![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiI1ZBawYBK5JpkjZ01Igx3Ts-mlYBr0f1Wz3visClO6VQkzdBsxv-YQyp2AY9Z9lt4YJjYl3dIOuJs2SyrRJ1uBIyrmtiiGelD9ElRG_r3fOcxxRp0lSn1DtTo9XfeH-xDsRpvALzgCho/s400/ada.png)
ބޭނުންވާ މުދަލެއް ބާޒާރުން މިހާރު ހުރި އަގުގައި ގަތުމަށްފަހު، މުރާބަހާ ގެ އަގު ޑިފަރޑް ޕޭމަންޓްގެ ގޮތުގައި މުސްތަޤްބަލުގައި ދެއްކުން
ކޮސްޓް + ފައިދާ = މުރާބަޙާ ގެ އަގު
ސަލަމް:
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg072qCQOmSu6XbpiXgkYSrRaa8WNcJI9KhLVuTGSuLC3Rka7YiSJ9idn6ZHMCilBTVJ5u2uisNtuUVRuP5haPH0rcbvI1PIoGzRa5QnLFNoRd2yziCrgcwZpo-ZmdZvJ9QHj4HulWhHPA/s400/ada.png)
ޝަރީއާ ގައި ‘އެކްސެޕްޝަނަލް’ ކޮންޓްރެކްޓެއް .
ހަމައެކަނި އެއްޒާތެއްގެ އެއްކަހަލަ (ހޮމޮޖެނަސް)ތަކެތި.
ޢަދަދު+ފެންވަރު+އަގު+ޑެލވަރީ ތާރީޚު ކަޑައަޅަންޖެހޭން
ނުއުފެއްދިއްޖެ ނަމަ، ބާޒާރުން މުދާ ހޯދައިގެން ދައްކަންޖެހޭނެ.
އިސްތިޞްނާ ( إستصنا )
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjcaLrKUtin_c_hV-HwsIIiJDkaFhGPGXWWRuQqsRrZYkFD9HvexkT-sDcimnm2KPc_9zAGCYPMBPV7DZ9-RTps5vYLkdzTGxJgBrcbL2fO19D6YKw6APYEwdltNdW-zjFTMhsxg8KSJP8/s400/ada.png)
ޝަރީއާ ގައި ‘އެކްސެޕްޝަނަލް’ ކޮންޓްރެކްޓެއް
ހަމައެކަނި މެނުފެކްޗަރ ކުރެވޭ ތަކެތި
އިޖާރާ ކޮންޓްރެކްޓް
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi7OxaBll3Bn_Xr2T-zdvqDMUfwF0gSSAgwHq-TGJ7xyXRUNOJilWSLXCYmdCn_LNQwx_SrS7nOYXOzO4bCEWrwdctsQgruIPNXX60eCVg4yRVKTV0o9LsisGSCwdOatAdJuquFImoyoSU/s400/ada.png)
ކަޑައެޅޭ ވަކި މުއްދަތަކަށް އެއްޗެއް ކުއްޔަށް ދިނުން ނުވަތަ މީހެއްގެ ޚިދުމަތް ހޯދުމަށް. މިސާލު:-
ހަޔަރ ޕާރޗޭސް ލީސް :
ކަސްޓަމަރު ބޭނުންވާ ވައްތަރެއްގެ މުދަލެއް ބޭންކުން ގަނެދޭނީ (ބޭންކުގެ އަމިއްލަ ފައިސާ ގައި) ކަޑައެޅޭ ވަކި މުއްދަތަކަށް ވަކި ޝަރުތުތަކަކާއި އެކު ކަސްޓަމަރަށް އެ މުދާ ބޭންކުން ކުއްޔަށް ދޭނީ ދެން، ކުއްޔަށް ދިން މުއްދަތު ހަމަވުމުން ބޭންކުން އެ ކުއްޔަށް ދިން މުދާ ވިއްކާލާނީ. ރަމްޒީ އަގަކަށް (އިޖާރާ ޘުންމަ އަލް ބަޢިއު) ނުވަތަ ހިބައިން (އިޖާރާ ޘުންމަ އަލް ހިބަ) ދޭނީ އެ މުދާ ކަސްޓަމަރަށް . އެހާ ހިސާބުން އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ، މުޅިން ކަސްޓަމަރުގެ ނަން މައްޗަށް .
އިކުއިޓީ ކޮންޓްރެކްޓް
މުޟާރަބާ
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhWnS4QF1tPfGJAbtUdb_vxbeKkrmsB4txXaGJCx1WW-40hHCNcHffF1HQim7wgsp-DkISNnCNBguwexlMaOfpCXwWCL87pSgOd0KGFu36gNxWf5eUwW5c5c3_riAVn9RyMw3xDqkmIlxg/s400/ada.png)
ރައްބުލް މާލް ފައިސާ ދޭނީ.
މުޟާރިބު ވިޔަފާރި.
ފައިދާ ބަހާނީ ދެފަރާތުން ބޭނުންވާ ޕްރޮފިޓް ޝެއަރިންގް ރޭޝިއޯއަކަށް.
ގެއްލުމުގެ ޒިންމާ ހަމައެކަނި ނަގާނީ ރައްބުލް މާލް (ނަމަވެސް ނެގްލިޖެންސް އޮތް ނަމަ މުޟާރިބް ނަގަންޖެހޭނެ ގެއްލުމުގެ ޒިންމާ).
