Saturday, December 13, 2014

#

ސްޕްރީމް ކޯޓް ބެންޗް ކުޑަކުރުން ޤާނޫނު އަސާސީ އާއި ޙިލާފެއްނޫން، އެކަމަކު މޯރަލީ ރަގަޅުކަމެކޭ ނުދެންނެވޭނެ

މިހިނދެ އެންމެ ގަދަޔަށް ދެކެވޭ ވާހަކައަކީ ސްޕްރީމް ކޯޓްގެ އަށިން (ބެންޗް) ހަތަކުން ފަހަކަށް ބަދަލު ކުރާވާހަކައެވެ. ބައެއް މީހުން ގޮވާތީ އިވެނީ ބޮޑުފަނޑިޔާރުގޭ އަށީގައި ހަތްފަޑިޔާރުން ތިބެންވާނެ ކަމަށެވެ. އަނެއްބަޔަކު ގޮވާތީ އިވެނީ އެއަށީގައި މިހާރު ހަތްމީހުން އެތިބެނީ ފިތިބާރުވެގެނޯލަ، ދެބޭކަލުން ދުރުކޮއްލުމުން ދެންތިއްބެވި ފަސްފަނޑިޔާރުބޭކަލުންނަށް ފަސޭހަކަމާއި އެކު އަށިމަތީގައި އިށީންނަވާގެން ތިއްބެވޭނެ ކަމަށެވެ. އަދި މައްސަލަތަށް ނިންމަވަންވެސް ފަސޭހަވާނެކަމަށެވެ. ނިކަމެތި އަހުރެންވެސް ބުރަވާނީ ފަސްބޭކަލުން އަށިގައި ތިބުމަށެވެ. އާދެ އެއީ ތޯއެވެ. އެއީ އިގުގައި މުރާބުގޭގައިވެސް ތިއްބަވަނީ ފަސް މުދިންބޭކަލުންނެވެ. "މުރާބުގޭ މުދިންބޭކަލުން" އަކީ އިހުގައި ހުކުރު މިސްކިތު ކިޔެވެނީންގެ ހޮވައިފައި ތިބޭބައެކެވެ. 


ބޮޑު ފަނޑިޔާރުގޭ އަށިން ދެމީހަކު ބޭލުން ޤާނޫން އަސާސީ އާއި ހިލާފުތަ؟

މިކަމާއި މެދު އެންމެ ފުރަތަމަ އަޑުވީއްލާ ބަހެއްބުނި މީހަކު ހަވަރު އެންމެން ދަންނަ މަސްޙޫރު ޤާނޫނީ ވަކީލު ހުސްނު ސޫދުއެވެ. އޭނާ ހަވީރަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވަނީ "ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން، ފަހަކަށް މަދުކުރުމަށްޓަކައި ދެ ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކުރި ބިލް، ގާނޫނުއަސާސީއާ ހިލާފު ކަމަށާއި މިކަމުގެ ސަބަބުން ތިން ބާރު ވަކިކޮށްފައި އޮތުމުގެ ބޭނުން ކެނޑިގެންދޭ. ޖުޑިޝަރީގެ މިނިވަންކަން ގެއްލޭ. ޖުޑިޝަރީގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ފަނޑިޔާރުގެ މަގާމު އުމުރަށް އޮންނާނެކަން ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އުސޫލާ ވެސް ހިލާފު" ކަމަށެވެ. ދަރިވަރަކު އޭނާގެ އުސްތާޛަކަށް ރައްދު ދިނުމަކީ ހުލްޤީގޮތުން ރަގަޅު ގޮތްކަމުގައި ނުވިޔަސް މިކަމުގައި އަޙުރެން ގަލަން ހިންގާހުށީ އަހުރެންގެ އުސްތާޛުގެ ބަހާއި އިދިކޮޅަށެވެ. އުސްތާޛުގެ ބަސްދީގަތުން ނިމުނުއިރުވެސް ބޮޑުފަޑިޔާރުގޭ ފަޑިޔާރުންގެ އަދަދު މަދުކުރުން ޤާނޫން އަސާސީއާއި ހިލާފުވަނީ ކިހިނެއްކަމެއް ބުނެނުދެވުނެވެ. ޤާނޫނު އަސާސީ އަހުރެން ކިޔާލިއިރު ބަންޑާރަ ބޮޑުމަޖިލިސްއިން ބޮޑުފަޑިޔާރުގޭ އަށީގައި ތިއްބަވާނެ ފަޑިޔާރުންގެ އަދަދު މަދުކުރުމަށް ނިންމި ނިންމުން ހާލިސް ގޮތުގައި ސައްޙައެވެ. ޤާނޫނުއަސާސީގައި ބޮޑުފަނޑިޔާރުގޭގެ ވާހަކަ ނަންގަނެވިގެންވީ މާއްދާގެ ރޫޙަށް ބަލާއިރު އޭގައިވަނީ ގުނުމުގައި ކޭލި ހަމަނުވާ ޢަދަދެއްގެ ވާހަކައެވެ. އެހެންކަމުން އެމާއްދާގައި "މަޖިލިސް" އެކޭ ބުނެވިފައި އޮތުމުން އެކެއް ފިޔަވައި ދޭކުން ގެއްލި ހުސްނުވާ ކޮންމެ އަދަދަކަށް ފަނޑިޔާރުންގެ މަޖިލިސް ބަދަލު ކުރުމަކީ ޤާނޫނު އަސާސީއާއި ހިލާފު ކަމެއްނޫނެވެ. 


