Saturday, March 11, 2017

#

މަރެވާ އިންޖަންކްޝަން ނުވަތަ ފްރީޒް އޯރޑަރު

މިލިޔުމުގައި ބަލާލާނީ
1. މަރެވާ އިންޖަންކްޝަނުގެ ބާވަތް؛
2. މަރެވާ އިންޖަންކްޝަން އުފެދެން ދިމާވި ސަބަބުތަކާއި، އެ އިންޖަންކްޝަން ތަރައްޤީ ވަމުން އައި ގޮތް؛
3. މެލޭޝިއާގައި މަރެވާ އިންޖަންކްޝަން ބޭނުން ކުރެވޭ ގޮތާއި ތަރައްޤީ ވަމުން އައި ގޮތް
4. މެލޭޝިއާގައާއި އިނގިރޭސި ވިލާތުގައި ބޭނުން ކުރެވޭގޮތް އަޅާކިޔުން

1975 ވަނަ އަހަރުގެ ކުރިން އޮތް ހާލަތު
 •  އެ ދުވަސްވަރު މީހެއްގެ އެއްޗެއް ވިއްކުމަށް ނުވަތަ ދިނުމަށް ހުރަސް އެޅޭގޮތަށް ކޯޓުތަކުން އިންޖަންކްޝަނެއް ނުދެއެވެ.
 •  ޝަރީއަތް ނިމުމުގެ ކުރިން މީހެއްގެ މުދާ އަތުލުމަކީ، ނުވަތަ އެ ވިއްކުމން ހުއްޓުވުމަކީ ކޯޓްތަކުން އެއްގޮތަކަށް ވެސް އަމަލުކުރާ ގޮތެއް ނޫނެވެ.
 •  މިއީ އިނގިރޭސި ޤާނޫނުގައި ޒަމާނުއްސުރެން އޮންނަ ޤާއިދާއަކާ އެއްގޮތަށް ކުރެވެމުން އައި ކަމެކެވެ.: "ދަރަނިވެރިއެއް ކަމަށް ތުހުމަތު ކުރެވޭ މީހަކު އޭނާގެ މުދަލާ ވަކިވުން ހުއްޓުވުމަށް އިންޖަންކްޝަނެއް ނުލިބޭނެއެވެ."
 Robinson v Pickering (1881) 16 Ch. D. 660. per James LJ.

Cotton LJ in Lister and Co. v Stubbs[2 ޤަޟިއްޔާ
މި ޤަޟިއްޔާގައި ބުނެފައިވެއެވެ.

"ޝަރިއަތް ކޮށްފި ނަމަ ދައުވާ ކުރާފަރާތަށް ދައުވާ ލިބޭ ފަރާތުން ދަރަންޏެއް އަދާކުރަން އޮތް ކަމަށް ސާބިތުވާނެ ކަމަށް ލަފާކުރެވޭތީ، ޝަރިއަތުން ގޮތެއް ނިމެންދެން ސިކިއުރިޓީއެއް ދޭން ދައުވާ ލިބޭ މީހާއަށް އަމުރުކުރި މައްސަލައެއް އަހަރެނ ނަކަށް ނޭގެއެވެ."

މަގު ފާހަގަކޮށްދޭ 2 ޤަޟިއްޔާއެއް

Nippon Yusen Kaisha v Karageorgis[1975] 3 All ER 282; [1975] 1 WLR 1093.

Mareva Compania Naviera S.A v International Bulkcariers S.A. 

[1975] 2 Lloyd’s Rep. 509.

