Tuesday, November 25, 2025

ޔޫސުފް ޢަލައިހިއްސަލާމްގެ ވާހަކައިން ލިބޭ ޢިބްރަތްތައް

25.11.25 0

ޔޫސުފް ޢަލައިހިއްސަލާމްގެ ވާހަކަ އަކީ ނުހަނު ގިނަ ޢިބްރަތްތަކަކުން ފުރިގެންވާ ވާހަކައެކެވެ. ކުޑަކުދިންނާއި، ﷲ ގެ މަގުގައި ދަޢްވަތުގެ މައިދާނުގައި މަސައްކަތް ކުރާ މީހުންނާއި، ވަޡީފާގައި އުޅޭމީހުންނާއި، އަނިޔާ ލިބިފައިވާ މީހުންނާއި، ރިވެތި އަޚްލާގު ގެ ވެރިންނަށް ނުހަނު ގިނަ ޢިބްރަތްތަކެއް މިވާހަކައިގައި ހިމެނިގެންވެއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (لَقَدْ كَانَ فِي قَصَصِهِمْ عِبْرَةٌ لِّأُولِي الْأَلْبَابِ ۗ مَا كَانَ حَدِيثًا يُفْتَرَىٰ وَلَـٰكِن تَصْدِيقَ الَّذِي بَيْنَ يَدَيْهِ وَتَفْصِيلَ كُلِّ شَيْءٍ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ) މާނައަކީ: “ހަމަކަށަވަރުން، އެއުރެންގެ ވާހަކަތަކުގައި، ބުއްދީގެ أهل ވެރިންނަށް عبرة އެއް ވާކަން ކަށަވަރެވެ. އެ قرآن އަކީ، ހަދައިގެން އުފެއްދޭ ވާހަކަތަކެއްނޫނެވެ. އެހެނެއްކަމަކު، އެއީ އޭގެކުރިން ބާވައިލެއްވި ފޮތްތައް ތެދުކުރާ، އަދި ހުރިހާކަމެއް تفصيل ކޮށްދޭ، އަދި إيمان ވާ ބަޔަކަށް هداية އެއް ކަމުގައްޔާއި، رحمة އެއް ކަމުގައިވާ ފޮތެވެ. މިވާހަކައިން ލިބޭ ޢިބްރަތްތަކުގެ ތެރޭގައި:


1- ބައްޕަ އަކު ހުރިހާ ކުދިންނާއި މެދުގައި އިންޞާފުން ކަންތައް ކުރުން. އަދި ލޯބިވުމުގައި ވެސް ހުރިހާ ކުދިން ހަމަހަމަ ކުރުން. ނޫންނަމަ އެއް ކުއްޖަކު އަނެއް ކުއްޖެއްދެކެ ޙަސަދަވެރިވެ، ރުޅިއައިސް، އެރުޅިވެރިކަމާއި ނަފްރަތު ހަނގުރާމަ އަކަށް ބަދަލުވެގެން ހިނގައިދާނެއެވެ. ޔޫސުފްގެ ފާނުގެ އަޚުން ބުނި ކަމަށް ގުރްއާނުގައި އައިސްފައިވެއެވެ.(إِذْ قَالُوا لَيُوسُفُ وَأَخُوهُ أَحَبُّ إِلَىٰ أَبِينَا مِنَّا وَنَحْنُ عُصْبَةٌ إِنَّ أَبَانَا لَفِي ضَلَالٍ مُّبِينٍ﴿٨﴾ اقْتُلُوا يُوسُفَ أَوِ اطْرَحُوهُ أَرْضًا يَخْلُ لَكُمْ وَجْهُ أَبِيكُمْ وَتَكُونُوا مِن بَعْدِهِ قَوْمًا صَالِحِينَ) މާނައަކީ: “އެ أخ ންތައް، ބުނިހިނދު، ހަނދުމަކުރާށެވެ! ތިމަންމެންނީ، ގަދަފަދަ ޖަމާޢަތެއް ކަމުގައި ވާހިނދުވެސް، ޔޫސުފްގެފާނާއި އޭނާގެ އަޚް ބުންޔާމީން ތިމަންމެންގެ ބައްޕާގެ އަރިހުގައި ލޮބުވެތިކަން މާބޮޑެވެ. ހަމަކަށަވަރުން، ތިމަންމެންގެ ބައްޕާވަނީ، ފާޅުވެގެންވާ މަގުއޮޅުމެއްގައެވެ. ތިޔަބައިމީހުން يوسف ގެފާނު قتل ކޮށްލާށެވެ! ނުވަތަ، ދުރު ބިމަކަށް އެކަލޭގެފާނު އެއްލައިލާށެވެ! އޭރުން ތިޔަބައިމީހުންގެ ބައްޕާގެ ހެޔޮކަން ތިޔަބައިމީހުންނަށް އެކަނި ލިބޭނެތެވެ. އަދި އެއަށްފަހު ތިޔަބައިމީހުން ތައުބާވެ ޞާލިޙް ރަގަޅު ބައެއް ކަމުގައި ވާނީއެވެ”.

2- ﷲ އަށް އީމަންވެ، އެކަލާނގެ އާއި މެދު ޔަގީންކަން ބޭއްވުމަކީ އެންމެހައި ކުށްފާފަ ތަކުން މީހާ ދުރުހެލި ކުރުވާ ސަލާމަތް ކުރުވާ ކަމެކެވެ.(وَلَقَدْ هَمَّتْ بِهِۖ وَهَمَّ بِهَا لَوْلَا أَن رَّأَىٰ بُرْهَانَ رَبِّهِ ۚ كَذَٰلِكَ لِنَصْرِفَ عَنْهُ السُّوءَ وَالْفَحْشَاءَ ۚ إِنَّهُ مِنْ عِبَادِنَا الْمُخْلَصِينَ ) މާނައަކީ: “އަދި ހަމަކަށަވަރުން (އެދުމާއެކު) އެކަނބުލޭގެ އެކަލޭގެފާނާ ކުރިމަތިލިއެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ دليل ފެނިވަޑައިނުގެންނެވިނަމަ، އެކަލޭގެފާނުގެ ހިތްޕުޅުވެސް އެކަނބުލޭގެ ފަރާތަށް ލެނބުނީހެވެ. އެފަދައިން (އެ دليل ދެއްކެވީ) ތިމަންރަސްކަލާނގެ އެކަލޭގެފާނުގެ ކިބައިން ނުބައި عمل އާއި، ހުތުރުކަންބޮޑު ފާފަ ދުރުކުރެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލޭގެފާނު ވަނީ، ތިމަންރަސްކަލާނގެ خيار ކުރެއްވި އަޅުންގެ ތެރެއިންނެވެ”.

3- މަކަރުވެރިކަމަކީ އިންސާނާގެ ޠަބީޢަތުގައި ލައްވާފައިވާ ޞިފަ އެއް ކަމުގައިވީނަމަވެސް އެޔަކުން ކާމިޔާބާއި ހަމައަށް ވާޞިލްވެވޭނެ އެއްޗެއް ނޫނެވެ. ސަބަބަކީ ކޮންމެވެސް ވަގުތަކުން ޙަގީގަތް އެނގިބަޔާންވަނެތީވެއެވެ. (وَجَاءُوا أَبَاهُمْ عِشَاءً يَبْكُونَ﴿١٦﴾قَالُوا يَا أَبَانَا إِنَّا ذَهَبْنَا نَسْتَبِقُ وَتَرَكْنَا يُوسُفَ عِندَ مَتَاعِنَا فَأَكَلَهُ الذِّئْبُ ۖ وَمَا أَنتَ بِمُؤْمِنٍ لَّنَا وَلَوْ كُنَّا صَادِقِينَ ﴿١٧﴾ وَجَاءُوا عَلَىٰ قَمِيصِهِ بِدَمٍ كَذِبٍ ۚ قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًا ۖ فَصَبْرٌ جَمِيلٌ ۖ وَاللَّـهُ الْمُسْتَعَانُ عَلَىٰ مَا تَصِفُونَ) މާނައަކީ: “އަދި عشاء ވަގުތުގައި، އެއުރެންގެ ބައްޕާގެ އަރިހަށް ރޮމުން އެއުރެން އައޫއެވެ. އެއުރެން ދެންނެވޫއެވެ. އޭ އަހުރެމެންގެ ބައްޕާއެވެ! ތިމަންމެންގެ ސާމާނުތަކުގެ ކައިރީގައި يوسف ގެފާނު ބަހައްޓާފައި، ތިމަންމެން ވާދަކުރުމަށް ދިޔައީމުއެވެ. ދެން މިނިކާވަގެއްއައިސް، އެކަލޭގެފާނު ކައިފިއެވެ. ތިމަންމެން ތެދުވެރިންކަމުގައިވިޔަސް، ކަލޭގެފާނު ތިމަންމެންގެ ބަސް ތެދެއް ނުކުރައްވާނެތެވެ. އަދި އެއުރެން އެކަލޭގެފާނުގެ ގަމީސްކޮޅުގައި ދޮގު ލެޔެއް އުނގުޅައިގެން ގެނައޫއެވެ. ޔަޢްގޫބުގެ ފާނު ވިދާޅުވިއެވެ. އެހެންނަކުން ނޫނެވެ. ތިޔަބައިމީހުންގެ އަމިއްލަ نفس ތައް (ނުބައި) ކަމެއްކުރުމަށް، ތިޔަބައިމީހުންނަށް ތަންދިނީއެވެ. ފަހެ، (ތިމަންކަލޭގެފާނަށް އޮތީ) ރިވެތިވެގެންވާ ކެތްކުރުމެކެވެ. އަދި ތިޔަބައިމީހުން، ސިފަކޮށް ބުނާ އެއްޗެއްގެ މައްޗަށް (ކެތްކުރުމުގައި) އެހީދެއްވާ ފަރާތަކީ اللَّه އެވެ”.

4- މުއިމިނުން އަބަދުވެސް ކަންކަމުގައި ވަކީލުކުރާ ހުށީﷲ އަށެވެ. އަދި ކޮންމެ ކަމެއްމެ ހިންމަވައި ދެއްވަނީ ﷲ ކަން ތެދުކޮށް ޔަގީން ކުރާނެއެވެ. ކޮންމެ ކަމަކަށްމެ ދަންނަވަނީ ﷲ ގެ ޙަޟްރަތުގައެވެ. ﷲ ގެ ޙިމާޔަތުން ބޭރުވެވޭނެ އެއްވެސް ޙާލަތެއް ނުވެއެވެ. (قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًا ۖ فَصَبْرٌ جَمِيلٌ ۖ وَاللَّـهُ الْمُسْتَعَانُ عَلَىٰ مَا تَصِفُونَ) މާނައަކީ: ” ޔަޢްގޫބުގެ ފާނު ވިދާޅުވިއެވެ. އެހެންނަކުން ނޫނެވެ. ތިޔަބައިމީހުންގެ އަމިއްލަ نفس ތައް (ނުބައި) ކަމެއްކުރުމަށް، ތިޔަބައިމީހުންނަށް ތަންދިނީއެވެ. ފަހެ، (ތިމަންކަލޭގެފާނަށް އޮތީ) ރިވެތިވެގެންވާ ކެތްކުރުމެކެވެ. އަދި ތިޔަބައިމީހުން، ސިފަކޮށް ބުނާ އެއްޗެއްގެ މައްޗަށް (ކެތްކުރުމުގައި) އެހީދެއްވާ ފަރާތަކީ اللَّه އެވެ”.

5- ބުއްދިވެރިޔަކީ އެމީހެއްގެ މައްޗަށް ދޮގު ތުހުމަތެއް ކުރެވޭ ހިނދު އެއީ ދޮގެއްކަން ޘާބިތުކޮށްދޭ މީހާއެވެ. އެއްވެސް ޙާލެއްގައި އެކަން ޘާބިތުވާކަށް ނޭދޭނެއެވެ.(قَالَ هِيَ رَاوَدَتْنِي عَن نَّفْسِي)މާނައަކީ: ” އެކަލޭގެފާނު ވިދާޅުވިއެވެ. ނުބައިކަންތަކަށް ތިމަންކަލޭގެފާނުގެ ކިބައިން އެދުނީ، އެކަނބުލޭގެއެވެ”.

6- ސަލާމަތް ބުއްދި އަކީ ކަންކަމުގެ ޙަގީގަތް ދެނެގަތުމުގެ މައިގަނޑު މަޞްދަރެވެ.(وَشَهِدَ شَاهِدٌ مِّنْ أَهْلِهَا إِن كَانَ قَمِيصُهُ قُدَّ مِن قُبُلٍ فَصَدَقَتْ وَهُوَ مِنَ الْكَاذِبِينَ﴿٢٦﴾ وَإِن كَانَ قَمِيصُهُ قُدَّ مِن دُبُرٍ فَكَذَبَتْ وَهُوَ مِنَ الصَّادِقِينَ) މާނައަކީ: ” އަދި (އެކަމާމެދު) އެކަނބުލޭގެ ތިމާގެ މީހުންކުރެ ހެކިވެރިޔަކު ހެކިދީ ބުންޏެވެ. އެކަލޭގެފާނުގެ ގަމީސްކޮޅު ވީދިފައިވަނީ، ކުރިމަތިންނަމަ، އެކަނބުލޭގެ އެބުނީ ތެދެވެ. އަދި އެކަލޭގެފާނު ވަނީ ދޮގުވެރިންގެ ތެރެއިންނެވެ”.

7- ދީނުގެ ދަޢްވަތުގައި މަސައްކަތް ކުރާ މީހުން ރަގަޅު ފުރުޞަތުގެ ބޭނުން ހިފަން ޖެހޭނެއެވެ. އަދި ކޮންމެ ޙާލަތަކާ އެންމެ ގުޅޭ އެންމެ މުނާސިބު އުސްލޫބެއް ބޭނުން ކުރަން ޖެހޭނެއެވެ. އަދި މުޚާޠަބު ކުރެވޭ މީހުންގެ ޙާލަތާއި، އެވާހަކަ ތައް އަޑު އެހުމަށް އެބައިމީހުން ތައްޔާރުވެފައި ހުރި ވަރު ވަޒަން ކުރަން ޖެހޭނެއެވެ. އަދި މީސްތަކުންނަށް ދަޢްވަތަށް ގޮވާލާ ހިނދުގައި އެންމެ ފުރަތަމަ ފަށަން ޖެހޭނީ ތަވްޙީދުން ކަން.

އަންނަނިވި އާޔަތް ތަކުން އެކަން ވަރަށް ފުރިހަމަ އަށް ދޭހަވެގެންދެއެވެ.(وَدَخَلَ مَعَهُ السِّجْنَ فَتَيَانِۖ قَالَ أَحَدُهُمَا إِنِّي أَرَانِي أَعْصِرُ خَمْرًا ۖ وَقَالَ الْآخَرُ إِنِّي أَرَانِي أَحْمِلُ فَوْقَ رَأْسِي خُبْزًا تَأْكُلُ الطَّيْرُ مِنْهُ ۖ نَبِّئْنَا بِتَأْوِيلِهِ ۖ إِنَّا نَرَاكَ مِنَ الْمُحْسِنِينَ ﴿٣٦﴾ قَالَ لَا يَأْتِيكُمَا طَعَامٌ تُرْزَقَانِهِ إِلَّا نَبَّأْتُكُمَا بِتَأْوِيلِهِ قَبْلَ أَن يَأْتِيَكُمَا ۚ ذَٰلِكُمَا مِمَّا عَلَّمَنِي رَبِّي ۚ إِنِّي تَرَكْتُ مِلَّةَ قَوْمٍ لَّا يُؤْمِنُونَ بِاللَّـهِ وَهُم بِالْآخِرَةِ هُمْ كَافِرُونَ ﴿٣٧﴾ وَاتَّبَعْتُ مِلَّةَ آبَائِي إِبْرَاهِيمَ وَإِسْحَاقَ وَيَعْقُوبَ ۚ مَا كَانَ لَنَا أَن نُّشْرِكَ بِاللَّـهِ مِن شَيْءٍ ۚ ذَٰلِكَ مِن فَضْلِ اللَّـهِ عَلَيْنَا وَعَلَى النَّاسِ وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَشْكُرُونَ ﴿٣٨﴾ يَا صَاحِبَيِ السِّجْنِ أَأَرْبَابٌ مُّتَفَرِّقُونَ خَيْرٌ أَمِ اللَّـهُ الْوَاحِدُ الْقَهَّارُ ﴿٣٩﴾ مَا تَعْبُدُونَ مِن دُونِهِ إِلَّا أَسْمَاءً سَمَّيْتُمُوهَا أَنتُمْ وَآبَاؤُكُم مَّا أَنزَلَ اللَّـهُ بِهَا مِن سُلْطَانٍ ۚ إِنِ الْحُكْمُ إِلَّا لِلَّـهِ ۚ أَمَرَ أَلَّا تَعْبُدُوا إِلَّا إِيَّاهُ ۚ ذَٰلِكَ الدِّينُ الْقَيِّمُ وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ) މާނައަކީ: ” އަދި (ރަސްގެފާނުގެ خادم ންގެ ތެރެއިންވާ) ދެކުއްޖަކުވެސް އެކަލޭގެފާނުގެ އަރިހުގައި ޖަލަށްލެވުނެވެ. އޭގެތެރެއިން އެކަކު ދެންނެވިއެވެ. ހަމަކަށަވަރުން، ރާހެދުމަށް، ތިމަން މޭބިސްކަދުރުން ދިޔަފެލާތީ ތިމަންނާއަށް ހުވަފެނުން ފެނުނެވެ. އަދި އަނެކަކު ދެންނެވިއެވެ. ހަމަކަށަވަރުން، ތިމަންގެ ބޮލުގައި ރޮށިތަކެއް ބަހައްޓައިގެން ދަނިކޮށް، ދޫނި އެއިން ކާތީ ތިމަންނާއަށް ހުވަފެނުން ފެނުނެވެ. މިކަމުގެ މާނަ ތިމަންމެންނަށް ކަލޭގެފާނު ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، ތިމަންމެން ކަލޭގެފާނު ދެކެނީ، إحسان ތެރިންގެ ތެރެއިންވާ ބޭކަލަކު ކަމުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަ ދެމީހުންނަށް ލިބޭ ކާނާއެއް ތިޔަ ދެމީހުންނަށް އައުމުގެ ކުރިން، ތިމަންކަލޭގެފާނު ތިޔަ ދެމީހުންނަށް އެއީ ކޮންއެއްޗެއްކަން އަންގައިދެއްވާހުށީމެވެ. އެއީ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ތިމަންކަލޭގެފާނަށް އުނގަންނައިދެއްވި ކަންތަކުގެ ތެރެއިން ކަމެކެވެ. اللَّه އަށް إيمان ނުވާ ބަޔެއްގެ دين ހަމަކަށަވަރުން، ތިމަން ދޫކޮށްލައިފީމެވެ. އަދި އެއުރެންނީ، ހަމަ، آخرة އަށް كافر ވެގެންވާ ބަޔެކެވެ. އަދި ތިމަންކަލޭގެފާނުގެ ކާބަފައިކަލުނަވި إبراهيم ގެފާނާއި، إسحاق ގެފާނާއި، يعقوب ގެފާނުގެ دين އަށް ތިމަންކަލޭގެފާނު تبع ވެވަޑައިގަތީމެވެ. اللَّه އަށް އެއްވެސް އެއްޗެއް شريك ކުރުމަކީ ތިމަންމެންނަށް އޮތްކަމެއްނޫނެވެ. އެއީ ތިމަންމެންނަށާއި، މީސްތަކުންނަށް اللَّه ދެއްވި فضل ވަންތަކަމުގެ ތެރެއިންވާ ކަމެކެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަލާނގެއަށް) شكر އެއް ނުކުރެތެވެ. އޭ ޖަލުގެ ދެ އެކުވެރިންނޭވެ! ވަކިވަކިވެގެންވާ ކަލާނގެ ތަކެއްހޭ ރަނގަޅީ، ނުވަތަ އެއްކައުވަންތަ، ބާރުވެރިވަންތަ اللَّه ހެއްޔެވެ؟ ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން އެ އެއްޗިއްސަށް ނަންދީފައިވާ އެއްޗެހިތަކަކަށްމެނުވީ، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަމެއް ނުކުރަމުއެވެ. އެ އެއްޗަކަށް (އަޅުކަންކުރުމަށް) އެއްވެސް حجّة އެއް اللَّه ބާވައެއްނުލައްވަތެވެ. اللَّه އަށް މެނުވީ حكم ކުރެއްވުމެއްނެތެވެ. އެކަލާނގެއަށް ފިޔަވައި ތިޔަބައިމީހުން އަޅުކަން ނުކުރުމަށް އެކަލާނގެ ވަނީ أمر ކުރައްވާފައެވެ. އެއީ حق ތެދު دين އެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ”.

8- ޙަސަދަވެރިޔާގެ ޙަސަދައިގެ ސަބަބުން މީހަކަށް ލިބެން އޮތް ނިޢްމަތަކަށް ހުރަސް ނޭޅޭނެ ކަން. އަދި މީހަކު ޙަސަދަލައިގެން އުޅުނު ކަމުގައިވީނަމަވެސް، ކެތްތެރިކަމާއެކު، ﷲ އަށް ތަގްވާވެރި ވެއްޖެނަމަ އެކަންތައްތަކުން ސަލާމަތް ވެވޭނެކަން.

