- ހަމަކަށަވަރުން كافر ވި މީސްތަކުންނަށް، ކަލޭގެފާނު އެއުރެންނަށް إنذار ކުރެއްވިޔަސް ނުވަތަ إنذار ނުކުރެއްވިޔަސް ހަމަހަމަވެގެން ވެއެވެ. އެއުރެން إيمان އެއް ނުވާނެތެވެ.
- اللَّه، އެއުރެންގެ ހިތްތަކުގައްޔާއި އެއުރެންގެ ކަންފަތްތަކުގައި ވަނީ ސިއްކަގައްސަވައި، ބަންދުކުރައްވާފައެވެ. އަދި އެއުރެންގެ ލޯތަކުގެ މަތީގައިވަނީ، ފަރުދާއެކެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ.
- އަދި إيمان ވެގެންވާ ބަޔަކު ކަމުގައި ނުވެތިބެ، ތިމަންމެން اللَّه އަށާއި آخرة ދުވަހަށް إيمان ވެއްޖައީމުއޭ ބުނާބަޔަކު، މީސްތަކުންގެ ތެރެއިންވެއެވެ.
- (އެއުރެން ހީކުރާގޮތުގައި) اللَّه އަށާއި إيمان ވެގެންތިބި މީހުންނަށް އެއުރެން އޮޅުވައިލަނީއެވެ. އެއުރެން އެ އޮޅުވައިލަނީ، އެއުރެންގެ އަމިއްލަ نفس ތަކަށް ކަމުގައި މެނުވީ ނުވެއެވެ. އެއުރެންނަށް (އެކަންވެސް) ނޭނގެނީއެވެ.
- އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވެއެވެ. އެކަމުން، اللَّه، އެއުރެންނަށް އެ ބަލިމަޑުކަން އިތުރު ކުރެއްވިއެވެ. އަދި އެއުރެން ދޮގުހަދައި އުޅުނުކަމުގެ ސަބަބުން، އެއުރެންނަށް ވޭންދެނިވި عذاب ހުށްޓެވެ
- އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދައި ނޫޅޭށޭ، އެއުރެންނާދިމާއަށް ބުނެފިނަމަ، ތިމަންމެންނީ، ހަމަ إصلاح ކުރަންއުޅޭ ބަޔަކީމުއޭ، އެއުރެން ބުނެތެވެ.
- ދަންނާށެވެ! ހަމަކަށަވަރުން، އެއުރެންނީ، ހަމަ ފަސާދަ އުފައްދާ މީހުންނެވެ. އެހެނެއްކަމަކު، އެއުރެންނަށް އެކަން ނޭނގެނީއެވެ.
- އަދި މީހުން إيمان ވި ފަދައިން ތިޔަބައިމީހުން إيمان ވާށޭ، އެއުރެންނާ ދިމާއަށް ބުނެފިނަމަ، މޮޔައިން إيمان ވި ފަދައިން އަހަރެމެން إيمان ވާނެހެއްޔޭ، އެއުރެން ބުނެތެވެ. ދަންނާށެވެ! ހަމަކަށަވަރުން މޮޔައިންނަކީ ހަމަ އެއުރެންނެވެ. އެހެނެއްކަމަކު، އެއުރެންނަށް އެކަން ނޭނގެނީއެވެ.
- އަދި إيمان ވި މީހުންނާ އެއުރެން ބައްދަލުވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެން މިތިބީ إيمان ވެގެންނެވެ. އެއުރެންގެ شيطان ންނާ (އެބަހީ: ދެކޮޅުވެރިކަމާއި كفر ވެރިކަމުގައި އެއުރެންގެތެރެއިން ކުރިޔަށް ތިބިމީހުންނާ) އެއުރެން އެއްތަންވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެންވަނީ، ކަށަވަރުންވެސް ތިޔަބައިމީހުންނާ އެކުގައެވެ. ހަމަކަށަވަރުން ތިމަންމެންނީ، ފުރައްސާރަކުރާ ބަޔަކީމުއެވެ.
- اللَّه، އެއުރެން ކުޅަ ފުރައްސާރައިގެ ޖަޒާ އެއުރެންނަށް ދެއްވާހުށްޓެވެ. އަދި ދެފުށުއެޅޭ حال ގައި، އެއުރެންގެ އުރެދުމުގައި އުޅުމަށް އެއުރެންނަށް މުއްދަތު ދިގުކުރައްވާނެތެވެ.
