Wednesday, October 2, 2013

#

ބިރަކާއި ނުލައި ޖިމާޢުވުން

"ބިރަކާއި ނުލައި ޖިމާއުވުން" މިބަހާއި މެދުތިބާގެ ފިކުރަކީ ކޮބައިތޯއެވެ؟ އާދޭހެވެ. އެއީ ދެމަފިރިން ވަޠިއު ވުމަށް ކިޔާނަމެކެވެ. ޖިމާއު ވުމަކީ ޝަރުއީ ކާވެންޏެއް ކޮއްގެންތިބި ކޮންމެ ދެމަފިރިއަކަށް ހުއްދަކުރައްވާފައިވާ ކަމެކެވެ. އަދި އެއީ އަޅުކަމެކެވެ. ކާވެނީގެ ބޭރުން ވަޠިއުވާނަމަ އެޔަށް ޖިމާއުވުމެކޭ ނުކިޔާނެއެވެ. އެޔަށް ކިޔަނީ ޒިނޭކުރުމެވެ. ދަންނަވަން މިއުޅޭ ބަހުގެ މަތުލަބަކީ ބިރަކާއި ނުލައި ކުރެވޭނީ ހެޔޮކަމެކެވެ. ނުބައި ކަމެއް ކުރަން އުޅޭނަމަ ފަޅާއަރާފާނެތީ، ފާފަވެރި ވެދާތީ ބިރުގަންނާނެވެ.

މިކަލަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައި "ބިރަކާއި ނުލައި މަޖާކުރުން" މިބަހަކީ ވަރަށް އާންމު ބަހަކަށް މިވަނީވެފައެވެ. އެއްބަޔަކު ޒުވާބުދެނީ އެއީ މުސްލިމުންގެ ތެރޭގައި ބޭނުން ނުކުރެވޭނެ ބަހެއް ކަމަށެވެ. މިބަހާއި މެދު ޒުވާބުދީ ހުކުމްތަށް ނެރެފައިވާއިރު އެންމެ އަޖައިބު ކަމަކީ ޒަމާނުންސުރެ އަޅުގަނޑުމެންގެ ތެރޭގައި ހުރި ލަދުވެތި ބަސްތަށް (ނުބައިއެއްޗެހި) ނުވަތަ ހުވަދޫ ބަހުން މިކިޔާ "ކުނެފޮޅެ" ކިޔުމަކީ ނުވަތަ އެކަހަލަ ބަސްތަށް މުސްލިމުންގެ ތެރޭގައި ބޭނުން ކުރުމާއި މެދު ކަންބޮޑުވެގެން ވާހަކަދައްކާފައި ނުވާތީއެވެ.

މިހާހިސާބުން މިބަސްތަކުގެ ބަހަވީ މާނައަށް ބަލާލާނަމެވެ.
ބިރު - ގެއްލުމަކާމެދު ނުވަތަ ނުރައްކަލަކާމެދު ހިތުގައި އުފެދޭ ސިހުން.
ނުލައި- ކަމެއްނަފީކުރުން، ވަކިކުރުން
މަޖާކުރުން - މާބޮޑު މަގުސަދެއްނެތި ހަމައެކަނި އުފާކުރުމުގެ ގޮތުން ސަމާސާ ކުރުމާއި ކުޅިވަރު ކުޅުމާއި ސަކަރާތް ގަތުން.

