ޑރ. އިބުރާހިމް ޒަކަރިއްޔާ މޫސާގެ ހެޔޮއެދުންތަކާއި އެކު
1-
ހިޖުރީ ސަނަތުން ދެވަނަ ޤަރުނުގެ ތެރޭގައި، އެންމެ ފުރަމަ އުޞޫލުލް ފިޤްހު
އެކުލަވައިލެއްވި ބޭކަލަކީ، އަލްއިމާމުއް ޝާފިޢީއެވެ. އުޞޫލުލް ފިޤްހު
އެކުލަވައިލެއްވުމަށް އަލްއިމާމުއް ޝާފިޢީއަށް ޖެހިވަޑައިގެން ސަބަބުތަކުގެ
ތެރެއިން ތިން ސަބަބެއް ބަޔާންކުރޭ!
ޖަވާބު:
I-
ފިޤްހީ މަޛްހަބުތަކުގެ މެދުގައި ދީނީ މައްސަލަތަކުގައި ޖަދަލުކުރުމާއި
ޒުވާބުތައް ގިނަވުން، މިސާލަކަށް، މަދީނާގެ ފިޤްހު ޢިލްމުވެރީންނާއި ޢިރާޤުގެ
ފިޤްހު ޢިލްމުވެރީންގެ މެދުގައި އުފެދުނު އިޚްތިލާފުތަކެވެ.
II-
އިސްލާމު ދީނަށް ޢަރަބީން ނޫން މީސްމީހުން ވަނުމުގެ ނަތީޖާއިން، ޢަރަބި
ބަހުގެ ސާފުކަމާއި އަޞްލުގޮތްތަކަށް ހީނަރުކަން އަންނަގޮތްވުން
III-
ދީނީގޮތުން ޙުކުމެއް ކަޑައަޅައި ދީނީ ފަތުވާތައް ނެރުން މަޖުބޫރުވެގެން ދިޔަ
އެތައް ޙާދިޘާތަކެއްކުރިމަތިވުން،
2-
އަލްއިމާމުއް ޝާފިޢީ، އުޞޫލުލް ފިޤްހު އެކުލަވައިލެއްވުމުގެ ކުރީގައި،
އުޞޫލުލް ފިޤްހުގެ އެއްވެސް ދައުރެއް ދީނުގެ މައްސަލަތައް ދެނެގަތުމުގައި އޮތްކަން
ނުވަތަ ނެތްކަން ބަޔާންކުރޭ!
ޖަވާބު:ކީރިތި
ރަސޫލާއަށް ފަހު، އަޞްޙާބުން، ދީނުގެ ޙުކުމެއް ދެނެގަންނަނީ، އެބޭކަލުންނަށް
ދަސްފުޅުވެފައި ހުންނަ، ޝަރްޢީ ޤަވާޢިދުތަކާއެއްގޮތަށެވެ. މި ޝަރްޢީ ޤަވާޢިދުތައް
އެބޭކަލުން ދަސްފުޅުކުރެއްވީ ރަސޫލާގެ އަރިހުންނެވެ. ޞަޙާބީ ބޭކަލަކު، ޙުކުމު
ނެރުއްވިގޮތް ޞަރީޙަކޮށް ބައެއް ފަހަރު، ވިދާޅުވެދެއްވައެވެ. މިސާލަކަށް،
ތަމައްތުޢު ޙައްޖުވުން ހުއްދަނޫންކަމަށް، ޢުމަރުގެފާނުވިދާޅުވާ ވާހަކަފުޅެއް
ބޭކަލެއްގެ ފަރާތުން، އިބްނު ޢުމަރަށް އިވިވަޑައިގަތުމުން ވިދާޅުވީ: ކަލޭމެންގެ
މައްޗަށް އުޑުން ހިލަފޭބުން ގާތްވެއްވެއްޖެއެވެ. ކީރިތި ރަސޫލާ ބަސްފުޅެއް
ވިދާޅުވެފައި އޮއްވައި،ތިޔަ ބުނަނީ، އަބޫބަކުރުގެފާނު ވިދާޅުވިއޭ،
އުމަރުގެފާނުވިދާޅުވިއޭ އެވެ." މި ބަސްފުޅު އިބްނު ޢުމަރުވިދާޅުވީ، އުޞޫލުލް
ފިޤްހުގެ ޤަވާޢިދެއްގެ މައްޗަށް ބިނާކޮށެވެ. އެއީ، ޞަޙާބީ ބޭކަލެއްގެ ބަސްފުޅުގެ
މައްޗަށް ރަސޫލާގެ ޙަދީޘް އިސްކުރުން ލާޒިމުވުމެވެ. އަދި ހަމަ އެހެންމެ، އަބޫ މޫސާ
އަލްއަޝްޢަރީ ޤާޟީއަކަށް އިސްކުރެއްވުމަށްފަހު، ޢުމަރުގެފާނުވިދާޅުވީ:
"އެއްފަދަ ކަންކަމާއި މިސާލުތައް ދެނެގަންނާށެވެ! އަދި ކަލޭގެފާނު ރައުޔުގެ
މައްޗަށް ޤިޔާސްކުރައްވާށެވެ." މި ބަސްފުޅުން އިޝާރަތްކުރައްވަނީ،
ޤިޔާސްކުރުމަށެވެ. ތާބިޢީންގެ ދައުރުގައި، ދީނީ ޙުކުމުތައް ދެނެގަތުމުގެ މުހިންމުކަން އަދި އެކަމަށް
ބޭނުންޖެހުނު ޙާދީޘާތައް އިތުރުވެގެން ދިޔައެވެ. ނަތީޖާއެއްގެގޮތުން ދީނީ
މައްސަލަތަކުގައި ފަތުވާތައް ދެއްވަމުންގެންދަވަށް ޖެހިވަޑައިގަތެވެ. ދީނީ
ޙުކުމުތައް ދެނެގަތުމަށްޓަކައި، ތަފާތު ޤަވާޢިދުތަކުގެ ބޭނުންތެރިކަން ބޮޑުވެގެން
ދިޔައެވެ.
