Friday, May 10, 2019
އެނގިހުރެ އަނެކާގެ މުދާ
އޭނާގެ ކިބައިން ނުގުޅައި ގަތުމުގެ ނިޔަތުގައި އެހުމަކާނުލައި ނެގުމަކީ
ވައްކަންކުރުމެކެވެ.
ވައްކަމުގެ ކުށުގެ
ޢުންޞުރުތައް
1.
މުދާ ނެގުމުގައި ނުބައި ޤަސްދެއް އޮތުން
2.
ނެގުމުގެ ޢަމަލު ވުޤޫޢުވުން
3.
އެހެން މީހެއްގެ ޙިރުޒަކުން ނަގައިފައިވުން
4.
ހުއްދައަކާނުލައި ނަގައިފައިވުން
5.
އެމުދަލެއް ބަހައްޓާފައިހުރި ތަނުން އެހެންތަނަކަށް
ބަދަލުކޮށްފައިވުން
މުދާ ނެގުމުގައި ނުބައި ޤަސްދެއް
އޮތުން
އަނެކާގެ މުދަލެއް ނަގާއިރު އެނެގިނެގުމުގައި، މީހަކަށް ފައިދާއެއް ދިނުމާއި
އަދި އަނެކާއަށް ދެރައެއް ދިނުން ޤަސްދު ހިމެނޭނަމަ ވައްކަމުގެ ކުށުގެ ބޭނުމަށް
ފުރިހަމަވާންޖެހޭ ނިޔަތް އޮތްކަމުގައި ބެލެވެއެވެ. ވައްކަމުގެ ކުށުގައި،
އެމުދަލެއް ހުރިތަނުން ނަގާއިރު ޤަސްދު އޮންނަންޖެހެއެވެ. އެއްޗެއް ބަހައްޓާފައިހުރި
ތަނުން ނެގުމާއި ޤަސްދު އޮތުމާއި މިދެކަން އެކުއެކީ ވުޤޫޢުވުމަށް animus furandi އެވެ ބުނެއެވެ.
މިސާލުތައް:
·
އިންޑިޔާ ސަރުކާރުގެ މިލްކުގައި އޮތް މަތިންދާ ބޯޓެއް
އިންޑިޔާ ސަރުކާރުގެ ހުއްދަނެތި ޕާކިސްތާނަށް ގެންދިޔަ މީހާ އެކުރީ ވައްކަމުގެ
ކުށެއްކަމަށް ކަނޑައަޅައިފައިވެއެވެ.
·
މީހަކު އޭނާގެ ޞާޙިބު މީހާގެ މަސްތަކާ ގާތަށް އައި
މީހުންތަކެއްގެ އަތުން އެމީހުންގެ މަސްހިފާ ދާ އަތުލައިގަތެވެ. އަދި ޞާޙިބު މީހާގެ
އިރުޝާދެއް ލިބެންދެން އެދާ ނުދީ ހިފެހެއްޓިއެވެ. އެމީހާ ވައްކަމުގެ ކުށެއް
ނުކުރާކަމަށް ކޯޓުން ނިންމިއެވެ.
·
މީހަކަށް އުނދަގުލެއް ކުރުމުގެ ގޮތުން ނުވަތަ ހާސްކަމެއް
ކުރިމަތި ކުރުމުގެ ގޮތުން ވަކި މުއްދަތަކަށް އެމީހެއްގެ އެއްޗެއް ގެންދާ
ގެންދިއުމަކީވެސް ވައްކަމެއް ކަމަށް ނުބެލެވިފައިވެއެވެ. ފުލުސް އޮފީހަށް
ޝަކުވާއެއް ހުށަހަޅަން މީހަކު ދިޔައިރު، ޕޮލިސް ކޮންސްޓެބްލް އޮތީ ނިދާށެވެ. އަދި
އޭނާގެ ޝަކުވާ އަޑުއަހައި ނޯޓުކުރަން ބޭނުމެއްނުވިއެވެ. އެހެންކަމުން އައި
ރުޅީގައި އަދި އޭނާއަށް ދިމާވެފައިވާ ހިތާމައިގެ ސަބަބުން މޭޒުމަތީގައި އޮތް ބިޑި
ނަގައިގެން ދިޔައެވެ. ނަމަވެސް އޭނާ އެކުރި ޢަމަލަކީ ވައްކަމުގެ ޢަމަލެއްކަމުގައި
ނުބެލެވުނެވެ.