އެހެންކަމުން ބިރެއްނެތި މަޖާކުރުމަކީ އިސްލާމް ދީނުގެ ޝިޔާރުތަކާއި ހިލާފު ބަހެއްކަމުގައި ބުނެވޭނެ ޖާގައެއްނެތެވެ. އެހެނީ މުސްލިމަކު ވާހަކަ ދައްކާއިރު އޭނާގެ ހިތުތެރޭގައި "އިސްލާމީ އިމުގެތެރޭގައި" މިއިޢުތިގާދު އޮންނާނެެއެވެ. ފިގުހުވެރިންގެ ޤާއިދާއެއްގައި ވަނީ"العادة محكمة" މާނަ: ހުކުމް ކުރުމުގައި އާދަކާދަ އަށް ބެލެވޭނެއެވެ. އެބަހީ ބަސް ބުނުމުގައި އާދައަށް ނުވަތަ އެމުޖުތަމައުގެ ހާލަތަށް ރިޔާއަތް ކުރެވޭޭނެއެވެ. މިކަލަކަށް އައިސް މިރާއްޖޭގައި މާރާމާރީ، ރޭޕް ކުރުން، ޓެކުން މިވަނީ އާންމުވެފައެވެ. ކަންމަތީ ފިހާރައާއި ހަމައަށްވެސް އެކަނި ދާން މިވަނީ ބިރުގެންފައެވެ. އެހެންކަމުން ގަންނާކުރައްވާ ބިރުން ދަތުރުދިއުމާއި، ބޯޅަކުޅެން ދިއުމާއި މިނޫންވެސް ކުޅިވަރާއި މަޖާކުރުމުން މަހުރޫމް ވެފައިތި ކުދިންނާއި ބޮޑެތި މީހުން ވަރަށް ގިނައެވެ.

2009 ވަނައަހަރު ދެއްވަދޫގެ 60 ވަރަކަށް ޒުވާން ކުދިން ކުޑަބަނޑޮހަށް "މާހެފުން" ގެ ނަމުގައި ދަތުރު ދިޔައެވެ. އަޅުގަނޑަކީވެސް އެދަތުރުގެ ބައިވެރިއެކެވެ. އަޅުގަނޑުމެންނަށް ބަނޑޮހަށް ދެވުނީ އެދުވަހު ހެދުނު އަށެއް ޖަހަން އުޅެނިކޮށެވެ. ދެން ރަށަށް ފައިބައިގެން އަޅުގަނޑުމެން ކޭންޕު ޖެހުމަށް ހުރިހާ ސާމާނުތަށް ކޮޑަށް ލައިގެން އެކަކު އަނެކަކަށް ސަމާސާ ކުރަމުން ގޮސް ބޮޑުބަނޑޮން އޮންނަ ފަޅިއަށް ދިޔާމެވެ. އިރުކޮޅެއްނުވެ ތިން ޒުވާނަކު އައިސް އަހަރެމެންގެ ގުރޫޕަށް ހުރަހެޅިގެންފިއެވެ. އެހެންނަމަވެސް އަހަރެމެން ރައްދުނުދިނުމުން އެމީހުން ހިގައްޖެއެވެ. އޭގެ ދިހަވަރަކަށް މިނިޓް ފަހުން އެމީހުން އައީ ވިއްސަކަ މީހުންގެ ގުރޫޕަކާގެންނެވެ. އެމީހުން އައިގޮތަސް އައިސް އަހަރެމެންގެ ތެރެއިން ކުއްޖެއްގެ ގައިގައި ތަޅައިގަތެވެ. އެހާހިސާބުން އެމީހަކާ އެމީހަކާ ތަޅާގަތީއެވެ. ވީނުވީ އެއްވެސް ނޭގުނެވެ. ކޮންމެއަކަސް އެރަށަށް ދަތުރުގޮސް ތިބިއެންމީހުން އައިސް ތަޅާފޮޅުން ހުއްޓުވައިފިއެވެ. ދެން ވީގޮތް އޮޅުން ފިލުވީމެވެ. އެގުރޫޕް އައިސް ތަޅައިގަތީ އެމީހުން ކުޅެން އަހަރެމެންގެ އަތުގައިއޮތް ބޯޅަނުދިނުމުންނެވެ. ކޮންމެއަކަސް ބިރާހެދި މަޖާނުކުރެވުނެވެ. ބިރާހެދި 9:30 ގައި އެބުރި މާލެ އައީއެވެ.