3-
އުޞޫލުލް ފިޤްހުގެ ރޮގުން އަލްއިމާމުއް ޝާފިޢީ އެކުލަވައިލެއްވި ދެ ފޮތެއްގެ
ނަންލިޔޭ!
ޖަވާބު:
× އައްރިސާލާ
× އިބްޠާލުލް އިސްތިޙްސާން
4-
އުޞޫލުލް ފިޤްހުގެ ފައިދާގެތެރެއިން ތިން ފައިދާއެއް ލިޔޭ!
އެހެނިހެން ފައިދާހުރި ޢިލްމުތައް އުނގެނުމަކީ،
ކިފާޔަތުގެ ފަރުޟަކަށްވީފަދައިން، އުޞޫލުލް ފިޤްހު ޢިލްމު އުނގެނުމަކީވެސް
ކިފާޔަތުގެ ފަރުޟެކެވެ.
އުޞޫލުލް ޢިލްމު އުނގެނުމުގެ ފައިދާތަކަކީ:
×
ޝަރްޢީ ޙުކުމުތައް އެންމެ އިތުބާރުހިފޭ މަގުން ދެނެގަތުން
×
ދީނީ މައްސަލަތަކުގައި އުފެދޭ ޚިލާފުތަކުގެތެރެއިން އެންމެ ޞައްޙަ ރައުޔުއަށް
އަމަލުކުރަށް އެނގުން
×
ފިޤްހީ މައްސަލަތަކަށް އޮންނަ ޙުކުމު ދެނެގަންނަށް ފަސޭހަވުން
×
ދީނީ ޙުކުމުތައް ބަޔާންކޮށްދެވޭ ފެންވަރުގެ މީހުންނަކީ ކޮބައިކަން އެނގުން
×
ދަލީލުތަކުގެ މެދުގައި ތަޢާރުޟުވުން އޮތް ނަމަ، ޢަމަލުކުރާނެ ގޮތް ދަސްވުން
5-
ދީނުގެ މައްސަލަތައް ދެނެގަތުމުގައި އިޖްތިހާދުކުރުމުގެ ދޮރުވަނީ ބަންދުކުރެވިފައެވެ.
ވީމާ، އުޞޫލުލް ފިޤްހުގެ ބޭނުމެއް ނެތެވެ. މި ޢިބާރަތާ ބެހޭގޮތުން ތިޔަ ދަރިވަރުގެ
ޚިޔާލަކީ ކޮބާ؟
ޖަވާބު: އުޞޫލުލް ފިޤްހު އިލްމަކީ، ދީނުގައި
އިޖްތިހާދު ކުރުމުގެ ދޮރު ހުޅުވައިލަ ދިން އިލްމެވެ. މި ޢިލްމަކީ،
އިޖްތިހާދުކުރުމުގެ ޝަރުޠުފުރިހަމަވާ މީހުންނަކީ ކޮބައިކަމާއި އެ މީހުން ހިގަންވީ
މަގަކީ ކޮބައިކަން ބަޔާންކޮށް ދިން ޢިލްމުވެސް މެއެވެ. އަދި އަލަށް އުފެދޭ
މައްސަލަތަކާބެހޭގޮތުން ޝަރްޢީ ޙުކުމެއް ކަޑައެޅުމުގައި ބޭނުންކުރަށްވީ ހަމަތަކަކީ
ކޮބައިކަން ބަޔާންކޮށްދިން ޢިލްމަކީވެސް އުޞޫލުލް ފިޤްހު ޢިލްމެވެ. އެހެންވީމާ، މި
އިލްމަކީ، ދީނީ ކަންކަމުގައި އިޖްތިހާދުކުރުމުގެ ދޮރު ހުޅުވައި ދިން ޢިލްމުކަމަށް
ވުމާއެކު، އިޖްތިހާދުކުރުމުގެ ދޮރު ޤިޔަމަތާ ޖެހެން ދެން އޮންނާނީ ހުޅުވިފައެވެ.
