
ރަށު ކައުންސިލަށް މީހުން އިންތިޙާބު ކުރުމަކީ ރަށަށް ހިދުމަތް ކުރުމަށް އިންތިޙާބު ކުރެވޭ ބައެއްނޫނެވެ. އެމީހުންނަކީ ގަޔަށްނޭގި ފޮނިކެނޑުމާއި ކޮފީ ބުއިމުގެ ތެރެއިން މަހެއްގެ މައްޗަށް ދިހަހާސް ރުފިޔާ ހިތަކަށް ދިވެހި ދައުލަތުގެ ބަޖެޓުން ހޭދަކުރުމަށް އިންތިޙާބު ކުރެވޭ ބައެކެވެ. ބައެއް ރަށްރަށުގައި ކައުންސިލަރުންގެ ދުވަސް ފެށިގެން އަންނަނީ ހެދުނު ޓައީއެއް އަޅަގެން ކައުންސިލް އިދާރާއަށްވަދެ ކޮއްލާ ސޮޔަކުންނެވެ. އަނެއްބައި ކައުންސިލަރުން ލަނޑާނެގުމާއި، މަސްވެރިކަމުންނެވެ. ކައުންސިލް އިދާރާއަށްވަދެ ސޮއިކޮއްލާ ކައުންސިލަރުންގެ ޙާލަތަކީ ސޮއިކުރުމަށްފަހު އިދާރާއިން ނުކުމެގެންދާނީ ބަނދަރުމަތީގައި ހުންނަ ޖޯލިފައްޗަށެވެ. ނުވަތަ ކެފޭއެއްގައި ކޮފީ ބޯލުމުގައެވެ. މިހެންގޮސް މުޅިދުވަސް ނިމޭއިރު ގަލަމަކުން މިއިން މީހަކު ކުރާ ކަމެއްނޯވެއެވެ. އެހެންތިބެލާފައި ހެއްވާ މަޖާ ގަރާރުތަށްވެސް ފާސްކުރެއެވެ. މާލޭގެ ސިޓީ ކައުންސިލުން ހިމަފޮދު ވާރޭ ވެހެމުންދިޔަ ދުވަހެއްގައި މަގުމަތީގައި ކުނަލެއް އަޅާގެންތިބެ ކުރީގެ ރައީސް މައުމޫން އަބުދުލް ޤައްޔޫމްގެ އަމިއްލަފުޅު ގެކޮޅު ކަމަށްވާ މއ. ކިނބިގަސްދޮށުގެ ސިޓީ ކައުންސިލަށް ނެގުމަށް ޤަރާރެއް ފާސްކުރިއެވެ. ޖެހިގެން އައިދުވަހު އެއީ ޖަޒުބާތުގައި ޖެހިގެން ފާސްކުރެވުނު "ޖޯކު ޤަރާރެއް" ކަމަށް މާލޭ ސިޓީ ކައުންސިލުން އިޢުލާން ކުރިއެވެ. މިދަންނަވާލެވުނީ މާލޭ ސިޓީ ކައުންސިލްގެ ޙާލަތެވެ. ރަށުކައުންސިލްގެ ހާލަތަކީ ކޮބައިތޯއެވެ؟
މިހާ ހިސާބުން އަޅުގަނޑުގެ އަސްލު މަޢުޞޫއަށް ޖެހިލާނަމެވެ. ރަށްރަށުގެ ފުޅަފިތަކުގައާއި ހޮޅިދަނޑިތަކުގައާއި އަދި ފޭސްބުކުން މިދުވަސްވަރު މުޅީންވެސް ފެންނަނީ ކައުންސިލްތަކަށް ކުރިމަތިލާގެން އުޅޭ މީހުންގެ ވަޢުދުތަކެވެ. އަޅުގަނޑަށް އެވަޢުދުތަށް ފެންނަނީ ބޮޑު ޖޯކެއްގެ ގޮތުގައެވެ. އާދޭހެކެވެ. އެމީހުން އެވައުދުތަށް ފުއްދާނީ ކޮންފަދައަކުން ހެއްޔެވެ؟ އެމީހުންނަށްވެސްވާނީ މައިސަރުކާރުގެ މެނިފެސްޓޯގައި ހުރި ކަންތަކެވެ. ސަރުކާރުން ހަރަދު ދީފިނަމައެވެ. ހުރިހާ ކައުންސިލްތަކެއް ފެންނަނީ އިންފެންޓް ކައުންސިލްތަކެއްގެ ގޮތުގައެވެ. އެކިއެކިގޮތްގޮތުން ފަންޑު ހޯދައިގެން ކަމެއްކުރި ކައުންސިލެއް ފައިބަ ކައުންސިލް ދައުރުގައި ނުފެނެއެވެ. ސަރުކާރުން އަބަދު ޖެހެނީ ލަވާދޭށެވެ. މިހެން ވުމުގެ ސަބަބުން ކައުންސިލްތަށްވަނީ ސަރުކާރަށް ބޮޑު ބުރައަކަށް ވެފައެވެ. ބައެއްފަހަރު އަޅުގަނޑަށް ކައުންސިލްތަށް ސިފަވަނީ ދެމަފިރިއެއްގެ ހުރި ބަސްނާހާ އަމަލުވާ އެއްޗެހި ބޭނުންކުރާ ދަރިއެއްގެ ގޮތުގައެވެ. އޭނާއަށްވެސް އަމިއްލައަށް ދިރިއުޅުމެއް ހޯދާކަށް ނޭގެއެވެ. އަބަދު މަންމަ އާއި ބައްޕަ ޖެހެނީ އޭނައަށް ހަރަދު ދޭށެވެ. އޭނަގެ ފަރާތުން އެދެމަފިރިންއަށާއި މުޖުތަމައަށް އެއްވެސް ފައިދާއެއްނުކުރެވެ. އެހެންކަމުން ރަށު ކައުންްސިލްތަކަކީ ދައުލަތުގެ ބަސްނާހާ ދަރިންއެވެ. ދުވަހަކުވެސް އަމިއްލަ ފައިމައްޗަށް ތެދުވާކަށް ނޭގި ދައުލަތުން ހަރަދުދޭތީ ތިބެނީއެވެ.
ކައުންސިލްތަކަށް މެންބަރުން ހޮވުމަކީ 3 އަހަރު ދުވަހުގެ ވަޒީފާއެއް މީހަކަށް ހޯދަދިނުމެވެ. އެމީހުންގެ ފަރާތުން ޤައުމަށާއި މުޖުތަމައަށް އެއްވެސް ފައިދާއެއް ނުކުރާނެއެވެ. ރަށުކައުންސިލްތަކަކީ ހަމަ ދައުލަތުގެ ބަސްނާހާ ދަރިންއެވެ. ދުވަހަކުވެސް އަމިއްލަފައި މައްޗަށް ތެދުވާކަށް ނޭގޭނެއެވެ. އަދި އަމިއްލަފައިމައްޗަށް ތެދުވާން މަސައްކަތްވެސް ނުކުރާނެއެވެ.
ތެދުފުޅެއް. ތިއީ ހަމަ އެއްވެސް ބޭނުމެއްހުރި ބައެއްނޫން. ވޯޓުލާން ނުދާގޮތަށް މިހިރީވެސް
ReplyDelete