9- މުޞީބާތެއް މެދުވެރިވުމުން އެކަމުގެ ޝަކްވާ ﷲ އަށް އުފުލުން.(إِنَّمَا أَشْكُو بَثِّي وَحُزْنِي إِلَى اللَّـهِ) މާނައަކީ: “ތިމަންކަލޭގެފާނުގެ މޮޅިޔާއި، ހިތާމައިގެ شكوى ދަންނަވާކަން ކަށަވަރީ، ހަމައެކަނި اللَّه އަށެވެ”.

10- މުޖްތަމަޢުގެ ތެރޭގައި ކިތަންމެ ވަރަކަށް ފިތުނަވެރިކަން ޢާއްމުވެފައި ވީނަމަވެސް، ޒުވާނުން ޢިއްފަތްތެރިވާން ދަސްކުރުން.(قَالَ مَعَاذَ اللَّـهِۖ إِنَّهُ رَبِّي أَحْسَنَ مَثْوَايَ )މާނައަކީ: ” އެކަލޭގެފާނު ވިދާޅުވިއެވެ. [معاذ اللَّه] އެވެ. އެބަހީ ﷲ ގެ ރައްކާތެރިކަމަށް އެދެމެވެ. خيانة ތެރިވުމަށް ކަނބުލޭގެ ތިޔަ އެދޭ މީހާ) އެއީ ހަމަކަށަވަރުން، ތިމަންގެ ސާހިބު މީހާއެވެ. އޭނާ ތިމަންކަލޭގެފާނު ބަހައްޓާފައިވަނީ، މާތް ރަނގަޅުގޮތަށެވެ. ހަމަކަށަވަރުން، އަނިޔާވެރިންގެ އަނިޔާވެރިކަމަށް ކާމިޔާބެއް ނުލިބޭ ހުއްޓެވެ”.

11- ދޮގުބުނެގެން ސަލާމަތް ކަން ލިބޭނީ ހިނދުކޮޅަކަށް ކަމާއި، ކޮންމެވެސް ވަގުތަކުން ޙައްގު ފާޅުވާނެކަން ދެނެގަތުން.(قُلْنَ حَاشَ لِلَّـهِ مَا عَلِمْنَا عَلَيْهِ مِن سُوءٍۚ قَالَتِ امْرَأَتُ الْعَزِيزِ الْآنَ حَصْحَصَ الْحَقُّ أَنَا رَاوَدتُّهُ عَن نَّفْسِهِ وَإِنَّهُ لَمِنَ الصَّادِقِينَ) މާނައަކީ: ” އެއުރެން ދެންނެވޫއެވެ. حاش للَّه އެވެ! (اللَّه ގެ ހުސްطاهر ވަންތަކަމާއެވެ! އެކަލޭގެފާނުގެ ކިބައިގައި އެއްވެސް ނުބައިކަމެއްވާ ކަމަކަށް ތިމަންމެން ދެނެއެއްނެތީމުއެވެ. العزيز ގެ އަންހެނުން ބުންޏެވެ. މިހާރު حق ތެދު ފާޅުވެއްޖެއެވެ. އެކަލޭގެފާނުގެ ކިބައިން ނުބައިކަމަކަށް އެދުނީ، ތިމަންނާއެވެ. އަދި ހަމަކަށަވަރުން، އެކަލޭގެފާނު ވަނީ، ތެދުވެރިންގެ ތެރެއިންނެވެ”.

12- ދަޢްވަތުގެ މައިދާނުގައި ދިމާވާ ދަތިތަކާއި މުޞީބާތްތަކަކީ މަސައްކަތް ހުއްޓާލާފައި އަމާންދޭން ޖެހޭ ކަމެއް ނޫންކަން.(يَا صَاحِبَيِ السِّجْنِ أَأَرْبَابٌ مُّتَفَرِّقُونَ خَيْرٌ أَمِ اللَّـهُ الْوَاحِدُ الْقَهَّارُ﴿٣٩﴾ مَا تَعْبُدُونَ مِن دُونِهِ إِلَّا أَسْمَاءً سَمَّيْتُمُوهَا أَنتُمْ وَآبَاؤُكُم مَّا أَنزَلَ اللَّـهُ بِهَا مِن سُلْطَانٍ ۚ إِنِ الْحُكْمُ إِلَّا لِلَّـهِ ۚ أَمَرَ أَلَّا تَعْبُدُوا إِلَّا إِيَّاهُ ۚ ذَٰلِكَ الدِّينُ الْقَيِّمُ وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ ) މާނައަކީ: ” އޭ ޖަލުގެ ދެ އެކުވެރިންނޭވެ! ވަކިވަކިވެގެންވާ ކަލާނގެ ތަކެއްހޭ ރަނގަޅީ، ނުވަތަ އެއްކައުވަންތަ، ބާރުވެރިވަންތަ اللَّه ހެއްޔެވެ؟ ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން އެ އެއްޗިއްސަށް ނަންދީފައިވާ އެއްޗެހިތަކަކަށްމެނުވީ، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަމެއް ނުކުރަމުއެވެ. އެ އެއްޗަކަށް (އަޅުކަންކުރުމަށް) އެއްވެސް حجّة އެއް اللَّه ބާވައެއްނުލައްވަތެވެ. اللَّه އަށް މެނުވީ حكم ކުރެއްވުމެއްނެތެވެ. އެކަލާނގެއަށް ފިޔަވައި ތިޔަބައިމީހުން އަޅުކަން ނުކުރުމަށް އެކަލާނގެ ވަނީ أمر ކުރައްވާފައެވެ. އެއީ حق ތެދު دين އެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ”.

13- ޚަޒާނާ އާއި ޙަވާލުވެ ހުންނަ މީހަކީ އަމާނާތްތެރިޔަކު ކަމުގައިވުން.(قَالَ اجْعَلْنِي عَلَىٰ خَزَائِنِ الْأَرْضِۖ إِنِّي حَفِيظٌ عَلِيمٌ ) މާނައަކީ: ” އެކަލޭގެފާނު ވިދާޅުވިއެވެ. (مصر ގެ) ބިމުގެ خزانة ތަކުގެ ވެރިޔަކަށް ތިމަން ލައްވާށެވެ! ހަމަކަށަވަރުން، ތިމަންނާއީ އެއަށް ރައްކާތެރިވާ، އެއާއި ބެހޭ ކަންތައްތައް ރަގަޅަށް ދަންނަ މީހަކީމެވެ”.

14- މައިންބަފައިންނަށް ހެޔޮކޮށް ހިތަން ދަސްވުން.(وَرَفَعَ أَبَوَيْهِ عَلَى الْعَرْشِ)މާނައަކީ: ” އަދި يوسف ގެފާނު އެކަލޭގެފާނުގެ މައިބަފައިކަލުން تخت އަށް އުފުއްލެވިއެވެ”.

14- އެއްބަނޑު އެއްބަފާ މީހުންގެ ތެރޭގައި މައްސަލަ ޖެހިއްޖެނަމަ އެކަން ޙައްލު ކުރަން ކަންތައް ކުރާނެ ރިވެތި ގޮތް ދަސްވުން.(وَقَدْ أَحْسَنَ بِي إِذْ أَخْرَجَنِي مِنَ السِّجْنِ وَجَاءَ بِكُم مِّنَ الْبَدْوِ مِن بَعْدِ أَن نَّزَغَ الشَّيْطَانُ بَيْنِي وَبَيْنَ إِخْوَتِي إِنَّ رَبِّي لَطِيفٌ لِّمَا يَشَاءُ إِنَّهُ هُوَ الْعَلِيمُ الْحَكِيمُ)މާނައަކީ: ” އަދި ތިމަން ޖަލުން ނެރުއްވުމާއި، ތިމަންނާއާއި، ތިމަންގެ أخ ންނާ ދެމެދު شيطان އާ ނުބައިކޮށްފުމަށް ފަހުގައި، بدوى ންގެ ދިރިއުޅުމުން ތިޔަބައިމީހުން ގެންނެވި ކަމާއި، މިހުރިހާ ކަމެއްގައި ތިމަންނާއަށް އެކަލާނގެ ރަނގަޅުގޮތް މެދުވެރިކުރެއްވިއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެއީ، އެކަލާނގެ އިރާދަކުރައްވާ ކަމަކަށް އޯގާވަންތަ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ”. މިތަނުގައި އެކަލޭގެފާނު އަނދިރި ވަޅުގަނޑެއްގެ ތެރެއަށް އެއްލައިލި ވާހަކަ ވިދާޅުނުވެއެވެ. އަދި ކިއެއްތަ ވިދާޅުވީ ޖަލުގެ ވާހަކަތަކެވެ. ޖަލުގައި ދުވަސްތަކެއް ހޭދަ ކުރައްވަން ޖެހިވަޑައިގަތުމުގެ ސަބަބުން އެކަލޭގެފާނުގެ އަޚުންނާއި މެދުގައި އެކަން ހުރަހަކަށްވީ ވާހަކަ އެވެ. އެއީ ޝައިޠާނާގެ ސަބަބުން ވީ ކަމެކެވެ. މިއީ ޔޫސުފް ޢަލައިހިއްސަލާމްގެ ވާހަކައިން ޚުލާޞާ ކޮށްލެވުނު ބައެއް ޢިބްރަތްތަކެވެ. މިނޫންވެސް އެތައް ޢިބްރަތްތަކެއް މިވާހަކާގައި ހިމެނިފައިވެއެވެ. މާތް ﷲ މިފަދަ ވާހަކަ ތަކުން ޢިބްރަތް ޙާޞިލް ކުރުމުގެ ތަވްފީގް އަޅަމެންނަށް ދެއްވާށިއެވެ. އާމީން.
Read more...

Thursday, November 20, 2025

ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގެ ނުބައިކަން

20.11.25

ރިޝްވަތަކީ ތިމާއަށް ޙައްޤުނޫން ކަމެއް ނުވަތަ އެއްޗެއް ލިބިގަތުމަށް، ނުވަތަ ނުޙައްޤުން ކަމަކުން ބަރީއަވެ ސަލާމަތްވެގަތުމަށް ފައިސާއެއް ނުވަތަ އެނޫންވެސް އެއްޗެއް މީހަކަށް ދިނުމެވެ. ރިޝްވަތު ދިނުމާއި، ރިޝްވަތުގައި ހިފުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ބޮޑުފާފަ ތަކުގެތެރެއިން ފާފައެކެވެ.

އަދުގެ ދުނިއޭގައި ރިޝްވަތުގެ ވަބާ ފެތުރިފައިވަނީ ބިރުގަންނަހައިވެސް ބޮޑަށެވެ. ރިޝްވަތު ދިނުމާއި ރިޝްވަތުގައި ހިފުން މިއަދު ވެފައިވަނީ ވަރަށްވެސް އާދައިގެ ކަމަކަށެވެ. ތަފާތު ނަންނަމުގައެވެ. އެހެންޏާ ސައިދިނުން ނުވަތަ ހަދިޔާދިނުން ކަމަށް ބުނިނަމަވެސް އިސްވެދިޔަ މަޤްޞަދުތަކުގެ ތެރެއިން މަޤްޞަދެއް ޙާޞިލުކުރުމަށް ދެވޭ އެއްޗެއްނަމަ، ކޮންމެ ނަމެއްގައި ދިންކަމުގައި ވީނަމަވެސް އެވާނީ ރިޝްވަތަކަށެވެ. ރިޝްވަތުގެ ވަބާ ދިވެހި މުޖްތަމައުގައި ޢާއްމުވެފައި މިވަނީ ފިލުވާލަން އުނދަގޫހާވެސް ބޮޑަށެވެ. "ހަދިޔާ" އެއްދީގެން މެނުވީ ގިނަ ފަހަރަށް އޮފީހަކުންވެސް ކަމެއް ކުރެވޭކަށް ނޯވެއެވެ. ކުރުގޮތަކަށް ދަންނަވަނީނަމަ "ސަޔަކުން" މެނުވީ އެއްވެސް ކަމެއް ނުކުރެވޭޔޭވެސް ބުނެވިދާނެއެވެ. އެއީ ތިމާއަށް ލިބެންޖެހޭ ޙައްޤެއް ކަމުގައި ވިޔަސް މެއެވެ. ހަމައެހެންމެ ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންވެސް ފައިސާގެ ނުފޫޒުގެ ބޭނުންކޮށްގެން ތުހުމަތުން ބަރީއަވެ، އެބައިމީހުންނާއި އެއްކޮޅަށް ޙުކުމްތައް އަނބުރައިލާ ވާހަކައަކީވެސް މިއަދު ޢާއްމުވެފައިވާ ވާހަކައެކެވެ. ޙަޤީޤަތުގައި މިއީ ވަރަށްވެސް ނުބައިކަން ބޮޑު ކަމެކެވެ. ރިޝްވަތުގެ ސަބަބުން އެތައް ބައެއްގެ ޙައްޤުތައް ގެއްލިގެންދެއެވެ. އަދި ތިމާއަށް ލިބުން ޙައްޤުނޫން އެތަށް އެއްޗަކާއި ކަމެއް ނުޙައްޤުން ލިބިގަނެވެއެވެ.

މުޖުތަމައުގެ އަފުރާދުންގެ މެދުގައި ހަމަހަމަކަމާއި ރައްކާތެރިކަން ދެމެހެއްޓޭނީ، ޚިޔާނާތާއި، މަކަރާއި، ޙީލަތާއި، ވައްކަމާއި، ޓެކުމާއި، ރިޝްވަތާއި، މިބާވަތުގެ އެންމެހައި ނުބައިކަންކަމުން ދުރުހެލިވެވިގެންނެވެ. ރިޝްވަތު ދީގެން ދުނިޔެމަތީގައި ކަމެއް ޙައްލުކުރެވުނު ކަމުގައިވީނަމަވެސް، އެކަމުން ތިމާއަށް ފަހުން ލިބޭ ގެއްލުމާއި ހަލާކުގެ ބޮޑުކަމާމެދު ވިސްނާލަން ޖެހެއެވެ. ކީރިތި ރަސޫލާގެ ހަދީޘްފުޅެއްގެ މާނައިގައިވަނީ "ރިޝްވަތުދޭ މީހާއަށާއި ރިޝްވަތު ހިފާ މީހާއަށާއި އެދެމީހުންނަށް މާތްﷲ ލަޢުނަތްލެއްވިއެވެ." މީހަކަށް ލަޢުނަތްލެއްވުމުގެ މާނައަކީ ހުރިހާ ހެއުމަކުން އެމީހަކު ދުރުކުރެވި މަޙްރޫމްކުރެވުމެވެ. އަލްއިމާމު އަޙްމަދު ރިވާކުރެއްވި ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "އެއްވެސް މުޖްތަމަޢެއްގައި ރިބާ ޢާއްމުވެއްޖެނަމަ އެމުޖުތަމަޢަކަށް ތަދުމަޑުކަމެއް ނައިސް ނުދާނެއެވެ. އަދި އެއްވެސް މުޖުތަމަޢެއްގައި ރިޝްވަތުގެ ކަންތަށް ޢާއްމުވެއްޖެނަމަ އެމުޖްތަމަޢެއްގައި ބިރުވެރިކަމާއި ކަންވޮޑުވުން ނައިސް ނުދާނެއެވެ."
Read more...

Wednesday, June 12, 2024

ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން

12.6.24 0

އަޅުގަނޑުމެންގެ ކުރިމަތީގައި މިވަނީ ހެޔޮ ޢަމަލު ކުރުމަށް މުޅި އަހަރުތެރޭގައި އަންނާނެ އެންމެ ހެޔޮ ދުވަސްތަކެވެ. އެއީ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މިދުވަސްތަކުގެ މާތްކަމާއި މަތިވެރިކަމަށް ޓަކައި ކީރިތި ﷲ ވަނީ މިދުވަސްތައް ގަންދެއްވައި ހުވައިކުރައްވާފައެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. وَالْفَجْرِ ‎﴿١﴾‏ وَلَيَالٍ عَشْرٍ ‎﴿٢﴾ (سورة الفجر 1-2) މާނައީ "ފަތިސް ގަންދެއްވަމެވެ. އަދި ދިހަރޭ ގަންދެއްވަމެވެ." މި ދިހަރެއަކީ ޙައްޖުމަހުގެ ފުރަތަމަ ދިހަރެއެވެ. އެއްޗެއް ގަންދެއްވައި ﷲ ހުވައިކުރައްވަނީ އެކަލާނގެ ޙަޟްރަތުގައި އެއެއްޗެއްގެ މަތިވެރިކަމަށްޓަކައެވެ. «ما من أيام العمل الصالح فيها أحب إلى الله من هذه الأيام» يعني أيام العشر. قالوا: يا رسول الله، ولا الجهاد في سبيل الله؟ قال: «ولا الجهاد في سبيل الله، إلا رجل خرج بنفسه وماله، فلم يَرْجِعْ من ذلك بشيء» [رواه البخاري] މާނައީ: "މިދުވަސްތަކަށްވުރެ، ޢަމަލު ކުރުމަށް ﷲ ގެ ޙަޟްރަތުގައި ލޮބުވެރިކަންބޮޑު އެހެން ދުވަސްތަކެއް ނުވެއެވެ. (އަޞްޙާބުން) ދެންނެވޫއެވެ. އޭ ﷲ ގެ ރަސޫލާއެވެ. ﷲ ގެ މަގުގައި ޖިހާދު ކުރުމަށްވުރެވެސްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ﷲ ގެ މަގުގައި ޖިހާދު ކުރުމަށްވުރެވެސް ބޮޑަށެވެ. އެކަމަކު އޭނާގެ މުދަލާއި އަމިއްލަ ނަފްސާއިގެން އެނބުރިނާދެވުނު މީހާމެނުވީއެވެ. (އެބަހީ އޭނާގެ އަމިއްލަ ނަފްސާއި މުދަލާއިގެން ޖިހާދުކުރުމަށް ނުކުމެ ﷲ ގެ މަގުގައި ޝަހީދުވެދިޔަ މީހަކު އެކުޅަ ހެޔޮޢަމަލުމެނުވީ އެހެން ކޮންމެ ހެޔޮ ޢަމަލެއް އެދުވަސްތަކުގައި އިތުރުކަން ބޮޑުވެގެންވެއެވެ. )

އެހެންކަމުން، ކުރިޔަށް މިއޮތް ދުވަސްތަކުގައި ހެޔޮ ޢމަލުކުރުމުގައި ހީވާގިވަމާ ހިނގާށެވެ. ރޯދަ ހިފުމާއި ޞަދަޤާތް ކުރުމާއި ނިކަމެތިންނަށް އެހީތެރިވުމާއި ޤުރުއާން ކިޔެވުމާއި މިނޫނަސް ހުރިހައި ބާވަތެއްގެ ހެޔޮ ޢަމަލެއް މީގެތެރޭގައި ހިމެނިގެންވެއެވެ. ވަކިން ޚާއްޞަ ގޮތެއްގައި ޙައްޖު ދުވަހު ރޯދައަށް ހުރުމީ ވަކިން އިތުރުކަން ބޮޑުވެގެންވާ ކަމެކެވެ. އެދުވަހު ރޯދަ ހިފުމުން ފާއިތުވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރު ކުރެވޭ ކުދި ފާފަތަށް ފުއްސަވާނޭ ކަމުގައި މާތް ރަސޫލާގެ އަރިހުން ސާބިތުވެއެވެ. ނަމަވެސް ޙައްޖު ދުވަހު ރޯދަ ހިފުން ސުންނަތްވެގެންވަނީ ޙައްޖުގެ އަޅުކަމުގައި ބައިވެރިނުވާ މީހުންނަށެވެ. ޙައްޖު ދުވަހަކީ ޛުލްޙިއްޖާ މަހުގެ ނުވަވަނަ ދުވަހެވެ. އެހެންކަމުން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ތަނަވަސްނުވާ މީހުންނަށްވެސް މިމާތް ދުވަހުގެ މަތިވެރި ޘަވާބާއި ދަރުމަ ޙާޞިލުކުރުމުގައި ބައިވެރިވުމުގެ ފުރުޞަތު ތަނަވަސް ވެގެންވެއެވެ. 

ހެޔޮ ޢަމަލު ކުރުމުގައި އެކުރާ ކަމެއް ﷲގެ ވަޖުހުފުޅަށްޓަކައި ޙާލިޞްކަމާއެކު އަދާކުރުމީ ވަރަށްވެސް މުހިއްމު ކަމެކެވެ. އިޚްލާޞްތެރިކަމާ ފުށުއަރާނޭ އެންމެހައި ކަންތައްތަކުން ދުރުހެލިވާންޖެހެއެވެ. ބޭނުމަކީ ކުރެވޭ އަޅުކަމުގެ ޢަދަދަށްވުރެ އެކުރެވޭ ކަމެއްގައި އިޙްލާޞްތެރިވުމެވެ. އަބޫބަކުރުގެފާނުގެ އީމާންކަމާބެހޭ ގޮތުން ރަސޫލުﷲ ޚަދީޘް ކުރައްވާފައިވެއެވެ. "ތިޔަބައިމީހުންނަށްވުރެ ﷲ ގެ ޚަޟްރަތުގައި އެކަލޭގެފާނުގެ ދަރަޖަ މަތިވެރިވެގެން ގޮސްފައިވަނީ އެކަލޭގެފާނު ކުރެއްވި އަޅުކަންތަކުގެ ޢަދަދު ގިނަކަމަކުން ނޫނެވެ. އެހެނެއްކަމަކު އެއީ އެކަލޭގެފާނު ހިތްޕުޅުގައި ބިންވަޅުނެގޮފައިވާ އީމާންކަމެއްގެ ވަރުގަދަ ކަމުންނެވެ. ތިލަފަތަކުން އެކަލޭގެފާނުގެ އީމާންކަން ކިރާލެވުނު ކަމުގައިވާނަމަ، އުއްމަތުގެ އެންމެންގެ އީމާންކަމަށްވުރެ އެކަލޭގެފާނުގެ އީމާންކަން ބަރު ވެގެންދާނެއެވެ."
Read more...

