Wednesday, January 23, 2013

#

ރަސޫލާގެ ހަދީޘްތަށް ބެހޭ ބައިތަށް: ޑރ. އ.ޒ.މ

ރަސޫލާގެ ޙަދީޘު ބެހެނީ ދެބަޔަކަށް:
1- މުތަވާތިރު
2- އަޙާދު
ތެދު/ ދޮގު ކަށަވަރުނުވާ ޙަދީޘެއްނަމަ، އެ ޙަދީޘެއް އޮންނާނީ އޭގެ އަޞްލު ޙާލަތުގައި، ޢަދުލުވެރި ނޫން މީހަކު ރިވާކޮށްފިނަމަ، އެ ޙަދީޘެއް ޤަބޫލެއް ނުކުރެވޭނެ. { يأيها الذين آمنوا إن جاءكم فاسق بنبإ فتبينوا أن تصيبوا قوما بجهالة فتصبحوا على ما فعلتم نادمين }(الحجرات:6) އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެގާތަށް فاسقއަކު خبرއަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، حقيقة ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ.

އަޙާދުގެ ބާވަތްތައް
1- މަޝްހޫރު: ތަވާތުރުގެ ދަރަޖައަށް ވާސިލުނުވާ، އަދި ސަނަދުގެ އެއްވެސް ފަންތިއެއްގައި ތިން ރާވިންނަށްވުރެ މަދުނުވުން
2- ޢަޒީޒު: ސަނަދުގެ ކޮންމެވެސް ފަންތިއެއްގައި ދެ ރާވިން ތިބިމާއި އެއްވެސް ފަންތިއަކުން ދެރާވިންނަށްނަވުރެ މަދުނުވުން
3- ޣަރީބު: ކޮންމެ ފަންތިއެއްގައިވެސް އެންމެ ރާވީއެއް ހުރުން

މިއިން ކޮންމެ ބާވަތެއްގެތެރޭގައިވެސް:
  •  ޞަޙީޙު ޙަދީޘް މަތުނުގައި ނުވަތަ ސަނަދުގައި
  •  ޙަސަނު ޙަދީޘު މަތުނުގައި ނުވަތަ ސަނަދުގައި
  •  ޟަޢީފު ޙަދިޘް މަތުނުގައި ނުވަތަ ސަނަދުގައި ހުރެދާނެއެވެ.

ޟަޢީފު ޙަދީޘަކަށް ޢަމަލެއް ނުކުރެވޭނެއެވެ.
ޢިލްމުވެރީންގެ ޚިޔާލުފުޅު
o ޞަޙީޙު/ޙަސަނު ޙަދީޘަށް ޢަމަލުކުރުން ވާޖިބު {ޖުމްހޫރު}
ޞަޙީޙު/ޙަސަނު ޙަދީޘަށް ޢަމަލުކުރުން ވާޖިބެއް ނޫން {ރާފިޟާ، ޤަދަރިއްޔާ}ދަލީލު:{ إن يتبعون إلا الظن وإن الظن لا يغني من الحق شيئا } (النجم:28) ހީއަކަށް މެނުވީ އެއުރެން تبعވާކަމުގައެއް ނުވެތެވެ. އަދި ހަމަކަށަވަރުން، ހީއަކީ حقގެ ބަދަލުގައި އެއްވެސްކަމެއް ފުއްދައިދޭނެ އެއްޗެއްނޫނެވެ.

ޖުމްހޫރުންގެ ދަލީލު:
ރަސޫލާ ކަޑައެޅުއްވި ވެރިންނާއި ދުޢާތުން ކަޑައެޅުއްވުމުގައި އެންމެ ބޭފުޅެއްގެ ބަސްފުޅު ހިމެނިފައިވުން
ޞަޙާބިންގެ ގިނަ ބޭކަލުން އަޙާދު ޙަދީޘަށް ޢަމަލުކުރެއްވުން
ރާފިޟާއިން ދަލީލު ނެގި އާޔަތަކީ ހެކި ހޯދުމާބެހޭ އާޔަތެއް

އަޙާދު ޙަދީޘަކުން ލިބޭ ޔަޤީންކަމުގެ ދަރަޖައާމެދު ޢިލްމުވެރީންގެ ރައުޔު
1- ޖުމްހޫރު: އުންމަތް ބަލައިގަނެ، ޤަރީއަކުން ސާބިތުވެއްޖެނަމަ، އެއީ ޔަޤީންކަންލިބުނީ
2- އެހެން ބައެއް ޢިލްމުވެރީން {މާލިކު، އަޙުމަދު، ޒާހިރީ މަޛްހަބު} ޤަރީނާއަކާނުލައި ޔަޢީންކަން ލިބިގެންވެއެވެ. ބައެއް ޙަދީޘުތަކުން މި ޔަޤީންކަން ލިބިގެން ނުވެއެވެ.
3- މުތަކައްލިމީން: ޔަޤީންކަން ލިބިގެން ނުވެއެވެ. ޢަޤީދާގެ މައްސަލަތަކުގައި ބޭނުން ނުކުރެވޭނެ، އެކަމަކު އެހެނިހެން މައްސަލަތަކުގައި ބޭނުންކުރެވޭނެ.