2 މައްސަލައިގެ ތަފްސީލު

 •  މައްސަލަ ކޯޓަށް ވެއްދީ ބޯޓު ދުއްވާ ކުންފުނިތަކަކުންނެވެ. އެމީހުންނަށް ބޯޓް ޗާޓަރު ކުރި ފަރާތްތަކުން ކުލި ނުދައްކައިގެންނެވެ.
 •  ޗާޓަރު ކުރި ފަރާތްތައް ވީ އިހުތިސާސުން ބޭރުގައެވެ. އަދި އެ މީހުން ވީ ތަނެއް ވެސް ނޭގުނެވެ. އެހެނަސް އެމީހުންގެ މުދާތަކެއް ލަންޑަންގައި ހުއްޓެވެ.
 •  ބޯޓުގެ ވެރި ފަރާތުން އެކްސް ޕާޓޭ (އެއްފަރާތުގެ ވާހަކަ އަޑުއަހާފަ ދެވޭ) އިންޖަންކްޝަނަކަށް އެދުނެވެ. އެމީހުންގެ ބިރަކީ ދައުވާ ލިބޭފަރާތުން ޝަރިއަތް ނިމުމުގެ ކުރިން ލަންޑަންގައި ހުރި އެމީހުންގެ މުދާތައް އިހުތިސާސުން ބޭރަށް ގެންގޮސް، އެމީހުންނަށް އިންސާފު ނުލިބުމެވެ. 
ފުރަތަމަ މައްސަލާގައި ލޯޑް ޑެނިންގް ބުނި ބަސް
"އަހަރެމެންނަށް މައުލޫމާތު ލިބެނީ މިކަހަލަ އިންޖަންކްޝަނެއް ދުވަހަކުވެސް ނުދޭ ކަމަށެވެ. އިނގިރޭސި ކޯޓުތަކުންއަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ޝަރިއަތް ނިމުމުގެ ކުރިން މީހެއްގެ މުދާ ދުވަހަކުވެސް އަތުނުލައެވެ. އަދި އެ މުދާ ވިއްކުމަށް ހުރަހެއްވެސް ނާޅައެވެ. .... މަށަށް ހީވާގޮތުގައި އަހަރެމެން ކުރިން އަމަލުކުރިގޮތް ބަދަލުކުރަން ވީ ވަގުތު މި އޮތީ އައިސް ޖެހިފައެވެ. މިތާގައި އެދިފައި މިވާ ބާވަތުގެ އިންޖަންކްޝަނެއް މި ކޯޓުން ނުވަތަ ހައި ކޯޓުން ނުދޭން ވީ އެއް ވެސް ސަބަބެއް ނެތެވެ."

 • މި މައްސަލައިގައި ފުރަތަމަ ނަޒަރުން ބަލާއިރު ކުލި ދޭން ވާކަމާއި އެހެެެނަސް ނުދައްކާކަމުގެ ބާރުގަދަ ހެކި ހުއްޓެވެ. 
 •  އިންޖަންކްޝަން ނުދީފިއްޔާ ދައުވާ ލިބޭ ފަރާތުން މުދާތައް ބޭރަށް ގެންދިއުމުގެ ފުރުސަތު ބޮޑެވެ. އަދި އެހެން ވެއްޖެ ނަމަ ދައުވާ ކުރާ ފަރާތަށް އކައްޗެއް ވެސް ނުލިބުން ގާތެވެ.
 •  ފަނޑިޔާރު ޖެފްރީ ލޭން ވެސް މި މައްސަލައިގަ ލޯޑް ޑެނިންގް އަށް ތާއީދު ކުރިއެވެ. އަދި ބުންޏެވެ:
"މި މައްސަލައިގަ އޮތް ހާލަތުގައި، ލިބެން ޖެހޭ އެއްޗެއް ގެއްލުމުގެ ނުރައްކާ ކުރިމަތިވެގެން ކޯޓަށް އަންނަ ފަރާތަކަށް ކޯޓުން އެހީ ނުވާންވީ ސަބަބެއް ނެތެވެ."

ދެވަނަ ޤަޟިއްޔާ: މަރެވާ ނަރިއެވާ

4 ހަފުތާ ފަހުން އަލަށް މި އުފެއްދި އިންޖަންކްޝަނަށް ނަމެއް ދެވުނެވެ.
މިކަމާ ބެހޭ އުސޫލުތައް ލޯޑް ޑެނިންގް ބަޔާންކުރިއެވެ:
 ދަރަންޏެއް ލިބެން އޮތް ފަރާތަކަށް އެ ފައިސާ ލިބިގަތުމުގެ ހައްގު އޮންނާނެއެވެ.
 ދަރަނިވެރިޔާ އޭނާގެ މުދާތައް ވިއްކާލައިފާނެ ކަމުގެ ބިރު އޮތިއްޔާ، ދަރަނި ލިބެންވާމީހާ އެ ދަރަނި ސާބިތުކުރުމުގެ ކުރިންވެސް އޭނާއަށް އެ ހައްގު ހޯދިދާނެއެވެ. 

