް އަހުން މިހާރުވެސް ހަދާންހުރެއެވެ.

3. ރަޝާދުބޭގެ ދޯނި "ޝާޕުދޯނި" އެހެލާ (އޮޑިވަޑަށް) ތަނަށް އެއްތިރީހާ އެހެލާން ހުޅުމުން ވަރަށްބޮޑު މައްސަލަތަށް ޖެހުނެވެ. ހަމީދާބެ އާއި ނައީމްބެއާއި ރުޝްދީބެ އާއި ހަބީބެއާއި ވެގެން އެއޮޑިވަޑަށް އެއްތިރީހާ އެހެލިޔަ ނުދިނުމަށް ވަރަށް މަސައްކަތް ކުރިއެވެ. މިގޮތުން ކަނދު އަޅާފައި ހުރިތަނުގައި ފަކީރާއިން ވަޅުކޮނެވެސް ހެދިއެވެ. އެމީހުން އެކިގޮތް ގޮތުން އުދަގޫކޮއްލަ ކޮއްލާތިއްބާ ދެއްވަދޫ އަންހެންވެރިން ތިންރޯޒާ  އިން ކައްޕި ލާފައިހުރި ވަލުގައި ހިފައި ދެމިދެމީހުން ދަމާ ދޯނި އެހެލާފިއެވެ. އެހެލާ ނިމުނީމާ ދެކޮޅުވެރިވީ މީހުންވެސް އެކުވެރިވެ، ގެޔަށް ދިޔައީ އެދޯނީގެފެހިކަހާދީ ހަދާފައެވެ. މީގެންވެސް އެގެނީ ދެއްވަދޫ މީހުންނަކީ އަޖަލާއިޖެހެންދެން ނަފްރަތާއި ރުޅިވެރިކަމުގައި ތިބޭ ބަޔަކު ނޫންކަމެވެ. ދަންނައެވެ. އެއްތިރީހާއަކީ ވަހީދުބޭ ދުއްވި މޯފާ ދޯންޏެވެ.

4. ދެއްވަދޫގައި އިހުގައި ވަރަށް ގިނައިން މިއުޒިކު ސޯ ބާއްވައެވެ. އެންމެ ފާހަގަ ކޮއްލެވޭ ސްޓާރަކީ ޖަހާމުގުރިގޭ އަބީބު އެވެ. ސޯ ފެށުމުގެ ކުރީން ޓިކެޓް ވިއްކުން އޮވެއެވެ. މީހުން ވަޖިދު ކުރުވުމުގެ ގޮތުން ހަބީބުބެ ބައެއްފަހަރު "މިރޭގެ ޑާންސެއްކޫ މަބޮޑު މިއޮއްތޮއްޕިޔާ" ކިޔައި ގޮވައެވެ. އަޅުގަނޑަށް އެންމެ ކަމުދަނީ ހިއްލާބޭގެ "ލަންޑަން ޖަލުގައި މަހުރީމޭ" މިލަވައެވެ. 
ދެވަނަބައި ވަރަށް އަވަހަށް އަންނާނެއެވެ. އިންޝާﷲ

ޝާޢިރު ވިދާޅުވަނީ " ހާމަވީ ރީތި މަންޒަރު ތަކޭ ނެތި ދަނީ ، މާމަލުން އޭގެ ތާޒާކަމޭ ގެއްލެނީ "

4 comments:

  1. eneke bayaaate inthizaara keran. thaai dhimaate moya shihaadhaa keye onnaa vaahakyaa leyenthiyey

    ReplyDelete
  2. kommi gotheke vies dhevvadhoo hutti emme visnun ragalhe eheke shihaad ekku. hithheyo. oagaatheri meeheke. Moya Shihaadha ehen keyene meehinnege moya kanthethi maa bode

    ReplyDelete
  3. assu dhivehin nukiyaane fansavees satheyka eh... aharen adhi nudheken... dhn vedhaane liyun theriyaa maa molhy kamah ves... hama heenuvaathy bunelee!!

    ReplyDelete