Thursday, November 20, 2025
ރިޝްވަތަކީ ތިމާއަށް ޙައްޤުނޫން ކަމެއް ނުވަތަ އެއްޗެއް ލިބިގަތުމަށް، ނުވަތަ ނުޙައްޤުން ކަމަކުން ބަރީއަވެ ސަލާމަތްވެގަތުމަށް ފައިސާއެއް ނުވަތަ އެނޫންވެސް އެއްޗެއް މީހަކަށް ދިނުމެވެ. ރިޝްވަތު ދިނުމާއި، ރިޝްވަތުގައި ހިފުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ބޮޑުފާފަ ތަކުގެތެރެއިން ފާފައެކެވެ.
އަދުގެ ދުނިއޭގައި ރިޝްވަތުގެ ވަބާ ފެތުރިފައިވަނީ ބިރުގަންނަހައިވެސް ބޮޑަށެވެ. ރިޝްވަތު ދިނުމާއި ރިޝްވަތުގައި ހިފުން މިއަދު ވެފައިވަނީ ވަރަށްވެސް އާދައިގެ ކަމަކަށެވެ. ތަފާތު ނަންނަމުގައެވެ. އެހެންޏާ ސައިދިނުން ނުވަތަ ހަދިޔާދިނުން ކަމަށް ބުނިނަމަވެސް އިސްވެދިޔަ މަޤްޞަދުތަކުގެ ތެރެއިން މަޤްޞަދެއް ޙާޞިލުކުރުމަށް ދެވޭ އެއްޗެއްނަމަ، ކޮންމެ ނަމެއްގައި ދިންކަމުގައި ވީނަމަވެސް އެވާނީ ރިޝްވަތަކަށެވެ. ރިޝްވަތުގެ ވަބާ ދިވެހި މުޖްތަމައުގައި ޢާއްމުވެފައި މިވަނީ ފިލުވާލަން އުނދަގޫހާވެސް ބޮޑަށެވެ. "ހަދިޔާ" އެއްދީގެން މެނުވީ ގިނަ ފަހަރަށް އޮފީހަކުންވެސް ކަމެއް ކުރެވޭކަށް ނޯވެއެވެ. ކުރުގޮތަކަށް ދަންނަވަނީނަމަ "ސަޔަކުން" މެނުވީ އެއްވެސް ކަމެއް ނުކުރެވޭޔޭވެސް ބުނެވިދާނެއެވެ. އެއީ ތިމާއަށް ލިބެންޖެހޭ ޙައްޤެއް ކަމުގައި ވިޔަސް މެއެވެ. ހަމައެހެންމެ ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންވެސް ފައިސާގެ ނުފޫޒުގެ ބޭނުންކޮށްގެން ތުހުމަތުން ބަރީއަވެ، އެބައިމީހުންނާއި އެއްކޮޅަށް ޙުކުމްތައް އަނބުރައިލާ ވާހަކައަކީވެސް މިއަދު ޢާއްމުވެފައިވާ ވާހަކައެކެވެ. ޙަޤީޤަތުގައި މިއީ ވަރަށްވެސް ނުބައިކަން ބޮޑު ކަމެކެވެ. ރިޝްވަތުގެ ސަބަބުން އެތައް ބައެއްގެ ޙައްޤުތައް ގެއްލިގެންދެއެވެ. އަދި ތިމާއަށް ލިބުން ޙައްޤުނޫން އެތަށް އެއްޗަކާއި ކަމެއް ނުޙައްޤުން ލިބިގަނެވެއެވެ.
މުޖުތަމައުގެ އަފުރާދުންގެ މެދުގައި ހަމަހަމަކަމާއި ރައްކާތެރިކަން ދެމެހެއްޓޭނީ، ޚިޔާނާތާއި، މަކަރާއި، ޙީލަތާއި، ވައްކަމާއި، ޓެކުމާއި، ރިޝްވަތާއި، މިބާވަތުގެ އެންމެހައި ނުބައިކަންކަމުން ދުރުހެލިވެވިގެންނެވެ. ރިޝްވަތު ދީގެން ދުނިޔެމަތީގައި ކަމެއް ޙައްލުކުރެވުނު ކަމުގައިވީނަމަވެސް، އެކަމުން ތިމާއަށް ފަހުން ލިބޭ ގެއްލުމާއި ހަލާކުގެ ބޮޑުކަމާމެދު ވިސްނާލަން ޖެހެއެވެ. ކީރިތި ރަސޫލާގެ ހަދީޘްފުޅެއްގެ މާނައިގައިވަނީ "ރިޝްވަތުދޭ މީހާއަށާއި ރިޝްވަތު ހިފާ މީހާއަށާއި އެދެމީހުންނަށް މާތްﷲ ލަޢުނަތްލެއްވިއެވެ." މީހަކަށް ލަޢުނަތްލެއްވުމުގެ މާނައަކީ ހުރިހާ ހެއުމަކުން އެމީހަކު ދުރުކުރެވި މަޙްރޫމްކުރެވުމެވެ. އަލްއިމާމު އަޙްމަދު ރިވާކުރެއްވި ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "އެއްވެސް މުޖްތަމަޢެއްގައި ރިބާ ޢާއްމުވެއްޖެނަމަ އެމުޖުތަމަޢަކަށް ތަދުމަޑުކަމެއް ނައިސް ނުދާނެއެވެ. އަދި އެއްވެސް މުޖުތަމަޢެއްގައި ރިޝްވަތުގެ ކަންތަށް ޢާއްމުވެއްޖެނަމަ އެމުޖްތަމަޢެއްގައި ބިރުވެރިކަމާއި ކަންވޮޑުވުން ނައިސް ނުދާނެއެވެ."
މަމީ ޝިހާދު
ތިހުއްޓު މަފޮޓޯއާ. ކަންނެ ބޮންނެ މަކެރެނެ މަސައްކަދާއްކޫ ރާވޭ ސިމެންތިޖެހުމާ. މާއްކޫ ޤާނޫނީ ވަކީލެކެ އަދި ލެޔެނާ މީހެކެ. މީގެ އިތިއްރެޓެ ކަމެކެ ސާފުކޮށްލެންނެ ބޭނުންފެހޭ ފޭސްބުކުން މެސެޖެކެ ކޮށްލަ، އެވޭލެ އައިކެ ޖަވާބެ ދެންނިން
އަޤީދާ
Labels:
ހެޔޮބަސް,
އަދުލު އިންސާފު,
އަޤީދާ