6-
ތިރީގައިވާ މިސާލުތަކުގައިވާ ޝަރްޢީ ޙުކުމުގެ ބާވަތް ބަޔާންކުރޭ!
ހ- ނަމާދުކުރުން ޖަވާބު:
ވާޖިބުވުން
ށ- މުޅަމަސް ކެއުން ޖަވާބު: ޙަރާމުވުން
ނ- ނަމާދުގައި ހުރެ ފަރާތް ފަރާތަށް ބެލުން ޖަވާބު: މަކުރޫހަވުން
ރ- ޣަނީމަ މުދާކެއުން ޖަވާބު:
ޙަލާލުވުން
ބ- މެދު އުޑުން އިރު ތިރިވުމުން މެންދުރު
ނަމާދުކުރުން
ވާޖިބުވުން ޖަވާބު:
ނަމާދު ވާޖިބުވުމުގެ ސަބަބު
ޅ- ވުޟޫއާ ނުލައި ނަމާދު ޞައްޙަނުވުން ޖަވާބު: ބާޠިލުވުން
ކ- ދޮން ދަރިއެއްކަމުގައިވުމުން
ކާވެނިނުވެވޭގޮތްވުން ގެރިކިރުވިއްކުން ހުއްދަވުން ޖަވާބު: މާނިޢު
އ- ރާވިއްކުން ފާސިދުވުން ޖަވާބު: ފާސިދުވުން
7-
އެކަމެއް ކުރުމުން ނުވަތަ ނުކޮށް ދޫކޮށްލުމުން ޢުޤޫބާތް ޙައްޤުވާ ކަންކަމުގެ
ޙުކުމުތަކަށް ކިޔާ ނަމަކީ ކޮބާ؟
ޖަވާބު: ވާޖިބުވުމާއި ޙަރާމުވުން
8-
ވާޖިބުތައް ތަފަތު ބައިބައަށް ބެހިފައިވާ އިރު، އެއްވާޖިބު އަނެއް ވާޖިބާ،
ދަރޖައިގެ ގޮތުން ތަފާތުވޭތަ؟ އެއީ ކީއްވެތަ؟
ޖަވާބު: އެއް ވާޖިބ އަނެއް ވާޖިބާ އަހުމިއްޔަތުގެ ގޮތުން ތަފާތެވެ. މީގެ
ތެރޭގައި ބައެއް ވާޖިބަކީ، ވަރަށް މުހިންމު ވާޖިބެވެ. މިސާލަކަށް، މާތްﷲއަށް
އީމާންވުން، ނަމާދު ކުރުން، ރޯދަހިފުން، ޒަކާތް ދިނުން، ޙައްޖުވުމެވެ. ރަސޫލާ
ހަދިޘް ކުރައްވާފައިވެއެވެ. ކޮންމެ ކަމެއްގެ އަސާސަކީ، އިސްލާމު ދީނެވެ. އެ ދީނުގެ
ތަނބަކީ ނަމާދެވެ. އެ ދީނުގެ އެންމެ އުސް ކުރި ބޯއްޓަކީ ޖިހާދެވެ.
އެއް ބާވަތެއްގެ ވާޖިބުވެސް، އެއް ވާޖިބާއި އަނެއް ވާޖިބާ ދަރަޖައިގެ ގޮތުން
ތަފާތެވެ. މިސާލަކަށް، ދުރު ހިލޭ
މިސްކީނަކަށް ޞަދަޤާތެއް ކުރުމަށް ވުރެ، ބަނޑަށް ޖެހިފައިވާ ގާތްތިމާގެ ފަޤީރަކަށް
ޞަދަޤާތެއް ދިނުން އައުލާވެގެންވެއެވެ.
9-
ނިޔަތާ އެކު، ނުވަތަ ނިޔަތަކާ ނުލައި އަދާކުރާ ވާޖިބަކަށް ޘަވާބު ލިބުމާއި
ނުލިބުމާ ބެހޭގޮތުން ބަޔާނެއް ލިޔޭ!