ބަލައިގަތް ސަބަބު
 • ދަރަނިވެރިޔާ ފޮނުވާ އެއްމެ ޓެލެކްސް އަކުން ނުވަތަ ޓެލެގްރާފަކުން، އޭނާގެ މުދާ އަތްނުފޯރާ ހިސާބަށް ފޮނުވާލައި އެގޮތުން، ދަރަނި ލިބެންވާ މީހާއަށް ހައްގުވާކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތް ފައިސާތަކެއް އޭނާއަށް ލިބުމުން މަހުރޫމް ކުރެވިދާނެއެވެ،
 •  ކޮމްޕިއުޓަރ ބޭނުންކުރުން އިތުރުވުމުން، އެފަދަ މުއާމަލާތު ކުރުމަށް އިތުރު ފުރުސަތު ލިބިފައިވެއެވެ.
 •  މަރެވާ އިންޖަންކްޝަނަކީ ކޯޓުގެ ހުކުމާ ދިމާއަށް ދައުވާ ލިބޭ މިހާ ފުށްޓަކި ޖެހިޔަ ނުދިނުމަށް ބޭނުން ކުރެވޭ ކާމިޔާބު ހަތިޔާރެކެވެ.
އިނގިރޭސި ޤާނޫނުގައި މަރެވާ އިންޖަންކްޝަންގެ އިހުތިސާސް
· Supreme Court of Judicature (Consolidation) Act 1925 ޤާނޫނުގެ 45 ވަނަ މާއްދާ
· Supreme Court Act 1981 ޤާނޫނުގެ 37 ވަނަ މާއްދާ
Third Chandris Shipping Corporation and other v Unimarine SA[1979] 2 All er 972 at 984 ޤަޟިއްޔާ

ލޯރޑް ޑެނިންގް ކަނޑައެޅި ގައިޑްލައިން:
 • ދައުވާކުރާ ފަރާތުން ހުރިހާ މައުލޫމާތެއް ތެދަށް އަދި ފުރިހަމައަށް ހާމަ ކުރަން ވާނެ އެވެ.
 • ދައުވާކުރާ މީހާ އޭނާގެ ދައުވާގެ ތަފްސީލާއި ދައުވާ ލިބޭމީހާއާ އިދިކޮޅަށް ހުރި ނުކުތާތައް ބުނެދޭން ވާނެއެވެ.
 • ދައުވާ ލިބޭ މީހާގެ މުދާތަކެއް ކޯޓުގެ އިހުތިސާސްގެ ސަރަހައްދުގައި ހުރިކަމުގެ ޔަގީންކަން ދައުވާ ކުރާ ފަރާތުން ދޭން ވާނެއެވެ.
 • ކޯޓުގެ ހުކުމް ތަންފީޒުވުމުގެ ކުރިން މުދާތައް ގެންގޮސްފާނެކަމުގެ ބިރު އޮތީ ކޮން ސަބަބުތަކަކާ ހެދިކަން ދައުވާ ކުރާ ފަރާތުން ބުނެދޭން ވާނެއެވެ.
 • ވެދާނެ ގެއްލުމަކަށް ޒިންމާވާނެ ކަމުގެ ޔަޤީންކަން ދައުވާ ކުރާފަރާތުން ދޭން ވާނެއެވެ. އެކަށީގެންވާ މައްސަލަތަކުގައި މި ޔަގީން ކަމާއެކު ބޮންޑް އެއް ނުވަތަ ސިކިއުރިޓިއެއް ދޭން ވާނެއެވެ.
CBS United Kingdom Ltd v Lambert and Anor [1983] 1 Ch 37 at 44 ޤަޟިއްޔާ

ފަނޑިޔާރު ލޯޓަން ގެ ބަސް:
"ގައިޑްލައިންއަކީ ގައިޑްލައިން އެކެވެ. އެއީ ކޯޓުގެ ހުކުމެއް ނޫނެވެ. ބަލަންޖެހޭނީ އޭގެ އަކުރަކަށް ނޫނެވެ. ރޫހަށެވެ."

އައިސްފައިވާ ތަރައްޤީ
1. މަރެވާ އިންޖަންކްޝަންގެ ދަށުން، ޤައުމުގައި ހުރި ދައުވާ ލިބޭ މީހާއާއި ޤައުމުން ބޭރުގައި ހުރި ދައުވާ ލިބޭ މީހާ:
· ދައުވާ ލިބޭ މީހާއާ އެއްކޮޅަށް ކޯޓުން ނިންމާ ނިންމުމެއް ތަންފީޒުވުމުގެ ކުރިން، މުދާތައް ވަގުތުން ގެންދިޔުމަކީ ބޭރުގައި ހުރި ދައުވާ ލިބޭ މީހަކަށް ވަރަށް ފަސޭހަ ކަމެކެވެ.
· ފަހުން ޤައުމުގައި ހުރި ދައުވާކުރާ މީހާ ވެސް ހިމެނޭގޮތަށް މަރެވާ އިންޖަންކަޝަންގެ ދާއިރާ ފުޅާކުރެވިފައި ވެއެވެ.
· އިސްކަން ދޭންވީ: މުދާ ގެންގޮސްފާނެކަމުގެ ބިރު އޮތް މިންވަރަށް