ރާޖިޙުގޮތް:
ޖުމްހޫރުންގެ ރައުޔު
ސަބަބު:
ރަސޫލާގެފަރާތްޕުޅުން ދީން ފެތުރެއްވުމަށް އެންމެ ބޭކަލުފޮނުއްވާފައިވުން
މޫސާގެފާނުގެ ޙާދިޘާ: {وجاء رجل من أقصى المدينة يسعى قال ياموسى إن الملأ ياتمرون بك ليقتلوك فاخرج إني لك من الناصحين فخرج منها خائفا يترقب } (القصص:20-21) އަދި އެރަށުގެ އެންމެދުރު ފަރާތުން މީހަކު ދުވަމުންއައިސް ދެންނެވިއެވެ. އޭ موسىގެފާނެވެ. ހަމަކަށަވަރުން، ރަށުގެ ބޮޑުން ކަލޭގެފާނު قتلކުރުމަށް އެބަ ސައްލާކުރެތެވެ. ފަހެ، ކަލޭގެފާނު (މިރަށުން) ނުކުމެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިމަންވަނީ ކަލޭގެފާނަށް نصيحةތެރިވާ މީހުންގެ ތެރެއިންނެވެ. ފަހެ، އެކަލޭގެފާނު ބިރުވެރި حالގައި (އަތުވެދާނެ ނުރައްކަލަކަށް) انتظارކުރައްވަމުން އެރަށުން ނުކުމެވަޑައިގެންނެވިއެވެ.

ޤަރީނާއެއް އޮވެއްޖެނަމަ، ޞަޙާބީންވެސް އަޙާދު ޙަދީޘަށް ޢަމަލުކުރައްވާފައިވެއެވެ.
އަލްއިމާމުލް ބުޚާރީ، އޭނާގެ ޞަޙީޙުގައި (ބުޚާރީގައި) ޚާއްޞަ ބާބެއް ލިޔުއްވާފައިވެއެވެ. [كتاب لأخبار الاحاد] މި ބާބުގައި އަޙާދު ޙަދީޘަށް ޢަމަލުކުރަށް ޖެހޭނެކަމަށް ހެކި ދައްކަވާފައިވެއެވެ.
1- މާލިކީ މަޛްހަބު: އަޙާދު ހަދީޘަކާ، މަދީނާގެ އަހުލުވެރިންގެ ޢަމަލާ އެއްގޮތް ނުވެއްޖެނަމަ، މަދީނާގެ އަހުލުވެރީންގެ ޢަމަލު އިސްކުރެއެވެ.
2- محمد بن عبد الوهاب بن سلام الجبائي من أئمة المعتزلة ت 303 هـ: ރިވާކުރައްވާ ދެ ރާވިން ނެތް ޙަދީޘަކަށް ޢަމަލެއް ނުކުރައްވައެވެ.
ދަލީލަކީ: އަބޫ މޫސަލް ޢަޝްޢަރީ، ޢުމަރުގެފާނު އަރިހަށް ވެދެވަޑައިގަތުމުގެ އިޛުނައަކަށް އެދިވަޑައިގެންނެވި މައްސަލާގައި، ރަސޫލާގެ ޙަދީޘް ޢުމަރުގެފާނަށް ކިޔައިދެއްވުމުން، އެ ޙަދީޘު އެނގިވަޑައިގަންނަވާނޭ އެހެން ބޭކަލަކު ގެންނެވުމަށް އެންގެވުން
މާމައަށް ހަބައިކުޅައެއްބައި ލިބޭކަމަށް ރަސޫލާ ކަޑައެޅުވިވާހަކަ ދެންނެވުމުން،އަބޫބަކުރުގެފާނު، المغيرة بن شعبة ގެ ހެކި ޤަބޫލު ނުކުރެއްވުން
3- معروف بن فيروز الكرخي ت 200 هـ ޙައްދުތަކުގައި އަޙާދު ޙަދީޘެއް ޤަބޫލެއްނުކުރައްވައެވެ. حديث عمرو بن شعيب عن أبيه عن جده أن رجلا قتل عبده عمدا على عهد رسول الله صلى الله عليه وسلم فجلده رسول صلى الله عليه وسلم مائة وغربه سنة ولم يقده به وأمره أن يعتق رقبة . وقد عمل المالكية بهذا الحديث
4- ޙަނަފީ މަޛްހަބު: އަޙާދު ޙަދީޘު، އަންނަނިވި މައްސަލަތަކުގައި ބޭނުމެއް ނުކުރެއެވެ.
އެކަމަކުން އެއްވެސް މީހަކަށް މިންޖުނުވެވޭނެ، އަދި ހަމަކޮންމެ މީހަކާވެސް ކުރިމަތިވެދާނެ ޛާތުގެ ކަންކަން: {من مس ذكره فليتوضأ }
އެއްވެސްއެހެން ރިވާޔަތަކާ ޚިލާފުވާ ކަންކަން: إذا شرب الكلب من إناء أحدكم فليغسله سبع مرات , وفي الطبراني عن أبي هريرة أنه أمر بغسل الاناء من ولوغ الكلب ثلاث مرات .
ޤިޔާސްއާ ޚިލާފުވާކަންކަން : لا تصروا الإبل ولا الغنم فمن ابتاعها فهو بخير النظرين إن شاء أمسكها وإن سخطها ردها وصاعاً من تمر

ޕްރެޒެންޓޭޝަން ޑައުންލޯޑު ކުރައްވާ
ސުންނަތުގެ މަގާމު

ނޯޓް: މިއީ ޑރ. އިބުރާހިމް ޒަކަރިއްޔާ މޫސާ 23 ޖެނުއަރީ 2013 ގައި ވިލާކޮލެޖުގެ ބީއެސް ބެޗް 1 ދެއްވި ލެކްޗަރ ނޯޓެވެ.

No comments:

Post a Comment