ޖަވާބު: ނިޔަތާއެކު، މާތްﷲގެ ޙަޟްރަތުން ޘަވާބަށް އެދި ކުރިކަމެއް ނަމަ،
ޘަވާބާއި އަޖުރު ލިބޭނެއެވެ. އަދި އެ ވާޖިބެއް އަލުން އިޢާދަކުރާކަށް
ނުޖެހޭނެއެވެ. އެކަމަކު، ނިޔަތެއް ނެތި ވާޖިބު އަދާކުރި މީހާއަށް އަޖުރެއް
ނުލިބޭނެއެވެ. އެކަމަކު، އެ ވާޖިބު އަލުން އިއާދަކުރާކަށް ނުޖެހޭނެއެވެ.
މިސާލަކަށް، ޒަކާތް ނުދޭން އުޅޭ މީހެއްގެ އަތުން ގަދަކަމުން ޒަކާތް
އަތުލައިފިނަމަ، ޒަކާތް ދެއްކިކަމުގެ އަޖުރެއް ނުލިބޭނެއެވެ. އެކަމަކު، އަލުން
އޭނާ ޒަކާތް ދައްކާކަށް ނުޖެހޭނެއެވެ.
10-
ޤަޞްދުގައި ވާޖިބެއް ދޫކޮށްލި މީހާއާއި ހަނދާން ނެތިގެން ވާޖިބެއް ދޫކޮށްލި
މީހާގެ ޙުކުމަކީ،ކޮބާ؟
ޖަވާބު: އެއީ ވާޖިބެއްކަން އެނގި ހުރެ އެ ވާޖިބު
އަދާނުކޮށް ދޫކޮށްލި މީހަ ފާފަވެރިވާނެއެވެ. އެކަމަކު، ހަނދާން ނެތިގެން ވާޖިބު
އަޅައިފިމީހާ އެގޮތުގައި ހުރެ މަރުވިޔަސް، ފާފަވެރިއެއްނުވާނެއެވެ.
11-
ތިރީގައިވާ މިސާލުތަކުގެ ތެރެއިން ވާޖިބާއި ޙަރާމާއި މަންދޫބުއާއި މަކުރުހުއާއި މުބާޙޫ ވަކިކުރޭ!
* أَقِيْمُوا الصّلاَةَ
* وَلْيُوفُوا نُذُورَهُمْ [الحج:29]
* كُتِبَ عَلَيْكُمُ الصِّيًامُ
[البقرة:183]
* {خَمْسُ
صَلَوَاتٍ افتَرَضَهُنَّ اللّهُ}
* {قوله
صلى الله عليه وسلم:تَعَافُوا الْحُدُودَ فِيْمَا بَيْنَكُمْ فَمَا بَلَغَنِي مِنْ
حَدٍّ فَقَدَ وَجَبَ}
* إِنَّ اللَّهَ يَأْمُركُمْ أَنْ
تُؤّدُّوا الأَمَانَاتِ إِلَى أَهْلِهَا [النساء:58]
* والْمُطَلَّقَاتِ مَتَاعٌ
بِالْمَعْرُوفِ حَقًا عَلى المُؤمِنِيْنَ [البقرة:241]
* {قوله
صلى الله عليه وسلم: أَ تَحْلِفُونَ وَتَسْتَحِقُّونَ دَمَ صَاحِبِكُمْ}
* وَمَنْ لَمْ يُؤْمِنْ بِاللَّهِ
وَرَسُوْلِهِ فَإِنّا أَعْتَدْنَا لِلْكَافِريْنَ سَعِيْراً [الفتح:13]
* وَلاَ تَقْرَبُوا الزِّنَا
[الإسراء:32]
* {مَنْ
عَادَى لِي وَلِيًّا فَقَدْ آذَنْتُهُ بِالْحَرْبِ}
* {اشْتَدَّ
غَضَبُ اللَّهِ عَلَى مَنْ زَعِمَ أَنَّهُ مَلِكُ الأَمْلاَكِ، لاَ مَلِكَ إلاَّ
اللَّهَ}
* {لَعَنَ
اللَّهُ مَنْ ذَبَحَ لِغَيْرِ اللَّهِ، لَعَنَ اللَّهُ مَنْ غَيَّرَ مَنَارَ
الأَرْضِ}
* {إثْنَانِ
فِي النَّاسِ هُمَا بِهِمْ كُفْرٌ: الطَّعْنُ فِي الأنْسَابِ، والنِّيَاحَةُ عَلَى
الْمَيِّتِ}
* {مَنْ
