އުފާވެރި ދިރިއުޅުމަކަށް ފައިސާއާއި ތަނަވަސްކަމަކީ ކޮންމެހެން ލާޒިމު އެއްޗެއް ކަމުގައިވީ ނަމަވެސް، އެފައިސާގެ ތަނަވަސްކަން ހުރުމާއިއެކު އެބައެއްގެ މެދުގައި ދިރިއުޅުމުގެ ވައްޓަފާޅި ނެތިއްޖެނަމަ އެއީ ދެމުސީބާތެވެ. ދިރިއުޅުމުގެ ކަންކަމާއިމެދު ވިސްނާ ބުއްދިވެރިން ބުނާގޮތުގައި ކިތަންމެ ދެރަނިކަމެތި އުޅުމެއް އުޅޭބަޔަކުވެސް ހަމަޖެހޭ ރީތި ދިރިއުޅުމެއް އުޅެފާނެއެވެ. ނަމަވެސް އެފަދަ ނިކަމެތި ދިރިއުޅުމެއް މަލުގެ ގުލްޒާރަކަށް ބަދަލުކޮށްލަނީ ކެތްތެރި، ވަފާތެރި، ލޯބިވެތި އުޅުންހުރި ދެމަފިރިއެއްގެ ވިސްނުންތެރިކަމުގެ ސަބަބުންނެވެ.
މިމަތިވެރި ހަޤީޤަތުގެ މައްޗަށް އިޝާރާތް ކުރައްވައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. އައް ނަޚްލު ސޫރަތުގެ 72 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.
وَاللَّهُ جَعَلَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجًا وَجَعَلَ لَكُمْ مِنْ أَزْوَاجِكُمْ بَنِينَ وَحَفَدَةً وَرَزَقَكُمْ مِنَ الطَّيِّبَاتِ أَفَبِالْبَاطِلِ يُؤْمِنُونَ وَبِنِعْمَةِ اللَّهِ هُمْ يَكْفُرُونَ
"އަދި ﷲ ތިޔަބައިމީހުންގެ ތެރެއިން، ތިޔަބައިމީހުންނަށްޓަކައި، އަނބީންލައްވައި، އަދި ތިޔަބައިމީހުންގެ އަނބީންގެ ކިބައިން، ދަރީންނާއި، ދަރީންގެ ދަރީން ދެއްވައި، އަދި ރަނގަޅު ޙަލާލު ތަކެތީން، ތިޔަބައިމީހުންނަށް ރިޒްޤުދެއްވިއެވެ. ފަހެ، އެއުރެން އީމާންވަނީ ބާޠިލަށް ހެއްޔެވެ؟ އަދި އެއުރެން ކާފިރުވަނީ ﷲ ގެ ނިޢުމަތަށް ހެއްޔެވެ؟"
ﷲ ގެ ރަޙްމަތަށް އެދޭ މީހުންގެ ހިތުގައި ރަޙްމަތުން ފުރިގެންވާ އިޙްސާސްތައް މާތްﷲ ލައްވަވައެވެ. އައްރޫމް ސޫރަތުގެ 21 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.
وَمِنْ آَيَاتِهِ أَنْ خَلَقَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجًا لِتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُمْ مَوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لَآَيَاتٍ لِقَوْمٍ يَتَفَكَّرُونَ
"ތިޔަބައިމީހުންނަށްޓަކައި ހަމަ ތިޔަބައިމީހުންގެ ނަފްސުތަކުން އަނބީން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ."
އަނބިމީހާއަކީ ފިރިމީހާގެ ގޭގެ ރަނިކަމަނާއެވެ. ފިރިމީހާއަކީ، އަނބިމީހާގެ ހިތުގެ ރަސްގެފާނެވެ. ފިރިމީހާގެ އޯގާތެރިކަމާއި އަޅާލުމާއި ހެޔޮބަސްތަކުން އަނބިމީހާގެ ހިތަށް ހަމަޖެހުން ލިބިދެއެވެ. އަނބިމީހާގެ ފާޑުވެރިކަމާއި މުރާލިކަމާއި ކުލުނުވެރިކަމުގެ ސަބަބުން ފިރިމީހާގެ މުޅިދިރިއުޅުން މިލްކުކޮށްލައެވެ. މިކަމުގައި އަނބިމީހާގެ ދައުރުގެ މުހިންމުކަން ހާމާކުރައްވައި ކީރިތި ރަސޫލާ ހަދީޘްފުޅެއްގެ މާނައިގައިވެ "ﷲ އަށް ތަޤުވާވެރިވުމަށްފަހު މުއުމިނަކަށް އެޔޮލަފާ އަންބަކު ލިބުމަށްވުރެ މަންފާހުރިކަމެއް ނުވެއެވެ. ފިރިމީހާ އަމުރެއްކޮށްފިނަމަ އެއާއެއްގޮތަށް އެ އަންހެނާ ކަން ކުރެއެވެ. ފިރިމީހާ އޭނާއާ ދުރަށް ހިގައްޖެނަމަ، ތިމާގެ އަމިއްލަ ނަފްސަށާއި، އޭނާގެ މުދަލަށް ރައްކާތެރިވެއެވެ." އުޅުންހުރި ޟާލިހް އަންބަލު ލިބުމަކީ ކިހާ މަތިވެރި ކަމެއްކަން މިބަސްފުޅުން އެނގެއެވެ.
އަނބީންލައްވައި، އަދި ތިޔަބައިމީހުންގެ އަނބީންގެ ކިބައިން، ދަރީންނާއި، ދަރީންގެ ދަރީން ދެއްވައި، އަދި ރަނގަޅު ޙަލާލު ތަކެތީން، ތިޔަބައިމީހުންނަށް ރިޒްޤުދެއްވިއެވެ. ފަހެ، އެއުރެން އީމާންވަނީ ބާޠިލަށް ހެއްޔެވެ؟ އަދި އެއުރެން ކާފިރުވަނީ ﷲ ގެ ނިޢުމަތަށް ހެއްޔެވެ؟
ReplyDeleteމިފަދަ ލިޔުންތަށް ގިނަގިނައިން ލިޔުއްވުން އެދެން
ReplyDelete