·
މީހަކު އެނާގެ ބައިސިކަލެއްކަމަށް ހީކޮށް އެހެން މީހެއްގެ
ބައިސިކަލެއް ނަގައިގެން ދިޔައެވެ. އަދި ފަހުން އެއީ އޭނާގެ ބައިސިކަލު ނޫންކަން
އެނގުމުން އައިސް އެ ހުރިތަނުގައި ބެހެއްޓިއެވެ. އެމީހާގެ މައްޗަށް ވައްކަމުގެ
ކުށް ސާބިތުނުވާކަމަށް ކޯޓުން ނިންމައިފައިވެއެވެ.
·
މީހަކު އޭނާގެ ބާޖު ވިއްކުމަށްފަހު، ގަތް ފަރާތަށް އަގުގެ
ނުދައްކައިވާ ފައިސާ ދައްކަން އެނގިއެވެ. އަދި މުއްދަތުގައި ފައިސާ ނުދެއްކުމުން
ބާޖު ނަގައިގެން ދިޔައެވެ. އޭނާ އެކުރީ ވައްކަމުގެ ކުށެއްނޫންކަމަށް ކޯޓުން
ކަނޑައެޅިއެވެ. އެއީ ޤާނޫނީ ގޮތުން ބާޖުގެ މިލްކުވެރިޔަކީ އޭނާކަމަށް އޭނާ
ޤަބޫލުކޮށްފައިވާތީއެވެ.
އެއްޗެއް ހުރިތަނުން
ނަގައިފައިވަނީ ވަގުތީ ގޮތުން ކަމުގައިވިޔަސް އެނެގުމުގައި ނުބައި ޤަސްދެއްވާނަމަ
އެއީ ވައްކަމެކެވެ.
މިސާލު:
ހިންދޫން ގިނަ ކޮމިޔުނިޓީއެއްގައި އުޅުނު މަހުމެދަން ގެރިއެއް ޒަބަޙަކުރަން
އުޅޭކަން އެނގިގެން އެސޮރު ސަލާމަތްކުރަން ހިނދޫން އައިސް މަހުމެދަން އާ ވާހަކަ
ދައްކައިގެން އެގެރި ގަންނަން ހުށަހެޅިއެވެ. އެކަމަށް މަހުމެދަން އެއްބަސްވިއެވެ.
އަދި "ވައި" ގެ ގޯތީގައި އެސޮރު ބަނދެފައި ބާއްވަން ދެފަރާތުންވެސް
އެއްބަސްވިއެވެ. ނަމަވެސް ގެރި ކަތިލުމުން ސަލާމަތްކުރަން "ވައި" ގެ އަވައްޓެރިއެއްކަމުގައިވި
"ޒެޑް" "ވައި" އަދި މަހުމެދަންގެ ވެސް ހުއްދައެއް ނެތި ގެރި
ގެންދިޔައެވެ. "ޒެޑް" އެ ގެރި ގެންދިޔައީ ދާއިމަށް ގެރި ނެގުމުގެ
ޤަސްދުގައި ނޫންކަމަށްވިޔަސް އެނގިނެގުމުގައި ނުބައި ޤަސްދެއް އޮތުމުގެ ސަބަބުން
އޭނާގެ މައްޗަށް ވައްކަމުގެ ކުށް ސާބިތުވިއެވެ. Jagannath Misra AIR 1929 Par 429
ޤަސްދުގެ ތެރޭގައި ޙައްޤު
ނޫން މަންފާއެއް ލިބިފައިވުން މުހިއްމެއްނޫނެވެ.
