ހަމަކަށަވަރުން އިސްލާމްދީނަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އަދި ތިރީސް އަހަރު މިޤައުމުގައި ވެރިކަންކުޅަ ކާމިނީގެ އަބުލްގައްޔޫމުގެ މައުމޫން އަބުދުލް ގައްޔޫމުގެ ހަޔާތު ނާމާ އުގެނިގަތުމާއި ދެނެގަތުމީ ކޮންމެ ދިވެއްސަކުމެ ކޮންމެހެން ކުރާންޖެހޭނެ ކަމެކެވެ. އެހެނީ މިގައުމުގެ އާބާދީގެ ދެބައިކުޅައްބައި އުފަންވެފައިވަނީ މިމަނިކުފާނު އިސްލާމް ދީނަށާއި ޤައުމަށް ހިދުމަތްކުރައްވަނިކޮށެވެ. އެހެންކަމުން މިމަނިކުފާނު އުޅުއްވިގޮތާއި ކުޅަކަންތަކުގެ ވާހަކަތަށް އަބަދުމެ ހިތުގެ ދުރުމީއަށް އަރާންޖެހެވެ. މިޒަމާނުގައި އުޅޭ ބައެއްހިތްކޮށި މީހުންނާއި ބުއްދިވެރީން މިމަނިކުފާނަށް ބަދުބަހެއްބުނުމުގެ ކުރީން ނުވަތަ ތައުރީފެއްކުޅައުމުގެ ކުރީން މިމަނިކުފާނުގެ ހަޔާތު ނާމާ ދެނެގަންނާނެޖެހެއެވެ.
އަހަރެމެންގެ ރާއްޖެ ކިތަށްމެ ކުޑަނަމަވެސް އަހުރެމެންއަކީވެސް ވަކިބަހަކުން ވާހަކަދައްކާއުޅޭ ބައެކެވެ. ނަމަވެސް މިމަނިކުފާނުގެ ހަޔާތު ނާމާ ލިޔެވިގެންވަނީ އިގެރޭސިބަހުން "އަމޭން ފޯރ އޯލް އައިލެންޑް" މިނަމުންނެވެ. އެންމެންނަކީ ބޭރުބަސް ދަންނަ ބަޔަކީމުއެއްނޫންކަމުން ނިކަމެތި އަޅާ މިޤަސްތުކުޅައީ އަހުރެމެން ދިވެހީން މޮށިއުޅޭ ދިވެހިބަހުން މިމަނިކުފާނުގެ ހަޔާތު ނާމާ ލިޔުމަށެވެ. މިއަޅާ މިހަޔާތު ނާމާ ލިޔުމަށް މިބޭނުންކުރަނީ "އަމޭން ފޯރ އޯލް އައިލެންޑް" ފޮތާއި، ޖުމުހޫރީ ތިރީސް މިފޮތާއި، ރައީސް ނަޝީދުގެ ދަގަނޑު ދަހަނާ ފޮތާއި، މައުމޫނުގެ ރަހުމަތް ތެރިންނާއި، ދިވެހިރައްޔިތުންގެ ބަސްދީގަތުން ތަކާއި އަދި ނިކަމެތި އަޅާއަށް މައުމޫނުގެ ވެރިކަމުގައި ފެނިފައިހުރި ކަންތަކުގެ ވާހަކައެވެ. މާތުރަ، އަސްލަކީ އަހުރެންގެ ހަޔާތުގައި އަހުރެންއަށް ފެނުނު ކަންމަމާއި ފެންނަމުންދާ ކަންކަމުގެ ވާހަކައެވެ. ނިކަމެތިއަޅާ މިދުނިޔެއަށް ފުރަތަމަ ނޭވާލި ހިދުވެސް އަދި މިއަޅާގެ ދަރިފުޅު ފުރަތަމަ ދުނިޔެއަށް ނޭވާލި ހިނދުވެސް މިގައުމުގައި ވެރިކަން ކުރަމުން ގެންދިޔައީ މިމަނިކުފާނުއެވެ. އެބަހީ މައުމޫނު އަބުދުލް ގައްޔޫމް އެވެ. ފަހެ އިސްވެދެންނެވުނު ފޮތަކުން ބޭރުބަހެއްލިޔަނީނަމަ ޔަގޫލުލް މުތަރުޖިމް ނުވަތަ ގާލަލް މުތަރުޖިމްމިހެން ލިޔާހުށީމެވެ.