Third Chandris Corporation v Unimarine [1979] 1 QB 645, at p 669. ޤަޟިއްޔާ

· ދައުވާ ލިބޭފަރާތަކީ ބޭރުގެ ކުންފުންޏަކަށް ވާ ކަމަށްޓަކައި އެކަނި (އެހެން ސަބަބެއް ނެތި) މަރެވާ އިންޖަންކަޝަނެއް ނެރެން ޖެހޭ ކަމަކަށް ނުނިންމޭނެއެވެ.
· މީގައި މުހިންމީ، ކޯޓްގެ ނިންމުން ފުރިހަމަ ކުރުމުގެ ކުރިން މުދާ ގެންގޮސްފާނެ ކަމުގެ ބިރު އޮތްކަމަށް ދައުވާކުރާ ފަރާތުން ސަބަބުތަކެއް ދެއްކުމެވެ. 

އިހުތިސާސް
Supreme Court Act 1981 ޤާނޫނުގެ 37 ވަނަ މާއްދާގެ (3) ގައި ބުނާގޮތުން، ދައުވާ ކުރާ މީހާއަކީ ވަޒަންވެރިއެއް ކަމަށް ވިޔަސް ނުވިޔަސް، އިހުތިސާސްގެ ސަރަހައްދުގައި ދިރިއުޅޭ މީހަކަށް ވިޔަސް ނުވިޔަސް، އެ ސަރަހައްދުގައި ހުރި މީހަކަށް ވިޔަސް ނުވިޔަސް، އޭނާއާ އިދިކޮޅަށް މަރެވާ އިންޖަންކްޝަނެއް ނެރެވިދާނެއެވެ.

އައިސްފައިވާ ތަރައްޤީ
 • މަރެވާ އިންޖަންކްޝަން މުޅިދުނިޔެއަށް
 •  1988 ގައި އެޕީލް ކޯޓުން މަރެވާ އިންޖަންކްޝަނަށް އާ ސިފައެއް ގެނެސް ދިނެވެ.
 • އެގޮތުން، އިހުތިސާސްގެ ސަރަހައްދުން ބޭރުގައި ވާ މުދަލަށާއި ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި މުދަލަކާ މެދުވެސް މަރެވާ އިންޖަންކްޝަނެއް ނެރެވިދާނެއެވެ.
 • މަރެވާ އިންޖަންކްޝަންގެ އަނެއް ނަމަކީ ފްރީޒް އޯޑަރ އެވެ.
 •  އެޕްރިލް 1999 ގައި English Civil Procedure Rules (CPR) 1998 ގެ ޤަވާއިދަށް އަމަލުކުރަން ފެށުނެވެ.
 •  ހުރިހާ ސިވިލް މައްސަލަތައް ކުރިއަށް ގެންދެވޭނީ ހައި ކޯޓްގައާއި ކައުންޓީ ކޯޓުގައެވެ.
މެލޭޝިއާގައި މަރެވާ އިންޖަންކްޝަން
 • ފަސް މަންޒަރު
 • އުސޫލުތައް
ފަސް މަންޒަރު
 މެލޭޝިއާގައި މަރެވާ އިންޖަންކްޝަންގެ ކަންތައް ފެށުނީ އެހާ ރަނގަޅަކަށް ނޫނެވެ. އޭގެ ސަބަބު ތަކަކީ:
 •  މެލޭޝިއާ ކޯޓުތަކަށް އިހުތިސާސެއް ނެތެވެ.
 • މަރެވާ އިންޖަންކްޝަން ބަލައިގަތުމަށް އެއްމެ ބޮޑު ހުރަހަކަށް ވީ Debtors Ordinance 1957 ޤާނޫނުގެ 19 ވަނަ މާއްދާ (ހުކުމް އިއްވުމުގެ ކުރިން މުދާ އަތުލުން) އެވެ.
Zainal Abidin bin Haji Abdul Rahman v Century Hotel Sdn. Bhd, [1982] 1 MLJ 40 ޤަޟިއްޔާ

