Wednesday, April 7, 2021

#

ވަލިއްޔުލް އަމްރުގެ މަސްއޫލިއްޔަތާއި ޒިންމާތަކަކީ ކޮބާ؟


ވަލިއްޔުލްއަމްރުގެ މުރާދު:
ކުޑަވެސް ޝައްކެއްނެތެވެ. ވެރިކަމުގެ ނުވަތަ ( ޚިލާފަތުގެ) މާނައަކީ ނިޔާބަތު ކަމުގައި ނޫނީ ނުވާނެއެވެ. އެއީ ނައިބުކަމެވެ. ޚަލީފާ އަކީ ނައިބެވެ. އަރަހުށި ﷲ ގެ މަތިވެރި ޙުކުމްތައް ބިންމަތީގައި ތަންފީޒުކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ނާއިބެވެ. ޚަލީފާ އެވެ. އިސްލާމީ ޝަރުޢުގައި ވެރިކަމަކީ، ދީން ޙިމާޔަތްކުރުމަށާއި، ދުނިޔޭގެ ކަންތައްތައް އިޞްލާޙުގެ މަގުން ހިންގުމަށްޓަކައި ޝަރުޢުކުރެވިފައިވާ އެންމެ ބާރުގަދަ ވަސީލަތެވެ.ކީރިތި قرآنގައި މާތްﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ.

وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي جَاعِلٌ فِي الْأَرْضِ خَلِيفَةً قَالُوا أَتَجْعَلُ فِيهَا مَنْ يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ قَالَ إِنِّي أَعْلَمُ مَا لَا تَعْلَمُونَ މާނައީ: ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި خليفة އަކު ލައްވާހުށީމޭ ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! އެބޭކަލުން (އެހިނދު) ދެންނެވޫއެވެ. އަޅަމެން އިބަރަސްކަލާނގެއަށް حمد އާއެކު تسبيح ކިޔައި، އިބަރަސްކަލާނގެއަށް تقديس ކޮށްކޮށް ތިއްބައި، އެ ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބަޔަކު އިބަރަސްކަލާނގެ އެ ބިމުގައި ލައްވަނީތޯއެވެ؟ އެކަލާނގެ وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. (البقرة: ٣٠)

ވަލިއްޔުލް އަމުރަކު ޢައްޔަނު ކުރުމުގެ ޙިކްމަތް:
އިސްލާމީ ޝަރީޢަތުގައި ދައުލަތެއް ހިނގުމުގެ ނިޒާމު ލެއްވެވިއެވެ. އެދައުލަތުގެ ވެރިޔާއަށް ޢިއްޒަތާއި، ޤަދަރާއި، މަތިވެރިކަން ދެއްވާފައިވަނީ ދުނިޔެމަތީގައި އެންމެ ފުޅާމާނައިގާ އެންމެފުރިހަމަކޮށް ﷲ ގެ ޝަރީޢަތް ޤާއިމު ކުރުމަށެވެ. އަނިޔާވެރިކަން ނައްތާލުމަށެވެ. ވެރިއަކު ލެއްވުމުގެ ޙިކްމަތަކީ މިއީއެވެ. މިހެންކަމުން ވެރިކަމުގެ ދައުރު ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައިވެއެވެ. " الَّذِينَ إِنْ مَكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلَاةَ وَآَتَوُا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنِ الْمُنْكَرِ وَلِلَّهِ عَاقِبَةُ الْأُمُورِ "  މާނައަކީ: އެއުރެންނީ، ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފިނަމަ، ނަމާދު قائم ކޮށް، زكاة ދީ، ހެޔޮކަންތަކަށް أمر ކޮށް، ނުބައިކަންތައް ނަހީކޮށްއުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ اللَّه އަށެވެ. " (الحج: ٤١)