Thursday, May 9, 2024

ހުއްދައެއްނެތި އަނެކާގެ މައްޗަށް ކަމެއް ނިންމުމުގެ ބާރު

9.5.24 0
ވިލާޔަތު
ހ- ޢަރަބި ބަހުގައި ވިލާޔަތުގެ މާނައަކީ ލޯތްބާއި ކާމިޔާބެވެ.
ށ- ފިޤުހު ޢިލްމުވެރިންގެ އަރިހުގައި ވިލާޔަތަކީ އެހެންމީހެއްގެ ހުއްދައެއްނެތި އަނެކާގެ މައްޗަށް ކަމެއް ނިންމުމުގެ ބާރު ލިބިގެންވުމެވެ.
ނ- ޖުމްހޫރު ޢިލްމުވެރިންގެ ކާވެނިވާ އަންހެނާގެ ފަރާތުން ވަލީ ލިބުމަކީ ކާވެނީގެ ރުކުނެކެވެ. ވަލީއާއި ނުލައި ކުރެވޭ ކާވެނި ޞައްޙަނުވާނެކަމަށް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެއެވެ. ދަލީލު: وَإِذَا طَلَّقْتُمُ النِّسَاءَ فَبَلَغْنَ أَجَلَهُنَّ فَلَا تَعْضُلُوهُنَّ أَن يَنكِحْنَ أَزْوَاجَهُنَّ إِذَا تَرَ‌اضَوْا بَيْنَهُم بِالْمَعْرُ‌وفِ ۗ މާނައީ: އަދި، ތިޔަބައިމީހުންގެ އަނބިން ވަރިކޮށް އެކަނބަލުންގެ عدّة ހަމަވެއްޖެނަމަ، އެކަނބަލުންގެ ފިރީންނާ، އެކަނބަލުން ކާވެނިކުރުމަށް ހުރަސް ނާޅާށެވެ! އެއީ، ހެޔޮގޮތުގައި، (އިނދެގެން އުޅުމަށް) އެއުރެންގެ މެދުގައި، ރުހި އެއްބަސް ވެއްޖެނަމައެވެ. (ބަޤަރާ-232).
ރ- ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި ވަލީއާއޮ ނުލައި ކުރެވޭ ކައިވެނި ބާޠިލްވާނެއެވެ. އަދި އެފަދަ ކާވެންޏެއްގައި އެއްދާންކޮށްފާވާނަމަ އެ ކައިވެނި ރޫޅާލައި އެ އަންހެނާއަށް އޭނާގެ ރަން ދޭންޖެހޭނެއެވެ.

ކާވެނީގެ ވަލީވެރިންގެ ތަރުތީބު:

(1) ބައްޕަ.
(2) ބައްޕަފަރާތުގެ ކާފަ.
(3) އެއްބަޑު އެއްބަފާ އަޚު.
(4) އެއްބަފާ އަޚު
(5) އެއްބަޑު އެއްބަފާ އަޚުގެ ފިރިހެންދަރި.
(6) އެއްބަފާ އަޚުގެ ފިރިހެން ދަރި.
(7) ބައްޕައާއި އެއްބަޑު އެއްބަފާ އަޚު.
(8) ބައްޕައާއި އެއްބަފާ އަޚު.
(9) ބައްޕައާ އެއްބަޑު އެއްބަފާ އަޚުގެ ފިރިހެން ދަރި
(10) ބައްޕައާއި އެއްބަފާ އަޚުގެ ފިރިހެން ދަރި.
(11) އިސްވެދިޔަ ފަރާތަކުންކުރެ ފަރާތެއް ނެތްނަމަ ޙާކިމާ.

ވަލީވެރިޔާގެ ޝަރުޠުތައް:

ހ. ބާލިޣުވުން
ށ. ބުއްދި ސަލާމަތުން ހުރުން.
ނ. މިނިވަނެއްކަމުގައިވުން.
ރ. މުސްލިމެއްކަމުގައިވުން.
ބ- ވިލާޔާތުގެ ބާވަތް:

I. އިޖުބާރީ ވިލާޔަތަކީ ވަލީވެރިޔާ އެ އަންހެނަކާ ކާވެނިކޮށްދިނުމަށް ފިރިޔަކު އިޚުތިޔާރުކޮށް އެދެމީހުންގެ ކާވެނި ކޮށްދިނުމެވެ. މިފަދަ ވިލާޔަތުގައި އެ އަންހެނާގެ ރުހުމާއި އިޒުނަ ކޮންމެހެން އޮންނާކަށް ނުޖެހެއެވެ.
II. އިޖުބާރީ ވިލާޔަތު އޮންނާނީ ބިކުރުވެރި އަންހެނާއާއި އަދި މޮޔައިންގެ ކާވެނީގެ އެކަންޏެވެ.
III. ޝާފިޢި މަޒުހަބުގައި އިޖުބާރީ ވިލާޔަތު ލިބިގެންވަނީ ބައްޕައަށާއި ބައްޕަފަރާތުގެ ކަފައަށް އެކަންޏެވެ.
IV. މާލިކީ މަޒިހަބުގައި އިޖުބާރީ ވިލާޔަތު ލިބިގެންވަނީ ބައްޕައަށާއި ޙާކިމަށް އެކަންޏެވެ.
V. އިޖުބާރީ ވިލާޔަތުގެ ޝަރުޠުތަކަކީ: (1) އެމީހަކާއި އޭނާގެ ވަލީވެރިޔަކާއި ދެމެދުގައި އެއްވެސް ކަހަލަ ޢަދާވަތްތެރިކަމެއް ނެތުން. (2) ފިރިމީހާއަކީ ކުފޫހަަމަވެގެންވާ މީހެއްކަމުގައިވުން. (3) ފިރިމީހާއަކީ ކާވެނީގެ ރަން ފަސްކުރުމެއްނެތި ދެވޭފަދަ ތަނަވަސް މީހަކަށް ވުން
VI. އިޚުތިޔާރީ ވިލާޔަތް ކާވެނީގެ ވަލިވެރިންގެ ތެރެއިން ކޮންމެ މީހަކަށް ވެސް ލިބިގެންވެއެވެ. އެއީ އޭނާއަށްވުރެން އިސް ވަލީވެރިޔަކު ނެތްނަައެވެ.
VII. އިޚުތިޔާރީ ވިލާޔަތުގައި އެއް ދަރަޖައެއްގެ ގިނަވަލީވެރިން ތިބިނަމަ އިސްކަންދޭނީ އޭގެތެރެއިން ކާވެނީގެ ފިޤުހު ބޮޑަށް ދަންނަ މީހަކަށެވެ. ހަމަހަމަ ނަމަ އެންމެ ދޮށީ މީހަކަށެވެ.

ޢަޟްލު:

ހ- ޢަޟްލަކީ ބާލިޣުވެ ބުއްދި ސަލާމަތުން އިން އަންހެނަކު އޭނާ އިންނާނެ ހުރިހާ ގޮތަކުން ކުފޫ ހަމަވާ މީހަކު ކާވެންޏަށް އެދުމުން އެދެމީހުން އެއްބަސްވެގެންވާ ޙާލު ވަލީވެރިޔާ ވަލީ ނުދިނުމެވެ. މިކަމަކީ ހުއްދަކަމެއް ނޫންކަމަށް ޢިލްމުވެރިން ދެކިލައްވައެވެ. ދަލީލަކީ: وَإِذَا طَلَّقْتُمُ النِّسَاءَ فَبَلَغْنَ أَجَلَهُنَّ فَلَا تَعْضُلُوهُنَّ أَن يَنكِحْنَ أَزْوَاجَهُنَّ إِذَا تَرَ‌اضَوْا بَيْنَهُم بِالْمَعْرُ‌وفِ ۗ މާނައީ: އަދި، ތިޔަބައިމީހުންގެ އަނބިން ވަރިކޮށް އެކަނބަލުންގެ عدّة ހަމަވެއްޖެނަމަ، އެކަނބަލުންގެ ފިރީންނާ، އެކަނބަލުން ކާވެނިކުރުމަށް ހުރަސް ނާޅާށެވެ! އެއީ، ހެޔޮގޮތުގައި، (އިނދެގެން އުޅުމަށް) އެއުރެންގެ މެދުގައި، ރުހި އެއްބަސް ވެއްޖެނަމައެވެ. (ބަޤަރާ-232).
ށ- ބާލިޣުވެ ބުއްދި ސަލާމަތުން އިން އަންހެނަކު އޭނާ އިންނާނެ ހުރިހާ ގޮތަކުން ކުފޫ ހަމަވާ މީހަކު ކާވެންޏަށް އެދުމުން އެދެމީހުން އެއްބަސްވެގެންވާ ޙާލު ވަލީވެރިޔާ ވަލީނުދީފިނަމަ އެ ވަލީވެރިޔާގެ ކިބައިން ވަލީކެނޑި ދެންވަލީ އަރާނީ ވަލީވެރިންގެތެރެއިން ދެން އިސްކޮށް ހުރި މީހާއަށެވެ.
ނ- ޙަނަފީ ، މާލިކީ ، އަދި ޝާފިޢީ މަޒުހަބުގެ ޢިލްމުވެރިން ދެކިލައްވާގޮތުގައި އެ ވަލީ އަރާނީ ޙާކިމާއަށެވެ.
Read more...

Wednesday, May 1, 2024

މުސްލިމު އަންހެނާގެ ހަށިގަނޑުން ނިވާކުރުން ލާޒިމުވެގެންވާ މިންވަރަކީ ކޮބާ؟

1.5.24 0

މުސްލިމު އަންހެނުން ބުރުގާއަޅައި ހަށިގަނޑު ނިވާކޮށް އަބުރުވެރިކަމާއި ޢިއްފަތްތެރިކަމާއެކުގައި ތިބުމަށް ﷲ އެކަނބަލުންނަށް އަމުރުކުރައްވާފައިވެއެވެ. ނަމަވެސް މުސްލިމު އަންހެނާ އޭނާގެ ބޮލުގެ އިސްތަށިގަނޑު ނިވާކުރުމަށް ބުރުގާ އެޅުމާމެދު ދަންނަބޭކަލުން އިޚުތިލާފުވެވަޑައިގެންފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން މިކަމުގެ ޙަޤީޤަތް އޮޅޭފަދަ ގޮތަކަށް ވާހަކަދައްކާތަން ފެންނަމުން އެބަދެއެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. މިއީ ދީނުގެ ދަންނަބޭކަލުން ހުރިހާ ޒަމާނެއްގައި އިޖުމާޢުވެފައިވާ މައްސަލައަކަށް ވީއިރު، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން މިއީ ޢިލްމުވެރިންގެ ތެރޭގައި އިޚުތިލާފު އޮންނަ މައްސަލައެކޭ ބުނެ ޖަދަލު ކުރަމުން ގެންދާތީ އަޅުގަނޑު ޙައިރާން ވަމެވެ. މިހެން ޖަދަލުކޮށް އަޑުއުފުލާއުޅޭ އަޚުންނާއި، އުޚުތުންގެ ފަރާތުން އަޅުގަނޑު އެދެނީ މި ފަދަ ޝަރުޢީ ޙުކުމަކާމެދު ތިމާމެން ހިތުހުރި ގޮތަކަށް ވާހަކަ ނުދެއްކެވުމަށެވެ.

މިއީ އިޚުތިލާފުވެފައިވާ މައްސަލައެކޭ ބުނެ ދަޢުވާކުރާއިރު، އިޚުތިލާފުވެވަޑައިގަތީ ކޮން ޢިލްމުވެރިންނެއްތޯ ބަޔާން ކުރަންއެބަޖެހެއެވެ. ސަލަފުންގެ އެންމެ ބޭކަލަކު ވެސް މި މައްސަލައިގައި ޚިލާފުވެވަޑައިގެންފައިވާނަމަ އެއީ މާތް ނަބިއްޔާ محمد - صلى الله عليه وسلمގެ އުންމަތަށް ނިސްބަތްވާ ކޮން ޢިލްމުވެރިއެއްތޯއެވެ؟ ނަންފުޅަކީ ކޮބައިތޯއެވެ؟ ނުވަތަ މިކަން ހުއްދަވެފައިވަނީ ސުއްނަތް ޖަމާޢަތުގެ ހަތަރު މަޒްހަބުންކުރެ ކޮން މަޒުހަބެއްގައިތޯވެ؟

ލޮބުވެތި އުޚުތުންނޭވެ! ބޮލުގެ އިސްތަށިގަނޑު ނިވާކުރުމަކީ ބާލިޣުވެއްޖެ ކޮންމެ އަންހެނެއްގެ މައްޗައް ﷲ ވާޖިބު ކުރައްވާފައިވާ ކަމެކެވެ. މިއީ ވާޖިބުކަމެއްކަން ޝަރީޢަތުގެ ދަލީލުތަކުން ވަރަށް ފުރިހަމަ ކަމާއެކު ބަޔާންވެފައި އެބަހުއްޓެވެ. ބުރުގާ އެޅުމަކީ ވާޖިބުކަމެއްކަން ކަނޑަ އެޅިގެން އެނގޭ ދަލީލުތަކުގެ ތެރޭގައި އަންނަނިވި ދަލީލުތައް ހިމެނެއެވެ.

ކީރިތި ޤުރްއާނުން
ލޮބުވެތި އުޚުތުންނޭވެ! އަންހެނާ ނިވާވާންޖެހޭނެ މިންވަރާއި އޭނާގެ ހަށިގަނޑުން ފާޅުވާންޖެހޭ މިންވަރު ބަޔާންކުރައްވައި ﷲ ވަޙީކުރައްވާފައިވެއެވެ: ( وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاء بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاء بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُوْلِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَى عَوْرَاتِ النِّسَاء وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ ) ( النور :31 ) [ އަދި މުއުމިން އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި ( އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތްތެރިކަން ހިލޭ ފިރިހެނުންނަށް ފާޅުނުކުރާ ހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައި ނިވާކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރީންނަށް ނުވަތަ އެކަނބަލުންގެ ބަފައިންނަށް ނުވަތަ އެކަނބަލުންގެ ފިރީންގެ ބަފައިންނަށް ނުވަތަ އެކަނބަލުންގެ ފިރިހެން ދަރީންނަށް ނުވަތަ އެކަނބަލުންގެ ފިރީންގެ ފިރިހެންދަރީންނަށް ނުވަތަ އެކަނބަލުންގެ އަޚުންނަށް ނުވަތަ އެކަބަލުންގެ އަޚުންގެ ފިރިހެންދަރީންނަށް ނުވަތަ އެކަނބަލުންގެ އުޚުތުންގެ ފިރިހެން ދަރީންނަށް ނުވަތަ އެކަނބަލުންގެތެރެއިން އަންހެނުންނަށް ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް ނުވަތަ ފިރިހެނުންގެތެރެއިން އެދުންވެރިކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް ނުވަތަ އަންހެނުންގެ ޢައުރައަކީ ކޮބައިކަން ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާ ހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާތަކާއި) ޒީނަތުގެ ތެރެއިން ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ އެއްމެހައި މުއުމިނުންނޭވެ! ތިޔަބައިމީހުން އެންމެން ﷲ އަށް ތައުބާ ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ. 

އަދި ހަމަ އެހެންމެ އަލްއަޙްޒާބު ސޫރަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ: ( يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاء الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ ذَلِكَ أَدْنَى أَن يُعْرَفْنَ فَلَا يُؤْذَيْنَ وَكَانَ اللَّهُ غَفُورًا رَّحِيمًا ) ( الأحزاب :59 )
މާނައީ: [ އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި ދަރިދަރިކަނބަލުންނާއި މުއުމިނުންގެ އަންހެނުން އެކަނބަލުންގެ ޖިލްބާބުތަކުން ނިވާވެ ތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުންނަކީ މުއުމިން ޢިއްފަތްތެރި އަންހެނުންކަން އެނގިގެންވުމަށާއި، ފާސިޤުންގެ ކިބައިން އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާ ގާތްކަން ބޮޑެވެ. ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ.]

ކީރިތި ރަސޫލާގެ ސުންނަތުން
ލޮބުވެތި އުޚުތުންނޭވެ! ބުރުގާ އެޅުމާބެހޭގޮތުން އައިސްފައިވާ ޙަދީޘްތަކަށް ބަލާލާއިރު އަންނަނިވި ޙަދީޘުން އެކަނިވެސް މިކަމަށް ވަރަށް ރަނގަޅަށް ފުރިހަމަކަމާއެކު ދަލީލުކޮށްދެއެވެ.

1- އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވާފައިވެއެވެ: ( صِِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا، رِجَالٌ بِأَيْدِيْهِمْ سِيَاطٌ كَأَذْناَبِ الْبَقَرِ يَضْرِبُوْنَ بِهَا النَّاسِ، وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مَائِلاَتٌ مُمِيْلاَتٌ رُؤُوْسُهُنَّ كَأَسْنِمَةِ الْبُخْتِ المْاَئِلَةِ لاَ يَدْخُلْنَ الْجَنَّةَ وَلاَ يَجِدْنَ رِيْحَهَا )- رواه مسلم - [ނަރަކައިގެ އަހުލުވެރިންގެތެރެއިން ދެބާވަތެއްގެ ބަޔަކުވެއެވެ. ތިމަންކަލޭގެފާނު އެދެބައިމީހުން ދެކެވަޑައިނުގަންނަވަމެވެ. އެއީ ގެރީގެ ނިގޫފަދަ ޗާބޫކުތަކުން މީހުންގައިގައި ނުޙައްޤުން ތަޅާ އަދަބުދޭ ބަޔަކާއި، ހެދުންލައިގެން އޮރިޔާމުން ތިބޭ އަންހެނުންގެ ބައެކެވެ. އެކަނބަލުންނަކީ ޢިއްފަތްތެރިކަމުގެ ސީދާމަގުން އެއްކިބާވެ ލެނބިފައިތިބޭ އަދި އެހެން މީހުން ސީދާމަގުން އެއްކިބާކޮށް ލަންބުވާ ބައެކެވެ. އެކަނބަލުންގެ އިސްތަށިގަނޑު ހީވާނީ ޖަމަލުގެ ގޮންގަނޑު ހެންނެވެ. އެކަނބަލުންނަށް އެއްގޮތަކަށްވެސް ސުވަރުގެއަކަށް ނުވަދެވޭނެއެވެ. އަދި ސުވަރުގޭގެ ވަސްވެސް ނުގަނެވޭނެއެވެ. އެތާނގެ ވަސް އެވެނި މިވެނި މޭލުކޮޅަށް ފޯރައެވެ.] މިޙަދީޘް ރިވާކުރެއްވީ އަލްއިމާމު މުސްލިމެވެ. މިޙަދީޘްގެ މި ޖުމުލަ [އެކަނބަލުންނަކީ ޢިއްފަތްތެރިކަމުގެ ސީދާމަގުން އެއްކިބާވެ ލެނބިފައިތިބޭ، އަދި އެހެން މީހުން ސީދާމަގުން އެއްކިބާކޮށް ލަންބުވާ ބައެކެވެ. [ އެހެން މާނައަކުން ވެސް ވާރިދުވެފައިވެއެވެ. އެއީ : [އެކަނބަލުންނަކީ ހަށިގަނޑަށް ބަނޑި ބަނޑިލައްވައި އެކަނބަލުންނަށް މީހުން ލަނބުވައި، މީހުންނަށް ލެނބެމުންދާ ބައެކެވެ. ]

މިފަދަ ވަރުގަދަ ވަޢީދުގެ ބަސްފުޅުތައް މި މައްސަލައިގައި ބަޔާންވެފައިވެއެވެ. ޝަރުޢުގެ ދަލީލުތަކުގެ ކުރިމަތީގައި ހަމަ ގެންގުޅުމަކީ އެދަލީލުތަކަށް ބޯލަނބައި ކިޔަމަންގަތުމެވެ. ތިމާގެ ހަވާނަފްސުގެ ފަހަތުން ގޮސް ތިމާހިތް އެދޭގޮތަށް ޝަރީޢަތުގެ ނައްޞުތައް ތައުވީލުކޮށް ހެދުމަކީ ހަމަ ގެންގުޅުން ކަމުގައި ބުނެވޭނެ ގޮތެއް އޮންނާނެ ހެއްޔެވެ؟
ލޮބުވެތި އުޚުތުންނޭވެ! މިއީ ﷲ އާއި، މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅެވެ. މިއާ އިދިކޮޅެއް ނުހެދޭނެއެވެ. ވީމާ، ތިމާމެންގެ ޢަމަލުތައް މިއާއެއްގޮތަށް ބައްޓަން ކުރުމަށް އަވަސްވެގަންނަމާތޯއެވެ؟

ހެދުންލައިގެން، ނިވާވާން ލާޒިމުވާ މިންވަރަށް ނިވާނުވާ އަންހެނުންތަކެއް ފަހު ޒަމާނުގައި އުޅޭނެކަމުގެ ވާހަކައާއި، އެކަނބަލުންނަށް ސުވަރުގެއަށް ވަނުމުގެ ނަސީބު ނުލިބޭނެކަމާއި، އެތަނުގެ ވަސްވެސް ނުލިބޭނެކަމުގެ ވާހަކަ، މިއީ ރަސޫލާގެ ތެދު ބަސްފުޅެވެ. އެއީ ފަހު ޒަމާނުގެ އަލާމާތެކެވެ. މިފަދަ ވަޢީދުތަކުން ސަލާމަތްވުމަށް އެންމެހައި އުޚުތުންނަށް އިލްތިމާސް ކުރަމެވެ.