 • ފަނޑިޔާރު ހާޝިމް ޔިއޮޕް އޭ ސާނީ ބުނެފައި ވަނީ އެ ފަރުވާ (މަރެވާ އިންޖަންކްޝަން) އަކީ މެލޭޝިއާގެ ޤާނޫނު ދަންނަ ފަރުވާއެއް ނޫން ކަމަށެވެ.
 • "ހުކުމް އިއްވުމުގެ ކުރިން ދައުވާކުރާ ފަރާތަށް ލިބޭނެ ހަމައެކަނި ފަރުވާއަކީ Debtors Ordinance 1957 ޤާނޫނުގެ 19 ވަނަ މާއްދާގެ ދަށުން، އޭގައި ބުނާ ޝަރުތުތައް ފުރިހަމަކޮށްގެން ލިބޭ ފަރުވާއެކެވެ."
ހުކުމް އިއްވުމުގެ ކުރިން މުދާ އަތުލުން ނުވަތަ ހިފެހެއްޓުން
މިއީ އިނގިރޭސީ ޤާނުން އައި ކަމެކެވެ.
 • ދައުވާ ކުރާފަރާތުގެ އެދުން ފުއްދުމަށްޓަކައި ވައުދެއްގެ ގޮތުގައި ނުވަތަ ގަރަންޓީއެއްގެ ގޮތުގައި ކޯޓުން ދައުވާ ލިބޭ ފަރާތުގެ މުދާ އަތުލައި ނުވަތަ ހިފެހެއްޓިދާނެއެވެ.
 • މިކަން ކުރުމުގައި ދަރަނިވެރިންނާ ބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގައި ބުނާ ޝަރުތުތައް ފުރިހަމަ ކުރަން ޖެހޭނެއެވެ.
19 ވަނަ މާއްދާގައި ބުނާ ޝަރުތުތައް
 • އެފަދަ ފިޔަވަޅެއް އަޅަން ޖެހޭ ރަނގަޅު ސަބަބެއް ދައުވާކުރާ ފަރާތުން ދައްކަން ވާނެއެވެ.
 • ދައުވާ ލިބޭ ފަރާތް ރަށުގައި (ސްޓޭޓްގައި) ނެތުމާއި ވީ ތަނެއް ނޭގުން؛
 • މައްސަލަ ލަސްކުރަން ނުވަތަ އެއަށް ހުރަސްއަޅަން ދައުވާ ލިބޭ ފަރާތުން އުޅޭކަން އެނގެން އޮތުން؛
ދެ ފަރުވާގެ ތަފާތު
 • ހުކުމުގެ ކުރިން މުދާ ހިފެހެއްޓުން: އޭގެ އުސޫލުތަކާއި ޝަރުތުތަކަކީ ޤާނޫނުގައި ސާފުކޮށް ކަނޑައެޅިފައިވާ އެއްޗެއްސެވެ.
 • މަރެވާ އިންޖަންކްޝަން: އެއީ އިކުއިޓީގެ ފަރުވާއަކަށް ވާތީވެ، އޭގެ ޝަރުތުތައް އެހާ ހަރުކަށިއެއް ނުވާނެއެވެ.
Zainal Abidin v. Century Hotel Sdn Bhd,[1982] 1 MLJ 260 ޤަޟިއްޔާ
މިމައްސަލައިގައި ފަނޑިޔާރު ރާޖާ އަޒުލަން ޝާހު އަންނަނިވި ކަންކަން ސާފުކޮށް ދިނެވެ.

 • މެލޭޝިއާގައި މަރެވާ އިންޖަންކްޝަން ތަރައްގީ ވަމުން އައި ގޮތް؛
 • މަރެވާ އިންޖަންކްޝަންގެ އިހުތިސާސުގެ ބިންގާ މެލޭޝިއާގައި އޮތްގޮތް.
ހުކުމް
 • އެކަށީގެންވާ މައްސަލަތަކުގައި މަރެވާ އިންޖްނަކްޝަން ނެރުމުގެ އިހުތިސާސް ހައި ކޯޓަށް ލިބިގެންވެއެވެ.
 • މަރެވާ އިންޖަންކްޝަން ނެރުމަށް މެލޭޝިއާގެ ހައިކޯޓަށް އޮތް ބާރު Courts of Judicature Act 1964 ޤާނޫނުގެ ޖަދުވަލުގެ 6 ވަނަ ޕެރެގްރާފުން ފެންނާނެއެވެ. 
އެގޮތަށް ހުކުމް ކުރި ސަބަބުތައް
 • ޒަމާނުގެ ތިޖާރީ ބޭނުންތައް، ޚާއްސަކޮށް ވިޔަފާރިވެރިންގެ ބޭނުންތައް ފުއްދައިދިނުމުގެ ބޭނުންތެރިކަން؛
 • ބޭރުގެ އިންވެސްޓާރުންނާއި ތަރައްޤީގެ މަޝްރޫއުތައް މެލޭޝިއާގައި ހުރުން؛ 
 • އެހެން ޤައުމުތަކުގެ އިހުތިސާސްގައި މަރެވާ އިންޖަންކްޝަން ބޭނުން ކުރެވޭކަން؛
ޒައިނަލް އާބިދީން އަށް ފަހު އައި ޤަޟިއްޔާތައް
ތިރީގައި ވާ ޤަޟިއްޔާތަކުން ހައިކޯޓަށް މަރެވާ އިންޖަންކްޝަން ނެރުމުގެ އިހުތިސާސް އޮތްކަމުގެ އުސޫލަށް ތަބާވެފައި ވެއެވެ:

· Regent Decorators (M) Sdn. Bhd & Anor. v Michael Chee & Ors [1984] 2 MLJ 78; 


· Aspatra Sdn Bhd & 21 Ors v Bank Bumiputra Malaysia Berhad & Anor [1988] 1 MLJ 97;


· Pacific Centre Sdn. Bhd v United Engineers Malaysia Bhd [1984] 2 MLJ 143. 