މާތްﷲ ވަލިއްޔުލް އަމްރުން އިޚްތިޔާރު ކުރައްވާ ހޮއްވެވިއެވެ.
I. މާތްﷲ ސައްޔިދުނާ ދާވޫދު ޢަލައިހިއްސަލާމް ވެރިއެއްގެ ގޮތުގައި އިޚްތިޔާރު ކުރެއްވިއެވެ. ކީރިތި قرآنގައި މާތްﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. " يَا دَاوُودُ إِنَّا جَعَلْنَاكَ خَلِيفَةً فِي الْأَرْضِ فَاحْكُمْ بَيْنَ النَّاسِ بِالْحَقِّ وَلَا تَتَّبِعِ الْهَوَى فَيُضِلَّكَ عَنْ سَبِيلِ اللَّهِ إِنَّ الَّذِينَ يَضِلُّونَ عَنْ سَبِيلِ اللَّهِ لَهُمْ عَذَابٌ شَدِيدٌ بِمَا نَسُوا يَوْمَ الْحِسَابِ " މާނައީ: އޭ داود ގެފާނެވެ! ހަމަކަށަވަރުން، ބިމުގައި خليفة އެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު މީސްތަކުންގެ މެދުގައި حق ގޮތުގައި حكم ކުރައްވާށެވެ! އަދި އަމިއްލައެދުމަށް ކަލޭގެފާނު تبع ވެވަޑައިނުގަންނަވާށެވެ! ފަހެ، އޭރުން ކަލޭގެފާނު اللَّه ގެ މަގުން އެއްކިބާކޮށްފާނެތެވެ. ހަމަކަށަވަރުން، اللَّه ގެ މަގުން އެއްކިބާވާމީހުން (ދަންނާށެވެ!) حساب ބައްލަވާ ދުވަސް ހަނދާންނައްތައިލުމުގެ ސަބަބުން އެއުރެންނަށް ގަދަވެގެންވާ عذاب ހުށްޓެވެ." (ص: ٢٦)

II. މާތްﷲ ސައްޔިދުނާ طالوت ޢަލައިހިއްސަލާމް ރަސްކަލެއްގެ ގޮތުގައި އިޚްތިޔާރު ކުރެއްވިއެވެ. ކީރިތި قرآنގައި މާތްﷲ ވަޙީކުރައްވާފައިވަނީ. " وَقَالَ لَهُمْ نَبِيُّهُمْ إِنَّ اللَّهَ قَدْ بَعَثَ لَكُمْ طَالُوتَ مَلِكًا قَالُوا أَنَّى يَكُونُ لَهُ الْمُلْكُ عَلَيْنَا وَنَحْنُ أَحَقُّ بِالْمُلْكِ مِنْهُ وَلَمْ يُؤْتَ سَعَةً مِنَ الْمَالِ قَالَ إِنَّ اللَّهَ اصْطَفَاهُ عَلَيْكُمْ وَزَادَهُ بَسْطَةً فِي الْعِلْمِ وَالْجِسْمِ وَاللَّهُ يُؤْتِي مُلْكَهُ مَنْ يَشَاءُ وَاللَّهُ وَاسِعٌ عَلِيمٌ " މާނައަކީ: އަދި، އެއުރެންގެ ނަބިއްޔާ އެއުރެންނަށް ވިދާޅުވިއެވެ. ހަމަކަށަވަރުން، اللَّه، ތިޔަބައިމީހުންނަށް ރަސްކަލެއްކަމުގައި طالوت ފޮނުއްވައިފިއެވެ. އެއުރެން ދެންނެވޫއެވެ. އޭނާއަށްވުރެން ރަސްކަމަށް ތިމަންމެން حق ކަން ބޮޑުކަމުގައިވާއިރު، ތިމަންމެންގެ މައްޗަށް އޭނާއަށް ރަސްކަން އޮންނާނީ ކޮންފަދައަކުންތޯއެވެ؟ އަދި، އޭނާއަކަށް މުދަލުގެ ތަނަވަސްކަމެއްވެސް ލިބިފައެއް ނުވެއެވެ. އެ ނަބިއްޔާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް اللَّه، އޭނާ خيار ކުރެއްވިއެވެ. އަދި، އޭނާއަށް علم އާއި، ހަށިގަނޑުގެ ގޮތުން ތަނަވަސްކަން އިތުރު ކުރެއްވިއެވެ. اللَّه، އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އެކަލާނގެ ވެރިކަން ދެއްވައެވެ. އަދި، اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." ( البقرة: ٢٤٧)