صَامَ الْيَوْمَ الَّذِي يَشُكُّ فِيْهِ فَقَدْ عَصَى أَبَا الْقَاسِمِ}
* ولاَ تَأْكُلُوا مِمَّا لَمْ يُذْكَرِ
اسْمُ اللَّهِ عَلَيْهِ وَإِنَّهُ لَفِسْقٌ [الأنعام:121]
* {إِنَّ
مِنْ أَكْبَرِ الْكَبَائِرِ أَنْ يَلْعَنَ الرَّجْلُ وَالِدَيْهِ}
* حُرِّمَتْ عَلَيْكُمُ الْمَيْتَةُ والدّمُ
ولَحْمُ الخِنْزِيْرِ... [المائدة:3]
* {إِنَّ
اللَّهَ حَرَّمَ عَلَيْكُمْ عُقُوقَ الأُمَّهَاتِ وَوَأْدَ الْبَنَاتِ وَمَنْعًا
وَهَاتِ}
* {مَنْ
لَعِبَ النّرْدَ فَكَأَنَّمَا غَمَسَ يَدَهُ فِي لَحْمٍ خِنْزِيْرٍ وَدَمِهْ}
* {مَنْ
أَتَى كَاهِنًا أو عَرَّافاً فَسَأَلَهُ عَنْ شَيْءٍ لَمْ تُقْبَلْ لَهُ صَلاَةُ
أَرْبَعِيْنَ لَيْلَةً}
* {سُئِلَ
الرَّسُولُ صلى الله عليه وسلم أَيُّ الذَّنْبِ أَعْظَمُ؟ فَقَال: أَنْ تَجْعَلَ
لِلَّهِ نِدَّا وَهُوَ خَلقَكَ. قِيْلَ: ثُمَّ أَيٍ؟ قَالَ: أَنْ تَزْنِيَ
خَلِيْلَةِ جَارِكَ. قِيْلَ ثُمَّ أَيٍّ؟ قَال: أَنْ تَقَتُلَ وَلَدَكَ خَشْيَةَ
أَنْ يَطْعَمَ مَعَكَ}
* {مَنْ
بَنَى لِلَّهِ مَسْجِدًا بَنَى اللَّهُ لَهُ بَيْتًا فِي الْجَنَّةِ}
* {خَيْرُكُمْ
مَنَ تَعَلَّمَ الْقُرْآنَ وَعَلّمَهُ}
* {صَلُّوا
قَبْلَ الْمَغْرِبِ, صَلُّوا قَبْلَ
الْمَغْرِبِ, ثُمَّ قَال: لِمنْ شَاء}
* {إِنِّي
لاَ آكُلُ مُتَّكِئًا}
* وِإِذَا حَلَلْتُمْ فَاصْطَادُوا
[المائدة:2]
* أُحِلَّ لَكُمْ صَيْدُ الْبَحْرِ
وَطَعَامُهُ مَتَاعًا لَّكُمْ وَلِلسَّيَّارَةِ [المائدة:96]
* فَامْشُوا فِي مَنَاكِبِهَا وَكُلُوا
مِنْ رِزْقِهِ [الملك:15]
12-
މީހެއްގެ ޛިންމާގައި ކަމެއް ވާޖިބުވުމާއި، އެކަމެއް އަދާކުރުން ވާޖިބުވުމާ
ހުރި ތަފާތަކީ ކޮބާ؟
ޖަވާބު: ވާޖިބެއް އަދާކުރުމުގެ ސަބަބު އޮވެއްޖެނަމަ، އެމީހެއްގެ
ޛިންމާގެތެރެއަށް އެ ވާޖިބެއް ވަދެގެން ދާނެއެވެ. ދެން އެއަށްފަހު، އެ ވާޖިބެއް
ވަގުތުން އަދާކުރަށް ޖެހިދާނެއެވެ. ނުވަތަ އެ ވަގުތު އަދާކުރުން
ޞައްޙަނުވެދާނެއެވެ. މިސާލަކަށް، ޙައިޟުވެރިޔާއެވެ. ރަމަޟާން މަސް އައުމުން،
ރޯދަހިފުން އޭނާގެ ޛިންމާގެތެރެއަށް ވަދެގެން ދާނެއެވެ. އެކަމަކު، ޙައިޟުވެފައި
ހުއްޓާ ރޯދަހިފުން ވާޖިބެއް ނުވާނެއެވެ. ފަހުން، އޭނާ ރޯދަ ޤަޟާކުރާނީއެވެ. ހޭނެތިފައިވާ
މީހާއާއި ނިދިފައިއޮތް މީހާގެ މައްޗަށް ނަމާދުވެސް ހަމައެފަދައެވެ.