- އެއުރެންނީ، ތެދުމަގުގެ ބަދަލުގައި މަގުފުރެދުން ގަތް މީހުންނެވެ. (އެބަހީ: ތެދުމަގަށް ފުރަގަސްދީ، މަގުފުރެދުން ހޯދި މީހުންނެވެ.) ފަހެ، އެއުރެންގެ އެ ވިޔަފާރިޔަކުން، އެއުރެންނަކަށް ފައިދާއެއް ނުވިއެވެ. އަދި އެއުރެންނަކީ، ތެދުމަގު ލިބިގެންވާ ބަޔަކުކަމުގައިވެސް ނުވެތެވެ.
މުޢުމިނުންގެ ސިފަތަށް
މުޢުމިހުންނަކީ މާތް ނަބިއްޔާ މުހައްމަދު (ސއވ) އެކަންކަމަކާއިގެން ވަޑައިގެންނެވި އެންމެހާ ކަންތަށް ހިތުގައި އެއްވެސް ޝައްކެއް ވަސްވާހެއްނެތި ޤަބޫލުކޮށް، އެކަންތަށްތަކަށް އަމަލު ކުރަމުންދާމީހުންނެވެ. މިބައިމީހުންނަށް ކިޔާ އާންމު ނަމަކީ "މުސްލިމުން"އެވެ. މުއުމިނުންނަކީ ﷲ އަށް އީމާންވެ، އާހިރަތް ދުވަހަށް އީމާންވެ، ރަސޫލޫބޭކަލުންނަށް އީމާންވެ، މަލާއިކަތުންނަށް އީމާންވެ، ފޮތްތަކަށް އީމާންވެ އަދި މިންވަރަށް އީމާންވާ މީހުންނެވެ. މިބައިމީހުންގެ ދީނަށް ކިޔާ އާންމު ނަމަކީ "އިސްލާމް ދީން" އިސްލާމް ދީނަކީ މުޅިދިރިއުޅުމުގެ އެންމެހާ ކަމަކަށް ރިޢާޔަތްކުރެވިފައިވާ ދިރިއުޅުމުގެ އެންމެހާ އުޞޫލުތަކާއި ހަމަތައް ކަނޑައެޅިބަޔާންކުރެވިފައިވާ މަތިވެރިދީނެކެވެ. އެދީނުގައިވަނީ ފަރުދީ ގުޅުންތަކާއި، އިޖްތިމާއީ ގުޅުންތަކާއި، އެހެނިހެން ދީންތަކުގެ މީހުންނާއިމެދު އޮންނަންޖެހޭ ގުޅުންތަކާއި، އިޖްތިމާއީ އިޤްތިޞާދީ އަދި އެނޫންވެސް ދުނިޔަވީ އަދި އުހުރަވީ އެންމެހާ އަސާސްތަކަކަށް ފާޅުވެ އެނގިގެންވާ ހަމަތަކާއި އުޞޫލުތަކެއް ކަނޑައަޅުއްވާފައެވެ. އިންސާނީ ހައްޤުތައް ރައްކާތެރިކުރުމާއި، އަނެކާއަށް އިޚްތިރާމްކުރުމާއި، އަމިއްލަ ނަފްސު ދިފާއުކޮށް ރައްކާތެރިކުރުމަށް އިސްލާމްދީންވަނީ އެންމެފުރިހަމަ ނަމޫނާ އަމަލީގޮތުން އިންސާނުންނަށް ދައްކައިދީފައެވެ. ހަމައެހެންމެ ތިމާގެ ހައްޤުތައް ރައްކާތެރިކުރުމުގައި އަނެކާގެ ހައްޤުތަކަށް ސަމާލުވުމާއި ކުއްވެރިންނަށް އެމީހަކު ކުރިކުށަކަށްވުރެ ބޮޑެތި އަދަބުތައް ނުދިނުމަށް އިސްލާމްދީންވަނީ އަމުރުކުރައްވާފައެވެ.