ދެ ބާވަތުގެ ފަރުވާގެ ތަފާތު
ދަރަނިވެރިންނާ ބެހޭ ޤާނުނުގެ 19 ވަނަ މާއްދާ 
މަރެވާ އިންޖަންކްޝަން 
އެދޭއިރު 19 ވަނަ މާއްދާގައިވާ ޝާރުތު ފުރިހަމަ ކުރަން ޖެހޭ. 
މަރެވާ އިންޖަންކްޝަން ބިނާވެފައިވަނީ ކޯޓުގެ އިޚުތިޔާރުގެ މައްޗަށް ކަމަށް ވާތީވެ، ޤާނޫނީ ގޮތުން ހަނިކުރެވިފައެއް ނުވޭ. 
އެޕްލިކޭޝަން ލުމުގެ ކުރިން "ރިޓް" އަމުރެއް އޮންނަންޖެހޭ. ހުވާކޮށްފައި ހެކި ހުށަހަޅަން ޖެހޭ. 
އިމާޖެންސީ ހާލަތުގައި ރިޓް އަމުރު ނެރުމުގެ ކުރިންވެސް އިންޖަންކްޝަންގެ ބޭނުން ކުރެވިދާނެ. އެފިޑެވިޓް އެއްގެ ދެލިކޮޕީއެއްގެ މައްޗަށް ވެސް (ފަހުން ސޮއިކުރާގޮތަށް) އިންޖަންކްޝަން ބޭނުން ކުރެވިދާނެ.
މި މާއްދާގެ ދަށުން މުދާ ހިފެހެއްޓުމަށް ބޭނުންވާ ހެކީގެ ފެންވަރު މަތިވާނެ، އަދި ރަނގަޅު ސަބަބުތަކެއް ހުރިކަން ދައުވާ ކުރާފަރާތުން ފަނޑިޔާރަށް ސާބިތުކޮށް ދޭން ވާނެ. 
މަރެވާ އިންޖަންކްޝަނަށް ބޭނުންވާ ހެކީގެ ފެންވަރު ދަށްވާނެ. ބަހުސް ކުރެވޭނެ ރަނގަޅު ނުކުތާތަކެއް ހުރުމުން ފުދޭނެ 
މަތީގައިވާ ކަންތަކުގެ އިތުރުން، ދައުވާ ލިބޭމީހާ މެލޭޝިއާއިން ބޭރުގައި ވުމާއި، އޭނާ ވީތަނެއް ނޭގުމުގެ ސަބަބުން އޭނާއަށް ހާޒިރުވުމުގެ "ރިޓް" އަމުރު ރައްދުކުރަން ދަތިވުން ނުވަތަ ރައްދުވުން ލަސްވުމަކީ ވެސް ދައުވާ ކުރާ ފަރާތާ އެއްކޮޅަށް އަމުރެއް ނެރެވިދާނެ ސަބަބެކެވެ. އެހެން ގޮތަކަށް ބުނާނަމަ، ދައުވާލިބޭ މީހާ މައްސަލަ ލަސްކުރަން ނުވަތަ ހުރަސް އަޅަން އުޅޭކަމުގެ ހެކި ހުރުމަކީ އެއާ ނުލައި އަމުރު ނުނެރެވޭނެ ކަމެއް ނޫނެވެ. 
މަރެވާ އިންޖަންކްޝަނެއް ހޯދުމަށް ބޭނުންވަނީ ދައުވާ ލިބޭ މީހާ އޭނާގެ މުދަލަށް ދައުވާކުރާ މީހާގެ އަތް ނުފޯރާގޮތް ހެދުމުގެ ނިޔަތުގައި އެތަކެތި އެހެންތަނަކަށް ގެންގޮސްފާނެކަމުގެ ބިރު އޮތްކަން ދެއްކުމެވެ. 
ހުކުމް ތަންފީޒުކުރުން ލަސްކުރުމުގެ ނުވަތަ ހުރަސް އެޅުމުގެ ނިޔަތް ދައުވާ ލިބޭމީހާގެ އޮތްކަން، ދައުވާ ކުރާމީހާ ހުވައިމަތީގަ ކޯޓަށް ހުށަހަޅާ ހެކިން ސާބިތުކޮށްދޭން ވާނެއެވެ. 
މަރެވާ އިންޖަންކްޝަން ހޯދުމަށް ދައުވާ ކުރާ މީހާ ކޯޓަށް ހަމައެކަނި ދައްކައިދޭން ޖެހެނީ އޭނާއާ އެއްކޮޅަށް ނެރެފާނެ ހުކުމެއްގެ ބޭނުން ކަނޑުވާލަން، ދައުވާކުރާ މީހާ އޭނާގެ މުދާ ބޭރަށް ގެންގޮސްފާނެ ކަމުގެ ހަގީގީ ބިރެއްއޮތް ކަމެވެ. ވީމާ، ޝަރިއަތަށް ހުރަސް އެޅުމުގެ ގޮތުން މުދާ ނަގުލުކުރުމުގެ މައްސަލައިގެ ތެރެއަކަށް ކޯޓުން ނުވަންނާނެއެވެ. 
މި ފަރުވާއަކީ ޝަރިއަތުގެ ކުރިން މުދާ އަތުލުމުގެ ބާވަތަކަށް ވާތީވެ، އެ ފަދަ އަމުރު އަމާޒުކުރެވިފައި ވާނީ މައްސަލައިގަ ހިމެނޭ އެއްޗެއްސަށެވެ. (In Rem) 
މަރެވާ އިންޖަންކްޝަން އަމާޒުކުރެވިފައިވާނީ މީހާއަށެވެ. (In Personam). އޭގެ ދަށުން ދައުވާ ލިބޭފަރާތުން އޭނާގެ މުދާ ވިއްކުމާއި ނަގުލުކުރުމަށް ހުރަސް އެޅޭނެއެވެ. 
ބަދަލު ދިނުމާ ބެހޭގޮތުން ދައުވާ ކުރާމީހާ އެއްބަސްވުން ލާޒިމެއް ނުކުރެއެވެ. 
މަރެވާ އިންޖަންކްޝަނުގައި އެފަދަ އެއްބަސްވުމެއް ހުށަހެޅުމަކީ ދައުވާކުރާ މީހާއަށް ލާޒިމު ކަމެކެވެ. 