އެހެންކަމުން ބިރަކާއި ނުލައި މަޖާކުރުމަކީ އެހެންމީހުންގެ ތުރާއާއި ނުލައި އެމީހަކު އެބޭނުންވާ ކުޅިވަރެއް ކުޅެލާފައި އެބުރި ސަލާމަތުން ގެއަށް އަންނަ އައުމެވެ. ލާހިކުނޫން ކުޅިވަރެއް ކުޅޭނަމަ އޭނާ އެކަމެއް ކުރާނީ ބިރުން ސިއްރިޔާތުގައި ފިލާހުރެގެންނެވެ. އެޔަށް މުތުލަގު ގޮތެއްގައި ކިޔާއުޅެނީ ޖަރީމާއެވެ. ކުޅިވަރެއްނޫނެވެ.

އަހުރެންގެ ދުޢާއަކީ ބިރަކާއި ނުލައި މަޖާކޮށް ކުޅިވަރު ކުޅެވޭނެ މާހައުލެއް، އަޅުގަނޑުމެންގެ ތެރޭގައި ޤާއިމްވެގެން ދިއުމެވެ. އާމީން

8 comments:

  1. "ބިރަކާއި ނުލައި މަޖާކުރުން" މި ސިޔާސަތު ރައީސް ނަޝީދު ތައާރަފް ކުރަމުން، ވިދާޅުވެފައި ވަނީ، ކުޅިވަރެއް ކުޅުން މަޖާކުރަން ތިއްބަޔެއް، އެކަން ހުއްޓުވާކަށް އެސް. އޯ. ފުލުހުންނެއް ރައީސް ނަޝީދުގެ ވެރިކަމެއްގައި ނާންނާނޭ، ބިރެއް ނެތި މަޖާކުރަހަށޭ. އަޅުގަނޑު މިކަމަށް ފުންކޮށް ނަޒަރު ހިންގާލާއިރު، އިސްލާމް ދީނާ، ދިވެހިރާއްޖޭގެ ޤާނޫނު ހުއްދަނުކުރާ ކުޅިވަރެއް ކުޅެން ތިއްބާ އެސް. އޯ. ފުލުހުން އަހިސް އެކަމެއް ހުއްޓުވާބައޭ ހިތައް އަރައެވެ. އެހެނެއް ނޫނެވެ. އާ އަހަރު ފާހަގަ ކުރުމަށާ، އެހެނިހެން ކަންކަން ފާހަގަ ކުރުމަށް ދަރުބާރުގޭގަޔާއި، ރެސްޓައުރެންޓް ތަކުގައި ޑީ.ޖޭ. ބާއްވަނި ކޮށް، ބިރެއްނެތި މަޖާކުރަނިކޮށް އެސް. އޯ. ފުލުހުން އަހިސް ހުއްޓުވާފައި އެބަހުއްޓެވެ. ހަމަ އެގޮތަށް ޖުވާ ކުޅެނިކޮށް ހުއްޓުވާފައިވެސް އެބަހުއްޓެވެ.

    ReplyDelete
  2. ބިރުގަތުމާއި ބިރު ގެންނުވުން އާއްމު ވެފައިވާ މި މުޖުތަމަޢުގައި ބިރަކާނުލައި މަޖާ ކުރުމަކީ ކޮންމެ ފަރުދަކަށްވެސް ލިބިފައިވާ ހައްޤެކެވެ. ނަމަވެސް ސިޔާސީ އޮއިވަރުގައި ޖެހި ބިރަކާނުލައި މަޖާކުރުން މީގެ މާނަ ތަފާތު ގޮތްގޮތަށް ކުރަމުންދާއިރު މި ލިޔުމުގައި ޝިހާދު ލިޔުއްވާފައިވާ ބަހަވީ މާނަތަކާމެދު ވިސްނާލުން މުހިއްމެވެ. އަދި ލިޔުމުގައި ބަޔާންކުރައްވާފައި ވާ ފަދައން ޖަރީމާ އަކަށްވާ އެންމެހާ ކަންތައްތަކުން މުޖުތަމަޢު ސަލާމަތް ކުރުމަކީ ފަރުދީ ޒިންމާއެކެވެ. މި ޒިންމާ އަދާކުރުމުގައި މީހުން ދައްކާ ވާހަކައާމެދު ވިސްނައި އެވާހަކަތަކުން ނަގަންވީ މާނަ ނެގުން ބުއްދިވެރިއެވެ. އަދި ފިކުރީ ތައާރަޒުވުމެއްގެ ސަބަބުން އޭގެ މާނަ އޮޅުވާނުލުން މުހިއްމެވެ.

