Tuesday, December 30, 2014

#

މިއުޒިކާއި ލަވައިގެ މައްސަލާގައި އަޅުގަނޑަށް ފެނުނުގޮތް

ކަންކަމުގެ އަސްލަކީ ހުއްދަވެގެން ވުމެވެ. ނަމަވެސް ބައެއް ސަބަބުތަކަށް ޓަކައި ބައެއް ކަންކަމުގައި އިންތަކެއް ކަނޑައަޅުއްވާފައިވެއެވެ. ނުވަތަ ހުރަސްތަކެއް ކަނޑައަޅުއްވާފައި ވެއެވެ. އެހުރަސް ނެތިގެން ދިއުމުން އެކަމެއް ހުއްދަވެގެން ދެއެވެ. މިސާލަކަށް ފިރިހެނަކު އޭނަގެ މިލްކުވެރިކަމުގައިނުވާ އަދި އެއްވެސް ޝުބުހާއެއްނެތި، އަންހެނެއްގެ ކުރިމަތިފަރާތުން ވަޠުޢުކޮށްފިނަމަ އެއީ އިސްލާމްދީނުގައި ޙައްދު ކަނޑައެޅިގެންވާ ޖަރީމާއެކެވެ. މިމައްސަލާގައި ވަޠުޢު ކުރުން ޖަރީމާއަށްވަނީ ފިރިހެނަކު އޭނާގެ މިލްކުވެރިކަމުގެ ދަށުގައިނުވާ އަންހެނަކާއި އެކު އެކަންކުރުމުންނެވެ. މިކަމުގައިއޮތް ހުރަސް ނައްތާލުމުން، ޔަޢުނީ އެއަންހެންމީހާ ފިރިހެންމީހާގެ މިލްކުގެ ދަށަށްގެނެސް އެބަހީ ޝަރުޢީގޮތުން ކާވެނިކުރުމަށްފަހު އަންހެންމީހާގެ ކުރިމަތިފަރާތުން ކިތައްމެވަރަކަށް ވަޠުޢު ކުރިކަމުގައިވިޔަސް އެކަމަކީ ހަރާމް ގަމެއްކަމުގައި ނުވާނެއެވެ. އެހިސާބުން އެކަން ފުރޮޅިގެންދާނީ ސަވާބުލިބޭ އަޅުކަމަކަށެވެ.

ދިވެހިރާއްޖޭގެ %98 ދީނީ އިލްމުވެރިން މިއުޒިކާއި ލަވަ ހަރާމްކަމަށް ވިދާޅުވޭ. އެހެންކަމުން މިއީ ރާޖިޙުގޮތް(ވީޑިއޯ)

ލަވަ އާއި މިއުޒިކު ހަރާމްކަމަށް ވިދާޅުވާ އިލްމުވެރީންގެ ދަލީލު
އިމާމު އަޙްމަދާއި އިބްނު އަބީ ޝައިބާއާއި އިމާމު ބުޚާރީ ފަދަބޮޑެތި އިލްމުވެއިން، ޞައްޙަ މަގުން މިފަދައިން ރިވާކުރައްވާ ކުރައްވާފައި ވެއެވެ. لَيَشْرَبَنَّ أُنَاس مِنْ أُمَّتِي الْخَمْر يُسَمُّونَهَا بِغَيْرِ اِسْمهَا تَغْدُو عَلَيْهِمْ الْقِيَان وَتَرُوح عَلَيْهِمْ الْمَعَازِف މާނައީ: ތިމަން ކަލޭގެފާނުންގެ އުއްމަތުގެ މީހުންގެ ތެރޭގައި ރަލުގެ ނަންބަދަލުކޮށްގެން ރާބޯނެ މީހުންނާއި އަދި ނަށައިލަވަކިޔާ އަންހެންކުދިން ގެނެސްގެން މިއުޒިކްކުޅެ ލަވަކިޔައި ހަދާނެ މީހުން އަންނާނެއެވެ.
އިމާމު ބުޚާރީ އެކަލޭގެފާނުންގެޞަޙީޙުލްބުޚާރީގައި މިޙަދީޘަށް އިޝާރާކުރައްވައިމުން އެހެން ރިވާޔަތެއް ބާބެއްގެސިފައިގައި ގެންނަވާފައި ވެއެވެ. އޭގައި މިފަދައިން ވެއެވެ. لَيَكُونَنَّ فِي أُمَّتِي أَقْوَام يَسْتَحِلُّونَ الْحَرِير وَالْخَمْر وَالْمَعَازِف މާނައީ: ތިމަންކަލޭގެފާނުންގެ އުއްމަތުގައި ބަޔަކު މީހުން ފަށުއްވާއި ރަލާއި މިއުޒިކް ހުއްދަކުރާނެއެވެ. 

وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَن سَبِيلِ اللَّـهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا ۚ أُولَـٰئِكَ لَهُمْ عَذَابٌ مُّهِينٌ ﴿  سورة لقمان 6﴾  މާނަ: [ނުދަނެތިބެ، اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އަދި މަލާމާތުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ފައިދާއެއްނެތް ވާހަކަ ގަންނަ މީހުންވެސް، މީސްތަކުންގެ ތެރެއިން ވެއެވެ. އިހާނެތިކަންދެނިވި عذاب އެއުރެންނަށްހުށްޓެވެ.]
މިއާޔަތުގައިއެބަޔާންކުރާ لَهْوَ الْحَدِيثِ ގެ މާނައަކީ މިއުޒިކާއި ﷲ ހަނދުމަ ނައްތާލާފަދަ ކުޅިވަރާއި މަޖަލާއި ލަވަ ކަމުގައި އަޞްޙާބު ބޭކަލުން ކުރެ އިބުނު މަސްޢޫދު ތިންފަހަރު ތަކުރާރުކޮށް ހުވާކުރައްވާފައި ވިދާޅުވެފައި ވެއެވެ. އަދި މިފަދައިން ކީރިތި ރަސޫލާ صلى الله عليه وسلم އުންމަތުގެ ހުރި އެންމެ ބޮޑު ޤުރުއާނުގެ މުފައްސިރުކަމަށް ސިފަކުރައްވާފައިވާ ޞަޙާބީ އިބުނު އައްބާސް ވިދާޅުވެފައިވެއެވެ.

ލަވަ އާއި މިއުޒިކު ހުއްދަކަމަށް ވިދާޅުވާ އިލްމުވެރީންގެ ދަލީލު
ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެފައި ވެއެވެ. އެއްދުވަހަކު އެކަމަނާގެ އަރިހަށް އަބޫބަކުރުގެފާނު ވަޑައިގެންނެވި އެވެ. އޭރު އެކަމަނާގެ އަރިހުގައި ތިބި ދެ އަންހެން ކުއްޖަކު، ތާރަޖަހައި ލަވަކިޔަމުން ގެންދިޔަ އެވެ. އެއީ އަޟުޙާ ޢީދުގެ ދުވަސްތަކެވެ. އޭރު ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އެތާނގައި އޮށޯވެވަޑައިގެން އޮންނެވި އެވެ. އިތުރުއެކަލޭގެފާނު އޮންނެވީ، ހެދުންކޮޅަކުން ހަށިކޮޅު ނިވާކުރައްވައިގެންނެވެ. އަބޫބަކުރުގެފާނު އެދެ އަންހެން ކުދިންނާމެދު ރުހިވަޑައިނުގެން "ކީރިތި ރަސޫލާގެ ކޮޓަރިކޮޅުތެރެއިން ޝައިޠާނާގެ އަޑު އިވެނީހެއްޔެވެ؟" މިފަދައިން ސުވާލު ކުރެއްވުމުން، އިތުރުއެކަލޭގެފާނު މޫނުފުޅު ކަޝްފުކުރައްވައި ޙަދީޘްކުރެއްވިއެވެ. (دَعْهُمَا يَا أَبَا بَكْرٍ فَإِنَّهَا أَيَّامُ عِيدٍ) މާނައީ، "އޭ އަބޫބަކުރުގެފާނެވެ! މި ދެ ކުދިން ކުރާ ކަމެއް ކުރުމަށް، މި ދެ ކުދިން ދޫކޮށްލައްވާށެވެ! ފަހެ، މިއީ ޢީދެއްގެ ދުވަސްތަކެކެވެ.