ނިކަމެތިއަޅާ މިހަޔާތު ނާމާ ބައިކުރާހުށީ ތިންބަޔަކަށެވެ. ފުރަތަމަބައީ އެމަނިކުފާނުގެ ކާފާފުޅުން ފެށިގެން ތުއްޕުޅުއިރުގެ ވާހަކަޔާއި ތައުލީމު ހާސިލް ކުރައްވަން ކުރެވި ބުރަ މަސައްކަތުގެ ވާހަކައެވެ. ދެވަނަ ބައިގައި ލިޔާހުށީ މިމަނިކުފާނު ކިޔަވާވިދާޅުވެގެން އެބުރި ގައުމަށް ވަޑައިގެން ދުވަހުންފެށިގެން ގައުމުގެ ވަލިއްޔުލްއަމުރު (ވެރިކަމާއި) ހަވާލުވެލެއްވި ހިސާބަށެވެ. ތިންވަނަ ބައިގައި ލިޔާހުށީ މިމަނިކުފާނު އިސްލާމް ދީނަށްކޮއްދެއްވި މަސައްކަތްތަކުގެ ވާހަކައިގެ އިތުރުން މިހާރުގެ ދިރިއުޅުއްވުމުގެ ވާހަކައެވެ.
ނަސަބުފުޅާއި ތުއްޕުޅު ދުވަސްވަރު
ބަޔާނެއް: "ޢަބްދުﷲ މައުމޫން ޚައިރީ" އަކީ މިހާރުގެ ނަމުންނަމަ "މައުމޫން އަބުދުލް ޤައްޔޫމު"ގެ އަސްލުނަންފުޅެވެ. ނަންފުޅު ބަދަލުވި ގޮތާއި މެދު ހިލާފުތަކެއް އެބަހުއްޓެވެ. އޭގެތެރެއިން ދެގޮތް ލިޔާހުށީމެވެ.
1. ޢަބްދުﷲ މައުމޫން ޚައިރީ ގެ ނަންފުޅު މައުމޫން ޢަބްދުލްޤައްޔޫމަށް ބަދަލުވި ކަމަށް މަޢުލޫމާތު ލިބިފައިވަނީ އެ މަނިކުފާނު ތަޢުލީމު ޙާޞިލުކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޕާސްޕޯޓް ހެއްދެވުމުގައި އިސްވެ އުޅުއްވި ބޭފުޅަކަށް އެރި އޮޅުމެއްގެ ސަބަބުންނެވެ. ޢާއްމުކޮށް ކިޔައި އުޅުނީ "މައުމޫން" ކަމަށް ވުމުން ފުރިހަމަ ނަންފުޅު ފޯމުގައި ލިޔުނު މީހަކު "މައުމޫން" މި ނަންފުޅާ ގުޅުވައިގެން ބައްޕާފުޅުގެ ނަންފުޅު އިތުރުކުރައްވައި "މައުމޫން ޢަބްދުލްޤައްޔޫމް"ގެ ގޮތުގައި ޕާސްޕޯޓް ހެއްދެވީއެވެ.
