![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhSWcStr90gzUqYfll7B-j6a-FnNJLIePdvNCL7-peK857b8NGIy59WHmwu7dMIhcOKxQwMPe3q3pPlKB4MI4GTfrXJ33F_idMfsdvXoL_mBPowTkuha5lCxkLAvB1fCkJYwdUxKGksOb8/s200/maldives-election.jpg)
ރިޔާސީ އިންތިޚާބުގެ ގަވާއިދު 2013، ގެ ބާރަ ވަނަ މައްދާގައި ވަނީ ޤާނޫނު ނަމްބަރ 11/2008 އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައި ބުނެފައިވާ ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ލިސްޓެއް ތައްޔާރުކޮށް އެލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމު ކުރަންވާނެއެވެ. އިލެކްޝަން ކޮމިޝަނުން ލިސްޓް އެކުލަވާލާ އާންމު ކުރިއެވެ. ނަމަވެސް އެލިސްޓުގައި ޖިނާޢީ ކުށެއްކުރިކަން ސާބިތުވެ 5 އަހަރަށް ވުރެ ދިގުމުއްދަތަކަށް ޖަލަށް ލުމަށް ހުކުމްކޮށް އެހުކުމް ތަންފީޛު ކުރެވެމުންދާ މީހުން ހިމެނިފައިވެއެވެ. މިކަމާއި ގުޅިގެން އަޅުގަނޑު އިލެކްޝަން ކޮމިޝަނަށް ގުޅާފައި "ވޯޓުދިނުމުގެ ހައްޤު ލިބިގެންވަނީ ކޮންބަޔަކަށްތޯ ސުވާލުކޮށްލީމެވެ. ޖަވާބުގައި އިލެކްޝަންގެ ވިލަރެސްވެރިޔާ ވިދާޅުވީ "އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިޔަކަށް ވޯޓުލެވޭނެ"އެވެ. އަޅުގަނޑު އަނެއްކާވެސް ސުވާލުކުރީމެވެ. "މޮޔައިންނާއި ޖިނާޢީ ކުށް ސާބިތުވެ 5 އަހަރަށްވުރެ ދިގުމުއްދަތަކަށް ޖަލަށް ލެވިފައިވާ މީހުންނަށް ވޯޓު ލުމުގެ ހައްޤު ލިބިގެންވޭތޯ؟"އެވެ. ޖަވާބުގައި އެބޭފުޅާ ވިދާޅުވީ މޮޔައަކަށް ވިޔަސް މުޖިރިމަކަސް 18 އަހަރު ފުރިފައިވާނަމަ ވޯޓުލުމުގެ ހައްޤު ލިބިގެންވާނެ ކަމަށެވެ.
އިސްލާމީ ޝަރީއަތުގައިވާ ކޮންމެ ކަމަކީ ރާއްޖޭގެ ޤާނޫނު ކަމަށް ބެލުމަށް ގާނޫނު އަސާސީގެ ދެ ވަނަ މާއްދާ އާއި 10 ވަނަ މާއްދާ އާއި 19 ވަނަ މާއްދާ އާއި 59 ވަނަ މާއްދާގެ ދަށުން ލާޒިމްވެއެވެ. އަދި ގާނޫނުގައި ބަޔާންކޮށްފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީއަތަށް ރިއާޔަތް ކުރަންޖެހޭނެ ކަމަށް ގާނޫނު އަސާސީގެ 142 ވަނަ މާއްދާގެ ހ. ބުނެފައިވެއެވެ. އެހެންކަމުން ސިކުޑި ހަމަނުޖެހޭ މޮޔައިންއަކީ ތަކުލީފު ލިބިގެންވާ ބައެއްނޫނެއެވެ. އެހެން ކަމުން ވޯޓު ދިނުމުގެ ހައްޤުން އެމީހުން އިސްތިސްނާވެގެންވެއެވެ. އަދި މިއަށް ބާރުލިބޭފަދަ ހުކުމެއް 09 ޖޫން 2010 ގައި ހައިކޯޓުގެ ފަޑިޔާރު އަލީ ހަމީދު މުހައްމަދު ކުރައްވާފައިވެއެވެ.
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި އާންމު ހިންތިހާބާއި ބެހޭ ޤާނޫނުން ވޯޓުދިނުމުގެ ހައްޤު ހިފެހެއްޓިފައިވާ މީހުންއަށް ވޯޓުލެވޭނެ އިންތިހާބެއްގެ ނަތީޖާ ސައްޙަވާނެބާއެވެ؟ ޝައްކެއްނެތެވެ. އިންތިހާބުގެ ނަތީޖާ ސައްޙައެއްނުވާނެއެވެ. އެހެންކަމުން 07 ސެޕްޓެމްބަރ 2013 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ލިސްޓު އިސްލާހު ކުރާންޖެހޭނެއެވެ. އެލިސްޓު އިސްލާހު ނުކޮށްފިނަމަ އިންތިހާބުގެ ނަތީޖާ ސައްޙައެއްނުވާނެއެވެ.
18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް ވޯޓުލެވޭނަމަ އައިޑީ ކާޑުގެ މުއްދަތު ހަމަވެފައިވާ މީހުންނަށާއި އައިޑީ ކާޑު ގެއްލިފައިވާ މީހުންނަށްވެސް ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން ވޯޓު ދިނުމުގެ ހައްޤު ލިބިދޭންޖެހޭނެއެވެ.
ތިޔަބުނާ ލިސްޓުގައި މަރަން ހުކުމް ކޮއްފައި ތިބި މީހުންވެސް އެބަތިބި. ފުވާދު ތައުފީގުމެން ބަލަނީ ޤާނޫނުގެ އެއްބައި ވިއްޔަ
ReplyDeletethee mdp adhi shihadh men beynunvaa goiy...kuhverinnah vote levun...dhen avahah vote ge natheeja gabul nukuran vegen molhu ehchcheky liyanee...mioah roadha mahuves shihadh thiulhenee siyaasee veveythoa...keehtha vaanee roadha aa behey article eh liyunee aa...dheen siyasee hathiyaarakah hadhanee adhaalatheh nun kan engihje aee MDP aai shihadh kuraa kameh..
ReplyDeleteLooking forward to your next article
ReplyDeleteYour articles are very interesting , Hope to see more published
ReplyDeleteYour articles are interesting , hope we see more
ReplyDelete