ނޯޓް: ޖުމުޙޫރު އިލްމުވެރިން ދެކިލައްވާގޮތުގައި މިދަލީއަކީ ލަވައާއި މިއުޒިކު ހިފެހެއްޓުމެއްނެތް ގޮތުގައި ހަލާލު ކުރެވެން އޮތް ދަލީލެއް ނޫންކަމުގައެވެ. އެހެނީ އެތަނުގައި ލަވަކިޔައި ތާރަ ޖަހާފައިވަނީ ބާލިޢުނުވާ ކުޑަ ދެއަންހެންކުދިން ކަމަށްވެފައި، އެކުދިންއަކީ އާންމުގޮތެއްގައި ލަވަކިޔައި އުޅޭ ކުދިންނަށް ނުވެފައި، އެދުވަހު އެކުދީން ކިޔާފައިވަނީ އަރަބީންގެ އާދަކާދަމަތީން ޢީދު ދުވަހު އުފާކުރުމުގެ ގޮތުންކިޔައި އުޅޭ ލަވައަކަށް ވާތީއެވެ. އެއީ އަޅުގަނޑުމެންވެސް ޢީދު ދުވަހު މިކިޔާ "ފޮނުވާނީ ޢީދުގެ ވެދުމާއި ސަލާމޭ" ފަދަ ރީތި ލަވައެކެވެ.

މިމައްސަލައިގެ ބަހުޘްގައި  ޝަހީދު ޑރ. އަފްރާޝީ އަދި ޑރ. ޝަހީމުގެ ބަސް
އަޅުގަނޑަކީ ފަހުގެ ތާރީހެއްގައި ލަވަ އާއި މިއުޒިކު ހުއްދަކަމަށް ފަތުވާދެއްވި ކަމަށް މައްޝޫރުވެލެއްވި ޝަހީދު ޑރ. އަފްރާޝީމް އަލީ އާއި އަދި ލަވަ އާއި މިއުޒިކު ކަނޑައެޅިގެން ހަރާމް ކަމަށް ފަތުވާދެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ދެބޭފުޅުންގެވެސް ދަރިވަރެކެވެ. الحمد لله! މިސުވާލަށް މިދެބޭފުޅުންގެ ފަރާތުންވެސް ކްލާހުގައި އަޅުގަނޑަށްވަނީ ޖަވާބުލިބިފައެވެ. ދެބޭފުޅުންވެސް ވިދާޅުވެފައިވަނީ ހަމައެއްވާހަކައެކެވެ. ތަފާތަކީ ޑރ. އަފްރާޝީމް ޖަވާބުދެއްވަން ފައްޓަވަނީ ހުއްދަވާ ހާލަތުން ފެށިގެންގޮސް ހަރާމްވާ ހާލަތާއި ހަމައަށެވެ. އަދި ޑރ. ޝަހީމް ޖަވާބު ފައްޓަވަނީ ހަރާމްވާ ހާލަތުން ފެށިގެންގޮސް ހުއްދަވާ ހިސާބަށެވެ. ޑރ. އަފްރާޝީމު ޖަވާބު ނިންމަވާލައްވަނީ ފާހިޝް އަމަލުތަކާއި ހަޑިހުތުރުބަސް ބޭނުންކުރުމާއި އިސްލާމްދީނަށް ފުރައްސާރަކޮށްފައި  ހުއްނަލަވަ ހަރާމް ކަމުގައި ވިދާޅުވަމުންނެވެ. ޑރ. ޝަހީމް ޖަވާބު ނިންމަވާލަނީ މަދަހަ ސަނާ އާއި ދުޢާ، ޤައުމީ ލަވަ، މަސައްކަތުގައި ހިތްވަރު ދިނުމަށް ކިޔާއުޅޭ ރީތި އިބުރަތްވެރި ލަވަތަށް ހުއްދަވާނެ ކަމަށް ވިދާޅުވަމުންނެވެ. އެހެންކަމުން މިދެބޭފުޅުންގެ ވާހަކަގޮސް ނިމެނީ ހަވަރު ތިނަދޫ މީހުންގެ ޒުވާބާއި ހަމައިންނެވެ. އާއެކެވެ. އެކަކު މިބުނަނީ "ކައިގެންނޭ ފުރާނީ"، އަނެކަކު ރުޅިގަދަވެފައި ލައްކެއް ޖަހާފައި ބުނަނީ "ނުކައި ނުފުރާނަމޭ" މިއެވެ. މިދެމީހުން މިޒުވާބެއްގައި ތިއްބައި ޖެހިގެން އޮތް ދޯނީގައި ހުރި މީހަކު ގޮވާފައި ބުނައްޕޭ "އަޅޭ ތިޔަދެމީހުންވެސް ތިޔަކިޔަނީ އެކައްޗެއްނޫން ހެއްޔެވެ. ދެން މިދެމީހުން ހިމޭންވެލާފައި ވިސްނާލިއިރު މިކިޔަނީ ހަމައެކައްޗެކެވެ.

