Saturday, November 3, 2012

#

ތަފްޞީރު ޢިލްމުގެ މުހިއްމުކަމާއި ބޭނުންތެރިކަން

ބަހުގައި ތަފްޞީރަކީ ކޮބާ؟
ބަހުގައި ތަފްޞީރަކީ ބަޔާންކުރުމާއި ހާމަކުރުމެވެ.
އިސްޠިލާހީ މާނައަކީ ﷲ ގެ ކީރިތި ކަލާމްފުޅު ދެނެގަތުމުގެ ޢިލްމެވެ. އަދި އޭގެ މާނަ ބަޔާންކޮށް ދިނުމާއި، އޭގެއިން ހުކުމްތައް ނެރުމާއި އަދި އޭގެ ހިކުމަތްތައް ދެނެގަތުމެވެ.

ތަފްޞީރު ޢިލްމުގެ މުހިއްމުކަމާއި ބޭނުންތެރިކަން
ޝައްކެތް ނެތް ގޮތުގައި ތަފްޞީރު ޢިލްމުގެ މުހިއްމުކަން ވަރަށްވެސް ބޭނުންތެރިއެވެ. މާތް ﷲ ގެ ކަލާމްފުޅުގައިވާ އާޔަތްތަކުގެ ޢިބާރާތްތަކުގެ މާނަ ދެނެގަތުމާއި އަދި ލަފްޒުތަކުގެ މާނައާއި، އާޔަތްތަކުގެ ޝަރުޢީ ޙުކުމްތައްނަގަން އެގުމާއި އަދި ޤުރުއާނުގެ ނައްޞުތަކުގެ ޢަލީގައި ﷲގެ ޝަރީޢަތުގެ މަޤްޞަދުތަކާއި ހަމައަށް ވާޞިލުވާން އެނގުމެވެ. އަލްފުރުޤާން ސޫރަތުގެ 33 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވެއެވެ. وَلَا يَأْتُونَكَ بِمَثَلٍ إِلَّا جِئْنَاكَ بِالْحَقِّ وَأَحْسَنَ تَفْسِيرً‌ا މާނައީ: އަދި އެއުރެންނަކަށް ކަލޭގެފާނާ އިދިކޮޅަށް އެއްވެސް މިސާލެއް ނުގެނެވޭނެތެވެ. އެހެނެއްކަމަކު، ތިމަންރަސްކަލާނގެ ކަލޭގެފާނަށް حق ބަސްފުޅު ގެނެސްދެއްވައި، އެއަށްވުރެ ސާފު ބަޔާނަކުން ބަޔާންކޮށްދެއްވާހުށީމެވެ. ލެކްޗަރ ނޯޓް ޑައުންލޯޑް ކުރައްވާ

No comments:

Post a Comment