Pacific Centre Sdn Bhd v United Engineers (Malaysia) Bhd (1984) 2 MLJ 143. ޤަޟިއްޔާ

މި ޤަޟިއްޔާގައި ފަނޑިޔާރު އެޑްގާރ ޖޯސުފް ބުނެފައިވާ ގޮތުގައި:
ކޯޓްތަކަށް އޭގެ ޒާތުގައި ލިބިފައިވާ ބާރުގެ ދަށުން މެލޭޝިއާގައި މަރެވާ އިންޖަންކްޝަން ނެރުމުގެ އިހުތިސާސް ލިބިފައިވެއެވެ.
އޭނާ ޤަބޫލުކުރާގޮތުގައި Rules of High Court 1980 ޤަވާއިދުގެ (4) ގެ 92 ވަނަ އަމުރުގައި އެ ބާރު ފާހަގަކޮށްފައި ވެއެވެ. 

Aspatra Sdn Bhd & 21 Ors v Bank Bumiputra Malaysia Bhd & Anor[1988] 1 MLJ 97. ޤަޟިއްޔާ


މި ޤަޟިއްޔާގައިފާހަގަކޮށްފައިވާ ޤާނޫނީ މާއްދާތައް:
1) paragraph 6 of the Schedule to the Courts of Judicature Act 1964
2) Order 29 of the Rules of High Court
3) section 50 of the Specific Relief Act 