އިންސާނުން ވެސް ވަލިއްޔުލް އަމްރުން އިޚުތިޔާރުކުރެއެވެ.
I. سيدناموسى عليه السلام އެކަލޭގެފާނުން އަޚާ هارون عليه السلام ބަނީ އިސްރާއީލުންގެ ޚަލީފާއަކަށް އިސްކުރެއްވިއެވެ. ކީރިތި ޤުރްއާނުގައި މިވާހަކަ އައިސްފާވެއެވެ. " وَوَاعَدْنَا مُوسَى ثَلَاثِينَ لَيْلَةً وَأَتْمَمْنَاهَا بِعَشْرٍ فَتَمَّ مِيقَاتُ رَبِّهِ أَرْبَعِينَ لَيْلَةً وَقَالَ مُوسَى لِأَخِيهِ هَارُونَ اخْلُفْنِي فِي قَوْمِي وَأَصْلِحْ وَلَا تَتَّبِعْ سَبِيلَ الْمُفْسِدِينَ " މާނައީ: (ބަސް وحى ކުރެއްވުމަށާއި، توراة ބާވައިލެއްވުމަށް) ތިރީސް ރޭގެ މުއްދަތެއް ތިމަންރަސްކަލާނގެ موسى ގެފާނަށް ކަނޑައަޅުއްވައި ދެއްވީމެވެ. އަދި އެއަށް ދިހަޔެއް އިތުރުކުރައްވައި، ފުރިހަމަ ކުރެއްވީމެވެ. ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވާފައިވާ މުއްދަތު ސާޅީސް ރޭ ފުރިހަމަވިއެވެ. އަދި موسى ގެފާނު އެކަލޭގެފާނުގެ أخ، هارون ގެފާނަށް ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ قوم ގެމީހުންގެ ތެރޭގައި ތިމަންކަލޭގެފާނުގެ ބަދަލުގައި ހުންނަވާށެވެ! އަދި إصلاح ކުރައްވާށެވެ! އަދި فساد ކުރާ މީހުންގެ މަގަށް تبع ވެވަޑައިނުގަންނަވާށެވެ!" (الأعراف: ١٤٢)

II. މުސްލިމުންގެމެދުގައި މަޝްވަރާކޮށް ފެންނަ ނުފެންނަ މީހަކު ވޯޓަކުން ހޮވުމެވެ.މިއީ މިޒަމާނުގައި އެކަން ކުރެވޭނަ އެންމެ ފުރިހަމަގޮތެވެ. އެހެނީ މިއީ ނަބީބޭކަލުންގެ ޒަމާނެއް ނޫނެވެ. ޞިއްދީޤުންގެ ޒަމާނެއްނޫނެވެ.އަޞްޙާބުބޭކަލުންގެ ޒަމާނެއްނޫނެވެ. ޚުލަފާއުއްރާޝިދޫންގެ ޒަމާނެއްވެސް ނުމެ ނޫންމެއެވެ. ކީރިތި ޤުރްއާނުގައިވަނީ މުސްލިމުންގެ ހުރިހާކަމެއްވެސް މަޝްވަރާގެ އުޞޫލުން ކުރިއަށް ގެންދިއުމަށް އަމުރު ކުރައްވާފައެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. " وَالَّذِينَ اسْتَجَابُوا لِرَبِّهِمْ وَأَقَامُوا الصَّلَاةَ وَأَمْرُهُمْ شُورَى بَيْنَهُمْ وَمِمَّا رَزَقْنَاهُمْ يُنْفِقُونَ " މާނައީ: އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް އިޖާބަދީ، އަދި ނަމާދު قائم ކުރިމީހުންނެވެ. އަދި އެއުރެންގެ ކަންތައްތައް، އެއުރެންގެ މެދުގައިވަނީ مشورة ގެ މަތިންނެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވިތަކެތިން، އެއުރެން ހޭދަކުރެތެވެ." (الشورى: ٣٨)

ވަލިއްޔުލް އަމްރުގެ ފުށުގައި ހުންނަން ޖެހޭ ޝަރުޠުތައް:
فضيلة الشيخ الدكتورجمال المراكبى ލިޔުއްވާފައިވާ މަޤާލާއެއްގައި ވަރަށް ތަފްޞީލުކޮށް މިޝަރުތުތައް ބަޔާން ކުރައްވާފައިވެއެވެ. އޭގެ ޚުލާޞާއަކީ:
1. އިސްލާމަކު ކަމުގައިވުން
2. ބުއްދިވެރިއަކު ކަމުގައިވުން
3. ފިރިހަނަކު ކަމުގައިވުން
4. ޢަދްލުވެރިއަކު ކަމުގައިވުން
5. ބާލިޣުވެފައިވާ މީހަކު ކަމުގައިވުން
6. ޢިލްމުވެރިއަކު ކަމުގައިވުން
7. މިނިވަނަކު ކަމުގައިވުން
8. ޙިއްސުތައް ސަލާމަތުންހުރިމީހަކު ކަމުގައިވުން.

