Saturday, June 20, 2015

#

ދެމަފިރިން އެކަކު އަނެކަކަށް ތެދުވެރިވުން



އިސްލާމްދީނުގެ ނަޒަރުގައި ކާވެނީގެ ގުޅުމަކީ ވަރަށް މާތް މުޤައްދަސް ގުޅުމެކެވެ. އެއީ ޠޯހިރުކަމާއި އިއްފަތްތެރިކަމުގެ ވެއްޓެއް ޤާއިމްކުރެވޭ ގުޅުމެކެވެ. ކާވެނީގެ ގުޅުން ދެމަފިރިންނަށް ޖާމިނުކޮށްދެނީ ވަރަށްވެސް މަތިވެރި އިތުބާރަކާއި ޔަޤީންކަމެވެ. ތިމާގެ ޙަޔާތުގެ ބައިވެރިޔާގެ ގާތުގައި ހުންނައިރު އެ ޔަޤީންކަން ލިބިފައި އޮންނަފަދައިން، އޭނާއާއި ދުރުގައި ހުންނަންޖެހުނު ކަމުގައިވިޔަސް މިދެންނެވި އިތުބާރާއި ޔަޤީންކަން ދެމިއޮންނާނެ ގޮތުގެ މަތީން މާތްﷲ ކާވެނީގެ ގުޅުން تنظيم ކޮށްދެއްވާފައިވެއެވެ.

ކަންމިހެން ހުރިކަމުގައިވިޔަސް، ދެމަފިރިން ކުރެ ކޮންމެ މީހަކުވެސް ރައްކާތެރިވާންޖެހޭ ވަރަށް މުހިންމު ކަންތަށްތަކެއް ފުރިހަމަވެގެން މެނުވީ، ކާވެނީގެ ސަބަބުން ގަސްދުކުރެވޭ މަތިވެރި މަޤްސަދު ހާސިލެއް ނުވާނެއެވެ. ކާވެނީގައި އެކުލެވިގެންވާ ހިންހަމަޖެހުމާއި ލޯބި ލިބޭނީ ދެމަފިރިންކުރެ ކޮންމެ މީހަކުވެސް ތިމާގެ ހަޔާތުގެ ބައިވެރިޔާއަށް ތެދުވެރިވެގެންނެވެ. ވަފާތެރި ވެގެންނެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އިސްލާމީ ހަމަތަކާއި އުސޫލުތަކަށް ރިޔާއަތް ކޮށްގެންނެވެ. 

ދިރިއުޅުމުގެ މައިދާނުގައި ހަރަކާތްތެރިވަމުން ދާއިރު ފެންނަ ވަރަށް ތަފާތު ކުލަތަށް ހުރެއެވެ. ކިތަންމެ އޮފުދާރު ކުލައެއް ފެނުނުކަމުގައިވިޔަސް އެފަދަ ކުލައެއްގެ ޖާދުވީ އަސަރުގައިޖެހި ތިމާގެ ހިތާއި ހަށިގަނޑު ގުރުބާން ކުރަންވެއްޖެނަމަ އެއީ، އިސްލާމީ އުސޫލުތަކާއި ހިލާފު ކަމެކެވެ. އަމުދުން ކާވެނީގެ މަތިވެރި ބަނދެވުމުން ބަނދެވިފައިވާ މީހަކު އެފަދަކަމެއްގެ ތެރެއަށް ވަދެއްޖެނަމަ، އެއީ އަންހެނަކު ކަމުގައިވިޔަސް ނުވަތަ ފިރިހެނަކު ކަމުގައިވިޔަސް އެކުރެވެނީ ފާފަކަންބޮޑު ފާފައެކެވެ. ތިމާގެ ބައިވެރިޔާއަށް ވަފާތެރިވުމަށާއި ތެދުވެރިވުމަށް ކޮށްފައިވާ މަތިވެރި ވަޢުދާއި ޙިލާފުވުމެވެ. ތިމާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ޙިޔާނާތްތެރި ވުމެވެ. އެއަށްވުރެވެސް ބޮޑަށް އެއީ ތިމާ ހެއްދެވި ފަރާތަށް ހަރާންކޯރުވުމެވެ. 

އަނބިފިރިކަމުގެ ދާއިރާގައި ދެމަފިރިން އެކަކު އަނެކަކަށް ހިޔާނާތްވެރި ވުމަށްވުރެބޮޑަށް ކާވެނީގެ ގުޅުން ބަރުބާދުވެ ބުރޫއަރާކަމެއް ނުވެއެވެ. ކިތަންމެ ހަމަޖެހޭ އޮމާން ދިރިއުޅުމެއް އުޅޭ ބައެއްގެ ތެރޭގައިވެސް މިފަދަ ހިޔާނާތްއެއް މެދުވެރިވެއްޖެނަމަ އޭގެ ގެއްލުން ދުނިޔެއާއި އާޙިރަތުގައި މެދުވެރިވާނެއެވެ. ދެމަފިރިންގެ ހަމަޖެހޭ ދިރިއުޅުން ބޮއްސުންލައި ކާވެނީގެ ހަޔާތް ބަރުބާދުވުމުން އޮންނާނީ ނުހަނު ގާތުގައެވެ. 

އިސްލާމްދީނުގައިވަނީ فاحش ކަންތައްތަށް ނަހީ ކުރައްވާފައެވެ. އަމުދުން ކާވެނީގެ ގުޅުމުގެ ރައްކާތެރިކަން ލިބުމަށްފަހު މީހަކު އެފަދަ فاحش ކަންތައްކުރާނަމަ އެއީ ފާފަވެރިކަން ބޮޑު ކަމެކެވެ. ކީރިތި ރަސޫލާގެ ހަދީޘް ފުޅެއްގެ މާނައިގައި ވެއެވެ. "شريك ކުރުންނޫނީ، ތިމާއަށް ހަލާލުވެގެންނުވާ ރަޙިމެއްގެ ތެރެއަށް (އެބަހީ؛ ޒިނޭކުރުމަށްވުރެ) ﷲ ގެ ހަޒުރަތުގައި ފާފަވެރިކަންބޮޑު އެހެން އެއްވެސްކަމެއް ނުވެއެވެ.

No comments:

Post a Comment