މިމައްސަލައިގައި އަޅުގަނޑުދެކޭގޮތް
މިމައްސަލާގައި އިލްމުވެރިން ދެއްވާފައިވާ ފަތުވާތަކަށް ބަލާލާއިރު، ލަވަކިޔުން މުޠުލަޤުކޮށް ނުވަތަ އެއްވެސް އިސްތިސްނާއެއްނެތި ހަރާމްކަމަށް އެއްވެސް އިލްމުވެރިޔަކު ފަތުވާދެއްވާފައިނުވެއެވެ. އެހެންކަމުން ލަވަކިޔުން ހުއްދަވާގޮތެއްވާކަން ޔަޤީންވެއެވެ. އެހެނީ އަޅުގަނޑުގެ ލިޔުން ފަށަމުންވެސް ދަންނަވާފައިވާ ފަދަން ކަމެއް ހަރާމްވާނީ މާނިޢުއެއް ނުވަތަ ހުރަހެއް އޮތްނަމައެވެ. ލަވައިގައިއޮތް ހުރަހަކީ ހަޑިހުތުރުބަސް ބޭނުން ކުރުމާއި، އަންހެނުންނާއި ފިރިހެނުން މައްސުނިވެ ޝަރީއަތުގެ އުސްލޫބުތަކުން ބޭރަށްދިއުމެވެ. މިއިން ކަމަކަށް އަރައިނުގަނެ ލަވަކިޔުމަކުން އެކަމުގައި ގޯހެއްނެތެވެ. މުސްލިމުންގެ އަމަލުތަށް ހުންނަންޖެހޭނީ އިސްލާމްދީނުގައި ކަނޑއަޅުއްވާފައިވާ އިންތަކުގެ ތެރޭގައެވެ.