13-
ވަގުތު ތަނަވަސްވާޖިބު، ވަގުތު ނުތަނަވަސް ވާޖިބު، މިންވަރު ކަޑައެޅިފައިވާ
ވާޖިބު، މިންވަރު ކަޑައެޅިފައިނުވާ ވާޖިބުގ، ވަކިކަމެއް ކުރުން ކަޑައެޅިފައިވާ
ވާޖިބު، ބޭނުންކަމެއް ކުރުމުގެ އިޚްތިޔާރު ލިބިގެންވާ ވާޖިބުގެ މިސާލެއްލިޔޭ!
× ވަގުތު ތަނަވަސް ވާޖިބު: ނަމާދު
× ވަގުތު ނުތަނަވަސް ވާޖިބު: ރޯދަ
× މިންވަރު ކަޑައެޅިފައިވަ ވާޖިބު:
ޒަކާތް
× މިންވަރު ކަޑައެޅިފައިނުވާ
ވާޖިބު:ތިމާގެ މީހުންނަށް ޚަރަދުކުރުން
× ވަކިކަމެއްކުރުންކަޑައެޅިފައިވާ ވާޖިބު:ގިނަ
ވާޖިބުތަކަކީ ވަކިގޮތެއްކަޑައެޅިފައިވާ ވާޖިބެވެ.
× ބޭނުންކަމެއް ކުރުމުގެ އިޚްތިޔާރު
ލިބިގެންވާ ވާޖިބު: ހުވާގެ ކައްފާރާ [المائدة:89]
14-
مَا
لاَ يَتِمُّ الْوَاجِبُ إِلاَّ بِهِ فَهُوَ وَجِبٌ މިއީ އުޞޫލުލް ފިޤްހުގެ އަސްލެކެވެ.
މި ޢިބާރަތުގެ މާނަ މިސާލަކާއެކު ބަޔާންކުރޭ!
ޖަވާބު: އެކަމަކާނުލައި ވާޖިބެއް ފުރިހަމަ ނުވާ ކޮންމެ ކަމެއް ކުރުމަކީވެސް
ވާޖިބެކެވެ. މިސާލަކަށް: މާތްﷲ ޙައްޖުއަދާކުރުން ވާޖިބުކުރެއްވުމުން، ޙައްޖު
އަދާކުރުމަށްޓަކައި ދަތުރުހަދައިގެން މައްކާއަށް ގޮސްގެން މެނުވީ ޙައްޖެއް
އަދައެއް ނުކުރެވޭނެކަން ބުއްދި ޤަބޫލުކުރެއެވެ. އެހެންވީމާ، މައްކާއަށް ދިޔުމަށް
ދަތުރުކުރުމަކީވެސް ވާޖިބެއްކަމުގައިވާނެއެވެ.
15-
އެއްކަމެއް ވާޖިބުވެފައި އެކަން ޙަރާމުވެދާނެތަ؟
ޖަވާބު: އެއްކަމެއް ވާޖިބުވެފައި، އެކަން ޙަރާމު ނުވަތަ ޙަލާލުވެދާނެއެވެ.
މިސާލު: ސަޖިދަޖެހުން: ﷲއަށްޓަކައި އެއީ ވާޖިބެކެވެ. އެހެން ފަރާތަކަށް ނަމަ
އެއީ ހަރާމުކަމެކެވެ. ރަމަޟާން މަހުދުވާލު ކެއުން ޙަރާމުވެފައި ރޭގަޑު ކެއުން
ޙަލާލެވެ. ޙައިޟުނުވެ ޠާހިރު ޙާލަތުގައި ހުރި އަންހެނާއަށް ރަމަޟާންމަހު ދުވާލުގެ
ވަގުތު ކެއުނ ޙަރާމުވެފައި، ޙައިޟުވެފައި ހުރި އަންހެނާއަށް ދުވާލުވަގުތު ކެއުން
ޙަލާލެވެ. މާތްﷲގެ ޙުރުމަތަކަށް އަރައިގަތުމުގެ ނިޔަތުގައި ބަލިވެ އުޅޭ މީހާ ރޯދަ
ދޫކޮށްލުން ޙަރާމުވެފައި، އެފަދަ ނިޔަތެއް ނެތި، ބަލި ޙާލު ހުރިގޮތުން ރޯދަ
ހިފުމަށް އުދަގޫވާތީ ރޯދަ ދޫކޮށްލި ބަލިމީހާއަށް ކއެން ހުއްދައެވެ.
މިއާ ޚިލާފަށް، އެކަކު އެއްކަމެއް ކުރުމުގައި، އެކަން އޭނާ ކުރުމުން ޘަވާބު
ލިބިފައި، ހަމަ އެކަމުގެ ތެރޭގައި އޭނާ
ފާފަވެރިވެދާނެބާ؟ އޭގެ މިސާލަކީ: ފޭރިގަތްފައިވާ ބިމެއްގައި ހުރެ ނަމާދުކުރުމެވެ.