ވައްކަމުގެ ޢަމަލުގައި މަންފާއެއް ލިބިގަތުމުގެ ބޭނުން ނުވަތަ ޤަސްދު އޮތުން
ކޮންމެހެން މުހިއްމެއްނޫނެވެ. ނަމަވެސް އެނެގި ނެގުމުގެ ސަބަބުން އެއެއްޗެއްގެ
ވެރިފަރާތަށް ޙައްޤުނޫން ގެއްލުމެއް ލިބިފައިވާނަމަ ފުދޭނެއެވެ.
މިސާލު:
ދަރަނި އަދާނުކޮށް ހުރި މީހެއްގެ 4 ގެރި އޭނާގެ ނުރުހުމުގައި ނަގައި އޭނާގެ
އަރަނިވެރިންނަށް ދަޢުވާލިބުނު ފަރާތުން ބެހިއެވެ. އަދި ދަޢުވާލިބުނު މީހާ އެކުރީ
ވައްކަމުގެ ކުށެއްކަމަށް ކޯޓުން ނިންމިއެވެ. Nadaree Chowkeedar (1865) 3 WR (Cr) 2
ޙައްޤު ދަޢުވާއެއް އޮވެގެން
މުދަލެއް ގެންދިއުމަކީ ވައްކަމެއް ނޫނެވެ.
ދަޢުވާ ސާބިތުވިޔަސް އަދި ނުވިޔަސް ނުވަތަ ދަޢުވާގެ ހެކީގެ ބުރަދަނެއް ނެތަސް
ތެދު ނިޔަތުގައި އެކަށީގެންވާ ގޮތުގައި އެމުދަލެއްގެ މައްޗަށް ކުރާ ދަޢުވާއެއް
އޮވެ އެމުދަލެއް ނެގުމަކީ ވައްކަމެއްކަމުގައި ނުބެލެވެއެވެ. ނަމަވެސް އެފަދަ
ދަޢުވާއަކީ ދޮގު ދަޢުވާއަކަށް ވެގެންނުވާނެއެވެ.
މިސާލު:
މީހަކު ގަތް ބިމެއްގައި ހުރި ގޮވާންތަކަކީ އޭނަ އިންދި ގޮވާމެއްކަމަށް ބުނެ
އޭގެ މިލްކުވެރިކަމަށް އެހެން މީހަކު ދަޢުވާކުޅައެވެ. އަދި އެދައަޢުވާ ގޮތެއް
ނުނިމެނިސް އޭނާ އައިސް އެގޮވާން އުފުރައިލައިގެން ގެންދިޔައެވެ. އޭނާ އުކުރި
ޢަމަލަކީ ވައްކަމުގެ ޢަމަލެއްކަމުގައި ބެލެވެން ނެތްކަމަށް ކޯޓުން ނިންމިއެވެ. Droupadi Devi v
Panmananbha Mishra 1997
މަމީ ޝިހާދު
ތިހުއްޓު މަފޮޓޯއާ. ކަންނެ ބޮންނެ މަކެރެނެ މަސައްކަދާއްކޫ ރާވޭ ސިމެންތިޖެހުމާ. މާއްކޫ ޤާނޫނީ ވަކީލެކެ އަދި ލެޔެނާ މީހެކެ. މީގެ އިތިއްރެޓެ ކަމެކެ ސާފުކޮށްލެންނެ ބޭނުންފެހޭ ފޭސްބުކުން މެސެޖެކެ ކޮށްލަ، އެވޭލެ އައިކެ ޖަވާބެ ދެންނިން
ޤާނޫނު
Subscribe to:
Post Comments (Atom)
No comments:
Post a Comment