މުޝާރަކާ
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgqZAHRerTH1TKhVqfQqJwbS8fCcmvsLgkYwoDQDRXtCvI6rKFXTISqhxSRyNHc_wY4sc1adlIyyFinesXHzVJlI2Vv4BbLQbUC2Vj9Auyaa2g9-shSNkboIHXgBPjcxXTTuqZbRpbwtn4/s400/ada.png)
ފައިސާ އަދި މަސައްކަތް ވެސް ދެފަރާތުން ބޭނުންވާ ގޮތަކަށް ކުރެވިދާނެ
ފައިދާ ބަހާނީ ދެފަރާތުން ބޭނުންވާ ޕްރޮފިޓް ޝެއަރިންގް ރޭޝިއޯއަކަށް
ގެއްލުމުގެ ޒިންމާ ވެސް ދެފަރާތުން ބޭނުންވާ ގޮތަކަށް ބެހިދާނެ، ނަމަވެސް ގެއްލުން ބަހާނެ ވަކި އުޞޫލެއް ކަޑައަޅާފައި ނުވާނަމަ ބަލާނީ ރައުސުލް މާލް ދިންވަރަށް (ކެޕިޓަލް ކޮންޓްރިބިޔުޝަން).
ޚިދުމަތްދޭ ކޮންޓްރެކްޓް
ވަކާލާ
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh1m0AYsuGxgiHLcMqqLiYJsPm27gEXbSAzbfwtaL9HDDyMPARG32-imm4q-3dMEtR3EdOYvUTtXat1GgycvQmptQjiw3pGbTY65PZ0VjtSXjucP0BI_7JWThFBYq9LMgP5uPEKQPOfTYU/s400/ada.png)
މީހެއްގެ މަތިން ކަމެއްކޮށްދިނުމަށް އެދި އެހެން މީހަކު ތިމާ ގެ ފަރާތުން އައްޔަންކުރުން .
އަގެއް މި ޚިދުމަތް ދިނުމުގައި ނެގިދާނެ .
ލެޓަރ އޮފް ކްރެޑިޓް. ފުރަތަމަ ބޭންކަށް ކަސްޓަމަރު ބޭނުންވާ ޝަރުތުތައް ބަޔާންކޮށް، ލެޓަރ އޮފް ކްރެޑިޓަކަށް އެދޭނީ .
ބޭންކުން ކަސްޓަމަރު ގާތު ވަދީއާ ޔަދް ޟަމާނާ ބޭންކް އެކައުންޓެއްގައި މުދަލަށް ބޭނުންވާ ފުރިހަމަ އަގު ޑިޕޮސިޓް ގެ ގޮތުގައި ބަހައްޓަން އެދެވިދާނެ .
ވަކާލާ ކޮންޓްރެކްޓް ގެ ދަށުން ބޭންކުން ، ކަސްޓަމަރު ގެ އެކައުންޓުގައި ހުރި ފައިސާއިން ނެގޯޝިއޭޓިންގް ބޭންކަށް ފައިސާ ދެއްކުމަށް ލެޓަރ އޮފް ކްރެޑިޓެއް އިޝޫކުރާނީ .
ދެން މި ޚިދުމަތަށް ބޭންކުން ކަސްޓަމަރު އަތުން ފީ އެއް ނެގިދާނެ .
ޚިދުމަތްދޭ ކޮންޓްރެކްޓް
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh0q9NoM0h30tnL52UH0iIK9qKEeCGZ6yjO_WqZXEec5YDrg511KqF9eqUIf3YT0p-BfXbX8K_WH4zkzqOU7djl4cJhfv3xSDMenIEJlca11qvbVfN8RbaM0dPn1Jr7taQWURWsV-8pN9g/s400/ada.png)
މީހަކަށް ނުވަތަ ކަމަކަށް ޖާމިނުވުން ނުވަތަ ގެރެންޓީ ދިނުން
މިއީ ތަބައްރުއު ކޮންޓްރެކްޓެއް
ރާއްޖޭގައި އިސްލާމިކް ފައިނޭންސް
2003 އަމާނާ ތަކަފުލް މޯލްޑިވްސް
2011 މާރޗް، އިސްލާމިކް ބޭންކް އޮފް މޯލްޑިވްސް
2011 މެއި، އިސްލާމިކް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް
2012 މެއި، ފުރަތަމަ އިސްލާމިކް ވިންޑޯ – އެޗް.ޑީ.އެފް.ސީ- އަމްނާ
އިސްލާމިކް ފައިނޭންސްގެ މައިގަޑު ގޮންޖެހުންތައް
އިސްލާމިކް ވިންޑޯ ރެގިއުލޭޓުކުރާނެ ޤާނޫނީ ނިޒާމެއް ނެތުން
ތަކައްފުލް އާއި ބެހޭ ޤާނޫނެއް ނެތުން
ބިދޭސީ ކުންފުނިތަކަށް ބިން މިލްކު ނުކުރެވުން
ހޭލުންތެރިކަން ނެތުން
ދާއިރާއިން ޚާއްޞަވެފައިވާ މީހުން މަދުވުން
އިސްލާމިކް ފައިނޭންސް ކުރިއެރުމަށް ޚާއްޞަ އިންސެންޓިވްސްތަކެއް ނެތުން
ގުޅުންހުރިލިޔުން
އިސްލާމިކް ފައިނޭންސް
No comments:
Post a Comment