ލޮބުވެތި އުޚުތުންނޭވެ! މާތް ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމަގެ އިސްވެ ދިޔަ ޙަދީޘުގައި ބަޔާންވެގެންވާ ގޮތުން ހެދުން ލައިގެން އޮރިޔާމުން ތިބުމަކީ ހެދުން ލުމުގެ މަޤްޞަދު ޙާޞިލު ނުވުމެވެ. އެއީ ހެދުންލަނީ ނިވާވެގަންނާށެވެ. ނަމަވެސް ހެދުންކުރުކަމުން، ނުވަތަ ބާރުކަމުން، ނުވަތަ ތުނިކަމުން ނިވާވާންޖެހޭގޮތަށް ނިވާނުވާތީ އެހެން ހަދީޘްކުރެއްވީއެވެ.

މިއަދު އަޅުގަނޑުމެންގެ ޤައުމުގައި ވަރަށް ގިނަ އުޚުތުން އިސްލާމީ މިންގަނޑާއި އެއްގޮތައް ފޭރާން ތުރުކުރައްވަމުން ގެންދަވާކަން އުފަލާއެކު ފާހަނގަކުރަމެވެ. މާތް ﷲ އެންމެހައި އުޚުތުންނަށް ހެޔޮމަގަށް ތައުފީޤު ދެއްވާށި، އާމީން .

ދީނުގެ ދަންނަ ބޭކަލުންގެ އިޖުމާޢު

ލޮބުވެތި އުޚުތުންނޭވެ! މޫނާއި ދެއަތްތިލަ ފިޔަވައި މުޅިހަށިގަނޑަކީ މިނިވަން މުސްލިމު އަންހެނާގެ ޢައުރަކަމަށް އިސްލާމްދީނުގެ އެންމެހައި ދަންނަބޭކަލުން އިޖުމާޢުވެފައިވެއެވެ. މިއީ ލޮބުވެތި ރަސޫލާގެ އެންމެހައި އަޞްޙާބުބޭކަލުންނާއި، އެބޭކަލުންގެ ތާބިޢީންނާއި، އުންމަތުގެ މުފައްސިރުންނާއި، މުޙައްދިޘުންނާއި ފިޤުހުވެރި އިމާމުންނާއި މިއެންމެބޭކަލުންގެ ބަސްފުޅެވެ.

އަދި ސަޢޫދީޢަރަބިއްޔާގެ ބޮޑެތި ދަންނަބޭކަލުންގެ މަޖްލީހާއި، އަލްއަޒުހަރުގެ ދަންނަބޭކަލުންގެ ވެސް ބަސްފުޅެވެ. އަދި މިޞްރުގެ ދާރުލްއިފްތާއުގެ ފަތުވާވެސް މެއެވެ. އަދި އިސްލާމީ އުންމަތުގެ ފަހުގެ މުޢުތަބަރު އެއްވެސް ޢިލްމުވެރިއަކު މިމައްސަލައިގައި އުއްމަތުގެ މި ޢަޤީދާއާއި ޚިލާފުވެވަޑައިގެންފައިނުވެއެވެ.

ލޮބުވެތި އުޚުތުންނޭވެ! ދީނުގެ މިފަދަ ބޮޑެތި ޙުކުމްތަކުގައި މިހާރުގެ މީހަކު ޚިލާފުވެ ބުނާބުނުމަކީ ޚިލާފެއްކަމުގައި ނުބެލެވޭނެއެވެ. މުޖުތަހިދު، މުޢްތަބަރު ދަންނަބޭކަލުންނަކީ ވަކި ބައެކެވެ. އުންމަތުގެ މީހުން އެބޭކަލުންނަކީ އުއްމަތުގެ ޢިލްމުވެރިން ކަމުގައި ޤަބޫލުކޮށްފައިވާ ބޭކަލުންނެވެ. އެއިން އެއްވެސް ބޭކަލަކު ﷲ ގެ މިޙުކުމުގައި ޚިލާފުވެވަޑައިގެންފައިނުވެއެވެ. ނުވެސް ވާނެއެވެ.

ދަންނަވަންތޯއެވެ؟ ތިޔަވިދާޅުވާ އިޚުތިލާފަކީ މޫނާއި ދެއަތްތިލައިގެ މައްސަލައެވެ. ބައެއް ޢިލްމުވެރިން އެދެތަން ޢައުރައިގެ ތެރޭގައި ނުހިމަނުއްވައެވެ. ގިނަ ޢިލްމުވެރިން ވިދާޅުވަނީ އެއީވެސް ޢައުރަކަމަށެވެ. އަދި ފަހުގެ ގިނަ ޢިލްމުވެރިން ވިދާޅުވަނީ މޫނާއި ދެއަތްތިލަ ޢައުރަ ނޫން ކަމުގައެވެ. ނަމަވެސް ފިތުނަ ފަސާދަ އުފެދޭ ކޮންމެ ޙާލަތެއްގައި، މޫނާއި ދެއަތްތިލަ ފޮރުވުމަށްވެސް ހުރިހާ ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވައެވެ. މި މައްސަލަ ވަރަށް ރަނގަޅަށް އަލްއިމާމުއްނަވަވީ މުސްލިމުގެ ޝަރަޙައިގައި ލިއުއްވާފައިވާނެއެވެ. އަދި ފަޟީލަތުއްޝައިޚު މުޙައްމަދު ނާޞިރުއްދީނުލްއަލްބާނީ އައްރައްދުލްމުފްޙިމުގައި ލިއުއްވާފައިވެއެވެ.

ކީރިތި ޤުރްއާނާއި، މާތް ނަބިއްޔާގެ ސުންނަތާއި، ދަންނަބޭކަލުންގެ އިޖުމާޢުއާއި ޚިލާފަށް ބުނެވޭ ކޮންމެ ބަހަކީ ނަގާ އެއްފަރާތް ކޮށްލަންޖެހޭނެ ބަހެކެވެ. ޙަޤީޤީ ޢިލްމުވެރިން އުންމަތުގެ ޢަޤީދާއާއި ޚިލާފުވެވަޑައިނުގަންނަވާނެއެވެ. އަނެއްކޮޅުން މިމައްސަލައަކީ އިޖުމާޢު ވެފައިވާ މައްސަލައެކެވެ. ޝަރުޢީ ޙުކުމަކާމެދު އުއްމަތުގެ ޢިލްމުވެރިން އިޖުމާޢުވެފައި ވަނިކޮށް، ފަހުން ވަޑައިގަންނަވާ ޢިލުވެރިއަކަށް ކުރީގެ ދަންނަބޭކަލުންގެ އިޖުމާޢާއި ޚިލާފުވެވަޑައިގަތުމުގެ އިޚުތިޔާރެއްނެތެވެ. އެބޭފުޅަކީ ކިތައްމެ ބޮޑު ޢާލިމަކަށް ވިޔަސް މިކަން އޮތް ގޮތަކީ މިއީއެވެ.

ކޮންމެއަކަސް މިއީ އިސްލާމްދީނުގެ އެންމެހައި ދަންނަބޭކަލުން އިއްތިފާޤު މައްސަލައެކެވެ. މިއީ އިންކާރުނުކުރެވޭނެ ޙަޤީޤަތެކެވެ. އުއްމަތުގެ ދަންނަ ބޭކަލުންގެ މެދުގައި އިޚްތިލާފު އުފެދިފައިވާ މައްސަލައެއްނޫނެވެ.

މިމައްސަލައިގެ ކުރިމަތީގައި އެންމެން ބޯލަނބައި ކިޔަމަން ގަންނަންޖެހޭނެއެވެ. ކީރިތި ޤުރްއާނާއި، ނަބިއްޔާގެ ސުންނަތާއި، ދަންނަބޭކަލުންގެ އިޖުމާޢުން ސާބިތުވާން އޮތް ކަމަކާމެދު އިންކާރުކޮށް، ޖަދަލުކުރާ ކޮންމެ މީހަކީ އިސްލާމްދީނުގެ އިމުންބޭރުވެ، ކާފިރުވެ މިއްލަތުން އެއްކިބާވެފައިވާ މީހެކެވެ.

ކަމަކީ ކިތައްމެހާވެސް ބޮޑުކަމެކެވެ. ބުރުގާ އެޅުމަކީ ލާޒިމު ކަމެއްނޫނޭ، ނުވަތަ ކޮންމެހެން ނުކުރިޔަސް ރަނގަޅުވާނެކަމެކޭ އެއްވެސް މީހަކަށް އެއްވެސް ޙައިޘިއްޔަތަކުން ބުނެވޭކަށްނެތެވެ. މިއީ ސާފު ސީދާކޮށް ޝަރުޢުގައި ގޮތެއް ކަނޑައަޅުއްވާފައިވާ މައްސަލައެކެވެ.


އެންމެ ފުރިހަމަ ނަމޫނާ

ﷲ އާއި އެކަލާނގެ ނަބިއްޔާ ދީނުގެ ކަންކަމުގައި ގޮތެއް ކަނޑައަޅުއްވައި އެގޮތަށް ތަބާވުމަށް ގޮވާލެއްވުމުން އެގޮތް ދޫކޮށްލުމަކީ މުއުމިނުންގެ ގޮތަކަށް ވެގެންނުވާނެއެވެ. މާތް ﷲ އަލްއަޙްޒާބު ސޫރަތުގައި ވަޙީ ކުރައްވާފައި އެވެ: (( وَمَا كَانَ لِمُؤْمِنٍ وَلاَ مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلاَلاً مُّبِينًا )) (الأحزاب : 36 ) [ﷲ އާއި އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފި ހިނދު، މުއުމިނު ފިރިހެނަކަށްވެސް އަދި މުއުމިނު އަންހެނަކަށްވެސް އެބައިމީހުންގެ އެކަމުގައި އަމިއްލަގޮތެއް އިޚްތިޔާރުކުރުމަކީ ހުއްދަ ކަމެއްނޫނެވެ. ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެކަން ކަށަވަރެވެ.]

ތަބާވާންވީ މަގަކީ ﷲ ގެ މަގެވެ. ކިޔަމަންވާންވީ ﷲ އަށާއި، އެކަލާނގެ ނަބިއްޔާއަށެވެ. ޝައްކެއް ނެތްގޮތުގައި މާތް ﷲ އަޅުގަޑުމެންގެ ގާތަށް ރަސޫލަކު ފޮނުއްވާފައިވަނީ އެކަލޭގެފާނަށް ތަބާވުމަށެވެ. އަޅުގަޑުމެންގެ ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް އެކަލޭގެފާނަކީ ނަމޫނާއެއްކަމުގައި ބެލުމަށެވެ. އަލްއަޙްޒާބު ސޫރަތުގައި ވަޙީ ކުރައްވާފައިވެއެވެ:

لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّـهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّـهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّـهَ كَثِيرًا ( الأحزاب : 21) [ ހަމަ ކަށަވަރުން ﷲ ގެ ރަސޫލާގެ ކިބައިގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) ﷲ ގެ ދަރުމައާއި އާޚިރަތުގެ ޘަވާބަށް އެދޭ އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ.]

ލޮބުވެތި އުޚުތުންނޭވެ! ދުނިޔެމަތީގައި އިންސާނަކަށް ލިބޭނޭ އެންމެ މަތިވެރި ނިޢުމަތަކީ، އޭނާ ހެއްދެވި ފަރާތުގެ ރުހިވޮޑިގަތުން ޙާޞިލުވުމެވެ. މިމަތިވެރި ނިޢުމަތް ޙަޞިލު ވާންއޮތީ ވެސް އެކަލާނގެ ފޮނުއްވި ރަސޫލާއަށް ފުރިހަމައަށް ކިޔަމަންވެ ތަބާވެގެންނެވެ. އާލުޢިމްރާން ސޫރަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ: قُلْ إِن كُنتُمْ تُحِبُّونَ اللَّـهَ فَاتَّبِعُونِي يُحْبِبْكُمُ اللَّـهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَاللَّـهُ غَفُورٌ رَّحِيمٌ ( آل عمران : 31 ) މާނައީ: [ ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ﷲ އަށް ލޯބިވާ ކަމުގައިވަނީނަމަ، ފަހެ ތިޔަބައިމީހުން ތިމަން ކަލޭގެފާނަށް ތަބަޢަވާށެވެ! އޭރުން ﷲ ތިޔަބައިމީހުންދެކެ ލޯބިވެ ވޮޑިގެންވާނެއެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައި ދެއްވާނެއެވެ. ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމު ވަންތަ ރަސްކަލާނގެއެވެ.]

ލޮބުވެތި އުޚުތުންނެވެ! މުސްލިމު އަންހެނުންނަށް އަމުރުކުރެވިގެންވާ ގޮތަކީ އެއީއެވެ. އެކަނބަލުންގެ ނަމޫނާއަކަށް ވާންވާނީ މާތް ﷲ ގެ ރަސޫލާގެ އަނބިއަނބިކަނބަލުންނާއި، ދަރިދަރިކަނބަލުންނެވެ. އަދި ސަލަފުންގެ އަންހެން ކަނބަލުންނެވެ.

އަޅުގަނޑުމެންނަކީ މުއުމިނުން ކަމުގައިވާނަމަ، އަދި ﷲ ދެކެ ލޯބިވާ ބަޔަކު ކަމުގައިވާނަމަ، އަޅުގަނޑުމެން އިތުރު ރަސޫލާއަށް ތަބާވުމަކީ ލާޒިމުކަމެކެވެ. ނަމަވެސް އެނަމޫނާ ދޫކޮށް، އަޅުގަނޑުމެން އެނޫން މީސްމީހުން ނަމޫނާ ކަމުގައި ދެކެފިނަމަ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ. މިފަދަ މީހުންގެ ޙާލަތު ކީރިތި ޤުރުއާން އެބަޔާންކުރައްވަނީ އެވެ. މިއާޔަތްތަކާމެދު ވިސްނާ ފިކުރުކުރައްވާށެވެ. ޤިޔާމަތްދުވަހުގެ ވޭންދެނިވި ޢަޛާބާއި، ނާމާންކަމާމެދު ބިރުވެތިވެ ރައްކާތެރިވާށެވެ. يَوْمَ تُقَلَّبُ وُجُوهُهُمْ فِي النَّارِ يَقُولُونَ يَا لَيْتَنَا أَطَعْنَا اللَّـهَ وَأَطَعْنَا الرَّسُولَا ﴿٦٦﴾ وَقَالُوا رَبَّنَا إِنَّا أَطَعْنَا سَادَتَنَا وَكُبَرَاءَنَا فَأَضَلُّونَا السَّبِيلَا ﴿٦٧﴾ رَبَّنَا آتِهِمْ ضِعْفَيْنِ مِنَ الْعَذَابِ وَالْعَنْهُمْ لَعْنًا كَبِيرًا ﴿٦٨﴾ (الأحزاب : 66- 68 ) މާނައީ:[ އެބައިމީހުންގެ މޫނުތައް ނަރަކައިގައި ފުރޮޅަފުރޮޅައި ތިބޭ ދުވަހެވެ. އެބައިމީހުން ބުނާނެއެވެ. ތިމަންމެން ﷲ އަށް ކިޔަމަންވެ، އަދި (އެކަލާނގެ ) ރަސޫލާއަށް ކިޔަމަންވީނަމަ ކިހާރަނގަޅުހެއްޔެވެ؟ އަދި އެބައިމީހުން ބުނާނެއެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! ހަމަކަށަވަރުން އަޅަމެންގެ ސާހިބުންނަށާއި އަޅަމެންގެ ބޮޑުންނަށް އަޅަމެން ކިޔަމަންވީމުއެވެ. ފަހެ އެބައިމީހުން އަޅަމެން މަގުފުރެއްދީއެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! ޢަޛާބުގެ ތެރެއިން ދެގުނަ އެބައިމީހުންނަށް ދެއްވާނދޭވެ! އަދި ބޮޑުވެގެންވާ ލަޢުނަތް ލެއްވުމަކުން އެބައިމީހުންނަށް ލަޢުނަތް ލައްވާނދޭވެ!]

އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ: وَإِذْ يَتَحَاجُّونَ فِي النَّارِ فَيَقُولُ الضُّعَفَاءُ لِلَّذِينَ اسْتَكْبَرُوا إِنَّا كُنَّا لَكُمْ تَبَعًا فَهَلْ أَنتُم مُّغْنُونَ عَنَّا نَصِيبًا مِّنَ النَّارِ ﴿٤٧﴾ قَالَ الَّذِينَ اسْتَكْبَرُوا إِنَّا كُلٌّ فِيهَا إِنَّ اللَّـهَ قَدْ حَكَمَ بَيْنَ الْعِبَادِ ﴿٤٨﴾ ( غافر : 47-48 ) މާނައީ: [ އަދި އަލިފާނުގެ ތެރޭގައި ތިބެގެން އެބައިމީހުން އެކަކު އަނެކަކަށް އަރައިރުންވެ ހަޅޭލަވާނެތެވެ! އެބައިމީހުންކުރެ ދެރަނިކަމެތި މީހުން އެބައިމީހުންގެ ތެރޭގައި ތިބި، ކިބުރުވެރީންނާއި މުޚާޠަބުކޮށް ގޮވާނެތެވެ. [ ހަމަކަށަވަރުން އަހުރެމެން ތަބާވީ ކަލޭމެންނަށެވެ. ވީއިރު މިއަލިފާނުގެ ތަންކޮޅެއްނަމަވެސް ކަލޭމެން ނިކަން އަހަރުމެންގެ ގައިން ދުރުކޮށްލައިދީބަލާނު ހެއްޔެވެ؟] އެބައިމީހުންކުރެ ކިބުރުވެރިވެގަތް މީހުން ބުނާނެތެވެ.[ ހަމަކަށަވަރުން އަހުރެމެން އެންމެންމެ މިތިބީ މިއަލިފާނުގެ ތެރޭގައެވެ. ހަމަކަށަވަރުން ﷲ އެކަލާނގެ އަޅުތަކުންގެ މެދުގައި ނިޔާ ކަނޑައަޅުއްވައި ނިންމެވީއެވެ.]

މިހެންކަމުން ދީނީ ކަންކަމުގައި އެއްވެސް މީހަކަށް މިއީ މަށަށް ފެންނަގޮތޭ، އެއީ ލާޒިމުކަމެއްނޫނޭ، މިއީ އިޚްތިލާފު މައްސަލައެކޭ، އަހަރެން ޢަމަލު ކުރާނީ މިވެނި މީހަކު ޢަމަލުކުރާގޮތަށޭ ބުނެ އިހުމާލުވުމުގެ ޙައްޤެއްނެތެވެ.

މިއީ ﷲ ދީނެވެ. ނަބިއްޔާ ވަނީ މިދީން އަޅުތަކުންނާ ހަމައަށް އެންމެ ފުހިހަމައަށް ފޯރުކޮށްދެއްވާފައެވެ. ދަންނަ ބޭކަލުންވަނީ އެބޭކަލުންގެ ޒިއްމާ އުފުއްލަވާފައެވެ. މުއުމިނުންގެ ސިފަޔަކީ ﷲ އަށް ކިޔަމަންވެއްޖައީމޭ ބުނުމެވެ. ރަސޫލާއަށް ތަބާވެއްޖައީމޭ ބުނުމެވެ. ދެދުނިޔޭގެ ފަލާޙާއި، ނަޞީބު ލިބޭނީ އެއިރުންނެވެ.

ބުރުގާގެ މާނައަކީ ކޮބާ ؟

ބުރުގާގެ މާނައަކީ ފަހަރެއްގައިވެސް ރީތި ފޮތިކޮޅެއް ބޮލަށް އެއްލާލާފައި އޮތުމެއްނޫނެވެ. ބުރުގާ އެޅުމަށް އަމުރުކުރައްވާފައިވަނީ ޝަރުޢީ މަޤްޞަދެއްގައެވެ. އެއީ އަންހެނާގެ ޢިއްފަތްތެރިކަމާއި އަބުރު، ހިލޭމީހުންގެ ކުރިމަތީގައި ރައްކައްތެރިކުރުމައްޓަކައި ހަށިގަނޑާއި ބައްޓަން ފޮރުވުމެވެ. މިހެންކަމުން ބުރުގާ އަކީ މޭމައްޗާއި ކަރުވަޅުނިވާވާ ވަރުގެ އެއްޗަކަށް ވާންވާނެއެވެ.

އަދި ބުރުގާ އަޅައިގެންތިބޭ މީހުންވެސް އަޚްލާޤީ މިންގަނޑު ހިފަހައްޓައި ދެޖިންސުގެ ދެމެދުގައި ކަނޑައަޅުއްވާފައިވާ ހަމަތަކާމެދު ރައްކާތެރިވާންވާނެއެވެ. ބޭރުފުށުގެ ބުރުގާގެ އަސަރު އެތެރެފުށުގައިވެސް ހުންނަންވާނެއެވެ. މީހާގެ ޙަރަކާތްތަކާއި، އަޚްލާޤުންވެސް އެހެނިހެން އަމުރުފުޅުތަކުގެ އަސަރުފެންނަންވާނެއެވެ. އެހެންނޫނީ ބުރުގާގެ ޝަރުޢީ މަޤްޞަދު ގެއްލިދިޔައީއެވެ.