ވަލިއްޔުލް އަމްރުގެ މަސްއޫލިއްޔަތާއި ޒިންމާތައް:
" إِنَّا أَنْزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ بِمَا أَرَاكَ اللَّهُ وَلَا تَكُنْ لِلْخَائِنِينَ خَصِيمًا " މާނައީ: ހަމަކަށަވަރުން، حق ގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފޮތް ބާވައިލެއްވީ، ކަލޭގެފާނަށް اللَّه އަންގަވާފައިވާ ގޮތުގެމަތިން، މީސްތަކުންގެ މެދުގައި حكم ކުރެއްވުމަށެވެ. خيانة ތެރިންގެ دفاع ގައި މަސައްކަތް ކުރައްވާ ބޭކަލަކުކަމުގައި ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ!" (النساء: ١٠٥)

" إِنَّ اللَّهَ يَأْمُرُكُمْ أَنْ تُؤَدُّوا الْأَمَانَاتِ إِلَى أَهْلِهَا وَإِذَا حَكَمْتُمْ بَيْنَ النَّاسِ أَنْ تَحْكُمُوا بِالْعَدْلِ إِنَّ اللَّهَ نِعِمَّا يَعِظُكُمْ بِهِ إِنَّ اللَّهَ كَانَ سَمِيعًا بَصِيرًا " މާނައީ: ހަމަކަށަވަރުން، أمانة ތައް، އޭގެ أهل ވެރިންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް أمر ކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން حكم ކުރާނަމަ، عدل އަށް حكم ކުރުމަށްވެސް، أمر ކުރައްވަތެވެ. ހަމަކަށަވަރުން، اللَّه އެކަމަކާމެދު، ތިޔަބައިމީހުންނަށް وعظ އިއްވަވާކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ. " ( النساء: ٥٨)

" وَأَنِ احْكُمْ بَيْنَهُمْ بِمَا أَنْزَلَ اللَّهُ وَلَا تَتَّبِعْ أَهْوَاءَهُمْ وَاحْذَرْهُمْ أَنْ يَفْتِنُوكَ عَنْ بَعْضِ مَا أَنْزَلَ اللَّهُ إِلَيْكَ فَإِنْ تَوَلَّوْا فَاعْلَمْ أَنَّمَا يُرِيدُ اللَّهُ أَنْ يُصِيبَهُمْ بِبَعْضِ ذُنُوبِهِمْ وَإِنَّ كَثِيرًا مِنَ النَّاسِ لَفَاسِقُونَ " މާނައީ: އަދި اللَّه ބާވައިލައްވާފައިވާ حكم ން އެއުރެންގެ މެދުގައި ކަލޭގެފާނު حكم ކުރައްވާށެވެ! އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައި ނުގަންނަވާށެވެ! އަދި اللَّه، ކަލޭގެފާނަށް ބާވައިލެއްވި ބައެއް آية ން ކަލޭގެފާނު އެއްކިބާކޮށްފާނެކަމަށް އެއުރެންނާމެދު ރައްކާތެރިވެ ވަޑައިގަންނަވާށެވެ! ފަހެ، އެއުރެން ފުރަގަސްދީފިނަމަ، ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، اللَّه އިރާދަކުރައްވަނީ، އެއުރެންގެ ބައެއް ފާފަތަކުގެ ސަބަބުން، އެއުރެންނަށް عقوبات ދެއްވުމަށެވެ. އަދި ހަމަކަށަވަރުން، މީސްތަކުންގެ ތެރެއިން ގިިނަމީހުންނީ فاسق ންކަން ކަށަވަރެވެ." ( المائدة: 49 )

" وَإِنْ طَائِفَتَانِ مِنَ الْمُؤْمِنِينَ اقْتَتَلُوا فَأَصْلِحُوا بَيْنَهُمَا فَإِنْ بَغَتْ إِحْدَاهُمَا عَلَى الْأُخْرَى فَقَاتِلُوا الَّتِي تَبْغِي حَتَّى تَفِيءَ إِلَى أَمْرِ اللَّهِ فَإِنْ فَاءَتْ فَأَصْلِحُوا بَيْنَهُمَا بِالْعَدْلِ وَأَقْسِطُوا إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ " މާނައީ: مؤمن ންގެ ދެބަޔަކު ތަޅައިފޮޅައިގެންފިނަމަ، ފަހެ، އެ ދެބައިމީހުންގެ ދެމެދު ތިޔަބައިމީހުން صلح ކުރާށެވެ! އޭގެތެރެއިން އެއްބަޔަކު އަނެއްބަޔަކަށް بغاوة ކޮށްފިނަމަ، އެ بغاوة ކުރިމީހުން اللَّه ގެ أمر ފުޅަށް رجوع ވެއްޖައުމަށްދާނދެން އެއުރެންނާ ހަނގުރާމަކުރާށެވެ! ފަހެ، އެއުރެން رجوع ވެއްޖެނަމަ، ފަހެ، عدل ވެރިގޮތުން އެދެބައިމީހުންގެ ދެމެދު صلح ކުރާށެވެ! އަދި ތިޔަބައިމީހުން عدل ވެރިވާށެވެ! ހަމަކަށަވަރުން، عدل ވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ. " (الحجرات: ٩)

" إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ وَاتَّقُوا اللَّهَ لَعَلَّكُمْ تُرْحَمُونَ " މާނައީ: مؤمن ން ވާކަންކަށަވަރީ، أخ ންތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ދެ أخ ން ދެމެދު ތިޔަބައިމީހުން صلح ކުރާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައެވެ." (الحجرات: ١٠)

ވަލިއްޔުލް އަމްރަށް ކިޔަމަންވުން:
" يَا أَيُّهَا الَّذِينَ آَمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنْكُمْ فَإِنْ تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآَخِرِ ذَلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا " މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّه އަށް ކިޔަމަންވާށެވެ! އަދި، رسول އާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ! ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، اللَّه އަށާއި، رسول އާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު اللَّه އާއި، އެކަލާނގެ رسول އާގެ حكم އޮތްގޮތެއް ބަލައި އެގޮތަށް عمل ކުރާށެވެ!) ތިޔަބައިމީހުން، اللَّه އަށާއި، آخرة ދުވަހަށް إيمان ވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި، ނިމުމެއްގެގޮތުން ރީތިކަންވެސް ބޮޑުމެއެވެ. ( النساء: ٥٩)

" وَإِذَا جَاءَهُمْ أَمْرٌ مِنَ الْأَمْنِ أَوِ الْخَوْفِ أَذَاعُوا بِهِ وَلَوْ رَدُّوهُ إِلَى الرَّسُولِ وَإِلَى أُولِي الْأَمْرِ مِنْهُمْ لَعَلِمَهُ الَّذِينَ يَسْتَنْبِطُونَهُ مِنْهُمْ وَلَوْلَا فَضْلُ اللَّهِ عَلَيْكُمْ وَرَحْمَتُهُ لَاتَّبَعْتُمُ الشَّيْطَانَ إِلَّا قَلِيلًا ". މާނައީ: އަދި، އެއުރެންގެ ގާތަށް أمان ކަމުގެ ތެރެއިން، ނުވަތަ ބިރުވެރިކަމުގެ ތެރެއިން ކަމެއް އަތުވެއްޖެނަމަ (އެބަހީ: ހަނގުރާމައިގައި نصر ލިބުން ނުވަތަ ބަލިވުން ފަދަ خبر އެއް އެއުރެންނަށް ލިބިއްޖެނަމަ) އެކަމެއް (އެންމެންގެ ތެރެޔަށް) ފަތުރާލައެވެ. އަދި، رسول އާގެ އަރިހަށާއި އެއުރެންގެ ތެރެއިން أمر ވެރިންގެ ގާތަށް އެކަމެއް ރައްދުކުޅަނަމަ، އޭގެތެރެއިން، އެފަދަ ކަންތަކުގެ حقيقة ތައް ހޯދައިގަންނަ މީހުންނަށް، އެކަމެއް އެނގުނީސްކަން ކަށަވަރެވެ. اللَّه ގެ فضل ވަންތަކަމާއި، އެކަލާނގެ رحمة ނުވާނަމަ، ތިޔަބައިމީހުންގެ ތެރެއިން މަދުބަޔަކު މެނުވީ شيطان އާއަށް تبع ވެއްޖައީހެވެ. ( النساء: ٨٣)
صحيح البخارى- الجزء- 22 - الصفحة- 53
صحيح مسلم - الجزء- 9 - الصفحة-371

" عَنْ عَلِيٍّ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لَا طَاعَةَ لِمَخْلُوقٍ فِي مَعْصِيَةِ اللَّهِ عَزَّ وَجَلَّ" މާނައީ: މާތްﷲ ރުއްސުންލެއްވި ޢަލީގެފާނު ވިދާޅުވިއެވެ. ކީރިތި رَسُول اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޡްކުރެއްވިއެވެ. މާތްﷲ އަށް އުރެދުމެއްވާ އެއްވެސްކަމެއްގައި އެއްވެސް މަޚްލޫޤަކަށް ކިޔަމަންގަތުމެއް ނެތެވެ." الجامع الترمذى- الجزء- 6 - الصفحة- 299

