Sunday, June 29, 2014

#

ޓްރެފިކް ޕޮލިހުން ދެލިގަނޑަށް އަމަލު ކުރުމުގެ ބަދަލުގައި ދެވަނަ ވިސްނުމަކަށް ދާންވެއްޖެ

ފައިބަ ހުކުރުދުވަހު ހެދުނު ގާއިއްގަޑަކަށް ބޮންތިއެއްގެ މިންވަރަށް އިރުއަރާފައިވަނިކޮށް ޝަހީދު ހުސެއިން އާދަމުގެ ހަނދާނީ އިމާރާތް ، ޔަޢުނީ ޕޮލިސް ހެޑުކުއާޓާރސް ކުރިމަތިންލާފައި ދިޔަ ދެޖިންސުން ލަތީފުން ފުލުހުން ހުއްޓުވިއެވެ. އާދައިގެ މަތިން ލައިސެންސް އޮތްތޯބެލުމާއި އަހަރީފީ ދައްކާފައިވޭތޯ ބެލުމަށްޓަކައެވެ. ބަލާބެލުމަށް މިދެ ޖިންސުންލަތީފުން އުޅެނީ ކޮންމެވެސް ތަނަކަށް ފުރާށެވެ. ކޮންމެއަކަސް ފުލުހުން އެވެރިން ހުއްޓުވިއިރު ދުއްވަންއިން ފިރިހެން ކުއްޖާގެ އަތުގައި ލައިސެންސް އެވަގުނެތެވެ. އަވަސް އަރުވާލާގެ ފުރަން އަންނަން ހަދާގެން އާދެވުނީ ވޮލެޓް ނުލައި ކަމަށާއި ވޮލެޓްނެތްކަން މިއެގުނީވެސް ދެންމެ ކަމުގައި އެކުއްޖާ ފުލުސް މީހާ ކައިރީގައި ބުންޏެވެ.
ފުލުސްމީހާ: ލައިސެންސް ނުލާ ދުއްވުމަކީ މަނާކަމެއް! ޖެހެނީ އަޅުގަނޑުމެންގެ ވެހިކަލުގައި ޓޯވޔާޑަށްދާން...
ސައިކަލްގައި އިންކުއްޖާ: ޕްލީސް! ޕްލީސް އޮފިސަރު އަޅުގަނޑު އަތަށް ގްރީން ސްލިޕް ދެއްވާފައި އަޅުގަނޑު ދިޔަދީ! އަޅުގަނޑަކީ އެއަރޕޯޓްގެ އެއަރ ޕްރެފިކް ކޮންޓްރޯލާއެއް... މިއީ ހުކުރު ދުވަސްކަމުން އަޅުގަނޑު ނުގޮސްފިނަމަ ރޭގަނޑު ޑިއުޓީގައި ހުރި ކުއްޖާ ހުންނަންޖެހޭނީ.... އޭނާ ގިނައިރު ނުނިދާ ހުރުމުން ގޯހެއްވެސް ހެދިދާނެ.... ޕްލީސް އަޅުގަނޑުދިޔަދީ... އަޅުގަނޑު ޑިއުޓީ ނިންމާފައި ޓޯވޔާޑަށް ދާނަން... ބައްލަވާ މިއޮތީ އަޅުގަނޑުގެ ސްޓާފް އައިޑީވެސް.... (ކަރުގައި އަޅުވާފައި އިން ކާޑް ދައްކާފައި)
ފުލުސްމީހާ: ލައިސެންސްނުލާ ދުއްވާމީހުން ދޫކޮށްލެވޭކަށް އަޅުގަނޑު މެންނަކަށް ނޯވޭ...! ޖެހޭނީ އަޅުގަނޑުމެންގެ ވެހިކަލްގައި ޓޯވްޔާޑަށްދާން...
ކޮންމެއަކަސް އެސޮރު ވެހިކަލަށް ލާގެން ޓޯވޔާޑަށް ގެންގޮސްފިއެވެ. 