2. މައުމޫނަކީ ތުއްޕުޅުއިރުވެސް އެހެންމީހުންނާ ތަފާތު އަމިއްލަގޮތްތަކެއް ގެންޅުއްވި ބޭފުޅެއްކަމުން "ޢަބްދުﷲ މައުމޫން ޚައިރީ" މިނަންފުޅު މިސްރުގައި ކިޔަވާވިދާޅުވި ދުވަސްވަރު އަމިއްލަފުޅަށް ބަދަލުކުރެއްވިއެވެ. މިއަދާއި ޖެހެންދެންވެސް "ޢަބްދުﷲ މައުމޫން ޚައިރީ" މިނަންފުޅު "މައުމޫން އަބުދުލް ޤައްޔޫމު"ގެނަމަށް އުފަންދުވަހުގެ ސެޓްފިކެޓަކުންވެސް، ނެޝަނަލް ރެޖިސްޓްރޭޝަންއިންވެސް ރަސްމީގޮތެއްގައި ބަދަލުކޮއްފައި ނުވެތެވެ. މައުމޫން އަބުދުލް ގައްޔޫމް ކިޔާކިޔާ ނަން ހަރުލީއެވެ. އަދި މައުމޫންގެ ކޮއްކޯފުޅުންތަށް އޭރުވެސް އަދި މިހާރުވެސް މައުމޫނާއި މުހާތަކުކޮށް އުޅުއްވަނީ "ތުއްތޮންބެ" ގެނަމުންނެވެ. ބުނެވޭގޮތުގައި މަޢުމޫންގެ ބައްޕާފުޅަށް ފުރަތަމަތިން ފިރިހެންދަރިކަލުން ލިބިލެއްވިއެވެ. އެތިންބޭފުޅުންވެސް ވަނީ ޅަފަތުގައި ނިޔާވެފައެވެ. އެހެންވެއެކަމާ ބައްޕާފުޅު ނަދުރެއް ބުނިކަމަށް ވެއެވެ. ބައްޕާފުޅު ބުނިނަދުރަކީ މީގެފަހުން އަހުރެންއަށް ލިބޭ ފިރިހެން ދަރިންގެ ނަމުގެ ކުރިއަށް "އަބުދުﷲ" ކިޔާފައި ނަންދޭނެކަމަށެވެ.
ތައުލީމީ ހަޔާތުގައި ފާހަގަކޮއްލެވޭ ފަތްފުއްތަށް
މައުމޫންގެ ތަޢުލީމުގެ ބިންގާ އަޅުއްވައި ޅަފަތުގެ ތަޢުލީމު ޙާޞިލުކުރެއްވީ އެ މަނިކުފާނުގެ ޢިލްމުވެރި ބައްޕާފުޅުގެ އަރިހުންނެވެ. އެޔަށްފަހު މަދްރަސަތުމް ސަނިއްޔާއިން ތަޢުލީމު ޙާޞިލުކުރައްވަން އުޅުއްވުމަށްފަހު ސިލޯނަށް ވަޑައިގެން ކުޑަ ދުވަސްކޮޅަކު ކިޔަވައި ވިދާޅުވިއެވެ. އެޔަށްފަހު މިޞްރަށް ވަޑައިގެން އަލްޖާމިޢުލްއަޒްހަރުން މަތީ ތަޢުލީމު ޙާޞިލުކުރެއްވިއެވެ. އެ ޔުނިވަރސިޓީގެ [ކުއްލިއްޔަތުއްޝަރީޢާ ވަލްޤާނޫން] ގައި އިސްލާމީ ޝަރީޢާ އާއި ޤާނޫންގެ ރޮނގުން ފުރަތަމަ ޑިގްރީއާއި މާސްޓަރސް ޑިގްރީ ފުރިހަމަ ކުރެއްވި އެވެ. އަދި އެ ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރެއްވުމަށްޓަކައި ތީސިސް ލިޔުއްވާނެ ދާއިރާ ކަނޑައަޅުއްވައި ޕްލޭން ހައްދަވައި އެޕްލޭން ޔުނިވަރސިޓީއަށް ހުށަހެޅުއްވިއެވެ. މި ޕްލޭން އަޒުހަރުން ޤަބޫލުކުރައްވައި ޕީއެޗްޑީ ދަރިވަރެއްގެ ގޮތުގައި ރަޖިސްޓްރީކުރެއްވި އެވެ. ނަމަވެސް އިބުރާހިމް ނާސިރުގެ ސަރުކާރުން އިޒުރާއިލް ގައުމެއްގެ ގޮތުގައި ބަލައިގަނެ ސިޔާސީ ގުޅުން ގާއިމުކުރެއްވުމުން ދިވެހި ދަރިވަރުންނަށް މިސުރު ސަރުކާރުން ދެމުއައި މާލީއެހީތަށް ވަގުތުން ހުއްޓާލުމުގެ ސަބަބުން ޕީއެޗްޑީ ކުރިޔަށް ގެންދެވޭގޮތް ނުވިއެވެ. މިކަމާއި ރުޅިއަރާގެން ރައީސް ނާސިރަށް ވަރަށް ހޫނު ސިޓީފުޅެއް މައުމޫން ފޮނުއްވިއެވެ. މިސިޓީގެ ސަބަބުން މައުމޫން ގައުމަށް އެރުން މަނާކުރެވި ކަޅުލިސްޓަށް މައުމޫނުގެ ނަންފުޅު ރައީސް ނާސިރު ލައިފޫއެވެ. މިކަމާއިހުރެ ގައުމުން ބޭރުގައި ސައުވީސް އަހަރު އުޅުއްވަން ޖެހިވަޑައިގެންނެވިއެވެ.