    ReplyDelete
  3. ލިޔުންތެރިޔާގެ މަޢުލޫމާތައްޓަކައި ދަންނަވަން.
    އެމްޑީޕީގެ ސިޔާސަތުގައި އޮތީ "މަޖާކުރުން - ބިރަކާނުލާ ފޫހިފިލުވުން".. ގިނަ ބަޔަކަށް މިކަން އޮތީ އޮޅިފަ.. އަދި އެ ސިޔާސަތުގެ ތަފްސީލުގައި އެ ސިޔާސަތުގެ ދަށުން ކުރާނީ އަދި ނުކުރާނީ ކޮން ކަމެއްކަން އޮތީ ކަނޑައަޅައި ބަޔާންކޮށްފައި..

    ReplyDelete
  4. October 2, 2013 at 1:39 PM
    ކޮމެންޓުމުރި ފަރާތަށް
    މިލިޔުމާއި އެމްޑީޕީ މެނިފެސްޓޯ އާއި ގުޅުމެއްނެތް ވާހަކަ ދަންނަވަން. އަދި އެމްޑީޕީގެ މެނިފެސްޓޯގައި އަޅުގަނޑަށް އޮޅުންއަރާ އެންމެ ތަންކޮޅެއްވެސް ނެތް. އެތަށް ފަހަރަކު އޭތި ކިޔާފިން. އަދި 2008 އެމްޑީޕީ ގެ މެނިފެސްޓޯ ތަންފީޒުކުރުމުގައި މިހާރުވެސް މިއުޅެނީ

    ReplyDelete
  5. Liyuntheriyaa vanee MDP ah vikifa

    ReplyDelete
  6. hahahahah varah boa goas liyumeh, subhaanAllah! "birakaa nulaa majakurun" ey bunaa etheege maana mi othy ! haassa koh page 7 in feshigen!

    https://docs.google.com/file/d/0BxGK6-nk4JKGWERiOHNsWGZxSVU/edit?pli=1

    ReplyDelete
  7. ޝިހާދު އެވެ. ކަލޭ ތިހުރީ އަވާމެންދުރެއްގެ ތެރޭގައެވެ. އަދި ދުނިޔެއަށް ހޭނުކެވެނީއެވެ. ކަލޭ ނޫން މީހުނަށް "ބިރަކާނުލާ މަޖާކުރުން" މީ ކޮބައިކަން އެބައެނގެއެވެ.

    ReplyDelete
  8. ކޮމެންޓް ކުރައްވާ ކިޔުންތެރިން މި ލިޔުން ސިޔާސީ ކުރައްވަނީ ކީއްވެބާއެވެ. އަޅުގަނޑަށް މި ލިޔުމުގައި ސިޔާސީ ކުލަޖެހިފައިވާތަނެއް ނުފެނެއެވެ. ސިޔާސީ މައިދާނުގައި ބޭނުންކޮށްއުޅޭ 'ބިރަކާނުލައި' މިހެން މިލިޔުމުގެ ސުރުހީގައިވީކަމުގައިވެސް ޝިހާދުގެ މި ލިޔުއްވުމުގައި އެފަދަ އެއްވެސް ވާހަކައެއް ފާހަގަ ނުކުރެވެއެވެ.
    ޝިހާދުއެވެ. ޝިހާދުގެ ލިޔުއްވުންތަކުން ދިވެހިންނަށް ދިވެހި ބަހުގެ މާނަތައް ދަސްކުރުމުގެ ފުރުސަތު ދެއްވާތީ އެކަން ފާހަގަކުރަމެވެ. އަދި މުޖުތަމައަށް ފައިދާކުރުވަނިވި އިތުރު ލިޔުއްވުންތަކަށް އިންތިޒާރުކުރަމެވެ. އުފެއްދުންތެރި ލިޔުންތެރި ކަމަކީ މުޖުތަމައު ބިނާކުރުމުގެ އަސާސެކެވެ.

    ReplyDelete