އިސްލާމީ ބުރުގާގެބައެއް އަދަބުތައް

1- އަޅާ ބުރުގާއިން މޭމައްޗާއި، ކަރުވަޅު ރަނގަޅަށް ނިވާވުން
2- މޫނާއި ދެއަތްތިލަ ނޫން އެހެންތަންތަން ރަނގަޅަށް ފޮރުވުން
3- ތިމާއަށް ކުޅަދާނަވީ މިންވަރަކުން މޫނާއި، ދެއަތްތިލަ ނިވާކުރުން
4- ބުރުގާއާއެކު ލާހެދުމަކީ އެތެރެފެންނަވަރު ތުނި ހެދުމަކަށް ނުވުން
5- ބުރުގާއާއެކު ލާ ހެދުމަކީ ހަށިގަނޑުގެ ގުނަވަންތަކާއި ވަނާތައް ހާމަކޮށްދޭ ހެދުމަކަށް ނުވުން
6- ބުރުގާއާ އެކުލާ ހެދުމަކީ ފިރިހެނުންނަށް ޚާއްޞަ ހެދުމަކަށް ނުވުން
7- ބުރުގާ އަޅަންޖެހޭނީ ހިލޭ ފިރިހެނުންގެ ތެރެއަށް ނިކުންނައިރުގައެވެ. ނުވަތަ މުޖުތަމަޢުގެ ތެރޭގައި އުޅޭއިރުއެވެ. އާއިލާގެ ތެރޭގައި ގޭގައި އުޅޭ އިރު، ބުރުގާ އަޅާކަށް ނުޖެހެއެވެ. އެކަމަކު ގޭތެރޭގައި ވެސް ހިލޭފިރިހެނުން ވާނަމަ އެމީހުންނަށް ނިވާވުން ވާޖިބުވާނެއެވެ.
8- ބައެއް ކުދީން ބޮލުގައި ރުމާ އައްސައިގެން އުޅޭތަން ފެނެއެވެ. އެއީ އިސްލާމީ ބުރުގާ ކަމުގައި ނުބެލެވޭނެއެވެ.
9- ފާސްކުރި ދިވެހި ހެދުމާއެކުގައި ބައެއް އަންހެނުން ބޭނުންކުރާ ބޮލުފޮތިކޮޅަކީ ވެސް ބުރުގާއެއްކަމުގައި ނުބެލެވޭނެއެވެ.
10- ބޮލުގެ ބައެއް ފެންނަ ގޮތަށް އަޅާފައިވާ ބުރުގާއަކީ ޝަރުޢީ ބުރުގާއެއްކަމުގައި ނުބެލެވޭނެއެވެ.

ރަނގަޅުނޫން ބައެއް އާދަތައް

ބައެއް އަންހެނުންނަށް ނުވަތަ ބައެއް އަންހެންކުދިންނަށް ހީވެފައި އޮންނަނީ އިސްތަށިގަނޑު ކޮންމެވެސް ގޮތަކުން ނިވާކުރީމަ ދެން ހުރިހާކަމެއްނިމުނީ ކަމުގައެވެ. ބުރުގާއާ އެކުލާ ހެދުން ކޮންމެ ގޮތަކަށް ހުއްޓަސް ހެޔޮކަމަށް ބަލައެވެ. މިއީ ރަނގަޅުގޮތެއްނޫނެވެ.

ގަޔަށް ބާރު ހެދުމާއި ފިނދު މަސްގަނޑު ކަނޑާ ނަގާފައި ހުންނަ ޖިންސު ނުވަތަ ހަރުވާޅުފަދަ އެއްޗިއްސަކީ ބުރުގާއާ އެކަށީގެންވާ އެއްޗެއްނޫނެވެ. ގިނަ ކުދިން މިބާވަތުގެ ހެދުން އަޅަނީ ދީނުގައި މިކަން އޮންނަ ގޮތް އެކުދީންނަށް ނެގޭތީކަން ޔަޤީނެވެ. ނުބައި ނިޔަތަކުނޫނެވެ.

އަދި ވަކިން ޚާއްޞަކޮށް ފިރިހެނުން ލާ ފާޑުގެ ހެދުން އަންހެނުން އެޅުމަކީ ނުވަތަ ފިރިހެނުން އަންހެނުން ލާ ފާޑުގެ ހެދުން އެޅުމަކީ ދީނުގައި މަނާކުރައްވާފައިވާކަމެކެވެ. އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދޫފުޅުން އެފަދައިން ޢަމަލުކުރާ މީހުންނާ މެދު ލަޢުނަތުގެ ދުޢާ އައިސްފައިވެއެވެ. އިތުރު އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. (عَنْ أَبِيْ هُرَيْرَةَ رَضِيَ الله عنهُ قَالَ : لَعَنَ رَسُوْلُ اللهِ صَلَّى اللهُ عليهِ وَسَلَّمَ الرَّجُلَ يَلْبَسُ لِبْسَةَ الْمَرْأَةِ ، وَ الْمَرْأَةَ تَلْبَسُ لِبْسَةَ الرَّجُلِ ) - رواه أبو داود بإسناد صحيح- މާނައީ: [ މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އަންހެނުންގެ ހެދުން އަޅައިގެން އުޅޭ ފިރިހެނުންނަށާއި، ފިރިހެނުންގެ ހެދުން އަޅައިގެން އުޅޭ އަންހެނުންނަށް ސަލާމާއި ޞަލަވާތްލެއްވި ﷲ ގެ ރަސޫލާ ލަޢުނަތް ލައްވާފައިވެއެވެ.] މިފަދަ އެތައް ޙަދީޘެއް މިބާބުގައި އައިސްފައިވެއެވެ.

ޝައްކެއްނެތް ގޮތުގައި ބައެއް ކުދީން މިފަދަ ހެދުންލަނީ އެދުވަސްވަރުގައި އޮންނަ އޮއިވަރަށް ބަލާފައެވެ. ވިސްނާލިޔަސް މިފަދަ ހެދުންތަކުން އިސްލާމީ ބުރުގާގެ މަޤްޞަދު ޙާޞިލް ނުވާނެކަން ދޭހަވެއެވެ. އަޅުގަނޑުމެންގެ ޤައުމުގެ އަންހެނުން ކުދީންނަކީ އިސްލާމްދީނުގެ އަސާސުތަކަށް ޙުރުމަތްތެރިކޮށް ހިތާނެ ކުދީންނެވެ. މިހެންކަމުން އެކުދިންގެ ރީތިކަމާއި އަބުރުވެރިކަން ފާސިޤުންގެ ލޯތަކުން ޙިމާޔަތްކުރުމަކީ އެކުދިންގެ އެންމެ އިސްވާޖިބުކަމުގައި ދެކެންވާނެއެވެ.

ގަޔަށް ބާރުހެދުން ލައިގެންއުޅޭނަމަ، މުޖުތަމަޢުތެރެއަށް ނިކުންނަ އިރު މަތިން ފަރުދާއެއް ވައްޓާލުމަކީ ޖިލްބާބު ލުމެވެ. ތުނި ފަރުދާއެއް މަތިން އެފަދައިން ލައިގެން މުޖުތަމަޢަށް ނުކުތުން ރަނގަޅުވާނެއެވެ. އަދި އަވިންވެސް ސަލާމަތް ވާނެއެވެ. މިއީ އިސްލާމީ ޤައުމުތަކުގެ އަންހެނުން ކަންކުރާގޮތެވެ.

ބައެއް އަންހެންކަނބަލުން ތިމަންމެން ވަކި ޢުމުރަކަށް ދިޔާމަ ބުރުގާ އަޅާނަމޭ ނުވަތަ، ޙައްޖައްގޮސްފައި އައިސް ބުރުގާ އަޅާނަމޭ ބުނެހަދައެވެ. މިއީ ޙައިރާން ވާފަދަ ވާހަކައެކެވެ. އެފަދަވާހަކަތައް އެބުނަނީ ތިމާމެން އެދުވަހާ ހަމައަށް ދިރިތިވެވޭނޭ ކަމުގެ ޔަޤީންކަން އޮވެގެންބާވައެވެ؟ ނުވަތަ އެކަން އެނގިގަންނަންބާވައެވެ؟ ނުވަތަ ﷲ ގެ ޙަޟްރަތުގައި މަކަރާއި ޙީލަތް ހަދަނީ ބާވައެވެ؟ މުއުމިމުންގެ ސިފައަކީ މިފަދައިން ޙީލަތެއް ހެދުމެއްނެތި، އަވަހަށް ﷲ އާއި، ރަސޫލާގެ އަމުރަށް ބޯލަނބައި ކިޔަމަންގަތުމެވެ.

ވަކިކުލައެއްގެ ހެދުމެއްއެޅުން

އެއްވެސް ޙާލެއްގައި ވަކިކުލައެއްގެ ހެދުމެއް ލާކަށް އިސްލާންދީން ޝަރުޠު ކުރައްވާފައިނެތެވެ. ކޮންމެ ކުލައެއްގެ ކޮންމެ މަރުކާއެއްގެ ހެދުމެއްލިޔަސް އެހެދުމަކީ އިސްވެދިޔަ ޝަރުޢީ މިންގަނޑަށް ފެތިފައިވާ ހެދުމަކަށް ވާންޖެހޭނެއެވެ.

އެއީ އައުރަ ނިވާވާ، އަދި ބުރުގާއާއެކު އަޅަން އެކަށީގެންވާ ހެދުމަކަށް ވުމުން ފުދުނީއެވެ. މިފަދަ ރީތި ކޮންމެ ހެދުމަކީ އިސްލާމީ ހެދުމެކެވެ. އަދި، ވަކި ކުލައެއްވެސް ލާޒިމެއްނޫނެވެ. މިނޫން ޝަރުޠެއް އެކަމުގައިނުވެއެވެ. އަލްއަޢުރާފް ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. يَا بَنِي آدَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاسًا يُوَارِي سَوْآتِكُمْ وَرِيشًا ۖ وَلِبَاسُ التَّقْوَىٰ ذَٰلِكَ خَيْرٌ ۚ ذَٰلِكَ مِنْ آيَاتِ اللَّـهِ لَعَلَّهُمْ يَذَّكَّرُونَ ﴿٢٦﴾ (الأعراف : 26 ) މާނައީ: [ އޭ އާދަމުގެ ދަރީންނޭވެ! ތިޔަބައިމީހުންގެ އައުރަތައް ނިވައިކުރަނިވި ހެދުމާއި ޒީނަތްތެރި ފޭރާން، ތިމަން ﷲ ތިޔަބައިމީހުންނަށް ދެއްވީމެވެ. އަދި ތަޤްވާގެ ފޭރާން މާ ހެޔޮކަން ބޮޑެވެ. އެކަންތައްވަނީ ﷲގެ އާޔަތްތަކުގެތެރެއިންނެވެ. (އެއީ) އެބައިމީހުން ހަނދުމަ ކުރުމަށްޓަކައެވެ.]

ސަލަފުންގެ ޒަމާނުން ފެށިގެން އަންހެނުން ކަޅުކުލަ އިޚްތިޔާރުކޮށްފައިވެއެވެ. ނަމަވެސް މިއީ މިކަމުގައި ލާޒިމުކަމެއްކަމަށް ޝަރުޢީ ދަލީލަކުން އެގެން އޮތްކަމެއްކަމެއް އަޅުގަނޑަކަށް އެނގިފައެއްނުވެއެވެ. އަދި ޢިލްމުވެރިއަކު ވިދާޅުވެފައިވާކަން ވެސް އެނގިފައި ނުވެއެވެ. ނަމަވެސް މިއީ ޞިއްޙީގޮތުން ބަލާއިރު ބޭރަށް ނިކުތުމައްޓަކައި، ރަނގަޅު ކުލައެއްކަމުގައި އެމައިދާނުގެ ބޭފުޅުން ވިދާޅުވެފައިވެއެވެ.

އިސްވެ ބަޔާންވެދިޔައީ މާތްވެގެންވާ އިސްލާމްދީނުގައި އަންހެނުންގެ ފޭރާމާ ބެހޭގޮތުން ކަނޑަ އަޅުއްވާފައިވާގޮތެވެ. އެގޮތް ބަޔާންކުރެވިފައި އެވަނީ ﷲގެ ފޮތާއި، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުއްނަތާއި، ދަންނަބޭކަލުންގެ އިޖުމާޢުގެ އަލީގައެވެ. އަޅުގަނޑުގެ ހެޔޮ ދުޢާއަކީ މިފޮތުން ލޮބުވެތި އުޚުތުންނަށް މަންފަޢަ ދެއްވުމެވެ. އަދި ﷲ ގެ އަމުރުފުޅަށް ތަބަޢަވެ، އެކަލާނގެ ރަސޫލާއަށް ކިޔަމަންގަތުގެ ތައުފީޤު ދެއްވުމެވެ. އެކަލާނގެއީ ދުޢާތައް އައްސަވާ، އަދި އިޖާބަ ދެއްވާ ދީލަތިވަންތަ އިލާހެވެ.

إن أريد إلا الإصلاح ما استطعت، وما توفيقي إلا بالله، عليه توكلت و إليه أنيب .

ފަހުބަސް

- އަޅުގަނޑުމެންގެ މި އިސްލާމީ ޤައުމުގެ ބައެއް އަންހެންދަރީންގެ ހެދުމާއި ފޭރާމާމެދު ވަނީ ވިސްނަންޖެހިފައެވެ. މަގުމަތީގައި ނިވާކަންކުޑަގޮތަށް އުޅޭތަންފެނުމަކީ މިފަދަ އިސްލާމީ ޤައުމަކާ އެއްގޮތަކަށް ވެސް ގުޅޭ ކަމެއްނޫނެވެ. އަދި ވަކިން ޚާއްޞަގޮތެއްގައި، ކުޅިވަރު ކުޅޭ މައިދާނުގައްޔާއި، ހެނދުނާއި ހަވީރުގެ ވަގުތުގައި ކަސްރަތު ކުރެއްވުމަށް މަގުމައްޗަށް ނިކުމެވަޑައިގަންނަވާ އަންހެން ބޭފުޅުން ޢައުރަ ނިވާ ނުވާވަރުގެ ކުރު ސޯޓުބުރިއާއި، ނިވާކަންކުޑަ ހެދުން ތުރުކުރައްވާކަމީ ހިތާމަހުރި ކަމެކެވެ.

- ފިރިހެނުންވެސް އަންހެނުންވެސް ޢައުރަ ނިވާނުކޮށް މުޖުތަމަޢުގެ ތެރެއަށް ނިކުތުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއްނޫނެވެ. ކޮންމެ ކަމެއް އަޅުގަނޑުމެން ކުރިޔަސް އަޅުގަނޑުމެންނަކީ މުސްލިމުންކަމާއި، އަޅުގަނޑުމެން އުޅެންޖެހޭ ގޮތެއް ﷲ އަންގަވާފައިވާކަން ހަނދާންކުރަންޖެހޭނެއެވެ.

- ސަރުކާރުގެ އިދާރާތަކުގައްޔާއި، މުއައްސަސާތަކުގައި ވަޒީފާގައި އުޅުއްވާ އަންހެން ބޭފުޅުންގެ ތެރެއިން ބުރުގާ އަޅުއްވައި ޢައުރަ ނިވާކުރެއްވުމަށް ބޭނުންފުޅުވެފައި ތިއްބެވި ބޭފުޅުންނަށް އެފުރުޞަތު މަނާކުރެވިފައި އޮތުމަކީ ހުއްދަކަމެއްނޫނެވެ.

- އެއްވެސް އޮފީހެއްގައި މިކަމަށް ހުރަސް އެޅިފައި އޮވެގެން ނުވާނެއެވެ. ދީނުގެ މިފަދަ ބޮޑެތި ޙުކުމްތަކަށް ޢަމަލުކުރުމުގެ މަގު ބަންދުކޮށްފައި އޮތުމަކީ އެދޮރު ބަންދު ކުރާ ބަޔަކަށް، ނުވަތަ އެދޮރު ބަންދު ކުރުމަށް މަސައްކަތްކުރާ ބަޔަކަށް ﷲ ދެދުނިޔޭގައި ބޮޑުވެގެންވާ ލަޢުނަތް ލައްވާނެކަމެކެވެ. ވީމާ މިކަމާމެދު، ޒިއްމާދާރު ވަޒީފާތަކުގައި އުޅޭ އެންމެން ވިސްނައި، ރައްކާތެރި ވާންޖެހޭނެއެވެ. މިއީ ކުޑަކުޑަ ކަމެއްނޫނެވެ. މިއީ ﷲގެ ދީނުގެ ޙުކުމެވެ.

- މީޑިއާއިންވެސް މި މައްސަލައިގައި އިތުރު ވިސްނުމަކަށް ދިއުމަކީ މުހިއްމު ކަމެކެވެ.

- ޚާއްސަގޮތެއްގައި އެޑިއުކޭޝަން މިނިސްޓްރީންނާއި، ދީނީ މުއައްސަސާތަކުން މިކަމާމެދު ވިސްނާ ވަޑައިގަތުމަކީ މުހިއްމުކަމެކެވެ. ހަމަ އެކަނި ބުރުގާ އަޅަންޖެހޭނީ ޢަރަބިއްޔާ، ނުވަތަ މަޢްހަދު ކުދިންނެއްނޫނެވެ. މިރާއްޖޭގެ ހުރިހާ ކުދީންނަކީ މުސްލިމުންނެވެ.

- ސްކޫލް ތަކުގައި އަންހެން ކުދީން ބުރުގާ އެޅުމާ ބެހޭގޮތުން ހަދާފައިވާ ޤަވާޢިދުތައް މިހާރުން މިހާރަށް އުވާލަން އެބަޖެހެއެވެ. މުސްލިމުންނަށް އެބައިމީހުންގެ ދީނަށް އުޅުމުގެ ފުރުޞަތު އެންމެ ފުރިހަމަ ގޮތުގައި ކަމާބެހޭފަރާތުން ދެއްވުމަކީ އެބޭފުޅުންގެ އިސްތަށިފުޅުގައި އެޅިފައިވާ ޒިއްމާއެކެވެ.

- ވަކި ގްރޭޑަކުން މަތީގެ ކުދިންނަށް ނޫން ގޮތަކަށް، ބުރުގާ ނޭޅޭނެކަމަށް ހަދާފައިވާ ޤަވާޢިދުތައް އުވާލަން ވީއެވެ. ބުރުގާ އަޅަން ބޭނުންވާ އެންމެހައި ގްރޭޑްތަކުގެ ދަރިވަރުންނަށް ހުޅުވާލެވިފައިވާ ކަމަކަށް މިކަން ވާންޖެހޭނެއެވެ. އެދަރިވަރުންނަށް މިކަމަށް ހިއްވަރު ދެވެންވެސް ވާނެއެވެ. މިއީ ޤަވާޢިދެއް ހަދަންޖެހޭ ކަމެއްނޫނެވެ. މިއީ ހަތްވަނަ އުޑުގެ މަތިން ޤަވާޢިދެއް ބާވާލައްވާފައިވާ ކަމެކެވެ. ޤަވާޢިދު ހަދަންވާނީ ދީނުގައި އެކަމެއްގައި ގޮތެއް ކަނޑައެޅިފައި ނުވާ ކަންކަމުގައި ދީނާ ޚިލާފު ނުވާގޮތަށެވެ.

- މިފަދަ ކަންކަމުގައި ސަރުކާރާއި، ދީނީ ޢިލްމުވެރިންގެ އެހީތެރިކަމަކީ ރައްޔިތުންނަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. މައިންބަފައިންގެ އެހީތެރިކަން ދަރިންނަށްވެސް ބޭނުންތެރިވާފަދައިންނެވެ.

- އަޅުގަނޑުގެ ހެޔޮ ދުޢާއަކީ މާތް ﷲ މިދިވެހި ދީބުގެ އެއްމެހައި ރައްޔިތުންނަށް ހެޔޮވިސްނުންދެއްވައި، އެކަލާނގެ މަގަށް ތަބާވުމުގެ ހެޔޮ ތައުފީޤުދެއްވުމެވެ.


المراجع والمصادر

1. القرآن الكريم
2. ޤުރްއާނުގެ މާނަ ތަންޒިލް ޑޮޓް ނެޓުން ޑައުންލޯޑް ކުރެވިފައި. http://tanzil.net
3. އުލޫމުލް ހަދީޘް – 2003، އަހުމަދު ފާރޫޤު މުހައްމަދު
4. މުޙައްމަދުއްޠާހިރު އިބްނި ޢާޝޫރު، ފަޟީލަތުލްޢައްލާމަތުއްޝައިޚު.(2000). މަޤާޞިދުއްޝަރީޢާ އަލްއިސްލާމިއްޔާ. އުރުދުން:ދާރުއްނަފާއިސް
5. މިނިސްޓްރީ އޮފް އިސްލާމިކް އެފެޔާސްގެ ވެބްސައިޓް، 27 ފެބުރުވަރީ 2015
6. ދަރުމަ، 2009
7. އިސްލާމް ޓްޑޭ ވެބްސައިޓް ، 2 މާރިޗް 2015
Read more...