ޤާނޫނު އަސާސީ ގައި ސްޕްރީމް ކޯޓް (ބޮޑު ފަނޑިޔާރުގެ)
ދިވެހިރާއްޖޭގެ ޖުމްޙޫރިއްޔާގެ ޤާނޫނު އަސާސީގެ 145 ވަނަ މާއްދާގައިވަނީ
      (ހ). ސްޕްރީމް ކޯޓް އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއި ޤާނޫނުގައި ކަނޑައަޅާ ޢަދަދެއްގެ ފަނޑިޔާރުންގެ މައްޗަށެވެ. ސްޕްރީމް ކޯޓްގެ ޖުމްލަ ޢަދަދު ވާންވާނީ އޮނަހިރި ޢަދަދަކަށެވެ. 
   (ށ). ސްޕްރީމް ކޯޓުން މައްސަލަތަށް ބަލައި ނިންމަންވާނީ އޮނަހިރި ޢަދަދެއްގެ މައްޗަށް އެކުލެވޭ ފަޑިޔާރުންގެ މަޖިލިސްއަކުންނެވެ. 
     (ނ). ޤާނޫނުއަސާސީ އާއި ޤާނޫނު މާނަކުރުމުގައި، އަދި ޝަރީއަތުންބަލާ އެނޫންވެސް މައްސަލަތަކުގައި ސްޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ. 

ބޮޑު ފަނޑިޔާރުގޭ އަށިން ދެފަނޑިޔާރަކު ބޭލުން ޙުލްޤީގޮތުން ގޯސްތަ؟
ބޮޑުފަނޑިޔާރުގޭ އަނބުގަހަށް އެންމެފުރަތަމަ ދަނޑި ބޭނީ ރިއްސެލެ ބައިމީހުންނެވެ. އެވެރީން ބޮޑުފަނޑިޔާރުގޭ އަށިން ދެފަނޑިޔާރު ބޭކަލުން ބޭލުމަށް ބަންޑާރަ ބޮޑުމަޖިލިސްއަށް ހުށަހެޅިއެވެ. އޭގެ ފަހުގައި ހޯހޯގޮވިއެވެ. އަތަށް ގޮވީ ތޯއްޗެކެވެ.

 އަހުރެންގެ ވާހަކަ ދައްކަނީ ހަމަ އަހުރެންގެ ބުއްދިއަށް ފެންނަ ގޮތަށެވެ. ބޮޑު ފަނޑިޔާރުގޭ އަށިން ކުއްލިއަކަށް ދެފަނޑިޔާރަކު ބޭލުމަކީ ޙުލްޤީ (މޯރަލީ) ގޮތުން ބަލާއިރު ރަގަނޅު ކަމެއްނޫނެވެ. އެހެނީ ކުއްލިއަކަށް ކަމާއި ކަންފަށާފައި އެކަން އެމަގުން އެކަން ހިންގުންވެގެންދާނީ ލާހިކު ނޫންކަމަކަށެވެ. ދެފަނޑިޔާރަކު ދުރުކުރުމުން ދައުލަތުގެ ބަޖެޓަށް ލުޔެއް ނުލިބެއެވެ. ވަކިވާ ފަނޑިޔާރުންނަށް މުސާރައާއި އިނާޔަތް އަދި ފާރަވެރީންނާއި އެހެނިހެން ގޮތްގޮތުންވެސް ރައްކާތެރިކަން ދޭންޖެހެއެވެ. ހަތް ފަޑިޔާރުން ތިއްބަވާނަމަ، ތިން ފަނޑިޔާރުންގެ ދެމަޖިސްއޮވެ އެއްވަގުތެއްގައި ޝަރީއަތުގެ ދެމަޖިލިސް ބޭއްވޭނެއެވެ. މިހާރު މިގެނައި ބަދަލާއިއެކު އެއްވަގުތެއްގައި ހިޤާނީ އެންމެ ޝަރީއަތުގެ މަޖިލިސްއެވެ. އެހެންކަމުން ފައިދާހުރި މޮޅު ގޮތަކީ ހަތްފަނޑިޔާރުން ތިބުމެވެ.

No comments:

Post a Comment