އާއަހަރާއި ދިމާކޮށް ބާއްވަން ހަމަޖެހިފައިވާ މިއުޒިކު ޝޯ
މިޝޯއާއި ބެހޭގޮތުން ބައެއް ރައްޔިތުންނާއި ބައެއް އިލްމުވެރިން ސަރުކާރާއި ދިމާކުރިގޮތް އެހާ ރަގަޅުކަމަށް ނުފެނެއެވެ. ބައެއް އިލްމުވެރިން އެމީހުންގެ ފޭސްބުކް ސްޓޭޓަސްގައި ބަދުދުޢާ ކޮއްފައިހުރިތަންވެސް އަޅުގަނޑު ދުށީމެވެ. މިމަގުން ކަންތަށް ކުރުމުން އީމާންތެރިކަން ބަލިކަށި މީހުންގެ ހިތްތަކުގައި އިސްލާމްދީނަށް ނަފްރަތު އުފެދުންވެސް އެކަށީގެންވެއެވެ. ސަރުކާރާއި ދިމާނުކޮށް އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ޝޯ ބޭއްވުމަށް ސަރުކާރަށް ބާރު އެޅިދާނެއެވެ. މިސާލަކަށް ގަލޮޅު ދަނޑުގައި ފިރިހެނުންނާއި އަންހެނުން މަސްހުނި ނުވާނެގޮތަށް ދެބައިމީހުންނަށް ދެސިޑިބަރި ހާއްސަކުރެވިދާނެއެވެ. މިފަދައަކުން އިންތިޒާމުކޮށް ފާޙިޝް އެންމެހާކަންތަކުން ދުރުވެ، އިސްލާމްދީނުގެ އިންތަކުގެ ތެރޭގައި ޝޯ ބޭއްވުމަށް ގޮވާލާ ސަރުކާރަށް ޕްރެޝަރ ކުރެވިދާނެއެވެ. މިމަގުން ކަންތަށް ކުރުމަށް ސަރުކާރުން އިންކާރު ކުރާނަމަ މުންކަރާތް ހުއްޓުވުމަށް މަސައްކަތް ކުރެވިދާނެއެވެ.

3 comments:

  1. މިމައްސަލާގައި ސަރުކާރުން ތިބުނާގޮތަށް ޝޯ ނުބާއްވާނެކަން ޔަޤީން

    ReplyDelete
  2. Music massalaa gai kommeves varakah ilmveringe medhugai khilaafu eba oiy... Namaves gina ilmverin dhekilavvanee music haraam kamah... Huhdha kuravvaa beykalun arihugai ves mi fadha show thakugai ebeynun kuraa lava ai music haraam... ehenveema, mee ihthifaaqu massala eh... Music haraam vumuge ithurun mifadha show thakugai ethakeh munkaaraiy thakeh hingaa... Furathama kamakee, hiley anhenunnai hiley firihenun ehthan ve, dance koh lava kiyaa hedhun... mee evves 2 ilmveriyaku 2 bas vaane kameh noon haram kamaa medhu... ehenveema, music huhdha kuravvaa ilmverinves mifadha gothakah music kulhe lava kiyun haraam kuravvaaa... ehenveema, mi massala akee varah saafu massala eh... Beyrun genna lava kiyuntheringe lavaa gai faahish adhi Allah nahee kurevvi kithamme lafuzu thakeh himeney kamee, evves meehaku inkaaru kuraane kameh noon... Mihaaru india in genesgen ulhey, saleem ai sulaiman ge lava thakugai efadha basthah, himeney kamee shakkeh huri kameh noon.. Ehenveema, e liyuntheriyaa bunefai in vaahaka akee evves asleh huri vaahaka eh noon... Mibunee show islaamee shariathaa ehgothah beyvumaa medhu,... e'ee eyna ah vefai oiy vahumeh...

    ReplyDelete
  3. Dheenuge sharu'u binaavegenvanee meehegge rauyakah noone, Ehenas Qur'aanaai sunnathuge mahchashe. Eaffahu Qur'anaai sunnathuge dhaleeluthakun bahusdhevey ilmuveringe ijmaauaai qiyaas asheve. Dheenuge eki massalathakuga amille ah dhekeygoy Bayaan nukurumah naseyhaynaseyhaytherivame. Ehenee baeh massalathakaee aanmu rayyithunnah evvesinvarakah bahus nudheveyne massalathakekkamugaavaakameve.

    ReplyDelete