Friday, May 4, 2012
ސުވާލު:ޤުރުއާނުގެ އާޔަތްތަކާއި، މީހާގެ ނަމާއި މަރުވި ތާރީޚް
ފަދަ އެއްޗެހިތައް މަހާނަމަތީގައި ދަގަނޑު ނުވަތަ ހިލަފަދަ އެއްޗެއްގައި
ކަނޑާ ނަގާފައި، ލިޔުމަކީ ނުވަތަ ބެހެއްޓުމަކީ ހުއްދަ ކަމެއްތޯއެވެ؟
ޖަވާބު: މަހާނަ މަތީގައި ލިޔުމަކީ ހުއްދަވެގެންވާ ކަމެއް
ނޫނެވެ. އެއީ ޤުރުއާނުގެ އާޔަތެއް ނުވަތަ އެހެން އެއްޗެއް ވިޔަސްއެވެ. އަދި
އެއީ ދަގަނޑު ގަނޑެއްގައި ނުވަތަ ފިލައެއްގައި ނުވަތަ ކޮންމެ އެއްޗެއްގައި
ލިޔުނުކަމުގައި ވިޔަސްމެއެވެ. އެއީ ޖާބިރު رضي الله عنه ރަސޫލާ صلّى الله عليه وسلّمގެއަރިހުން
ރިވާކުރައްވާފައިވާ ހަދީޘްފުޅުގައިވާ ފަދައިންނެވެ. " މަހާނަމަތީގައި
ސިމެންތި ޖެހުމާއި ، އޭގެ މަތީގައި އިށީންނުމާއި އަދި އިމާރާތް ކުރުން
ރަސޫލާ صلّى الله عليه وسلّم
ނަހީކުރެއްވިއެވެ". މިހަދީޘް އިމާމް މުސްލިމް ރިވާކުރައްވާފައިވެއެވެ. އަދި
ޞައްޙަ މަގުން ރިވާ ކުރައްވަމުން މިޙަދީޘަށް "އަދި އޭގައި ލިޔުން"
މިލަފްޒު އިތުރުކުރައްވައި ތިރްމިޛީއާއި ނަސާއީ މިޙަދީޘް
ރިވާކުރައްވާފައިވެއެވެ.
ޖަވާބު ދެއްވީ : އައްޝައިޚް ޢަބްދުލް ޢަޒީޒް ބިން ޢަބްދުﷲ ބިން ބާޒް رحمه الله
ފަތާވާ އިސްލާމިއްޔާ، ވޮލިއުމް އެކެއް، ޞަފްޙާ 182، ދާރުއްސަލާމް

މަމީ ޝިހާދު
ތިހުއްޓު މަފޮޓޯއާ. ކަންނެ ބޮންނެ މަކެރެނެ މަސައްކަދާއްކޫ ރާވޭ ސިމެންތިޖެހުމާ. މާއްކޫ ޤާނޫނީ ވަކީލެކެ އަދި ލެޔެނާ މީހެކެ. މީގެ އިތިއްރެޓެ ކަމެކެ ސާފުކޮށްލެންނެ ބޭނުންފެހޭ ފޭސްބުކުން މެސެޖެކެ ކޮށްލަ، އެވޭލެ އައިކެ ޖަވާބެ ދެންނިން
ޝިހާދުގެ ޑައިރީ
Labels:
އަދުލު އިންސާފު,
ޝިހާދުގެ ޑައިރީ
Subscribe to:
Post Comments (Atom)
No comments:
Post a Comment