ފުރިހަމަ މުސްލިމަކަށް ވުމަށްޓަކައި ފަސްކަމެއް ކުރަންޖެހެއެވެ. އަދި ފަސްކަމަކަށް އީމާންވާންޖެހެއެވެ. މުސްލިމުނަށް ކުރުމަށް އަންގަވާފައިވަނީ ޝަހާދަތުގެ ދެކަލިމަ ކިޔުން، ނަމާދުކުރުން، ޒަކާތްދިނުން، ރަމަޞާންމަހު ރޯދަހިފުން، ކުޅަދާނަކަން ލިބިގެންވާމީހާ ކައުބަތުﷲ ގެފުޅަށްގޮސް ހައްޖުވުން، މިއެވެ.
ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔުން
މުއުމިނަކަށްވުމަށްޓަކައި ޝަހާދަތުގެ ދެކަލިމަ ދުލުން ކިއުމަކީ ޝަރުޠެކެވެ. އެދެކަލިމަ ދުލުންކިޔާ ހިތުގެ އަޑިން ތެދުކޮށް ޤަބޫލުކޮށްގެން މެނުވީ މުއުމިނަކަށް ނުވާނެއެވެ. ކިޔަންމެ ހެޔޮކަންތައްތަކެއް މީހަކު ކުރިކަމުގައިވިޔަސް އީމާންނުވާކަމުގައި ވަނީނަމަ الله ސުބުޙާނަހޫވަތަޢާލާ ގެ ޙަޟްރަތުގައި އެއީ ޤަބޫލުވެވިގެންވާ ކަމެއްނޫނެވެ.
ފުރަތަމަ ބަޔަކީ لا إله إلا الله އެވެ. ﷲ ގެ އެއްކައުވަންތަކަން ބަޔާންކުރުމެވެ. ދެވަނަ ބަޔަކީ محمد رَسُوْلُ اللهِ صَلَّ اللهُ عَلَيْهِ وَسَلَّم އެވެ. އެއީ އެކަލޭގެފާނުގެ ރަސޫލުކަން ތެދުކުރުމެވެ. އުޑުތަކާއި ބިނާތައް ހައްދަވާ އެންމެހާ މަޚްލޫޤާތުތައް މިކާއިނާތުގައި ލައްވަވާފައި ވަނީ ތަޥްޙީދުގެ މިމަތިވެރި ކަލިމައިގެ މަޤްޞަދު ޙާޞިލްކުރުމަށެވެ. މާތް ﷲ ރަސޫލުބޭ ކަލުންނާއި ނަބީބޭކަލުން ފޮނުއްވަވާ ފޮތް ބާވާލައްވާ ޝަރީޢަތްތައް ކަނޑައަޅުއްވާފައިވަނީ ހަމަ މިކަލިމައަށްޓަކައެވެ. ޢަމަލުތައް ލިޔެވި، ޙިސާބުލެއްވި ސުވަރުގެވަންތަ ވެރިންނާއި ނަރަކަވަންތަ ވެރިން، މުއުމިނުންނާއި ކާފަރުން ކަނޑައެޅިގެން ދަނީ މިކަލިމައިގެ މައްޗަށެވެ. ރަސޫލުބޭކަލުން ފޮނުއްވަވާ ފޮތްބާވާލެއްވީ މިކަލިމައަށްޓަކައިކަން އަންގަވާ ﷲ ވަޙީކުރެއްވިއެވެ.
- ނަމާދު ކުރުން (ފަރުޞު ފަސްނަމާދު)
"إِنَّ الصَّلاةَ تَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ" (العنكبوت: 45)
"ހަމަ ކަށަވަރުން ނަމާދު ފާޙިޝް ކަންތަކާއި މުންކަރާތްތައް ނަހީ ކުރެއެވެ"
- ޒަކާތް ދިނުން
- ރަމަޞާން މަހު ރޯދަހިފުން
- ޙައްޖުވުން
މުނާފިޤުންގެ ސިފަތައް
މުނާފިޤުންގެ ތެރޭގައި ދެބާވަތެއްގެ ބަޔަކު ވެއެވެ. އޭގެތެރޭގައި:
- އީމާންކަމުގައި މުނާފިޤަކަށް ވާމީހުން
- އަޅުކަމުގެ ޢަމަލުތަކުގައި މުނާފިޤަކަށް ވާމީހުން
- މުނާފިޤަކަށްވާ ހަ ބައެއް ވެއެވެ.
