
ޒުބައިރުބުނި ބައްކާރު ރިވާކުރައްވިއެވެ. އެއްދުވަހަކު މީހަކު އަމުރުބުނި
އާސްގެ އަރިހުގައި ދެންނެވިއޭ "މަނިކުފާނުގެ ތިޔަހުރިބުއްދިފުޅުގެ
ތޫނުކަމާއިއެކު އިސްލާމްދީން ޤަބޫލުކުރެއްވުން އެހާފަސްކުރެއްވީ
ކީއްވެތޯއެވެ؟" އެކަލޭގެފާނުވިދާޅުވީ "އަހުރެމެން އުޅެއުޅެތިބީ
އަހުރެމެންނަށްވުރެ އަދި މާބުއްދިއަށް ކުރިއަރާތިބި ބޮޑެތި
ފަރުބަދަތަކެއްފަދަ ބުއްދިވެރި ބައެކާއިއެކުގައެވެ. އޭރުއަހުރެމެން ހިގަނީ
އެބައިމީހުންގެ ދަށުންނެވެ. އަހުރެމެން ބުއްދިކުރާންޖެހުނީ އެބައިމީހުން
އަވަދިވެނެތިދިއުމުންނެވެ. އަހުރެމެން ބުއްދިކުރާން ފެށުމުން ފެނުނުޙައްޤަށް
މިހިރީ ތަބާވެގެންނެވެ. އެބައިމީހުން އެގޮތުގައި ނިމިގެންއެދިޔައީ
އެމީހުންގެ ބުއްދިނެތިގެންހޭ؟ ނޫނެކެވެ. ތެދުމަގަކީ މާތްﷲ
ފޮނުއްވާނޫރެކެވެ.
އެމްޑީޕީ ބަލިވުމުގެ އަސްލަކީ "ތާއީދު" އަދި "ފިކުރު" އެއްމާނައެއްގައި ބޭނުންކުރުންބާ؟
ސުންމައައުލަމް.
ދެން އަހުރެންގެ އަސްލު މައުޟޫއުއަށް ރުޖޫޢަވުމުގެ ކުރީން މިކަރައިގެ
މީހުން މޮށިއުޅޭ ދިވެހިބަހުން "ތާއީދު" އާއި "ފިކުރު" ގެ މާނައަށް
ބަލާލާހުށީމެވެ.
ތާއީދު
އެހެން މީހަކު ބުނާބުނުމަކާ ނުވަތަ ކުރާކަމަކާ އެއްބައިވާ އެއްބައިވުން.
ފިކުރު
(1) ޚިޔާލު. (2) ވިސްނުން. (3) ބުއްދި. (4) ކަމަކާ ކަންބޮޑުވެގެންވާ ހާސް.
ފިކުރުހުސްވުން
ކަމަކާމެދު ވިސްނަމުންގޮސް އިތުރު ވިސްނުމެއް އަންނަވަރު ނުވުން.
އެމްޑީޕީގެ
"ފިކުރޭ" ބުނުމުން އޭގެ މާނައަކީ މުހައްމަދު ނަޝީދު ވިދާޅުވާހާ އެއްޗަކަށް
"އާނއެކޭ" ބުނުމުމެއްނޫނެވެ. އޭގެ މާނައަކީ ނަޝީދު ވިދާޅުވާ އެއްޗަކަށް
ބުއްދިކޮށްފައި އެއީ ރަގަޅު ކަމެއްނަމަ އެކަމަށް "ތާއީދު" ކުރުމެވެ.
ބުއްދިކޮށްފައި އެކަމަކީ ލާހިކުނޫން ކަމެއްނަމަ އެކަމަށް ރިވެތިގޮތުގައި
"ދަޖަލު" ކުރުމެވެ. ރިވެތި ގޮތުގައި ދަޖަލު ކުރުމަކީ ނަޝީދުގެ ބަހަށް
އިހުތިރާމު ކުރުމާއި އެކު އެމީހެއްގެ ނަޒަރުގައި ނަޝީދު ވިދާޅުވި
ބަހަށްވުރެ ފުރިހަމަ ބަހެއް އިއްވުމެވެ. އެބަސް އިއްވުމުން އެބަހަކީ ނަޝީދު
މާގަޔާވާ ބަހަކަށްވުންވެސް އެކަށީގެންވެއެވެ.
ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެމްޑީޕީ ތެރޭގައި އޮވޭބާ؟
ހިޔާލުފާޅުކުރުމުގެ
މިނިވަންކަމަށް އެންމެ ހަރުއަޑުން ގޮވަނީ އެމްޑީޕީއެވެ. އެހެން ނަމަވެސް
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް އެމްޑީޕީގެ ޤައުމީ މަޖިލީހަކުން
ނުފެނެއެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގައި އޮންނަގޮތަކީ ރިޔާސަތުގައި
އިންނަމީހަކު ބަޔާން ހުށަހެޅީމަ އެކަކު އެޔަށް ތާއީދުކޮށްފައި ވޯޓަކަށް
އެހުމުން އެންމެންގެ އިއްތިފާގުން ފާސްކުރުމެވެ. ދުވަހަކުވެސް
ބަހުސްކޮށްގެން ބިނާކުރަނިވި ބުއްދިއެއް އެމްޑީޕީގެ ޤައުމީ މަޖިލީހުން
ނެރުނުތަނެއް އަހުރެން ނުދެކެމެވެ. ފަހަރުގައި އެމްޑީޕީ އިން ހިޔާލުފާޅުކުރުމުގެ މިނިވަންކަން މާނަ ކުރަނީ އިދިކޮޅު ޕާޓީގެ މީހުންނާއި ދިމާލަށް ލަދުވެތި ބަހުރުވައިން ހަޑި އެއްޗެހި ކިއުން ކަމަށްވެސް ވެދާނެއެވެ.
