Sunday, September 2, 2012

#

އިސްލާމިކް ބޭންކިންގ ސިސްޓަމް

އިސްލާމީ ބޭންކަކީ އިސްލާމީ މާލީ ނިޒާމުގެ އެންމެ މުހިންމު އެއްބައެވެ. އިސްލާމީ ޝަރީޢާއާއި އިސްލާމީ އާދަކާދައާ އެއްގޮތްވާގޮތުގެ މަތިން މުއާމަލާތުކޮށް ޙަރަކާތްހިންގައި ޚިދުމަތް ފޯރުކޮއްދެވޭ މާލީ ނިޒާމަށް އިސްލާމީ މާލީ ނިޒާމޭ ކިޔައެވެ. އިސްލާމީ ޝަރީއަތުގައި ހުއްދަވެގެންވާ ކަންތައްތަކާއި ހުއްދަނޫން ކަންކަން ވަރަށް ސާފުކޮށް ބަޔާންކުރެވިފައިވެ އެވެ. މުސްލިމުން ހިންގާ ވިޔަފާރިއާއި މާލީ މުއާމަލާތްތަކަކީ އިސްލާމީ ޝަރީއަތާ އެއްގޮތްވާ ގޮތުގެ މަތިން ހިންގޭ މުއާމަލާތަށް ހެދުމަށް އިސްލާމްދީނުގައި އަންގަވާފައިވެއެވެ.

މުސްލިމުންގެ އެންމެ މަތީ ގާނޫނަކީ އިސްލާމީ ޝަރީއަތެވެ. ޝަރީއާގެ ތެރޭގައި އަޤީދާއާއި އަޅުކަމުގެ އިތުރަށް އިސްލާމީ މުޖުތަމައެއްގައި ހިމެނޭ އިގްތިސާދީ، އިޖްތިމާއީ، ސިޔާސީ، އަދި ސަގާފީ ހުރިހާކަމެއް ޝާމިލްވެއެވެ. އިސްލާމީ ޝަރީއާގެ އެންމެ މުހިންމު މަސްދަރުތަކަކީ، ކީރިތި ޤުރުއާނާއި، ރަސޫލާގެ ސުންނަތް އަދި ދަންނަބޭކަލުންގެ އިޖްތިހާދެވެ. އެސައިންމެންޓް ޑައުންލޯޑު ކުރައްވާ

No comments:

Post a Comment