- ރަސޫލާ (صلى الله عليه وسلم) އަށް އިންކާރުކުރުން.
- ރަސޫލާ (صلى الله عليه وسلم) އެކަންކަމައިގެން ވަޑައިގެންނެވިހާ ކަމަކަށް އިންކާރުކުރުން.
- އިސްލާމްދީނަށް ނުވަތަ މުސްލިމުންނަށް ނިކަމެތިކަމެއް ނުވަތަ ދެރަކަމެއް ކުރިމަތިވުމުން އެކަމާއި ހިތްހަމަޖެހުން.
- ރަސޫލާ (صلى الله عليه وسلم) އަށް ނަފުރަތުކުރުން.
- ރަސޫލާ (صلى الله عليه وسلم) އެކަންކަމައިގެން ވަޑައިގެންނެވިހާ ކަމަކަށް ނަފުރަތުކުރުން.
- އިސްލާމްދީނަށް ނަޞްރުލިބޭ ހިނދު އެކަމަށް ނުރުހުންވުން.
މުނާފިޤުކަމުގެ މި ހަ ސިފަ މީހެއްގެ ކިބައިން ފާޅުވެއްޖެނަމަ އެމީހަކުވާހުށީ ނަރަކައިގެ އެންމެ ދަށްފަންތީގައިވާ މީހެއްކަމުގައެވެ.
ޢަމަލުގައި މުނާފިޤަކަށްވާ މީހުން
ޢަމަލުގައި މުނާފިޤަކަށްވާ ކަންތައްތަކެއް ވެއެވެ. އަދި މިކަންތައް ދަލީލުކުރާ ޙަދީޘް އަކީ އަންނަނިވި ޙަދީޘް އެވެ. ރަސޫލު ﷲ (صلى الله عليه وسلم) ޙަދީޘް ކުރެއްވިއެވެ: މުނާފިޤުކަމުގެ ތިން ޢަލާމާތެއް ވެއެވެ:
- ވާހަކަ ދައްކާއިރު ދޮގުހެދުން.
- ހުވައެއް ކޮށްފިނަމަ އެއާއި ޚިލާފުވުން.
- އިތުބާރުކޮށްފިނަމަ މަކަރުވެރިވާނެއެވެ. (އަމާނާތެއްގެ ގޮތުގައި އެއްޗެއް ބަހައްޓައިފިނަމަ ޚިޔާނާތްތެރިވާނެ އެވެ)
ޢަބްދު ﷲ ބުނު ޢަމްރު (رضي الله عنه) ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ (صلى الله عليه وسلم) ޙަދީޘް ކުރެއްވި އެވެ. "މި ހަތަރު ސިފައިންކުރެ ސިފައެއް މީހެއްގެ ކިބައިގައިވާނަމަ އޭނާވާހުށީ މުނާފިޤުކަމުގެ ސިފަލިބިގެންވާ މީހެއްކަމުގައެވެ. އޭނާ އެ ސިފަ ދޫކޮށްލައިފުމަށް ދާންދެނެވެ." [ބުޚާރި، ވޮލިޔަމް1 ނަންބަރ 33]
- އިތުބާރު ކޮށްފިނަމަ މަކަރުވެރިވާނެ އެވެ.
- ވާހަކަ ދައްކައިފިނަމަ ދޮގުހަދާނެ އެވެ.
- ޢަހުދެއްވެއްޖެނަމަ އެ އަޙުދާ ޚިލާފުވާނެ އެވެ.
- ދެބަސްވުމެއް ހިގައްޖެނަމަ ބޭއަދަބީ ބަހުން އަދި މަލާމާތް ކުރާގޮތަށް އޭނާގެ ހަރަކާތްތައް ހުންނާނެ އެވެ.
ހެޔޮކަންތައްތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ ކަމަކީ ﷲ އަށް އީމާންވުމެވެ. އަބޫ ހުރައިރާ (رضي الله عنه) ގެ އަރިހުން ރިވާވެގެންވެއެވެ. ﷲ ގެ ރަސޫލާ (صلى الله عليه وسلم) އަށް ސުވާލު ދެންނެވުނެވެ. އެންމެ ހެޔޮ ޢަމަލަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ޖަވާބު ދެއްވިއެވެ. "ﷲ އާއި އެއިލާހުގެ ރަސޫލާއަށް އީމާންވުމެވެ." ސުވާލުކުރާމީހާ ދެންނެވިއެވެ. އެއަށްފަހު އެންމެ ހެޔޮވެކަން ބޮޑު ޢަމަލަކީ ކޮބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "ﷲ ގެ މަގުގައި ޖިހާދު ކުރުމަށް ބައިވެރިވުމެވެ." އެއަށްފަހު ކޮންކަމެއްތޯއެވެ؟" މަބްރޫކު ޙައްޖެއް އަދާކުރުމެވެ. އެއީ ދެއްކުންތެރިކަމެއްނެތި ހަމައެކަނި ﷲ ތަޢާލާ ގެ ރުހިވޮޑިގަތުން ޙާޞިލުކުރުމަށް ކުށްފާފައަށް އަރައިނުގަނެ ރަސޫލާގެ އިރުޝާދާއި އެއްގޮތައް އަދާކުރެވޭ ޙައްޖެކެވެ." [ބުޚާރީ، ވޮލިޔަމް 1 ނަންބަރ 25]
ޢަބްދު ﷲ ބިން މަސްޢޫދު (رضي الله عنه) ގެ އަރިހުން ރިވާވެގެން ވެއެވެ. ﷲ ގެ ޙަޟްރަތުގައި އެންމެ ނުބައިކަން ބޮޑުވެގެންވާ ފާފައަކީ ކޮބައިތޯއެވެ؟ ރަސޫލާ (صلى الله عليه وسلم) ގެ އަރިހުން ތިމަން އެއްސެވީމެވެ. "އެއްވެސް ބައިވެރިއަކާ ނުލައި އެއިލާހު ތިމާ އުފެއްދެވުމުން ތިމާ އެއިލާހަށް ޝަރީކުކުރުމެވެ." އެއީ ބޮޑުވެގެންވާ ފާފައެއްކަމުގައި އަޅުގަނޑު ދެންނެވީމެވެ. އެއާއިޖެހިގެން ނުބައިކަން ބޮޑުވެގެންވާ ޢަމަލަކީ ކޮބައިތޯއެވެ.؟ ޖަވާބުދެއްވިއެވެ. "ތިމާގެ ކާނާއިން އެއަށް އޭނާ ޙިއްސާކުރަންޖެހިފައިވާ ޙާލު ތިމާގެ ފިރިހެން ދަރި ޤަތުލުކުރުމެވެ." އަޅުގަނޑު ދެންނެވީމެވެ. ދެން ކޮންކަމެއްތޯއެވެ؟ ޖަވާބުގައި ދެންނެވިއެވެ. "ތިމާގެ އަވައްޓެރިޔާގެ އަންހެނުންނާއި އެކު ޒިނޭކުރުމެވެ." [ބުޚާރީ، ވޮލިޔަމް 6 ނަންބަރ 4]
ކާފިރުންގެ ސިފަތައް
އެ މީހުންނަށް އެ މީހުންގެ އުއްމަތުގެ މީހުންގެ ފުށުން ވެސް އަދި އެހެން ބަޔަކުގެ ފަރާތުން ވިޔަސް ދޭ އިންޛާރެއްގެ ފައިދާއެއް ނުކުރާނެ އެވެ. ﷲ ތަޢަލާ ވަނީ އެ މީހުންގެ ހިތްތަކުގައި ސިއްކަ ޖައްސަފާފަ އެވެ. އެ މީހުންގެ ލޯތައް ވަމީ ބަންދުކުރައްވާފަ އެވެ. އަދި އެ މީހުންގެ ކަންފަތްތައް ވަނީ ހެޔޮ ބަސް އަޑު އެހުމުން ބީރުކުރައްވާފަ އެވެ. އެ މީހުންނަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ. ކާފިރުންގެ ފަރާތުން މުސްލިމުންނަށް