އެމްޑީޕީ ފަހުގެ ތާރީހެއްގައި ކުރި އެންމެ ގަޅިފުޅު ކަންތަށް
ކޯނީގެ
ރިޕޯޓް ފީކަޅާވާން ޖެހުނީވެސް މިބާވަތުގެ ގަޅިފުޅު ކަމެއްކުރުމުންނެވެ.
ދަންނައެވެ. އެމްޑީޕީ ގޮވަމުން ދިޔައީ "ވެރިކަން ބަދަލުވީ ބަޤާވާތަކުންނޭ،
ޑރ. ވަހީދު އެހުންނެވީ ބަޤާވާތް ކޮއްގެންނޭ" މިއެވެ. އެމްޑީޕީގެ
ޤައުމީ މަޖިލިސް މެންބަރުން ތިބީ ދެބަންދިހާރަވެފައިތޯއެވެ؟ ކޯނީ އަކީ
ރައީސުލްޖުމުޙޫރިއްޔާގެ ޤަރާރަކުން އުފެއްދި ކޮމިޝަނެކެވެ. ބަޤާވާތްކޮށްގެން
ގަދަކަމުން އައިސްފައި ހުރިމީހަކަށް "ރައީސުލްޖުމުހޫރިއްޔާ"ގެ
ޤަރާރަކުން ކޮމިޝަން އުފެއްދޭތޯއެވެ. ކޮމަންވެލްތާއި އ.ދ ގައި "ބަޤާވާތްކޮށްގެން ހުރިމީހަކު" އުފައްދާ ކޮމިޝަނެއް
ބަލައި ނުގަންނާނެވާހަކައެއް ނުބުނެއެވެ. އަދި އެކޮމިޝަން އުފެއްދުމަށް އެހީތެރިވެދެއްވުމަކަށްވެސް ނޭދެއެވެ.
ދުނިޔޭގެ ކިތައްމެ ގައުމެއްގައި މިފަދަ މައްސަލަތަކުގައި ކޮމިޝަން އެކުލަވާލާނީ ސީދާ އ.ދ އިންނެވެ. އެމްޑީޕީ އިން އ.ދ އިން ކޮމިޝަން އެކުލަވާލުމަށް ޑިމާންޑު
ކުރިނަމަ އެހެން އެކަންވެގެންދާނެވެ. ދެންމިހެދި ގޮތަކީ މައުމޫންގެ
ދަންތުރާގައި އަމިއްލައަށް ޖެހިގަތުމެވެ. އާދޭހެވެ. މައުމޫން ކޯނީ އަށް
ފާޑު ކިޔުމުން އެމްޑީޕީން ކޯނީއަށް ތައުރީފުކޮށް ބަޔާންނެރެ، ކޯނީއަކީ
އެމްޑީޕީގެ ފުރިހަމަ އިތުބާރުއޮތް ކޮމިޝަނެއްކަމަށް ވަކާލާތުކޮއްހެދުމެވެ.
އޭގެ އެޑްވާންޓޭޖް ނަގައި އެންމެ ފަހުން މިކަމުގައިވެސް ކުރި ހޯއްދެވީ
އެވެރިންނެވެ. އެންމެ ފަހުން މަގުމައްޗަށް ނުކުމެފައިވެސް ޖެހުނީ
ރިޕޯޓުވެސް ގަބޫލުކުރާށެވެ. މިއީ ވިސްނުމެއްނެތި އަވަސް އަރައިގެން
އެކެއްގެ ބުއްދިން ބުއްދިކޮށްގެން ކަންކުރާން އުޅެގަތީމާ ލިބޭޭ ގެއްލުމެވެ.
ނިންމުން
މިފަހަރުގެ ރިޔާސީރޭހުން އެމްޑީޕީ ބަލިވުމުގެ އަސްލަކީ ދީނަށް ކުޑާމީސްބަސް ބުނެފައި، އެކަމަށް މައާފަށް ނުއެދި، އެބަސް ދިފާއުކުރުމުންނެވެ. ނަމަވެސް މިވާހަކަ އިތުރަށް ދައްކާކަށް ގަސްތުނުކުރަމެވެ. އާއެކެވެ. އެމްޑީޕީ ބަލިވުމުގެ އަސްލަކީ "ތާއީދު" އަދި "ފިކުރު" އެއްމާނައެއްގައި ބޭނުންކުރުމެވެ. ކުރިމަގުއި މިކަމަށް ހައްލެއް ގެންނާނެކަމަށް އުއްމީދުމުރަމެވެ.
gadha kaley shihaadh bro. emme fahu paragraph v salhi. ngey. :D
ReplyDeletedhajaleh noon.. jadhalu..
ReplyDeleteEba huri thiki jehi thaanaige massala ves. misaalakah 'baqaavaaiy'. Rangalhu gothaky 'baghaavaaiy'. beynun kuran jeheynee 'ghain' eh. Dhen aharemenge gaumah 'kara' ekey nukiyaane. Mee raajje eh.
ReplyDeleteލިޔުމުގައި މަދުން.ނަމަވެސް އިމްލާ ކުށްތައް ހުރީތީ މާގަށް އެދެމެވެ. އަޅުގަޑު
ReplyDeleteނޑު ބުނަން އުޅުނު އެތި ފަހުމް ވީމާ މަގޫދަޑި ހާސިލްވީއެވެ