ރައީސް މައުމޫން ދައުރުގައި ޝަރުއީ ނިޒާމް

1.5.24 0
ރައީސް މައުމޫނުގެ ކުރުތަޢާރަފެއް:-
މއ. ކާމިނީގޭ ޢަބްދުﷲ މައުމޫން ޚައިރީ ( ފަހުން މައުމޫން އަބްދުލް ޤައްޔޫމް) އުފަންވެ ވަޑައިގަތީ 29 ޑިސެމްބަރ 1937، (26 ޝައްވާލް 1356) ވީ ބުދަ ދުވަހުގައެވެ. ޅަފަތުގެ ދުވަސްވަރާއި ތުއްޕުޅުއިރުގެ ޙަޔާތްޕުޅު ހޭދަކުރެއްވީ މަންމާފުޅާއި ބައްޕާފުޅުގެ އޯގާތެރި ބެއްލެވުމުގެ ދަށުގައި މއ. ކާމިނީގޭގައެވެ. ގޭތެރޭގެ ނަންފުޅެއްގެ ގޮތުން މަޝްހޫރުވެފައިވަނީ ޅަސީދީ އެވެ.

ބައްޕާފުޅު ޢަބްދުލް ޤައްޔޫމް އިބްރާހީމްގެ އަރިހުން ޅަފަތުގެ ތަޢްލީމު އުނގެނިވަޑައިގަންނަވަމުން މަދްރަސަތުއް ސަނިއްޔާ (ފަހުން މަޖީދިއް ސްކޫލް) އަށް ވަޑައިގަތެވެ. އެއަށްފަހު ސިލޯނުގައި ދުވަސްކޮޅަކު ކިޔަވާވިދާޅުވުމަށްފަހު މިޞްރަށް ވަޑައިގެން އަލްޖާމިޢުލްއަޒްހަރުން މަތީ ތަޢުލީމު ޙާޞިލުކުރެއްވިއެވެ. އެ ޔުނިވަރސިޓީގެ [ކުއްލިއްޔަތުއްޝަރީޢާ ވަލްޤާނޫން] ގައި އިސްލާމީ ޝަރީޢާ އާއި ޤާނޫންގެ ރޮނގުން ފުރަތަމަ ޑިގްރީއާއި މާސްޓަރސް ޑިގްރީ ފުރިހަމަ ކުރެއްވި އެވެ.

11 ނޮވެމްބަރ 1978 ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާއި ޙަވާލުވެވަޑައިގަތެވެ.

ޤާނޫނު އަސާސީތަކުގައި ޝަރުޢީ ނިޒާމް އޮތްގޮތް

ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ(22 ޑިސެމްބަރ 1932) ޤާނޫނު އަސާސީގައި، ޢަދުލު އިންސާފު ޤާއިމުކުރުމަށް ވަރަށް މުހިއްމު ކަންކަން ހިމެނާފައި ވެއެވެ. މިގޮތުން ފާހަގަކޮށްލެވޭ ކަންތައްތަކަކީ:-
" ދިވެހީންނަކީ ޤާނުނުގެ ކުރިމަތީގައި ހަމަހަމަވެގެންވާ ބަޔެކެވެ. އެމީހުންގެ އެންމެންނަކީ ސިޔާސިއްޔަ ޙައްޤުތާކައި މަދަނިއްޔަ ޙައްޤުތަކުން ލާބަޔާއި ފަސޭހަކަން ލިބިގަތުމާއިމެދު، އެންމެން އެއްވަރުވެގެންވާ، ބަޔެކެވެ. އެމީހުންގެ މައްޗަށް ޤާނުނުގެ ފަރާތުން ވާޖިބުކުރާ ކަންތަކާއި، ޢާއްމުވެގެންވާގޮތުން ލާޒިމްވާ ކަންތައްތަކުގައި، އެންމެން ހަމަހަމަވެގެންވާ ބަޔެކެވެ. ދިވެހި ރައްޔިތަކު ފިޔަވައި، ބިދޭސީޔަކަށް ކޮންމެހެން ބޭނުމެއް ޖެހިގެންމެނުވީ ، ދައުލަތުގެ އެއްވެސް ކަމެއް ނުދެވޭނެއެވެ."
" ޤާނޫނުގައި ކަޑައެޅިގެންވާ ޙުކުމެއްގެ މައްޗަށް މެނުވީ އެއްވެސް އިންސާނަކުގެ ގަޔަށް އަތްލައި ، ހިފައި ހައްޔަރުކޮށްގެން ނުވާނެއެވެ." 
" ޤާނޫނުގައި ބަޔާންވެ ކަޑައެޅިގެންވާ ކުށެއްގެ މައްޗަށް މެނުވީ އެއްވެސް މީހަކަށް އަދަބެއް ދީގެން ނުވާނެއެވެ. އަދި އެއްވެސް ޙާލެއްގައި އަނިޔާއެއް ކަމުގައި ހިމެނޭ ހާނީއްކަޔެއް ކޮށްގެން ނުވާނެއެވެ" 
ދިވެހިރައްޔިތަކު ދިވެހިރާއްޖެއިން ބޭރުތަނަކަށް އަރުވަޔެއް ނުލެވޭނެއެވެ. އަދި ޤާނޫނުގައި ކަޑައެޅިގެންވާ ގޮތުންމެނުވީ، އެއްވެސް މީހަކު ރާއްޖޭގެ ވަކިރަށަކަށް އަރުވައިލައިގެން ނުވާނެއެވެ. އަދި ވަކިތާކު ހުރުމަކަށް އަމުރު ކޮށްގެންނުވާނެއެވެ." 
ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އަށް ޢަމަލުކުރަން ފެށުމާއިއެކު، ވެރިކަމުގެ ބާރު ހޯދުމަށް ބޭނުންވާ ސިޔާސީ ބައެއް ބޭފުޅުންގެ ސަބަބުން މި ޤާނޫނު އަސާސީ ކަމުނުދާކަމުގެ ވާހަކަތައް ރައްޔިތުންގެ ތެރޭގައި ފަތުރުމުގެ ސަބަބުން ރައްޔިތުން ނިކުމެ އުވާލިއެވެ. މީގެ ފަހުން ވެސް ޤާނޫނު އަސާސީތައް އެކުލަވާލެވި އޭގެ މައްޗަށް ޢަމަލުކުރެވި، އަސާސީތަކަށް އިސްލާހުތައް އައިސް ، ރައީސް މައުމޫނުގެ ރިޔާސީ ދައުރަށް ފެށުނުއިރު ޢަމަލު ކުރަމުން ގެންދިޔައީ ދިވެހިން ދުށް 5 ވަނަ ޤާނޫނު އަސާސީއަށެވެ. އެއީ 11 ނޮވެމްބަރު 1968 ގައި ޢަމަލުކުރަން ފެށުނު ޤާނޫނު އަސާސީއެވެ.
ދައުލަތުގެ އެންމެހާ ބާރުތަކެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާ، ދެންނެވުނު ބާރުތަކުގެމަތިން ދައުލަތުގެ އެންމެހާ ކަންތައްތައް ހިންގާނީ ރައީސުލްޖުމްހޫރިއްޔާ އާއި، ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުންކަމަށް 20 ވަނަ މާއްދާގައި ވެއެވެ. އެއާއެކު ރައީސުލް ޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާކަމަށް 21 ވަނަ މާއްދާގައި ބަޔާންކުރެވިފައި ވެއެވެ.
85 ވަނަ މާއްދާގައިވަނީ ޝަރީޢަތުގެ އެންމެހާ ކަންތައްތައް ހިންގާނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ބައެއްކަމުގައެވެ. ޤާނޫނު އަސާސީއާ ޚިލާފު އެއްވެސް ޤާނޫނެއް ހަދައިގެން ނުވާނެކަމަށް 86 ވަނަ މާއްދާގައި ބަޔާންކުރެވިފައިވެއެވެ.

ރައީސް މައުމޫނު ރައީސްކަމާއި ޙަވާލުވެލެއްވިއިރު އޮތް ޝަރުޢީ ނިޒާމް
ރައީސް އަލްމަރުހޫމު އިބުރާހީމް ނާސިރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ދުވަހު، 11 ނޮވެމްބަރ 1968ގައި މިނިސްޓަރ އޮފް ޖަސްޓިސްކަމަށް ޢައްޔަން ކުރެވުނީ އަލްއުސްތާޛު މޫސާ ފަތުޙީއެވެ."
މަތީގައި ބަޔާންކުރެވުނު ނިޒާމަކީ ވެރިކަން ހިންގުމުގެ ބާރު ވަރަށް ފުރިހަމައަށް ޝަރުޢީ ނިޒާމުގެ މައްޗަށް ކުރި ހޯދި ނިޒާމެކެވެ. މިއީ ޢަދުލު އިންސާފު އެންމެ ފުރިހަމައަށް ޤާއިމުކުރެވޭނެ ނިޒާމެއް ނޫނެވެ. އަތޮޅު ތަކުގައި އަތޮޅު ކޯޓްތައް އުފެދުނެވެ. ޖަސްޓިސް މިނިސްޓްރީ އުފެދި ، އެ މިނސްޓްރައިގައި ތަފާތު ޑިވިޒަންތައް އުފެދި އެކި ޑިވިޒަނުން އެކި ޝަރީޢަތްތައް ކުރަމުން ގެންދިޔައެވެ. ނަމަވެސް މި ނިޒާމަށް 10 އަހަރު ފާއިތުވިއެވެ. ރައީސް މައުމޫނު ވެރިކަމާއި ޙަވާލުވަންދެން ވެސް މި ނިޒާމަށް ޝަރީއަތްތައް ކުރަމުން ގެންދިޔައެވެ. ނަމަވެސް މިދައުރުގައި ވެރިކަން ހިންގުމުގެ ބާރުން ޝަރުޢީ ނިޒާމެއް މިނިވަނެއް ނުވިއެވެ.

ރައީސް މައުމޫނު ދައުރުގައި ޝަރުޢީ ނިޒާމަށް އައި ބަދަލުތައް
ރައިސް މައުމޫނަކީ ޢަދުލު އިންސާފަށް ލޯބިކުރެއްވި ބޭފުޅެއްކަމަށްހެދިގެން އުޅުއްވި ބޭފުޅެކެވެ. މީހުންގެ ލޯމައްޗަށް ބަދަލު ގެންނަކަމަށް ދެއްކިއެވެ. ކުރިހާވޭސް ކަމަކީ ތިމާގެ ބާރުގެ ދަށަށް ޝަރުޢީ ނިޒާމު ގެނެސް ސިޔާސީ މީހުންނަށް ބިރުދެއްކުމަށްޓަކައި ޝަރީޢަތްކުރާނެ "ފުލުސްކޯޓް" ގެ ނަމުގައި ކޯޓެއް އުފައްދާ، ޝަރީޢަތްތައް އެ ކޯޓުން ކުރަންފެށީމައެވެ.
1. މައުމޫނު ޢަބުދުލްޤައްޔޫމު ރައިސްކަމާއި ޙަވާލުވެ ވަޑައިގަތުމަށްފަހު، ޝަރީޢަތުގެ ދާއިރާއަށް ގެންނެވި ފުރަތަމަ ބަދަލަކީ 11 ފެބުރުއަރީ 1979 ގައި "ފުލުސްކޯޓް" ގެ ނަމުގައި ކޯޓެއް އުފެއްދެވުމެވެ. 
2. ދެވަނަ ބޮޑު ބަދަލަކީ އަތޮޅު ކޯޓްތައް 17 ޖުލައި 1979 ގައި އުވައިލައްވައި، ކޮންމެ ރަށެއްގައި ރަށުކޯޓެއް ޤާއިމުކުރެއްވުމެވެ. މި ރަށުކޯޓްތައް ސީދާ ހިނގަމުން ދަނީސީދާ މިނިސްޓްރީ އޮފް ޖަސްޓިސް ގެ ދަށުންނެވެ. އަދި ރަށުކޯޓްތަކަށް ޤާޟީންވެސް ލެއްވިއެވެ." 
3. 1980 ވަނަ އަހަރު މިނިސްޓްރީ އޮފް ޖަސްޓިސް ގެ ޑިވިޜަންތަކުގެ ނަންތައް މިނިސްޓްރީ އޮފް ޖަސްޓިސް ގެ ކޯޓް ނަންބަރު 1 ން ފެށިގެން ކޯޓް ނަންބަރު 8 އާ ހަމައަށް ހަމަޖެއްސުނެވެ.
4. 1994 ވަނަ އަހަރު މިނިސްޓްރީ އޮފް ޖަސްޓިސް ގެ 8 ކޯޓްގެ މަސައްކަތް އަލުން ތަރުތީބުކޮށް މިނިސްޓްރީ އޮފް ޖަސްޓިސް ގެ 8 ކޯޓްގެ މަސައްކަތް 4 ކޯޓަށް ބަދަލުކޮށް ، ކޯޓް ނަންބަރު 1 އާއި ކޯޓް ނަންބަރު 2 އާއި ، ކޯޓް ނަންބަރު 3 އާއި ، ކޯޓް ނަންބަރު 4 އުފެދުނެވެ.
5. 1997 ވަނަ އަހަރު އޮގަސްޓްމަހުގެ 1 ގައި މިނިސްޓްރީ އޮފް ޖަސްޓިސް ގެ 4 ކޯޓް އުވާލައްވައި އެ ކޯޓްތަކުން ކުރަމުން ގެންދިޔަ މަސައްކަތް އަލުން ތަރުތީބުކޮށް އެ މަސައްކަތްތައް ކުރުމަށް މިނިސްޓްރީ އޮފް ޖަސްޓިސްގެ ދަށުގައި މަދަނީ ކޯޓާއި، ޖިނާއީ ކޯޓާއި، ޢާއިލާއާބެހޭ ކޯޓާއި، ކުޑަކުދީންނާބެހޭ ކޯޓްގެ ނަމުގައި 4 ކޯޓް އުފައްދަވާ މިއިން ކޮންމެ ކޯޓަކަށް އިސްޤާޟީއެއް ޢައްޔަނުކޮށް އިސްޤާޟީންގެ އިތުރުން ކޮންމެކޯޓަކަށް އިތުރު ޤާޟީން ޢައްޔަނު ކުރެވުނެވެ.
6. 1980 ވަނައަހަރު ދިވެހިރާއްޖޭގެ ހައިކޮޓް އުފައްދަވައިފައި ވެއެވެ. ހައިކޯޓް އުފެދުނީ ޤާނުނު ނަންބަރު 68/3 ޖ ގެ 3 ވަނަ ޗެޕްޓަރަށް ގެނެވުނު 64 ވަނަ އިޞްލާހުގެ ގޮތުގައި ސަރުކާރުންގެ އެހެން ވެސް އޮފީހެކޭ އެއްގޮތަށެވެ.
7. ރައީސް މައުމޫނު ވެރިކަމާއި ޙަވާލުވެ ލެއްވުމާއި ގުޅިގެން ޤާނޫނު އަސާސީ އިސްލާޙުކުރުމަށް ޓަކައި ޚާއްޞަ މަޖިލިސް އެކުލަވާ ލައްވާ އެކަން ފެށްޓެވިއެވެ. މިކަން ފުރިހަމަވީ 17 އަހަރު ދުވަހުންނެވެ. މިހާ ގިނަ ދުވަހުން އިސްލާޙުކުރެވުނު، ޤާނޫނު އަސާސީގައި ޝަރުޢީ ނިޒާމަށް އެއްވެސް ކުރިއެރުމެއް ނުލިބެއެވެ. ވެރިކަމުގެ ބާރުގެ ދަށުން މިނިވަނެއް ނުވިއެވެ.
8. 1ޖެނުއަރީ 1998 ގައި ޢަމަލުކުރަންފެށި ޤާނޫނު އަސާސީގެ 39 ވަނަ މާއްދާގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ޢަދުލުއިންސާފު ޤާއިމުކުރުމުގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
މި ބަދަލުތަކުންވެސް ޝަރުޢީ ނިޒާމު، ވެރިކަން ހިންގުމުގެ ނިޒާމުގެ ދަށުން މިނިވަނެއް ނުވެއެވެ. މައްސަލަތައް ބަލާ ތަންތަނުގެ ނަންތަކާއި އެ ތަންތަނުގެ ޢަދަދަށް ބަދަލު އަންނަކަން ފިޔަވައި އިތުރު ބަދަލެއް ގެނެވުނުކަމަށް ނުބުނެވޭނެއެވެ. ޝަރުޢީ ނިޒާމުގެ ކޮންޓްރޯލް އޮންނަނީ ވެރިކަން ހިންގާ ބާރުގެ ދަށުގައެވެ. އެތަންތަނަށް ފަނޑިޔާރުން ނުވަތަ ޤާޟީން ޢައްޔަނު ކުރައްވަނީ ރައީސުލް ޖުމްހޫރިއްޔާއެވެ.
މި އިޞްލާޙުކުރެވުނު ޤާނޫނު އަސާސީގެ ސަބަބުން، ޝަރުޢީ ނިޒާމު ސީދާ ވެރިކަން ހިންގާ ފަރާތުގެ ބާރަށް ދިއަފުރަތަމަ ފަހަރެވެ. މީގެކުރިން މި ގޮތަށް އެއްވެސް ޤާނޫނު އަސާސީއެއްގައި ބަޔާންކޮށްފައި ނުވެއެވެ.
އަދި 1998 ގައި ޢަމަލުކުރަން ފެށުނު ޤާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަކީ ކޯޓްތަކުން ނިންމާ މައްސަލަތައް އިސްތިޢުނާފުކުރެވޭނެ އެންމެ މަތީ މަރުޙަލާއެވެ. ޝަރުޢީ އެންމެ ފަހު ބަސްބުނާ ފަރާތާއި ވެރިކަން ހިންގާ ފަރާތް އެކަކަށްވީއެވެ. މިއީ ދައުލަތް ހިންގުމުގެ 3 ބާރުގެ ތެރެއިން 2 ބާރު އެކުވީއެވެ.
1998 ގައި ޢަމަލުކުރަން ފެށުނު ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ޢަދުލު އިންސާފު ލިބުނުކަމަކަށް ނުބެލެވެއެވެ. އެއީ އެކެއްގެ އަތްމަތީގައި، ބާރުތައް އޮތުމުން ލިބުނު ގެއްލުމެކެވެ. މިކަމުގެ ސަބަބުން ޤައުމުގައި ޢަދުލު އިންސާފު ހަރުދަނާ ނުކުރެވި، ބޮޑެތި މައްސަލަތައް އުފެދި ، ޖަލުގައި ބަންދުކޮށްފައިވާ ބައެއް ޤައިދީންގެ ގަޔަށް 19 ސެޕްޓެމްބަރ 2003 ގައި ، ބަޑިޖަހާ 3 މީހުން މަރުވެ، އެތައް ޤައިޑިންނެއް ޒަޚަމުވި ޙާދީޘާއާއި، 2004 އޯގަސްޓް 12 އަދި 13 ގެ ޙާދިޘާ ހިނގުމުގެ ސަބަބުން ، ރައްޔިތުންގެ ކުރިމަތީގައި ރައީސުލްޖުމްހޫރިއްޔާގެ އަގުވަނީ މުޅީންވެއްޓިފައެވެ. މިކަމުގެ އަޞްލަކީ މި އިޞްލާޙުކުރެވުނު ޤާނޫނު އަސާސީއޭ ވެސް ބުނެވިދާނެއެވެ.

1998 ވަނަ އަހަރު ޢަމަލުކުރަން ފެށުނު ޤާނޫނު އަސާސީގައި ޝަރުޢީ ނިޒާމް
1998 ވަނަ އަހަރު ޢަމަލުކުރަން ފެށުނު ޤާނޫނު އަސާސީގައި ދިވެހި ރައްޔިތުންނަށް ލިބިގެންވާ 24 އަސާސީ ޙައްޤެއްގެ ވާހަކަ ބަޔާންކޮށްފައިވެއެވެ. ނަމަވެސް އަޅުގަޑަށް ދެންނެވޭނީ ، މި ޤާނޫނު އަސާސީގައި ދިވެހި ރައްޔިތުންނަށް ލިބިދޭންޖެހޭ އެހެން ނަމަވެސް ނުލިބޭ އަސާސީ ޙައްޤުތަކެއްގެ ވާހަކަ ދިވެހި ރައްޔިތުން ދައްކަމަުން ގެންދެއެވެ. މީގެތެރޭގައި، ޤާނޫނު އަސާސީން ލިބިދޭ، ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ޙައްޤާއި، އަދި ވަޒީފާ އަދާކުރާ ކޮންމެ މުއައްޒަފަކަށް ލިބެނެޖެހޭ ޕެންޝަނުގެ ޙައްޤު އޮތީ ފުރިހަމައަށް ނުލިބި ބައިކުޅަބައި ކޮންމެވެސް މިންވަރަކަށް ވަރަށް ފަހުން ލިބެންފަށާފައެވެ. ތެދުތެދަށް ދަންނަވަނީނަމަ ބުނެވޭނީ 2003 ގެ ފަހުންނެވެ.
މީގެ އިތުރުން ޤާނޫނުތަކާއި އަދި ޤަވާއިދުތަކާއި ޚިލާފަށް މީހުން ހިފާ ހައްޔަރުކުރެއެވެ. ޝަރީޢަތް ނުކޮށް ބަންދުގައި ބައިތިއްބައެވެ. ސަރުކާރުން ކަންތައްތައް ކުރާ ގޮތުގެ ވާހަކަ ނޫސްތަކުގައި ލިޔާ މީހުން ހިފާ ހައްޔަރު ކުރެއެވެ.
އިސްވެ ދެންނެވުނު ކަންތައްތައް ތަންފީޒު ކުރެވިފައިވާ ގޮތަށް ބަލާއިރު މައުމޫން ޢަބްދުލް ޤައްޔޫމްގެ ދައުރު ނިމުމާއި ހަމަޔަށްވެސް ދިވެހި ޤައުމު އޮތީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައެވެ. ނަމަވެސް އިސްލާމީ ޝަރީޢަތް ތަންފީޒު ކުރުމުގައި މައުމޫން ޢަބްދުލް ޤައްޔޫމްއަށް އަލިމަގެއް ހޯއްދެވިފައި ނުވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ވައްކަންކުރުމުން އަތްކެނޑުމާ، ރިބާއާ ގުޅުންހުރި މައްސަލަތަކާ، ޒިނޭކުރާ މުޙްޞަނުން ރަޖަމްކުރުމާ، ޤަޞްދުގައި މީހަކު މަރައިފި މީހަކު، ނިޔާވި ފަރާތުގެ ވާރުތަވެރިން ބޭނުންވި ނަމަވެސް ނުމެރުން ފަދަ ޝަރުޢީ ނައްޞުން ސާބިތުވާންހުރި ކަންކަމުގައި ދީނުގައިވާގޮތަށް ޙުކުމްކުރާނެ މާޙައުލެއް ޤާއިމް ކުރެވިފައި ނެތްކަން ހިތާމަޔާއެކު ފާހަގަކުރެވެއެވެ.
އިންސާނީ ޙައްޤުތައް ޙިމާޔަތްނުކުރެވި، ހަމަކަމާއިއެކު ޢަދުލު އިންސާފަށް ޝަރުޢީ ނިޒާމު ބައްޓަން ވެގެން ގޮސްފައިނުވަނީ، ޝަރުޢީ ނިޒާމަކީ މިނިވަން ނިޒާމަކަށް ނުވީތީއެވެ. ޤާނޫނު އަސާސީއަށް އިސްލާޙުތައް އައި އިރުވެސް ޝަރުޢީ ނިޒާމު މިނިވަންވެފައި ނުވީ، ވެރިކަމުގެ ބާރުން ރައްޔިތުންނަށް ޢަދުލު އިންސާފު ޤާއިމުކޮށްދޭން ބޭނުންނުވާތީއެވެ.

