އަދި މިކަމުގައި މަޖައްލަތުލް އަޙުކާމިލް އަދްލިއްޔާގައި މިޤަވާއިދު ޝަރަހަ ކޮށްފައިވަނީ ކަމެއްގެ މައްޗަށް އަންނަ ޙުކުމް އޮންނާނީ، އެކަމުން ޤަޞްދުކުޅަ ކަމެއްގެ މައްޗަށް ބިނާވެފައެވެ. އަލްއުމޫރު ބިމަޤާޞިއްދިހާ އޭ ބުނުމުން މާނައަކީ ކަންތައްތައް އޮންނާނީ އޭގެ މަޤްޞަދާއި ގުޅިފައެވެ. އަދި ކަމެއްގެ ހުކުމް ހޯދުމުގައި ނުވަތަ މިލްކުވުމާއި ނުވުން ޝަވާބު ލިބުމައި ނުލިބުން، އަޛާބު ލިބުމާއި ނުލިބުން ފާފަވެރިވުމާއި ނުވުން ޖާމިނުވުމާއި ނުވުން ކަންކަން ހުއްޓިފައި ހުންނަނީ ނިޔަތް ނުވަތަ ޤަޞްދުގެ މައްޗަށެވެ.
ފާހަގަކުރެވޭ މުހިންމު ކަމަކީ މި ޤަވާޢިދުކަމަކީ މި ޤަވާޢިދުގައި ބުނަނީ އަޅުތަކުންނަށް ޘަވާބާއި ޢަޛާބު ދެއްވުމުގައި މާތްﷲ ނިޔަތަށް ބައްލަވާ ވޮޑިގަންނަވާ ވާހަކަ އެކަންޏެއްވެސް ނޫނެވެ. ނުވަތަ އަޅުކަން ޞައްޙަވުމާއި ނުވުން ނިޔަތުގެ މައްޗަށް ބިނާވެފައި އޮންނަ ވާހަކަ އެކަންޏެއްވެސް ނޫނެވެ.މި ޤަވާޢިދުގެ މާނަ އެއަށްވުރެ މާ ފުޅާވެފައި ތަނަވަހެވެ.މިޤަވާޢިދުގައި މިގޮތުން ބުނާ މާނަތަކުގެ ތެރޭގައި އަޅުކަންތަކާއި ފާފަތަކާއި ޖިނާޔަތްތަކާއި ކާވެންޏާއި ވަރިފަދަ އެތައް މުޢާމަލާތްތަކަކާއި ވިޔަފާރިއާއި ހިބަކުރުންފަދަ އެތަކެއް މުޢާމަލާތްތަކެއްގެ ޝަރްޢީ ޙުކުމްތައް ވަދެއެވެ.މި ޤަވާޢިދުގެ މުހިންމުކަން ޤަވާޢިދުލް ފިޤްހިއްޔާގައި އެހާ މުހިންމުވަނީ އެހެންވެއެވެ. މި ޤަވާޢިދަށް ދަލީލުކޮށްދޭ ޤުރްއާނާއި ސުންނަތުގެ ދަލީލު:
މާތް ﷲ އައްނިސާ ސޫރަތުގެ 134 އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. (مَّن كَانَ يُرِيدُ ثَوَابَ الدُّنْيَا فَعِندَ اللَّـهِ ثَوَابُ الدُّنْيَا وَالْآخِرَةِ (سورة النساء 134) މާނައީ، ދުނިޔޭގެ ثواب އެދޭކަމުގައިވާ މީހާ (ދަންނާށެވެ!) ފަހެ، ދުނިޔެއާއި آخرة ގެ ثواب ވަނީ، اللَّه ގެ حضرة ގައެވެ.
ޢުމަރުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ.ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ.
(إِنَّمَا الأَعْمَالُ بالنِّيَّاتِ وإِنَّمَا لِكُلِّ امْرِئٍ ما نَوَى )"މާނައީ، ހަމަކަށަވަރުން ޢަމަލްތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ. އަޖި ޖަޒާ ލިބޭނީ ކޮންމެ މީހަކަށް ވެސް އެމީހަކު ގަތް ނިޔަތާ އެއްގޮތަށެވެ.
No comments:
Post a Comment