ޢަދްލުވެރި ވަލިއްޔުލް އަމްރުގެ މާތްކަން:
" عَنْ أَبِي هُرَيْرَةَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ سَبْعَةٌ يُظِلُّهُمْ اللَّهُ فِي ظِلِّهِ يَوْمَ لَا ظِلَّ إِلَّا ظِلُّهُ الْإِمَامُ الْعَادِلُ وَشَابٌّ نَشَأَ فِي عِبَادَةِ رَبِّهِ وَرَجُلٌ قَلْبُهُ مُعَلَّقٌ فِي الْمَسَاجِدِ وَرَجُلَانِ تَحَابَّا فِي اللَّهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ وَرَجُلٌ طَلَبَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ فَقَالَ إِنِّي أَخَافُ اللَّهَ وَرَجُلٌ تَصَدَّقَ أَخْفَى حَتَّى لَا تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ وَرَجُلٌ ذَكَرَ اللَّهَ خَالِيًا فَفَاضَتْ عَيْنَاهُ " މާނައީ: މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާ ވިދާޅުވިއެވެ. ކީރިތި رَسُول اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޡް ކުރެއްވިއެވެ. މާތްﷲގެ ހިޔާވަހިކަންފިޔައި އެއްވެސް ހިޔާވަހިކަމެއްނުވާ ދުވަހުގައި އެކަލާނގެ ހިޔާވަހިކަމުން ހިޔާވަހިކަން ދެއްވާނޭ ހަތް ގިންތިއެއްގެ މީހުން ވެއެވެ. އެއީ ޢަދްލުވެރި ވެރިމީހާ އާއި މާތްﷲއަށް އަޅުކަންކުރުމުގައި އެމީހާގެ ޒުވާންކަން ހޭދަކުރާމީހާއާއި އެމީހެއްގެ ހިތް ތާއަބަދު މިސްކިތައް ލޯބިޖެހިފައިވާ މީހާއާއި މާތްﷲގެ ވަޖްހަފުޅަށްޓަކައި އެކަކު އެނަކަކުދެކެ ލޯބިވާ، އަދި މާތްﷲގެ ވަޖްހަފުޅަށްޓަކައި ވަކިވާ ދެމީހާއާއި،ޙަސބާއި ނަސަބުން އަރާހުރި ރީތި އަންހެނާ ފާޙިޝްކަމަކަށް އެދި ގޮވައިލާ ހިނދު ތިމަންﷲދެކެ ބިރުގަންނަމޭ ބުނެ އެކަމުން ދުރުހެލިވާމީހާއާއި، ޞަދަޤާތްކުރާމީހާ އޭނާގެ ކަނާތުން ކުރާޞަދަޤާތް އޭނާގެ ވާތައްވެސް ނޭގޭހައި ސިއްރުން ޞަދަޤާތްކުރާމީހާއާއި، އެކަހަރި ޙާލުގައި ހުރެ މާތްﷲ ހަނދުމަކޮށް ލޮލުން ކަރުނަ އޮހޮރިގެންދާމީހާއެވެ."
صحيح البخارى- الجزء- 3 - الصفحة- 51
فتح البارى لابن حجر- الجزء- 5 - الصفحة- 22

المراجع والمصادر
1. القرآن الكريم
2. صحيح البخاري المؤلف : محمد بن إسماعيل بن إبراهيم بن المغيرة البخاري(194 - 256هـ ، 810 - 870م). بيت الأفكار الدولية الرياض المملكة العربية السعودية1998م
3. فتح البارى شرح صحيح البخارى - المؤلف: الإمام الحافظ شهاب الدين أبوالفضل، أحمد بن علي بن محمد بن محمد بن علي بن حجر الكناني العسقلانى ، ، الشافعي- (773؟ - 852هـ، 1372؟ - 1448م). دار الحديث القاهرة 2004م
4. مسند الإمام أحمد بن حنبل - المؤلف: أبو عبدالله أحمد بن محمد بن حنبل بن هلال بن أسد الشيباني. ولد ببغداد-. (164 - 241هـ، 780 - 855م).
5. http://www.almarakby.com/web/play-275.html

No comments:

Post a Comment