ޤާނޫނުގެ މަސްދަރުތައް
1998 ގައި ޢަމަލުކުރަން ފެށުނު ޤާނޫނު އަސާސީގެ 148ވަނަ މާއްދާއިން ދޭހަވަނީ ، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި ނިޔާކަނޑައެޅުމަށާއި އަދި ޤާނޫނުތަކާއި ޤަވާޢިދުތައް ހަދަންޖެހޭނީ ޤާނޫނު އަސާސީއާއި އެއްގޮތަށް ކަމަށެވެ. އެހެންވީމާ ޤާނޫނުގެ މަސްދަރަކީ ޤާނޫނު އަސާސީއެވެ. ނަމަވެސް މި ޤާނޫނު އަސާސީގެ 1 ވަނަ މާއްދާއިން އިސްލާމީ ޝަރީއަތާއި އަދި ޑިމޮކްރެޓިކް އުޞޫލްތަކާއި އެއްގޮތަށް ވެރިކަމެއް ކުރަންޖެހޭނެކަން ބަޔާންކޮށްފައިވެއެވެ.

ރައީސް މައުމޫނު ދެއްވާފައިވާ ރިޔާސީ ބަޔާންތަކުންވެސް ޝަރުޢީ ދާއިރާ އިތުރަށް ތަރައްޤީކުރަން ރާވާފައިވާ ކަންތަކާއި އަދި ކުރައްވާފައިވާ ކަންތައް އެބަހުއްޓެވެ. ނަމަވެސް މިއިން އެއްވެސް ބަޔާނެއްގައި ޝަރުޢީ ދާއިރާ ވެރިކަން ހިންގުމުގެ ބާރުން މިނިވަންވާނެ އެއްވެސް ވާހަކައެއް ނެތެވެ. ޢަދުލު އިންސާފަކީ އިސްލާމްދީނުގައި އެންމެ މުހިއްމު އެއްކަމަށްވީއިރު، 30 އަހަރުންވެސް ޝަރުޢީ ނިޒާމް މިނިވަން ނުކުރެއްވީ ހިތުގައި އިޚުލާޞްތެރިކަމެއް ނެތީމަކަމަށް އަޅުގަޑަށް ދެންނެވިދާނެއެވެ.

މަސްދަރުތައް

1- ޤާނޫނު އަސާސީ- 1968
2- ޤާނޫނު އަސާސީ- 1997
3- ޤާނޫނު އަސާސީ- 2008
4- އަލް އުސްތާޛު ޙުސްނުއްސުޢޫދު ، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމް- 2007.
5- ޕްރެޒިޑެންޝަލް އެޑްރެސްތައް(1) – 2007 ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް.
6- ޕްރެޒިޑެންޝަލް އެޑްރެސްތައް(2) – 2008 ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް.
7- ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބުދުލް ޤައްޔޫމު ރިޔާސީ އައު ދައުރުތަކަކަށް ހޮވުމަށްފަހު ޤައުމާއި މުޚާޠަބުކުރެއްވުން-2007 ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް.
8- މޫންލައިޓް 1978 ، ވިކިޕީޑީއާ ، މައުމޫން ޢަބްދުލް ޤައްޔޫމް http://dv.wikipedia.org/wiki (05/11/2013 ، 12:00)
9- ވިކިޕީޑީއާ / މައުމޫން ޢަބްދުލް ޤައްޔޫމް http://dv.wikipedia.org/wiki (05/11/2013 ، 12:20)
10-  މޫންލައިޓް 1978 ،/ ވިކިޕީޑީއާ / މައުމޫން ޢަބްދުލް ޤައްޔޫމް http://dv.wikipedia.org/wiki (01/11/2013 ، 10:10)
11- ވިކިޕީޑީއާ / މައުމޫން ޢަބްދުލް ޤައްޔޫމް http://dv.wikipedia.org/wiki (01/10/2013 ، 10:10)
12- ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ – 1932
13- ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމް- 2007
Read more...

ޟަރޫރަތްތެރިކަމަކީ މަނާ ކަންކަން ހުއްދަ ކުރާކަމެއް

1.5.24 0

"ޟަރޫރަތްތެރިކަމަކީ މަނާ ކަންކަން ހުއްދަ ކުރާކަމެއް ކަމާއި ބޭނުންތަކަކީ ޟަރޫރަތް ކަމުގައި ބައެއް ހާލަތްތަކުގައި ބެލޭނެ" ކަމަށް އޮންނަ ފިގުހީ ގަވައިދުތަކުގެ ބޭނުން ހިފުމަކީ އިސްލާމްދީނުގެ ލުއިފަސޭހަކުރުމުގެ ތެރެއިން ހިމެނޭ ކަންކަމެވެ. ހަމަ އެފަދައިން ނައްސެއް ނެތް ހާލަތްތަކުގައި ޝަރުއީ މަސްދަރުތަކުގެ ގޮތުގައި މަސްލަހަތަށް ބެލުމާއި ރަނގަޅު ގޮތް އިޚުތިޔާރުކުރުމާއި ތަނުގެ އާދަކާދަތަކަށް ބެލުމާއި ނުބައިކަމުގެ މަގު ބަންދުކުރުން ފަދަ ކަންކަން އެއީ ޝަރީއަތުގެ މަސްދަރުތަކުގެ ގޮތުގައި ބެލުމަކީ ވެސް ލުއިފަސޭހަ ކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ޙަރާމް އެއްޗިއްސާއި ކަންކަމަކީ ﷲ ތަޢާލާ އެއްޗަކުން/ކަމަކުން ދުރުހެލުވުން ލާޒިމް ކުރައްވާފައިވާ ކޮންމެ ކަމެކެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ އެކަމެއް ނުކޮށް ދޫކޮށްލުމުން ޘަވާބު ލިބޭ ކުރުމުން ޢިޤާބު ލިބޭ ކަންކަމެވެ.
ނަމަވެސް އިސްތިޘްނާއީ ޙާލަތެއް މެދުވެރި ވުމަކީ އެކަށީގެން ވާކަމެކެވެ. އެފަދަ ޙާލަތްތަކަކީ ޟަރޫރީ ޙާލަތެވެ. އެފަދަ ޙާލަތުގައި ކުރުން ޙަރާމްކަމެއް ޟަރޫރީ މިންވަރަށް އަޞްލުން އިސްތިޘްނާކުރެވި ހުއްދަކުރެވެތެވެ. މިސާލަކަށް ސަހަރާއެއްގައި ހާލުގައިޖެހިފައިވާ މީހަކު ދިރިހުންނާނެ މިންވަރަށް އޫރު މަސްކެއުމަކީ ހުއްދަކަމެކެވެ.

އާއްމުގޮތެއްގައި ޟަރޫރަތު ސަބަބުތައް ބެހިގެން ވަނީ ތިންބަޔަކަށެވެ.

ފުރަތަމަބައި: މަޖުބޫރީ ހާލަތެއްގައި ހަރާމްކަމަކަށް އަރައި ގަތުން
ތަކްލީފު ލިބިގެންވާ މީހާއަށް ދިމާވާ މަޖްބޫރީ، ޙާލަތަކަށްޓަކައި، ދެވޭ ލުޔެއްގެ ގޮތުގައި ދެވިފައިވާ ރުޚްޞާއި ލުއިފަސޭހަ ކަމުގެ ދަށުން އިސްލާމްދީނުގައި ކަނޑައެޅިގެން ކުރުން މަނާކުރައްވައި ހަރާމްކުރައްވައިފައިވާ ބައެއް ކަންކަން ވަގުތީގޮތުން ކުރުމުގެ ހުއްދަ ލިބިގެން ވުމެވެ. މިސާލަކަށް އެ މީހެއްގެ ހިތުގައި މާތްﷲ އަށް އީމާންކަން އޮތުމާއެކު ކުފުރުގެ ބަސްތައް ބުނުމާއި މީހެއްގެ މުދާތައް ހަލާކުކޮށްލުމާއި ރަމަޟާންމަހު ދުވާލު ކެއުން ބުޔުމާއި މީހަކު ބަނޑުހައިގަނެގެންފައިވާ ޙާލަތުގައި ކާނެބޯނެ އެއްވެސް އެއްޗެއް ނެތް ދަނޑިވަޅެއްގައި އެ މީހެއްގެ ފުރާނައަށް ނުރައްކާވެ މަރުވާ ހިސާބަށް ގޮސްފައިވާނަމަ އެ މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ މުޅަ ތަކެތި ކެއުމާއި ބަނގުރައު ބުޔުމާއި މިނޫންވެސް މިފަދަ އެހެނިހެން ކަންކަން ހިމެނިގެން ވެއެވެ.

މިބާވަތުގެ ޟަރޫރަތުގެ ޝަރުޢީ ޙުކުމް:
މިފަދަ މަޖްބޫރީ ޙާލަތްތަކުގައި، ކުފުރުގެ ބަސްތައް ބުނުން ފިޔަވައި އިސްވެ ބަޔާންކުރެވުނު ފަދަ ކަންތައްތަކަށް، އަރައިގަނެވި އެފަދަ ކަންތައްތައް ކުރެވުމަކީ ޝަރުޢީ ގޮތުން ބަލާއިރު ހުއްދަ، ކުރުން އެދެވިގެންވާ ކަންކަމެވެ. މާތްﷲ ވަހީ ކުރައްވާފައިވެއެވެ.

މުސައިލަމާ އެނެއް މީހާގެ ކައިރީގައިވެސް ހަމަ މި ސުވާލު މިގޮތަށް ކުރުމުން އޭނާ ބުންޏެވެ. މުހައްމަދުގެފާނަކީ މާތްﷲގެ ރަސޫލާއެވެ. ދެން މި ނުބައި މުސައިލަމާ އޭނާއަކީ ކާކުތޯ އެމީހާއާއި ސުވާލު ކުރިއެވެ. އެވަގުތު އެމީހާ ބުންޏެވެ. އަހަރެންނަކަށް އަޑެއް ނީވެއެވެ. އަހަރެންނަކީ ބީރު މީހެކެވެ. 3 ފަހަރަށް މި ސުވާލު އޭނާއާއި ކުރުމުންވެސް އެމީހާގެ ޖަވާބަކަށްވީ ހަމަ މި ޖަވާބެވެ. އަހަރެންނަކަށް އަޑެއް ނީވެއެވެ. އަހަރެންނަކީ ބީރު މީހެކެވެ. އޭގެ ފަހުގައި މުސައިލަމާ އެމީހާ ޤަތުލު ކޮށްލިއެވެ.

މިހަބަރު ކީރިތި ރަސޫލާއަށް ދެންނެވުމުން ކީރިތި ރަސޫލާ ހަދީޘް ކުރެއްވިއެވެ. ފުރަތަމަ މީހާ ހިފީ އިސްލާމްދީނުގައި މާތްﷲ ލައްވާފައިވާ ރުޚްޞާ (ލުއިފަސޭހަކަމު) ގައެވެ. އަދި ދެވަނަމީހާ ސާބިތުކަމާއެކު އެދިފާޢުކުރީ މާތްﷲގެ ޙައްޤު ދީނެވެ. އޭނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތަށް މަރްޙަބާއާއި ތަހްނިޔާ ހުއްޓެވެ.

ޢައްމާރު ބުން ޔާސިރާއި ހުބައިބު ބުން ޢަދިއްޔާއި ދެބޭކަލުންނަށްވެސް ހަމަ މިފަދަ ހާދިސާއެއް ދިމާވެފައި ވެއެވެ. ޢައްމާރުގެފާނުގެ ކުރިމަތީގައި އޭނާގ މަންމައާއި ބައްޕަ މައްކާގެ މުޝްރިކުން ޝަހީދުކޮށްލުމަށް ފަހުގައި ކުފުރުގެ ބަސްތައް ބުނެ މާތްﷲ އާއި އެކަލާނގެ ރަސޫލާއަށް ފުރައްސާރަ ކުރުމަށް މުޝްރިކުން ޢައްމާރުގެފާނަށްވެސް އަމުރު ކުރިއެވެ. އެވަގުތު އޭނާގެ ކުރިމަތީގައި އޭނާގެ މަންމައާއި ބައްޕަ ޝަހީދުކޮއްލި މަންޒަރު ދެކެފައި އެމީހުން އެ ބުނާ ކުފުރުގެ ބަސްތައް ނުކިޔައިފިނަމަ އޭނާވެސް ޤަތުލުކޮށް ޝާހީދުކޮށްލާނެކަމުގެ ބިރުވެރި ޔަޤީންކަން ވެރިވި ހިނދު، އެކަލޭގެފާނުގެ ހިތާއި މުޅިން ދެކޮޅަށް، އެފަދަ ކުފުރުގެ ބަސްތައް ކިޔައި މުޝްރިކުން އަޅުކަންކުރާ އިލާހުންތަކަށް މަދަޙައާއި ސަނާ ކިޔުމުން އެ ނުބައި ނުލަފާ މުޝްރިކުން އޭނާ ދޫކޮށްލިއެވެ. ހަމަ އެ ވަގުތު ޢަމާރުގެފާނު ހިތް ހިތާމައިން ފުރިގެންވާ ޙާލު ކަރުނައިން އެކަލޭގެފާނުގެ ދެ ލޯފުޅު ފުރި ރަތްވެގެންވާ ޙާލުގައި އޭނާގެ އިސްލާމްކަމާމެދު ވާނީ ކިހިނެއްތޯ ސާފުކޮށް ސުވާލު ދެންނެވުމުގެ ގޮތުން ކީރިތި ރަސޫލާގެ އަރިހަށް އައެވެ. އަދި އޭނާއާއި މެދު މުޝްރިކުން ކަންތައްކުރި ގޮތާއި އެ ޙާދިސާ ހިނގައިދިޔަގޮތް ކީރިތި ރަސޫލާއަށް ދެންނެވިއެވެ.

ދެވަނަ ބާވަތް: މަޖްބޫރީ ހާލަތަށްޓަކައި ވާޖިބުކަމެއް ދޫކޮށްލެވުމުގެ ޟަރޫރަތު
ޟަރޫރަތުގެ ބާވަތްތަކުގެ ތެރެއިން ދެވަނަ ބާވަތަކީ ތަކްލީފު ލިބިގެންވާ މީހާއަށް ދިމާވާ މަޖްބޫރީ، ހާލަތަކަށްޓަކައި، ދެވޭ ލުޔެއްގެ ގޮތުގައި ދެވިފައިވާ ރުޚްޞާއާއި ލުއިފަސޭހަ ކަމުގެ ދަށުން އިސްލާމްދީނުގައި ކަނޑައެޅީގެން ކުރުން ވާޖިބު ކުރައްވާފައިވާ ބައެއް ކަންކަން ވަގުތީގޮތުން ނުކޮށް ފަސްކޮށްލުމުގެ ހުއްދަ ލިބިގެން ވުމެވެ. މިސާލަކަށް ދަތުރުވެރިންނާއި ބަލިމީހުން ރޯދަ ދޫކޮށްލުން ފަދަ ކަންކަމެވެ.

މިކަން ބަޔާންކުރައްވައި މާތްﷲ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވައިފައި ވެއެވެ. މާނައަކީ: ފަހެ ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާމީހާ (ރަމަޟާން މަހުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ.

އަދިވެސް މިމާނައިގައި ވަޙީ ކުރައްވާފައިވެއެވެ. މާނައަކީ: ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި ހާޒިރުވެ ހުރެއްޖެ މީހާ، އެ މަހުގެ ރޯދަ ހިފާ ހުށި ކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ.

ތިންވަނަ ބާވަތް: މަޖްބޫރީ ހާލަތަށްޓަކައި ވާޖިބުކަމެއް ދޫކޮށްލެވުމުގެ ޟަރޫރަތު
ޟަރޫރަތުގެ ބާވަތްތަކުގެ ތެރެއިން ތިންވަނަ ބާވަތަކީ ތަކްލީފު ލިބިގެންވާމީހާއަށް ދިމާވާ މަޖްބޫރީ، ހާލަތަކަށްޓަކައި، ދެވޭ ލުޔެއްގެ ގޮތުގައި ދެވިފައިވާ ރުޚްޞާއާއި ލުއިފަސޭހަ ކަމުގެ ދަށުން ޢާއްމު އުޞޫލެއްގެ ގޮތުން އިސްލާމްދީނުގައި ކަންކުރަން އޮންނަގޮތް ނޫން ގޮތަކަށް ބައެއް ކަންތައްތައް ކުރުމުގެ ހުއްދަ ލިބިގެން ވުމެވެ. މިސާލަކަށް ވިޔަފާރީގެ ބައެއް މުޢާމަލާތުތައް ކަމުގައިވާ ސަލަމްގެ ވިޔަފާރިއާއި ޢާއްމު ފާޚާނާތަކަށް އަގުނެގުމާއި މިފަދަ މިފަދަ ބައެއް ޢަޤްދުތަކާއި ވިޔަފާރީގެ މުޢާމަލާތްތަކެވެ.
ޟަރޫރަތު ހާލަތުގައި ޢަމަލް ކުރުމުގައި ރަގަޅީ އަޒީމާ އަށްތަ ނޫނީ ޜުޚްސާ އަށްތަ؟

ބައެއް އިލްމުވެރިން ދެކިވަޑައިގަންނަވާގޮތުގައި އަމަލުކުރަންވާނީ ޝަރީއަތުގައި އެކަމެއް ކުރުމަށް ކަނޑައެޅިފައި އޮންނަގޮތަށެވެ.އެއީ އިއްތިފާގު ގަތުއީކަންތައްތަކެވެ.އަމަލުކުރުމަށްރަގަޅީ އަޒީމާކަމަށްދެކިލައްވާ މީހުން ދަލީލު ނަގަނީ މިއާޔަތުންނެވެ. الطَّلَاقُ مَرَّتَانِ ۖ فَإِمْسَاكٌ بِمَعْرُوفٍ أَوْ تَسْرِيحٌ بِإِحْسَانٍ ۗ وَلَا يَحِلُّ لَكُمْ أَن تَأْخُذُوا مِمَّا آتَيْتُمُوهُنَّ شَيْئًا إِلَّا أَن يَخَافَا أَلَّا يُقِيمَا حُدُودَ اللَّـهِ ۖ فَإِنْ خِفْتُمْ أَلَّا يُقِيمَا حُدُودَ اللَّـهِ فَلَا جُنَاحَ عَلَيْهِمَا فِيمَا افْتَدَتْ بِهِ ۗ تِلْكَ حُدُودُ اللَّـهِ فَلَا تَعْتَدُوهَا ۚ وَمَن يَتَعَدَّ حُدُودَ اللَّـهِ فَأُولَـٰئِكَ هُمُ الظَّالِمُونَ (އަލްބަގަރާ 229) މާނައީ: ވަރިކުރުންއޮތީދެފަހަރުއެވެ.ދެންއޮތީ ހެޔޮގޮތުގައި (އެކަނބަލުންނާއި)އިދެގެންއުޅުމެވެ.ނުވަތަ ހެޔޮކޮއްހިތުމާއިއެކުއެކަނބަލުން ދޫކޮށްލުމެވެ. އަދި އެދެމީހުން،ﷲ ކަނޑައަޅާފައިވާހުކުމްތައް ގާއިމް ނުކުރެވިދާނެ ކަމަށްބިރު ގަންނަނަމަ މެނުވީ، އެކަނބަލުންނަށް ތިޔަބައިމީހުން ދީފައިވާތަކެތީގެ ތެރެއިން އެއްޗެއް ތިޔަބައިމީހުން އަތުލުން ތިޔަބައިމީހުންނަކަށް ހަލާލު ވެގެނެއްނުވެއެވެ. ﷲ ކަނޑައަޅުއްވާފައިވާ ހުކުމްތައް އެދެމީހުނަށް ގާއިމްނުކުރެވޭނެކަމަށް ތިޔަބައިމީހުން ބިރުގަންނަނަމަ، ފަހެ، އެކަނބަލުންގެ ވަރިވުމަށް އެއްޗެއްދިނުމާއި، ދިންއެއްޗެއްހިފުމުގައި، އެދެމީހުންގެމައްޗަށް ކުށެއްނެތެވެ. ފަހެ އެއިންތައްފަހަނައަޅައި ތިޔަބައިމީހުންނުދާށެވެ! އަދި ﷲ ކަނޑަ އަޅައި ފައިވާއިންތައް ފަހަނައަޅައި ދާމީހުން (ދަންނާށެވެ!) އެއުރެންނީ ހަމައަނިޔާވެރިންނެވެ. މިގޮތަށް ދެކިވަޑައިގަންނަވާއިލްމުވެރިންގެ ތެރޭގައި އުސްތާޒް ޑރ. ޒިޔާދުބާގިރު އާއި އުސްތާޒް އިސްމާއިލްރިޔާޒުވެސް ހިމެނެއެވެ. އަދި އަޅުގނޑުވެސް ބޮޑަށް ބުރަވަނީ އަމަލުކުރުންބޮޑަށް ރަގަޅީ ޟަރޫރަތުގެ ހާލުގައި ލުއިގޮތުގައި ހިފުމެވެ.