މެލޭޝިއާގައި ހުރި ޤާނޫނީ ނުކުތާތައް
Judicature Act 1964 ޤާނޫނުގެ ކޯތުތަކާ ބެހޭ ޖަދުވަލުގެ ޕެރެގްރާފް 6 އަކުން:
"ވިއްކުމުން ނުވަތަ އިންޖަންކްޝަނަކުން، ނުވަތަ ހަވާލުވާނެ މީހަކު އައްޔަނުކޮށްގެން، ނުވަތަ ޝާރިއަތުގައި މައްސަލައެއް އުޅޭކަމުގެ ނޯޓިސްއެއް ރަޖިސްޓްރީ ކޮށްގެން (lis pendens)، ނުވަތަ އާއްމު އިންޒާރަކުން (caveat) ވިޔަސް، ހިނގަމުން ދާ މައްސަލައިގެ މައުޟޫއުއަކަށް ވާ އެއްޗެއް އެ ހުރި ގޮތުގައި ވަގުތީ ގޮތުން ދެމެހެއްޓުމުގެ ބާރު"
Rules of the High Court 1980 ޤަވާއިދުގެ (4) ގެ 92 ވަނަ އަމުރުން:
"މި ޤަވާއިދުގައި ވާ އެއްވެސް އެއްޗަކުން، ނާއިންސާފު ހުއްޓުވުމަށް، ނުވަތަ ޝަރިއަތުގެ އިޖުރާއަތުގެ ނާޖާއިޒު ފައިދާ ނެގިޔަ ނުދިނުމަށްޓަކައި ނެރެން ޖެހިއްޖެ ކޮންމެ އަމުރެއް ނެރުމަށް، ކޯޓުތަކަށް އޭގެ ޒާތުގައި ލިބިފައިވާ ބާރު ހަނި ނުވާނެކަމާއި އެބާރަށް އަސަރު ނުކުރާނެކަން، ޝައްކުތައް ދުރުކުރުމުގެ ގޮތުން މިތަނުގައި ބަޔާން މި ކުރެވެނީއެވެ. 
ހައިކޯޓްގެ ޤަވާއިދުގެ 29 ވަނަ އަމުރު
Bank Bumiputra Malaysia Berhad & Ors v Lorraine Osman & Ors [1985] 2 MLJ 236 ޤަޟިއްޔާ
މި ޤަޟިއްޔާގައި މުހިއްމު 3 ޝަރުތެއް އޮޅުން ފިލުވައިދީފައި ވެއެވެ.
1. ބަހުސް ކުރެވޭ ވަރުގެ ރަނގަޅު މައްސަލައެއް އޮތްކަން ދައުވާކުރާ ފަރާތުން ސާބިތުކޮށްދޭން ވާނެއެވެ.
2. ދައުވާ ލިބޭ މީހާގެ މުދާތަކެއް ކޯޓުގެ އިހުތިސާސްގެ ސަރަހައްދުގައި ހުރިކަން ދައުވާކުރާ ފަރާތުން ސާބިތުކޮށްދޭން ވާނެއެވެ.
3. ހުކުމް ތަންފީޒުކުރުމުގެ ކުރިން މުދާތައް ގެންގޮސްފާނެކަމުގެ ބިރު އޮތުން.

ކޮމެންޓް
 • ބަހުސް ކުރެވޭ ވަރުގެ ރަނގަޅު މައްސަލައެއް އޮތުމުގެ ޝާރުތަކީ ކޮންމެ މަރެވާ އިންޖަންކްޝަނެއްގައި ވެސް ފުރިހަމަކުރަން ޖެހޭ ޝަރުތެއް ކަމަށް މެލޭޝިއާގެ ހުރިހާ ފަނޑިޔާރުން ވެސް ޤަބޫލުކުރެއެވެ.
 • "ބަހުސް ކުރެވޭ ވަރުގެ ރަނގަޅު މައްސަލައެއް" މި ބަސް، މަރެވާ އިންޖަންކްޝަނާއި އިންޓަރލޮކިއުޓަރީ އިނޖަންކްޝަނުގެ ދެމެދުގައި ތަފާތުކޮށް ފައެއް ނުވެއެވެ. 
Dato’ Kam Woon Wah v Mohd Jalil bin Sarip [1998] 2 MLJ 201 ޤަޟިއްޔާގައި ފަނޑިޔާރު ޖޭމްސް ފޮންގް ވަނީ ތަފާތެއް ފާހަގަ ކޮށްފައެވެ. އޭނާ ބުނިގޮތުގައި މައްސަލައިގެ ބާވަތުން މަރެވާ އިންޖަންކަޝަންގެ ޓެސްޓް ތަފާތުކުރަން ޖެހެއެވެ. މި ޤަޟިއްޔާގައި މަރެވާ އިންޖަންކަޝަނަކަށް އެދިފައިވަނީ އަބުރާ ބެހުމުގެ މައްސަލައެއްގައެވެ.

ފަހުގެ ބައެއް މައްސަލަ 
· MANGALAM D/O SINNIAH v KATTAYAT MOHANDAS S/O C.P. NARAYANAN MENON [2005] MLJU 463 (ދެމަފިރިންގެ މައްސަލައެއް) 

· LEE GUAN PAR V HOTEL UNIVERSAL SDN BHD[2005] 4 MLJ 589 (ޤަޟިއްޔާ ނިމުމުން މަރެވާ އިންޖަންކްޝަން ބާޠިލުވީ)

No comments:

Post a Comment