ޒަވާޖީހަޔާތް
ސިޔާސަތު
އިސްލާމްދީނަށް ކުރެއްވި ހިދުމަތް
ސިޔާސީ ގޮތުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރިވެގެން ދިޔައިރު ދީނީގޮތުންވެސް ޢިލްމުވެރިވުމުގެ މަގު ދިވެހިންނަށް މިޒަޢާމަތުގައި ވަނީ ފަހިވެގެންގޮސްފައެވެ. އިހުގައި ދީނީ ތަޢުލީމަކީ ވަރަށް ތަދުއެއްޗެކެވެ. މަދުންނޫނީ ދީނީ ޢިލްމުވެރިން ދިވެހިފަސްގަޑުން އުފެދިފައިނުވެއެވެ. އަދި ރައީސް މައުމޫން ވެރިކަމުގެ ޒިންމާއާ ޙަވާލުވެވަޑައިގެންނެވިއިރު ދިވެހިރާއްޖޭގައި އިސްލާމް ކިޔަވައިދެވެނީ ހަމައެކަނި 8ވަނަ ކިލާހާ ހަމައަށެވެ. އަދި އެއިރު އެމާއްދާއަކީ މަޖުބޫރު މާއްދާއެއްނޫނެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި އެމާއްދާއަކީ މަޖުބޫރު މާއްދާއެއްކަމުގައި ހަމަޖެއްސެވިއެވެ. އަދި ހަމައެފަދައިން އެމަނިކުފާނުގެ ވެރިކަމުގައި އިސްލާމަކީ 1ވަނަ ގްރޭޑުން ފަށައިގެން 12ވަނަ ގްރޭޑާ ހަމައަށް ކިޔަވަން ޖެހޭ މާއްދާއެއްކަމުގައި ހަމަޖެއްސެވިއެވެ. އަދި ދީނީ ތަޢުލީމާއި ޢަރަބި ބަހުގެ ތަޢުލީމް ރާއްޖޭގައި ޢާންމު ކުރެއްވުމަށްޓަކައި މަޢުހަދެއް އުފެެއްދެވިއެވެ. އަދި އެމުއައްސަސާއިން ތަޢުލީމް ޙާޞިލްކުރާ ދަރިވަރުންނަށް އެކި ޤައުމުތަކުން މަތީ ތަޢުލީމް ޙާޞިލްކުރުމުގެ ފުރުޞަތު ލިބޭނެ ގޮތް އެމަނިކުފާން ފަހިކޮށްދެއްވިއެވެ. އަދި އަމިއްލަ ޤައުމުގައި ތިބެގެން ދީނީ ދާއިރާތަކުން ތަޢުލީމް ޙާޞިލްކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް މަޢުހަދު ކޮލެޖަކަށް ބަދަލުކުރެއްވިއެވެ. މިހިރަ ކަންތައްތަކަކީ ޙަޤީޤަތަށް ލޯބިކުރާ ދެމީހަކު ދެބަސްވާނެ ކަންތައްތަކެއްނޫނެވެ. ފުރުޞަތު އޮތީ ފަހިކޮށްދެއްވާފައެވެ. އެހެންނަމަވެސް އެފުރުޞަތުގެ ބޭނުން ބަޔަކު ނުހިފުމުން އެމަނިކުމާނުގެ ބޮލުގައި އެކަމުގެ ޒިންމާ އެޅުވިދާނެތޯއެވެ؟
އިޤްތިޞާދަށް ކުރެއްވި ހިދުމަތް