ނަމަވެސް މިއާއިޚިލާފަށް އަލީ މުރުތަޟާ ގަބޫލުކުރާގޮތުގައި އަމަލުކުރުން އެއްމެ ރަގަޅީ ރުޚްސާއެވެ. މިކަމަށްދަލީލުލިބެނީ  يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ ۚ وَإِن كُنتُمْ جُنُبًا فَاطَّهَّرُوا ۚ وَإِن كُنتُم مَّرْضَىٰ أَوْ عَلَىٰ سَفَرٍ أَوْ جَاءَ أَحَدٌ مِّنكُم مِّنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ ۚ مَا يُرِيدُ اللَّـهُ لِيَجْعَلَ عَلَيْكُم مِّنْ حَرَجٍ وَلَـٰكِن يُرِيدُ لِيُطَهِّرَكُمْ وَلِيُتِمَّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ ﴿٦﴾އަލްމާއިދާ ސޫރަތުގެ ހަވަނަ އާޔަތުގެމާނައިގައިވެއެވެ.އޭއީމާންވެއްޖެމީހުންނެވެ!ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ،(އެބަހީ:ނަމާދުކުރަން ގަސްދުކޮށްފިނަމަ)ފަހެ،ތިޔަބައިމީހުންގެމޫނުތަކާއި،ތިޔަބައިމީހުންގެއަތްތައް،އުޅަބޮށިތަކާއި ހަމައަށްދޮންނާށެވެ!އަދި ތިޔަބައިމީހުންގެ ބޯތަކުގައި (ފެން)ފުހޭށެވެ! އަދި ރިޔަބައިމީހުންގެ ފައިތައް ދެތަބިކައްޓާހަމައަށް ދޮންނާށެވެ! އަދިޖުނުބުވެރިންކަމުގައި ތިޔަބައިމީހުން ވެއްޖެނަމަ،ފަހެތިޔަބައިމީހުން ތާހިރުވެގެންނާށެވެ! އަދިތިޔަބައިމީހުންނީ ބަލިމީހުންކަމުގައިވެއްޖެނަމަ، ނުވަތަ ދަތުރެއްގެ މަތީގައިވެއްޖެނަމަ، ނުވަތަތިޔަބައިމީހުންކުރެމީހަކު ހަނޑަހުން އަތުވެއްޖެނަމަ،ނުވަތަ އަންހެނުންގައިބީހެއްޖެނަމަ ދެން، ފެންނުލިބިޖިއްޔާމު ތާހިރުވެލިންތިޔަބައި މީހުން ތަޔައްމަމުކުރާށެވެ. ފަހެ ތިޔަބައިމީހުންގެ މޫނުތަކުގައިއާއި އަތްތަކުގައި އެވެލިންފުހޭށެވެ! ތިޔަބައިމީހުންގެމައްޗަށް ދަތިކަމެއްލެއްވުމަކަށް ﷲ އިރާދައެއްނުކުރައްވަތެވެ. އެހެނެއްކަމަކު އެކަލާނގެ އިރާދަކުރައްވަނީ ތިޔަބައިމީހުން ތާހިރު ކުރެއްވުމަށާއި، ތިޔަބައިމީހުންގެމައްޗަށް އެކަލާނގެނިއުމަތް ފުރިހަމަ ކުރެއްވުމަށެވެ. (އެއީ) ތިޔަބައިމީހުން ޝުކުރު ކުޅައުމައްޓަކައެވެ. މިގޮތަށް ދެކިވަޑައިގަންނަވާ އިމާމުންގެތެރޭގައި އަލްއިމާމުޝާތިމީފަދަ އިލްމުވެރިން ހިމެނެއެވެ. މީގެއިތުރުން ދިވެހއުސްތާޒުންގެތެރެއިން ޝަހީދު ޑރ. އަފްރާޝީމް ގެވެސް ރައުޔަކީ މިއެވެ. ވަކިކޮޅަކަށް ބުރަނުވާ އިލްމުވެރިންގެ ތެރޭގައި މުހައްމަދު ޒުހޭލީ ހިމެނެއެވެ. މިބޭފުޅާދެކިވަޑައިގަންނަވާ ގޮތުގައި އަމަލުކުރުމަށް ރަގަޅުގޮތް ކަމަށް ނިއްމޭނީ އެއިރެއްގެ ހާލަތަށް ބަލާފައި އޭގެމައްޗަށްބިނާކޮށެވެ.


މަޢުލޫމާތު ނަގާފައިވާ މަސްދަރުތައް:

1. ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ – 2007 ، ރައީސުލްޖުމުހޫރިއްޔާގެ އޮފީސް
2. ރައީސް މައުމޫންގެ "އިސްލާމީ ނަޒަރަކުން" ، މައުމޫން އަބުދުލް ޤައްޔޫމް، ރައީސް އޮފީސް
3. މިނިސްޓްރީ އޮފް އިސްލާމިކް އެފެޔާސްގެ ވެބްސައިޓް، 27 ސެޕްޓެމްބަރ 2013
4. ދަރުމަ، 2009
5. އިސްލާމް ޓްޑޭ ވެބްސައިޓް ، 2 އޮކްޓޫބަރ 2013
6. ޑރ. މުޙައްމަދު ރައުފަތް ޢުޘްމާން
7. ޑރ. އަފުރާޝީމް އަލީ، އުސޫލުލް ފިޤުހު ނޯޓް، 2011
Read more...

Saturday, March 23, 2024

އާޚިރަތްދުވަހަކީ ހަމަ ޔަޤީނުންވެސް އަންނާނޭ ދުވަހެއް

23.3.24 0


ދުނިޔެއަށް އުފަންވާ ކޮންމެ އިންސާނަކީވެސް އެމީހެއްގެ ދަންފަޅި ހަމަކުރުމަށްފަހު މިދުނިޔެއާ އަލްވަދާޢު ކިޔާނޭ މީހެކެވެ. އިންސާނުން ޚަލްޤުކުރައްވައި މިދުނިޔެއަށް ފޮނުއްވަނީ އެއްވެސް ބޭނުމަކާނުލައި ކަމުގައި ދުށުމީ، ހަމަބުއްދިހުރި މީހެއްގެ ޟަމީރު ޤަބޫލު ކުރާނޭ ކަމެއްނޫނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. â أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لا تُرْجَعُونَ á [المؤمنون 115] މާނައީ"ތިމަންއިލާހު ތިޔަބައިމީހުން އުފެއްދެވީ ބޭނުމެއްނެތި ބޭކާރުގޮތުގައި ކަމަށް ތިޔަބައިމީހުން ހީކުރަނީ ހެއްޔެވެ؟ އަދި ހަމަކަށަވަރުން ތިމަންއިލާހުގެ ޙަޟްރަތަށް ތިޔަބައިމީހުން އެނބުރި ރުޖޫޢަނުކުރެވޭނޭ ކަމުގައިވެސް ތިޔަބައިމީހުން ހީކުރަނީ ހެއްޔެވެ؟"

މުސްލިމުންގެ ޢަޤީދާއަކީ، އާޚިރަތްދުވަހަކީ ހަމަ ޔަޤީނުންވެސް އަންނާނޭ ދުވަހެއްކަމުގައި ޤަބޫލު ކުރުމެވެ. ދުނިޔެވީ ޙަޔާތުގެ ބޭނުމަކީ ހަމައެކަނި މިދުނިޔޭގެ އުފަލާއި އަރާމު ޙާޞިލުކުރުން ކަމުގައި ދެކިގެން މަސައްކަތްކުރުމީ، ތިމާ މިދުނިޔެއަށް އައި މަޤްޞަދު އޮޅުވާލުމެވެ. ދުނިޔެމަތީގައި ތިމާ ކޮށްފައިވާ ކަންތައްތަކަށް ޖަވާބުދާރީވާންޖެހޭ ދުވަހެއް އަންނާނޭކަން ޤަބޫލު ކުރަންޖެހެއެވެ. އެދުވަހަކީ އާޚިރަތް ދުވަހެއެވެ. އެންމެހައި ޚަލްޤުތަކުން ޢާމަލްތަކުގެ ވެރި ﷲ ގެ ޙަޟްރަތަށް އެއްކުރެވޭ ދުވަހެވެ. އެންމެހައި ސިއްރުތައް ފާޅުކުރެވޭނޭ ދުވަހެވެ. ކީރިތި ޤުރްއާނުގައްޔާއި ރަސޫލުﷲ r ގެ ސުންނަތުގައި ވަރަށް ގިނަފަހަރަށް، ﷲ އަށް އީމާންވުމާއި ވިދިއިގެން އާޚިރަތް ދުވަހަށް އީމާންވުމުގެ ވާހަކަ އައިސްފައިވެއެވެ. އޭގެ ތެރެއިން އެއް ތަނެއްގައި އައިސްފައިވެއެވެ. â يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ إِنَّ زَلْزَلَةَ السَّاعَةِ شَيْءٌ عَظِيمٌ (١)يَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّا أَرْضَعَتْ وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَى النَّاسَ سُكَارَى وَمَا هُمْ بِسُكَارَى وَلَكِنَّ عَذَابَ اللَّهِ شَدِيدٌ (٢) á [الحج 1-2] މާނައީ"އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރި އިލާހަށް ތިޔަބައިމީހުން ބިރުވެތިވާށެވެ! ހަމަކަށަވަރުން ޤިޔާމަތް ދުވަހުގެ ބިންހެލުމަކީ ބޮޑުވެގެންވާ ކަމެކެވެ. ތިޔަބަމީހުންނަށް އެ ދުވަހުގެ ޒަލްޒަލާ ފެންނަ ހިނދު، ކިރުމައިން އެބައިމީހުން ކިރުދޭ ދަރިންގެމަތިން ހަނދުމަނެތި، އަދި މާބަނޑު އަންހެނުން އެބައިމީހުންގެ ބަނޑުގައި އޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިވާ ބަޔަކުފަދައިން ތިބާ ދެކޭނޫއެވެ. ނަމަވެސް އެބައިމީހުންވާނީ މަސްތުވެފައެއް ނޫނެވެ. އެހެނެއްކަމަކު، ﷲގެ ޢަޛާބު ގަދަފަދައީއެވެ."

އާޚިރަތް ދުވަހަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެކެވެ. އެހެންކަމުން މިދުވަހަށް އީމާންނުވާ މީހެއްގެ ދީން ފުރިހަމައެއް ނުވާނެއެވެ. އާޚިރަތް ދުވަހަށް އީމާންނުވާ ގިނަ މީހުން ދެކޭގޮތުގައި، މީހާ މަރުވުމަށްފަހު އޭނާގެ ކަށިތައް ފީވެ، ބިމުގެ ވެއްޔަށް ބަދަލުވެގެން ދިއުމަށްފަހު، އަލުން އެކަށިތަކަށް ދިރުމެއް އައުމަކީ މުސްތަޙީލު ކަމެކެވެ. އެހެނަސް، ފުރަތަމަ ފަހަރަށް ނެތުމުގެ ތެރެއިން އިންސާނާ ޚަލްޤު ކުރެވިގެން އައިގޮތާ މެދު ވިސްނާލައިފިނަމަ، އަލުން ދިރުވުމަކީ ވެދާނޭ ކަމެއްކަމުގައި ޤަބޫލު ކުރަންޖެހެއެވެ.

މަކައްކާ މުޝްރިކުންގެ ތެރެއިން މީހަކު، ރަސޫލާ r ކުރިފުޅުމައްޗަށް އައިސް، ފީވެފައިވާ އިންސާނެއްގެ ކަށި ކަނޑެއް، އޭނާގެ އަތުން ފުޑުފުޑު ކޮށްލުމަފަހު، ފޮމެލާގައި ވައިގެ ތެރެއަށް ބުރައްސާލަމުން ބުންޏެވެ. ކަލޭގެފާނު ތިޔަ ވިދާޅުވަނީ، މިކަށިތައް މިގޮތަށް ފީވެ ވެއްޔަށްވެ ނިމި ދިއުމަށްފަހު އަލުން މިއަށް ދިރުން އަންނާނޭކަމަށްތޯއެވެ؟ ޖަވާބުގައި އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. އާނއެކެވެ. އަދި ކަލޭވެސް ﷲދިރުއްވާނެތެވެ. އަދި ނަރަކަޔަށް ވައްދަވާނެތެވެ. މިޙާދިޘާއާ ގުޅިގެން ޔާސީން ސޫރަތުގެ މިދެޔާޔަތް ބާވައިލެވުނެވެ. âوَضَرَبَ لَنَا مَثَلا وَنَسِيَ خَلْقَهُ قَالَ مَنْ يُحْيِي الْعِظَامَ وَهِيَ رَمِيمٌ (٧٨)قُلْ يُحْيِيهَا الَّذِي أَنْشَأَهَا أَوَّلَ مَرَّةٍ وَهُوَ بِكُلِّ خَلْقٍ عَلِيمٌ (٧٩)á [يس 78-79] މާނައީ"އިންސާނާ އޭނާ ހެއްދެވުނު ގޮތް ހަނދާން ނައްތާލައި، ތިމަން އިލާހަށް މިސާލެއް ޖެއްސެވެ. އޭނާ ބުންޏެވެ. ކަށިތައް ފީވެ، ހަލާކުވެފައިވަނިކޮށް، އެތަކެތި އަލުން ދިރުވާނީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެކަށިތައް އަލުން ދިރުއްވާނީ ފަރަތަމަ ފަހަރަށް އެކަށިތައް އުފެއްދެވި އިލާހެވެ. އަދި އެކަލޭނގެއީ، އެންމެހައި މަޚްލޫޤުންގެ ކަންތައްތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ." މިޙާދިޘާއާ ގުޅިގެން އަދިވެސް ވަޙީކުރައްވާފައިވެއެވެ.â أَيَحْسَبُ الإنْسَانُ أَلَّنْ نَجْمَعَ عِظَامَهُ (٣)بَلَى قَادِرِينَ عَلَى أَنْ نُسَوِّيَ بَنَانَهُ (٤)á [القيامة 3-4] މާނައީ"އިންސާނާ ހީކުރަނީ، ތިމަންއިލާހު އޭނާގެ ކަށިތައް އެއްނުކުރައްވާނޭ ކަމަށް ހެއްޔެވެ؟ އެހެނަކުންނޫނެވެ. އެ އިންސާނާގެ އިނގިލިތަކުގެ ކުރިތައް ހަމަކުރެއްވުމަށްވެސް، ތިމަންއިލާހު ކުޅަދުންވަންތައެވެ."


މަސްދަރު: ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ، 24 ސެޕްޓެމްބަރ 2010
Read more...

Saturday, April 15, 2023

ހުރިހާ ފަންނެއްގެ އިލްމު އެއްވެސް މީހަކަށް ލިބިގެންނުވޭ

15.4.23 0

ބައެއްމީހުންގެ އާދަޔަކީ ތިމާމެންނާ ނުބެހޭ ކަންކަމާއިބެހި ފާޑުކިޔައި ހެދުމެވެ. އެކަންކަމަކީ ތިމާމެންނާ އެއްވެސްގޮތަކުން ގުޅުމެއްނެތް ކަންތައްކަމުގައިވިޔަސް، އެފަދަ މީހުންނަށް ހަމަހިމޭނުން ނުތިބެވެއެވެ. އޭގެ ތެރޭގައި ސިޔާސީކަންކަމާއި، އިޖުތިމާއީ ކަންކަމާއި، އިޤްތިސާދީ ކަންކަމާއި، ދީނީ ކަންކަމާއި، ޝަރުޢީ ދާއިރާގެ ކަންކަމުގެ އިތުރުން ޑޮކްޓަރީ ބޭހުގެ ދާއިރާވެސް ހިމެނެއެވެ. 


އެއްވެސް އިންސާނަކީ، ހުރިހާ ފަންނެއްގެ އިލްމު ލިބިގެންވާ މީހެއްނޫންކަން، ސަލާމަތް ބުއްދިހުރި ކޮންމެ މީހަކަށްމެ އެނގޭނެއެވެ. ބައެއް މީހުން މުޅި އުމުރު ހޭދަކުރަނީ އިލްމުގެ ތެރެއިން ކޮންމެވެސް ފަންނެއްގައި ހުރިހާ މައުލޫމާތެއް ލިބޭތޯ މަސައްކަތް ކުރުމުގައެވެ. އުމުރުން އަށްޑިހަ ނުވަތަ ނުވަދިހަ އަހަރުވާއިރުވެސް ހިތްހަމަޖެހޭވަރަކާ ކައިރިއަށްވެސް އެފަންނުގެ މައުލޫމާތު ލިބިފައިނުވާކަމަށް އިލްމުވެރިން ވިދާޅުވެފައިވެއެވެ. 


ކަންމިހެން ހުރުމުން އެއްވެސް ފަންނެއްގެ މައުލޫމާތު ލިބިފައިނުވާ އާދައިގެ ބަޔަކު ހުރިހާ ފަންނެއްގެ މައުލޫމާތު ދަންނަކަމަށް ހަދައިގެން، ހިތަށްއެރިހާ ވާހަކަތަކެއް ދެއްކުމަކީ މުސްލިމުންގެ ކިބައިގައި ހުރުން އެކަށީގެންވާ ސިފައެއްނޫނެެވެ. އަދި ކީއްތޯއެވެ. އެއީ އެކަމުގެ ގެއްލުން އެކި ސިފަސިފައިގައި އެކަންތައްކުރާ ބަޔަކަށާއި މުޅި މުޖުތަމައުއަށް ފޯރާނެކަމެކެވެ. މިކަމަށްޓަކައި އެކަން ނަހީކުރައްވައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَٰئِكَ كَانَ عَنْهُ مَسْئُولًا ‎﴿سورة الإسراء ٣٦﴾ މާނައީ: "އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް، ތިބާ تبع ނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު سؤال ކުރައްވާނެ ކަމެއްކަމުގައިވިއެވެ."


ހަމައެކަނި ނަމާދުކޮށް. ރޯދަހިފައި، ޒަކާތްދީ ހައްޖުވުމަކުން ނުފުދޭނެއެވެ. މިފަރުޟުތަށް އަދާކުރުމާއިއެކު ތިމާމެންގެ ދުލަށްވެސް ރައްކާތެރިވާންޖެހެއެވެ. ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވެއެވެ. من حسن إسلام المرء: تركه ما لا يعنيه (الترمذي) މާނައީ: "މީހާގެ ދީން ފުރިހަމަވެ ރިވެތިވާނީ، އޭނާއާއި ނުބެހޭ ކަންތަކާއި ދުރުހެލިވެ ހުރުމުންނެވެ." އަދިވެސް ހަދީޘް ކުރައްވާފައިވެއެވެ. ومن كان يؤمن بالله واليوم الآخر فليقل خيرا أو ليصمت (ابن ماجة) މާނައީ: އަދި ﷲ އަށާއި އާހިރަތް ދުވަހަށް އީމާންވާމީހާ، ހެޔޮބަސް ބުނާހުށިކަމެވެ. ނުވަތަ ހަނުހުންނަ ހުށިމަވެ. 


ތިމާގެ ދުލުން ހިތަށްއެރިހާ އެއްޗެއް ބުނެ ފާޅުކުރުމަކީ، މުއުމިނެއްގެ ކިބައިގައި ހުރުން އެކަށީގެންވާކަމެއް ނޫންކަން އިސްވެދިޔަ އާޔަތުންނާއި ހަދީޘުން ވަރަށް ސާފުކޮށް އެނގެއެވެ. ދީނުގައި ކަންއޮތްގޮތް ކިތަށްމެ ސާފުކަމުގައިވިޔަސް ހިތާމައަކީ އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އެފަދަ މީހުންގެ ދުލުގެ ސަބަބުން އެތަށްބަޔަކަށް އެކަމުގެ ނުބައި އަސަރު ފޯރަމުންދާކަމެވެ. އަދި އެކުވެރިކަމާއި އެއްބައި ވަންތަކަން އެކަމުގެ ސަބަބުން ނުހަނު ގެއްލުންދަނީ ކުރަމުންނެވެ. 

Read more...