ކުރިމަތިވަމުންދާ އަނިޔާވެރިކަމާއި ފުރައްސާރަ ދެކޭހިނދު، އިސްވެދިޔަ ޖީލުތަކުގެ މުސްލިމުންނަށް ކުރިމަތިވި ހާދިސާތައް އަޅުގަނޑުމެންގެ ހިތްތަކަށް ގެންނަން ޖެހެއެވެ. ކާފިރުކަމުގެ އަހުލުވެރިންނަކީ އެއްވެސް ހާލެއްގައި އީމާނަކަމުގެ އަހުލުވެރިންނާއި ރުހޭނެ ބައެއްނޫންކަން ޤުރްއާނުގެ މޫރިތި އާޔަތްތަކާއި، މާތްނަބިއްޔު صلى الله عليه وسلم ގެ ބަސްފުޅުތަކުންނާއި، ތާރީޚުގެ ފަތްފުއްތަކުން އަޅުގަނޑުމެނަށް އެނގެއެވެ. “މުސްލިމުންނަކީ ﷲއަށް އަޅުކަން ކުރާ ހެޔޮބައެކެވެ… ތިމަންމެނަކީ ﷲ އަށް ކާފިރުވެ މަތިވެރި އަޚްލާޤުތަކާއި ދުރުހެލިވެފައިވާ ބައެކެވެ… މުސްލިމުންނަކީ ﷲ ގެ އަމުރުފުޅުތައް ތަންފީޒު ކުރާ ބައެކެވެ، އަހަރެމެންނަކީ އެ އަމުރުފުޅުތައް މުގުރަމުންގެންދާ ބައެކެވެ” މިފަދަ އިޢުތިރާފުތަކެއް ކާފިރުންގެ ފަރާތުން ވެދާނެކަމަށް އިންތިޒާރު ކުރެވޭނަމަ، އެކަމަކީ ކުށްހީއެއްގެ މަތީތިބެ ކުރެވޭ ކަމެކެވެ. އެއާއި ޚިލާފަށް އެމީހުން މަސައްކަތް ކުރާނީ އީމާންކަމުގެ އަހުލުވެރިންގެ ސޫރަ ހުތުރުކޮށް، ކާފިރުކަމާއި، އެމީހުންގެ މުޑުދާރު ޢަމަލުތައް ދިފާޢު ކުރުމަށެވެ. އެކަން ޤުރްއާނުގައި ވާރިދުވެފައިވާ އިސްވެދިޔަ އުއްމަތްތަކުގެ ވާހަކަތަކުންވެސް ހާމަވެއެވެ.
ކުފުރުގެ އަހުލުވެރިން، މުއުމިނުންނަކީ މޮޔަ ބައެއްގެ ގޮތުގައި ސިފަކުރަނީ މުއުމިނުންގެ ވިސްނުމާއި، “ﷲ އަށް އަޅުވެތިވުމާއި، އެކަލާނގެ ރުހުން ހޯދުން” މި މަފްހޫމް އެމީހުނަށް ނުވިސްނޭތީއެވެ. މުއުމިނުންގެ އަމާޒަކީ ﷲ ގެ ރުހުން ހޯދުމަށް އެފަރާތަށް އަޅުވެތިވުން ކަން ނުދަންނަ ބަޔަކަށް މުއުމިނުންގެ ޢަމަލުތައް “މޮޔަ” ޢަމަލުތަކެއްގެ ގޮތުގައި ސިފަވަނީއެވެ. މިދުނިޔޭގައި މިވާ އަރާމާއި އުފާތަކަށް އިސްކަން ދިނުމުގެ ބަދަލުގައި، ﷲ އަށް އަޅުވެތިވުމުގައި އިންތިހާއަށް ކެތްތެރިވެގެން މުއުމިނުން އުޅޭ އުޅުން ކުފުރުގެ އަހުލުވެރިންނަށް ހަޖަމު ނުވަނީއެވެ. އޭގެ ބަދަލުގައި އެމީހުންގެ ވިސްނުމުގެ ދާއިރާ ފުޅާކޮށް، މުއުމިނުން ވިސްނަނީ މިދުނިޔެއިން މިފެންނަ މާއްދީ ހަނި ދާއިރާއަށްވުރެ މާދުރަށްކަން އެމީހުނަށް ޤަބޫލު ކުރެވޭނަމަ، މުއުމިނުންގެ ޢަމަލުތަކަކީ މޮޔަ ކަންތައް ތަކެއްގެ ގޮތުގައި ސިފަނުކުރީހެވެ. މިފަދަ އެތައް ހާދިސާތަކެއް ކީރިތި ޤުރްއާނުގައިވާ ނަބިއްޔުންގެ ވާހަކަތަކުން ފެނެއެވެ.
No comments:
Post a Comment