މިހާދިޘާ އަޅުގަނޑުގެ ލޯކުރިމަތީގައި ހިނގާދިއުމުން އަޅުގަނޑުގެ ހިތުގައި ވަރަށްގިނަ ސުވާލު އުފެދުނެވެ.
- އެސޮރު އެދެއްކީ ހެޔޮވާހަކައެކެވެ. ރޭގަނޑު ޑިއުޓީކުރި އެއަރ ޓްރެފިކް ކޮންޓްރޯލަރު ނުނިދާ ދެޝިފްޓް ނަގަން ޖެހިއްޖެނަމަ ނުބައި ރޫޓެއްވެސް ދެވިދާނެއެވެ. މީގެ ސަބަބުން ފުލައިޓްވެއްޓި އެތަށްބަޔަކު މަރުވެސް ވެދާނެއެވެ.
- އެސައިކަލް ދުއްވަން އިންމީހާއަކީ އެމެޖެންސީ ކޯލެއްގައި ހޮސްޕިޓަލާދިމާލަށް ދުއްވަމުން ދިޔަ ޑަކުޓަރެއްނަމަ ކަންތަށް ކުރާނީ ކިހިނަކުންބާ؟
- ޑަކުޓަރެއް އިމަޖެންސީގައި ވަންވޭ އެއްފަޅާލާފައި ދާމަންޒަރުފެނި އެޑަކުޓަރަކީ ހަމަ ރަގަޅަށްވެސް އިމަޖެންސީގައި ޒަހަމްވެފައިވާ މީހަކަށް ފަރުވާދޭންދާ ޑަކުޓަރެއް ކަމުގައިވިޔަސް މަޑުކުރުވާފައި ޗެކްކޮށް، ލައިސެންސް އަތުގައިނެތްނަމަ ޓޯވޔާޑަށް ގެންދަން ޖެހޭނެތޯ؟

އިސްލާމީ ފިޤުޙީ ޤާއިދާއެއްގައިވަނީ الضَّرُوْرَاتُ تُبِيْحُ المحْضُوْرَاتِ . މައުނައީ: މަޖުބޫރުވާހިނދު ޙަރާމްކުރެވިފައިވާކަންތައް ހުއްދަވެއެވެ. އެހެންވީމާ މަޖުބޫރުވާހިނދު ޓްރެފިކް ޤަވާއިދާއި ހިލާފަށް ދުއްވުން ހުއްދަވާނެއެވެ. ނުވާންވީ ސަބަބެއްވެސް ނެތެވެ. އެހެނީ އެ ޤަވާއިދާއި ހިލާފުވި ހިލާފުވުން އެމަޖުބޫރުކަން ފިލާދިމުން ހިގާދެއެވެ. އާދޭހެކެވެ.  مَا زَالَ بِعُذُرِ بَطَلَ بِزَوَالِهِ . ދިމާވި ޢުޒުރެއްގެ ސަބަބުން ހުއްދަވި ކަމެއް އެ ޢުޒުރު ފިލައިދިއުމުން ހުއްދައެއް ނުވާނެއެވެ.

އަޅުގަނޑު އެދެނީ ޓްރެފިކް ފުލުހުން ޑިއުޓީގައި ތިއްބަވާއިރު ޗެކްޕޮއިންޓަކުން ނުވަތަ ޓްރެފިކް ވަޔަލޭޝަނަކުން އަތުލާގަނެވޭމީހާއާއި ހިފާގަނެގެން އޮބާއިގަތުމުގެ ކުރީން އޭނާގެ ހާލަތުބަލައި، އެއީ އިމަޖެންސީ ހާލަތުގައިނަމަ، އެހާލަތުގައި ފަހުން ފުލުސް އޮފީހަށް ނުވަތަ ޓޯވޔާޑަށް ހާޒިރުވުމަށް އަމުރެއްދީފައި އެމީހަކު ދޫކޮށްލުމެވެ. އާދޭހެކެވެ. ޓްރެފިކް ޤަވާއިދުގައި ޞަރޫރީ ހާލަތުގައި ދޫނުކޮށްލެވެނެ ވާހަކައެއްނެތެވެ. އެހެންވީމާ ދޫކޮށްލެވޭނެ ވާހަކަ އޮތަސް ނެތަސް ލިޔެވިފައިވާ ދެލިގަނޑަށް އަމަލު ނުކުރެވޭނެ ހާލަތުގައި ދޫދޭން އެބަޖެހެއެވެ.

No comments:

Post a Comment