Wednesday, March 13, 2013

#

އަޅުގަނޑުގެ ވޯޓް" ނަވިޔަނި" އަލުންއަބުރާ ތާނައަކުރުތަކުގެ ތެރެއަށް ގެންނަވާނެ ބޭފުޅަކަށް

"ނަވިޔަނި" މިއަކުރަކީ މީލާދީސަނަތުން 1963 ވަނައަހަރު އުވިދިޔަ އެކުވެރި ސުވައިދީބުޖުމުހޫރިޔާ(އައްޑޫ، ފޯއްމުލަށް އަދި ހުވަދޫ) އަށް ނިސްބަތްވާ ރައްޔިތުން ވަރަށްފުޅާދާއިރާއެއްގައި ބޭނުންކުރަމުންއަނަ އަކުރެކެވެ. މިއަކުރަކީ 1953އަހަރާހަމައަށް ތާނަ ލިޔަންގެންގުޅޭ ހަށަނަރަބަޅަކަގެ ތަރުތީބުން ހަވަނައަށް އޮންނައަކުރެވެ. ތާނައަކުރުތަކުގެތެރެއިން މިއަކުރު އުވާލައްވާފައިވަނީ 1953 ވަނައަހަރު ދިވެހި ރާއްޖޭގެ ރައީސުލްޖިމުހޫރިއްޔާ މުހައްމަދު އަމީންގެ ވެރިކަމުގައި އަމީންގެ އެންގެވުމަކަށެވެ.
މިއަކުރު ތާނައަކުރުތަކުގެ ތެރެއިން އުވާލުމަކީ ސުވައިދީބުއަށް ނިސްބަތްވާ މީހުންނަ ވެވޭވަރަށްބޮޑު ބޭއިންސާފެކެވެ. އެހެނީ މިއަކުރު އުވާލުމުގެ ސަބަބުން އެބައިމީހުންނަށް އެބައިމީހުންގެ ބަހުން ބައެއް ބަސްތަށްނުލިޔެވެއެވެ. އެބައިމީހުންވެސް އެބައިމީހުންގެ މާދަރީބަހުން ލިޔަން ބޭނުންވާނެކަމާމެދު އެއްވެސްމީހަކު ޝައްކެއްނުކުރާނެއެވެ. ސަބަބަކީ ކޮންމެބައެއްވެސް އެބައިމީހުންގެ ބަސް އުވިދިޔައަސް އަންނަންއޮތްޖީލުތަކަށް އެބައިމީހުންގެއަމިއްލަބަހެއްއޮތްކަން އަންބޭނުންވާނެތީއެވެ. އަޅުގަޑު އަދިދުވަހަކުވެސް އައްޑޫ، ފޯއްމުލަށް އަދި ހުވަދޫބަހުން ލިޔެފައިވާ ފޮތެއްނުދެކެމެވެ. މިއީ ވަރަށް ހިތާމަހުރިކަމެކެވެ. ވާނީވެސްއެހެންތާއެވެ. އެބައިމީހުންގެ ބަސް ތާނައަކުން މިހާރުލިޔެވޭކަށެއްނެތެވެ. ލިޔެވޭނަމަ އެބަސްތަކުންވެސް ލިޔުންތަށްލިޔެ ޝާއިއުކުރެވުނީސްކަން ކަށަވަރެވެ.

އަޅުގަޑު މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުދޭނީ މިއަކުރު އަބުރާ ތާނައަކުރުތަކުގެ ތެރެއަށްގެނަވާނެ ކަމަށް ވައުދުވާ ބޭފުޅަކަށެވެ. އެބަޔެއްގެ މާދަރީބަހުން ލިޔުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބެންޖެހޭނެ ނޫންތޯއެވެ؟

1 comment:

  1. ނަވިޔަނި މި އަޑަކީ ހުވަދޫ ބަހުން ވާހަކަ ދައްކާއިރު ގިނައިން އިވޭ އަޑަކަށްވާއިރު މި އަޑު ލިޔުމުގައި ބޭނުން ކުރެވޭނެ އަކުރެއް' ނެތުމަކީ ހުވަދޫ ބަހުރުވައިން ވާހަކަ ދައްކާ އަދި އެ ބަހުރުވަ ދަސްކުރަން މަސައްކަތްކުރާ މީހުންނަށް ލިބޭ ނިކަމެތިކަމެކެވެ. އުތުރުގެ އަތޮޅަކަށް ނިސްބަތްވީކަމުގައި ވިޔަސް އަޅުގަނޑަކީ ހުވަދޫ ބަހުރުވަ ދަސްކުރުމަށް މަސައްކަތްކުރާ މީހަކީމެވެ. މިކަމުގައި ދިމާވާ އެންމެ ބޮޑު ދަތިކަމަކީ މި ބަހުރުވައިން ލިޔެފައިވާ ލިޔުންތައް ނެތުމާއި އެކަށީގެންވާ މިންވަރަށް އަޑު ރެކޯޑްކުރެވިފައި ނެތުމެވެ. ޝިހާދު ފަދައިން އަޅުގަނޑުގެވެސް އުއްމީދަކީ މި އަކުރު ތާނަ އަކުރުގައި ހިމެނި ހުވަދޫ ބަހުރުވައިން ގިނަ ލިޔުންތަކެއް އާއްމުންނަށް ކިޔަންލިބުމެވެ. މިއީ ތާރީހަށްޓަކައިވެސް މުހިއްމު ކަމަކަށްވާތީ ޝިހާދުގެ މި މަސައްކަތަށް ޝުކުރުވެރިވަމެވެ.

    ReplyDelete