
މިދީން ޤަބޫލުކުރާ ނުވަތަ މިޝަރީއަތް ޤަބޫލުކޮށް ޝަހާދަތް ކިޔާފި ކޮންމެމީހަކީ އިސްލާމެކެވެ. ނަމަވެސް އޭނާ އެއަށް އަމަލު ނުކުރާނަމަ ނުވަތަ ފޮލޯނުކުރާނަމަ އެމީހަކު މުސްލިމަކަށް ނުވާނެއެވެ. މިސާލަކަށް ބޮލުގައި ރިއްސާގެން އުޅޭމީހަކު ޕެނެޑޯލް ކެއުމުން ބޮލުގެ ރިހުން ފިލާނެކަމަށް ޤަބޫލު ކުރިޔަސް އޭނަގެ ބޮލުގެ ރިހުން ކެޑިގެން ނުދާނެއެވެ. އޭނަގެ ބޮލުގެ ރިހުން ކެޑިގެންދާނީ އޭނާ އެއަށް އަމަލު ކޮށްގެން ޔައުނީ ޕެނެޑޯލް ކެއީމައެވެ. ހަމަމިގޮތަށް މީހަކު ފަރުޞު ފަސްނަމާނު ކުރަންޖެހޭނެ ކަމަށް ޤަބޫލު ކުރިޔަސް، އެނަމާދު ޤާއިމު ނުކުރާހާ ހިނދަކު އޭނާއަކަށް އޭގެ ފައިދާއެއް ނުލިބޭނެއެވެ؟ އޭނާއަށް ޟަވާބާއި ދަރުމަ ލިބޭހުށީ ފަރުޞު ފަސްނަމާދު ޤާއިމުކޮއްގެންއެވެ.
އާދޭހެވެ. މިކަރައަކީ ސަތޭކަޕަސެންޓް އިސްލާމުންއުޅޭ، މެޖޯރިޓީ މުސްލިމުގައުމެކަމެވެ. އެއީތޯއެވެ. މިކަރައިގައި ރޯދަމަހު އެކަނި ނަމާދުކުރާ މީހުން ފުދޭވަރަކަށް ގިނައެވެ. އަދި އެއްގޮތަކަށްވެސް މިސްކިތަށް ނުވަންނަ މީހުން އުޅެއެވެ. މިފަދަ މީހުންއަށް މިސްކިތަށް ވަދެވިފައި ހުންނަނީ ގާތް ތިމާގެ މީހަކު މަރުވުމުން އޭނާގެ ކަށުކަމާއި ކެމީގެ ކަންތަކުގެ ތެރެއިން މަޖުބޫރުވެގެން އެވެ. އެދުވަހުވެސް މިސްކިތަށް އެރީފައިވަނީ ނިފާސް ކަމުން ތޯޙިރު ނުވެއެވެ.
މިކަރައަކީ މުސްލިމް ޤައުމެކޭ ކިޔާފައި ކިތަށްމެވަރަކަށް ގޮވިޔަސް މިޤައުމު މުސްލިމް ޤައުމަކަށް ނުވާނެއެވެ. މިޤައުމު ސަތޭކަ ޕަސެންޓް މުސްލިމް ޤައުމަކަށް ހަދަން ބޭނުންނަމަ ކޮންމެ މީހަކުވެސް އަޒުމު ކަނޑައަޅަންވީ ތިމާގެ އާއިލާއަކީ މުސްލިމް އާއިލާއަކަށް ހެދުމަށެވެ. މުސްލިމް އާއިލާތަށް ބިނާކުރެވިއްޖެނަމަ މުސްލިމް މުޖުތަމައެއް ބިނާކުރެވުނީއެވެ. މުސްލިމް މުޖުތަމަޢު ތަކުން މުސްލިމް ޤައުމު ބިނާވެގެން ދާނެއެވެ. އެހެންކަމުން އަހުރެން މިކަރައިގެ ލޮބުވެރި އަޙުންނާއި އުޙުތުންގެ އަރިހުން އެދެނީ ތިބާގެ އާއިލާއަކީ މުސްލިމް އާއިލާއަށް ހެދުމަށެވެ. އިސްލާމް ކަމާއި އެކު މުސްލިމަކަށްވެސް ވުމަށެވެ. ކޮންމެ މުސްލިމަކީ އިސްލާމެކެވެ. އެކަމަކު ކޮންމެ އިސްލާމަކީ މުސްލިމެއްނޫނެވެ.
very good write up, often we have misunderstood these words, thank you for your valuable contribution
ReplyDeleteVery well expressed, Thank you for the information
ReplyDelete