Sunday, December 15, 2013

#

ޤަވާޢިދުލް ފިޤުހިއްޔާގެ އަސާސީ ޤަވާޢިދުތަށް

ޤަވާޢިދުލް ފިޤުހިއްޔާ ބިނާވެފައިވަނީ އަސާސީ ފަސްޤަވާއިދެއްގެ މައްޗަށެވެ. އެޤަވާއިދުތަކަކީ

1. الأُمُوْرُ بِمَقَا صِدِهَا، ކަންކަމުގައި ޙުކުމް ކަނޑައެޅެނީ އޭގެ މަޤްޞަދަށެވެ.
2. اَلْيَقِينُ لَا يَزُولُ بِالشَّكِ ، ވެފައިވާ ޔަޤީނެއް ޝައްކަކުން ބާޠިލެއްނުވާނެއެވެ.
3. المَشَقَّةُ تَجْلِبُ التَّيسِيْرَ ، އުނދަގޫތައް ފަސޭހަގޮތް ހޯދައިދެއެވެ.
4. اَلْعَادَةُ مُحَكَّمَةٌ ، އާދައާއި އެއްގޮތަށް ޙުކުމްކުރެވޭ ހުއްޓެވެ.
5. الضَّرَرُ يُزَالُ ، ގެއްލުން ފިލުވައިލެވޭނެއެވެ.

ޤަވާޢިދުލް ފިޤުހިއްޔާގެ ދާއިރާތައް
1- އަލްޢިބާދާތު.
2- އަލްމުޢާމަލާތް.
3- އަޙުކާމުލް އުސްރަތު.
4- އައްސިޔާސަތުއްޝަރުޢިއްޔާ.
5- އަލްޢުޤޫބާތު.
6- އަލްއަޚުލާޤު ވަލްއަދަބު.
7- އަލްމުޢާމަލާތުލް ޚާރިޖިއްޔާ.

----------------------------------------------------------

الأُمُوْرُ بِمَقَا صِدِهَا (ކަންކަމުގައި ޙުކުމް ކަނޑައެޅެނީ އޭގެ މަޤްޞަދަށެވެ.)

* ޢަމަލުތައް ބިނާވަނީ ނިޔަތުގެ މައްޗަށެވެ.
* އަޅުކަމުގައި ނިޔަތް ގަންނާނީ އަޅުކަންކުރަން ފަށާއިރުގައެވެ.
* ޤައުމެއްގައި އެއްވައްތަރެއްގެ ފައިސާ ބޭނުންކުރާނަމަ، ޢަޤުދުކުރާއިރު ފައިސާގެ ބާވަތް ބުނާކަށް ނުޖެހޭނެއެވެ. ޢަދަދު ބުނުމުން ފުދޭނެއެވެ.
* ނިޔަތްގަތުމުގައި ޝައްކާއި ވަހުމުގެ މައްޗަށް ބިނާކޮށް ނިޔަތްގަތުމުން ޞައްޙައެއް ނުވާނެއެވެ.
* ކަމެއްކުރުމުގައި ޢަދަދު ކަނޑައަޅަން ނުޖެހޭ ކަމެއްގައި ނުބައިކޮށް ޢަދަދު ކަނޑައެޅިއަސް ޞައްޙަވާނެއެވެ.
* އަދި އަޅުކަމުގައްޔާއި އާދަތަކުގައި ނިޔަތަށް އިތުބާރުކުރެވިފައިވެއެވެ.
* ޢަޤުދުތަކުގައި ބެލެވޭނީ މަޤުޞަދަށާއި މާނައަށެވެ. ލަފުޒާއި ޢިބާރާތަކަށް ނޫނެވެ.
* ނިޔަތާނުލާ ޘަވާބެއް ނެތެވެ.
* ނިޔަތްގަނެލިޔަސް ކަމުގެ އަޞުލުން ބޭރެއްނުވެވޭނެއެވެ.
* ހުވާކުރުން ބިނާވެފައިވަނީ ލަފުޒާއި މަޤްޞަދުގެ މައްޗަށެވެ.
* ޙުކުމް އެބުރޭނީ ކަމުގެ މަޤްޞަދާއެކުގައެވެ.
* މުޢާމަލާތްތަކާއި އާދަތަކުގައިވެސް މަޤްޞަދާއި ނިޔަތަށް ބެލެވެއެވެ.
* ބޭނުންކުރެވޭ ފައިސާގެ ބާވަތް މަޝްހޫރުވެފައިވާނަމަ ޢަޤުދުކުރާއިރު އޭގެ ވައްތަރު ބަޔާންކުރާކަށް ނުޖެހޭނެއެވެ.
* ތަޞައްރަފުތައް ގިނަފަރާތްތަކެއްގެ ތެރޭގައި ދައުރުވާނަމަ އެއިން ފަރާތަކަށް ނިޔަތަކާނުލައި ތަޞައްރުފެއް ރައްދުނުވާ ހުއްޓެވެ.
* ކަމެއް ކުރުމުގެ ވަގުތު ޖެހުމުގެކުރިން އެކަމެއް ކުރުމަށް އަވަސްވެގަނެ އެކަމެއް ކޮށްފިނަމަ އެކަމަކުން އޭނާ މަޙުރޫމު ކޮށްލެވޭނެއެވެ.
* ނިޔަތަކީ ތިމާގެ އިޚްތިޔާރުގައިވާ ކަމެކެވެ.
* ޙައްޤުތައް އޭގެ ޙައްޤުވެރިންނަށް ކަނޑައެޅިއްޖެނަމަ އެއް ޙައްޤުފަދައެވެ. ވީމާ ނިޔަތާނުލާވެސް އޭގެވެރިފަރާތް ކަނޑައެޅިދެއެވެ.
* ޙައްޤުތަކާއި އަޅުކަންތަކުގައި ވަކިމިންވަރެއް ކަނޑައެޅިފައިވާ ކަންތަކުގެތެރެއިން ނިޔަތްގަންނައިރު އެ މިންވަރު ކަނޑައެޅުމުގެ ބޭނުމެއްނެތެވެ. އަދި ޙައްޤުތައް އަދާކުރާއިރު ނިޔަތަކަށް ބޭނުމެއް ނުޖެހެއެވެ.
* ލަފުޒުގެ މަޤްޞަދު އޮންނާނީ ލަފުޒުބުނާމީހާގެ ނިޔަތަށެވެ.
* ހިމޭނުންހުރި މީހަކަށް ވާހަކަ ނިސްބަތެއް ނުކުރެވޭނެއެވެ. ނަމަވެސް ބުނެދޭންޖެހޭ ތަނެއްގައި ހިމޭނުންކުރުމަކީ ބުނުމެކެވެ.
* ކުރިން އޮތްގޮތެއް އެ ގޮތަކަށް ބާއްވާނީއެވެ.
* ރައްޔިތުންގެ ކަމެއްގައި ވެރިމީހާކުރާ ކަމެއް ގުޅިފައި އޮންނަށްޖެހޭނީ މަޞްލަޙަތާއެވެ.

މަޢުލޫމާތު ނަގާފައިވަނީ ޑރ.ޢަބުދުއްސައްތާރު ޢަބުދުއްރަޙުމާނު ލިޔުއްވާފައިވާ "ފިޤްހީ ޤަވާޢިދުތައް" މިފޮތް އަޞްލަކަށް ބަލައިގެންނެވެ.

No comments:

Post a Comment