ނަމާދުކުރުމުގެ ޘަވާބު ލިބޭނެއެވެ. އެކަމަކު ބިން ފޭރިގަތުމުން ފާފަވެރިވާނެއެވެ.
މި މިސާލުގައި އެއްކަމެއްގައި ދެގޮތެއް އޮތްނަމަވެސް، އެ ދެ ގޮތް އޮންނަނީ ދެ
ޙައިޘިއްޔަތަކުންނެވެ. މިއާޚިލާފަށް، އެކަކު ހަމައެއްކަމެއްގައި އެއް
ޙައިޘިއްޔަތެއް އޮތްނަމަ، އެކަމެއް ޙަލާލުވެފައި ހަމަ އެކަން ޙަރާމެއް
އެއްވަގުތެއްގައި ނުވާނެއެވެ.
16-
يَا
َأيُّهَا الّذِيْنَ آمَنُوا إِنّمَا الْخَمْرُ وَالْمَيْسِرُ والأَنْصَابُ
والأَزْلاَمُ رِجْسٌ مِنْ عَمَلِ الشَّيْطَانِ فَاجْتَنِبُوه لَعَلَّكُمْ
تُفْلِحُون* إِنَّمَا يُرِيْدُ الشَّيْطَانُ أَنْ يُوقِعَ بَيْنَكُمُ الْعَدَاوةَ
وَالْبَغْضَآءَ فِي الَخَمْرِ والْمَيْسِرِ وَيَصُدَّكُمْ عَنْ ذِكْرِ اللِّهِ
وَعنِ الصَّلاَةِ فَهَلْ أَنْتُمْ مُنْتَهُونَ. [المائدة:90-91]
މި އާޔަތްތަކުގައި ހަތަރު ބާވަތެއްގެ ޝަރްޢީ ހުކުމުތަކެއް ވެއެވެ. އެ
ބާވަތްތަކަކީ ކޮބާ؟
ޖަވާބު: ވަރަށް ބޮޑުވެގެންވާ ފާފައެއްކަމާއި އުރެދުމެއްކަން ބަޔާންކުރުން
ވަޢީދުގެ ބަސްފުޅު
ހިމެނިފައިވުން
ނުބައިވެގެންވާ އެހެން
ނުބައިކަމަކާ އެއްފަދަކުރުން
ވަޢީދުގެ ބަސްފުޅު
ބަޔާންވެގެންވުން
17-
މި އާޔަތުގައި ފަސްފަހަރަށް ޙަރާމުވެގެންވާކަން ބަޔާންވެގެންވެއެވެ. އެއީ
ކޮން ތަންތަނެއްގައިތަ؟
ޖަވާބު: رجس من عمل الشيطان/ فاجتنبوه/ يريد
الشيطان أن يوقع بينكم العداوة والبغضاء/ ويصدكم عن ذكر الله وعن الصلاة/ فهل أنتم
منتهون.
18-
މި އާޔަތުގައި ބަޔާންވެގެން މިވަނީ އުޞޫލީ މައްސަލަތަކެއްތަ؟ނުވަތަ ފަރްޢީ
މައްސަލަތަކެއްތަ؟
ޖަވާބު: މިއި ފަރްޢީ މައްސަލަތަކެކެވެ. އުޞޫލީ މައްސަލަތަކަކީ، މާތްﷲއަށް
އީމާންވުމެވެ.
19-
މި އާޔަތުގައި ރާ ޙަރާމުކުރެއްވުމުގެ
ޙިކުމަތް ބަޔާންކުރައްވާފައިވެއެވެ. އެ ޙިކުމަތަކީ ކޮބާ؟ އަދި ޙިކުމަތާއި
ޢިއްލަތާއި ސަބަބުގެ ތަފާތަކީ ކޮބާ؟
ޖަވާބު: މި އާޔަތުގައިވާ ޙިކުމަތަކީ:
- ޝައިޠާނާގެ ހަޑިމުޑުދާރު ޢަމަލެއްކަމުގައިވުން
- ރުޅިވެރިކަމާއި ޢަދާވަތްތެރިކަން
އުފެއްދުން
- ޛިކުރުކުރުމާއި ނަމާދާ ދުރުކުރުން
ސަބަބު: އެއީ ކަމަކާ ހަމައަށް ވާޞިލުވުމުގެ
ޛަރީޢާއެވެ. މިސާލަކަށް ފެންފޮދެއް ހޯދަށް އުޅޭ މީހާއަށް ފެންލިބުމުގެ ސަބަބަކީ،
ފެން އޮތް ތަނަކަށް ހިގާފައި ދިޔުމެވެ. ފެން އޮތް ތަނަކަށް ދާން އޮންނަ މަގެއް
ނޫނެވެ. އެކަމަކު އެތަނަށް ދިޔުމަށް އެ މަގުވެސް މުހިންމެވެ.