ޤައުމެއްގެ އިޤްތިޞާދަކީ ތަރައްޤީގެ އަސަރުތައް އެންމެ ފުރަތަމަ ފޯރާ ދާއިރާއެވެ. އަދި އިޤްތިޞާދީ ތަރައްޤީއަކީ ކުރިއެރުމުގެ ރަމްޒެވެ. ދިވެހިރާއްޖޭގެ މާޒީއަށް ބަލާއިރު ދިވެހިރާއްޖެއަކީ 1978ގައިވެސް ދުނިޔޭގެ އެންމެ ފަޤީރު 5 ޤައުމުގެ ތެރެއިން ޤައުމެކެވެ. އެގޮތައް ޤައުމު އޮންނަން ޖެހެނީ ސަބަބުތަކެއް މެދުވެރިވެގެންނެވެ. އެގޮތުން ވަސީލަތްތައް މަދުވުމާއި، ތަރައްޤީއަށް ބޭނުންވާ މަގުތައް ހުޅިވިފައިނުވުމާއި ތަޢުލީމީ މީހުން މަދުވުމަކީ ފާހަގަކޮށްލަންޖެހޭކަންކަމެވެ. އެހެންނަމަވެސް ރައީސް މައުމޫން ދިވެހިރާއްޖޭގެ ވެރިކަމާއި ޙަވާލުވެވަޑައިގެން މިހަނަފަސް ސަހަރާ މިއަދު އަޅުގަނޑުމެންމިދެކޭ ޝަހަރުތަކަށް ބަދަލުކުރެއްވުމަށް ތިރީސް އަހަރަކީ ދިގު މުއްދަތެއް ނޫނެވެ. މިވާހަކަ މިހެންބުނުމުން ދުބާއީ ތަރައްޤީވެގެން ދިޔަ ގޮތުގެ ވާހަކަ ދައްކައި ހަދައެވެ. ދުބާއީއަށް ބަލައިލުމުން އެމީހުންނަށް އައި ތަރައްޤީއާއެކު އެޤައުމުގެ މިނިވަންކަން ނެތިގެން ދިޔަތަން ފެނެއެވެ. އެޤައުމުގެ އެންމެ ކުދިކުދިކަންކަންވެސް ކުރަނީ ޔޫރަޕްގެ މީހުންނެވެ. އެފަދަ ތަރައްޤީ ރާއްޖެއަށް އައުމަކީ އަޅުގަނޑުގައިމުވެސް އެދޭ ކަމެއްނޫނެވެ.
ތަޢުލީމީ ދާއިރާއަށް ކުރެއްވި ހިދުމަތް
ނިންމާލުން
މައުމޫން އަބުދުލް ގައްޔޫމަކީ އިލްމީ ދޫފުޅު ފަސޭހަ މޮޅު ބަސްމޮށުންތެރިއެކެވެ. މީހުން އެއްކުރައްވާގެން ދީނީ ތަގުރީރު ދެއްވައެވެ. މިހެންކަމުން ނިކަމެތި އަޅާއަށް ފެނުނުގޮތުގައި މައުމޫނަކީ ފަހުގެ ތާރީހުގައި އިސްލާމް ދީނަށާއި ދިވެހި ޤައުމަށް އެންމެ ހިދުމަތް ކުރެއްވި ބޭފުޅާއެވެ. އެބޭފުޅާގެ އަގުހުރި ބިޔަބޮޑު މަސައްކަތްތަކަށް އަޅުގަނޑުމެންމިތިބީ ދަރައެވެ.
ނޯޓް: އަލްއުސްތާޛު މައުމޫން އަބުދުލް ޤައްޔޫމް އިސްލާމް ދީނަށް ކޮއްދެއްވަމުންގެންދަވާ ހިދުމަތްތަށް ވަކި މަޒުމޫނެއްގެ ގޮތުގައި ޝާއިއު ކުރެވޭނެއެވެ.
ރިފަރެންސް
1. ޜޭޑިއޯ ޕްރޮގްރާމް (ދިވެހިރާއްޖޭގެ އަޑު)
2. އަަމޭން ފޯ އޯލް އައިލެންޑް، ރޮޔެސްޓަން އެލިސް - ISBN 9812048529
3. ޝިފްޒާން އަހުމަދު، 2008
No comments:
Post a Comment