ޒަކާތް ވާޖިބުވުމުގެ ސަބަބު: އަހަރެއް ހަމަވުން
ސަބަބަކީ: ޝަރްޢީ ޙުކުމެއް ވުޖޫދުވުމަށް
ކަޑައެޅިފައި އޮންނަ ޚާއްޞަ ސިފައެކެވެ. އެ ސިފަ ވުޖޫދުވެއްޖެނަމަ، ޙުކުމު
ވުޖޫދުވާނެއެވެ.
ޢިއްލަތަކީ، ޙުކުމަށް ދަލާލަތުކޮށްދޭ ސިފައެކެވެ.
މިސާލަކަށް، ވައްކަން ކުރުމުން އަތްކެޑުމުގެ ޙައްދު ޤާއިމުކުރުމަކީ ޢިއްލަތެކެވެ.
މި މިސާލުގައި އަތްކެޑުމަކީ، ވައްކަންކުރުމުގެ ޢިއްލަތެވެ. އަދި މި ޙައްދު
ކަޑައެޅުމުގެ ޙިކުމަތަކީ، މީސްތަކުންގެ މުދާރައްކާތެރިކުރުމެވެ.
އެހެންވީމާ، ކޮންމެ ޢިއްލަތަކީ، ސަބަބެކެވެ.
އެކަމަކު، ކޮންމެ ސަބަބެއް އެއީ ޢިއްލަތެއްނޫނެވެ. އަދި އެ ޢިއްލަތަކާ ގުޅޭ ޙުކުމާ
މުނާސަބުވުމަކީ ޙިކުމަތެވެ.
مَنْ كَفَرَ
بِاللَّهِ مِنْ بَعْدِ إِيْمَانِهِ إِلاَّ مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ
بِالإِيْمَانِ، ولكِنْ مَنْ شَرَحَ بِالْكُفْرِ صَدْراً فَعَلَيْهِمْ غَضَبٌ مِنَ
اللَّهِ وَلَهُمْ عَذَابٌ عَظِيْمٌ [النحل:106] މާނަ: إيمانކަމަށް، އެމީހާގެ ހިތްހަމަޖެހިގެންވާ حال، مجبورވެގެންވާ
މީހާ މެނުވީ، إيمانވުމަށްފަހު، اللَّهއަށް
كافرވެއްޖެމީހާ،
އަދި އެހެނެއްކަމަކު (އެބަހީ:مجبورވެގެންވިޔަސް) كافرކަމަށް
ހިތްތަނަވަސް ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަށް اللَّهގެ حضرةން
ކޯފާލެއްވުންހުށްޓެވެ. އަދި ބޮޑުވެގެންވާ عذاب، އެއުރެންނަށްހުށްޓެވެ.
20-
މި އާޔަތުގައި ޢަޒީމާއެއް އަދި ރުޚުޞާއެއް ވެއެވެ. އަދި އެ ރުޚުޞާގެ
ސަބަބުވެސް ބަޔާންވެގެންވެއެވެ. އެ ޢަޒީމާއާއި ރުޚްޞާއާއި ރުޚްޞާގެ ސަބަބު
ބަޔާންކުރޭ! އަދި ޙުކުމު ބަދަލުވެގެން ދިޔައީ ކޮންމަކާހުރެތަ؟ އަދި ޙުކުމު
ބަދަލުވެގެން ދިޔައި ކިހިނެއްތަ؟
ޖަވާބު: ޢަޒީމާއަކީ، ކުފުރު ނުވުމެވެ. ރުޚުޞާއަކީ،
މަޖުބޫރުވުމުން ކުފުރުވުމެވެ. ރުޚުޞާގެ ސަބަބަކީ، މަޖުބޫރުވުމެވެ. ޙުކުމު
އެނޫންގޮތަކަށް ބަދަލުވީ، ކުފުރު ވުމުން ޢަޛާބު ޙައްޤުވުމެވެ. އަދި ޙުކުމު ބަދަލުވީ،
ކުފުރުވުމަށް ހިތްހަމަޖެހުމުންނެވެ.
ތިއަޅާގެ މަސައްކަތުގައި ﷲ ބަރަކާތް ލައްވައި ހިދާޔަތުގެ މަގުގައި ފިލާނުދާނޭގޮތުގައި ތާއަބަދުލައްވާ މަރުމަތި އަމާންކުރައްވައި އީމާންކަމުގައި މަރުގަންނަވާށިއެވެ. އާމީން
ReplyDeleteޖަޒާކަﷲ ޚައިރަން
ReplyDeleteޖަޒާކަﷲ ޚައިރަން
ReplyDelete