عَنْ أَبِيْ هُرَيْرَةَ؛ قَالَ:
اللهُ ރުއްސުންލެއްވި أَبُوْ هُرَيْرَةُ ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅިވިއެވެ.
كَانَ رَسُوْلُ اللهِ z يَوْماً بَاِرزًا لِلَّناسِ
اللهُ ގެ ރަސޫލާ z އެއްދުވަހަކު މީސްތަކުންނާއެކު އިށީނދެވަޑައިގެން އިންނެވިއެވެ.
فَأَتَاُه رَجُلٌ فَقَالَ:
އެހިނދު އެތަނަށް މީހަކު އައެވެ. އެމީހާ ދެންނެވިއެވެ.
يَا رَسُوْلَ اللهِ! مَا اْلإِيْمَانُ؟
އޭ اللهُ ގެ ރަސޫލާއެވެ! إِيـْمَان ކަމަކީ ކޮއިތޯއެވެ؟
قَالَ "أَنْ تُؤْمِنَ بِاللهِ وَمَلاَئِكَتِهِ وَكِتَابِهِ
އެކަލޭގެފާނު حديث ކުރެއްވިއެވެ. އެއީ، ތިމާ اللهُ އަށް إِيـْمَان ވުމާއި، އެއިލާހުގެ مَلاَئِكَة ން ނަށާއި، ފޮތްތަކަށާއި،
وَلِقَائِهِ وَرُسُلِهِ وَتُؤْمِنَ بِاْلبَعْثِ اْلآخِرِ"
އެއިލާހާއި ބައްދަލުވާނެކަމަށާއި، އެއިލާހު ފޮނުއްވި رَسُوْل ންނަށް إِيـْمَان ވުމެވެ. އަދި آخِرة ދުވަހަށް إِيـْمَان ވުމެވެ.
قَالَ يَا رَسُوْلَ اللهِ! مَا اْلإِسْلَامُ؟
އޭނާ ދެންނެވިއެވެ. އޭ اللهُ ގެ ރަސޫލާއެވެ! إِسْلَامُ ކަމަކީ ކޮއިތޯއެވެ؟
قَالَ" اَلْإِسْلَامُ أَنْ تَعْبُدَ اللهَ وَلَا تُشْرِكَ بِهِ شَيْئًا.
އެކަލޭގެފާނު حديث ކުރެއްވިއެވެ. إِسْلَامُ ކަމަކީ ޙައްޤު ގޮތުގައި ތިމާ، اللهُ އަށް އަޅުކަން ކުރުމެވެ. އަދި އެއިލާހާ އެހެން އެއްވެސް އެއްޗަކާއި ޝަރީކު ނުކުރުމެވެ.
وَتُقِيْمَ الصَّلَاةَ الْمَكْتُوْبَةَ. وَتُؤَدِّيَ الزَّكَاةَ الْمَفْرُوْضَةَ. وَتَصُوْمَ رَمَضَانَ".
އަދި ފަރުޟު ނަމާދު ޤާއިމުކުރުމާއި، ފަރުޟު ޒަކާތް ދިނުމާއި، ރަމަޟާންމަހު ރޯފަހިފުމެވެ.
قَالَ: يَا رَسُوْلَ اللهِ! مَا الْإِحْسَانُ؟
އޭނާ ދެންނެވިއެވެ. އޭ اللهُ ގެ ރަސޫލާއެވެ! إِحْسَان ތެރިކަމަކީ ކޮއިތޯއެވެ؟
قَالَ "أَنْ تَعْبُدَ اللهَ كَأَنَّكَ تَرَاهُ. فَإِنَّكَ إِنْ لَا تَرَاهُ فَإِنَّهُ يَرَاكَ".
އެކަލޭގެފާނު حديث ކުރެއްވިއެވެ. إِحْسَان ކަމަކީ ކަލޭ اللهُ ދެކެދެކެހުރެ އަޅުކަންކުރާފަދައިން އަޅުކަން ކުރުމެވެ. މިހެނީ ތިމާއަށް އެއިލާހު ފެންނަކަމުގައި ނުވިޔަސް، އެއިލާހު، ތިމާ ދެކެވޮޑިގެންވާކަން ދަންނަން ޖެހެއެވެ.
قَالَ: يَا رَسُوْلَ اللهِ ! مَتَى السَّاعَةُ؟
އޭނާ ދެންނެވިއެވެ. އޭ اللهُ ގެ ރަސޫލާއެވެ! قِيَامَة ވާނީ ކޮންއިރަކުން ހެއްޔެވެ؟
قَالَ: "مَا الْمَسْؤُوْلُ عَنْهَا بِأَعْلَمَ مِنْ السَّائِلِ.
އެކަލޭގެފާނު حديث ކުރެއްވިއެވެ. ތިއާއިމެދު، ސުވާލުކުރި މީހާއަށް ވުރެން ބޮޑަކަށް ސުވާލުވެވުނު މީހާއަށް އެނގޭނެހެނެއް ހިއެއް ނުވެއެވެ.
وَلَكِنْ سَأُحَدِّثُكَ عَنْ أَشْرَا طِهَا
އެހެނެއްކަމަކު އޭގެ ޝަރުޠުތައް (ޢަލާމާތްތައް) ތިމަން ބުނެދީފާނަމެވެ.
إِذَا وَلَدَتْ الْأَمَةُ رَبَّهَا فَذَاكَ مِنْ أَشْرَاطِهَا.
قِيَامَة ވާނީ އަންހެންވެރިން، ދަރިންގެ ގޮތުގައި ތިމާގެ ސާޙިބުން ވިހަންފެށީމައެވެ. މިއީ، އެކަމުގެ ޝަރުޠެކެވެ.
وَإِذَا كَانَتْ الْعُرَاةُ الْحُفَاُة رُؤُوْسَ النَّاسِ فَذَاكَ مِنْ أَشْرَاطِهَا.
އަދި ޤައުމުގެ ނިކަމެތި ފަޤީރުން މީސްތަކުންގެ މައްޗަށް ވެރިންކަމުގައި އިސްކުރެވޭ ހިނދެވެ. މިއީ، އެކަމުގެ ޝަރުޠެކެވެ.
وَإِذَا تَطَاوَلَ رِعَاءُ الْبَهْمِ فِيْ الْبُنْيَانِ فَذَاكَ مِنْ أَشْرَاطِهَا.
އަދި ހުއިހައްޕާމީހުން (ފަދަ އާދައިގެ ކުފޫ ހަމަނުވާމީހުން) އުސް އިމާރާތްތައް ހަދަން ފަށާނެއެވެ. (އެކަމުގައި ތިމާމެންގެ ބޮޑުކަމާއި ޢިއްޒަތް ދައްކައި އުޅޭނެއެވެ.) މިއީ، އެކަމުގެ ޝަރުޠެކެވެ.
فِيْ خَمْسٍ لَا يَعْلَمُهُنَّ إِلَّا اللهُ"
(ދަންނާށެވެ!) ފަސް ކަންތަކެއް ވެއެވެ. އެކަންތަކާމެދު اللهُ ނޫން ފަރާތަކަށް އޭގެ ޙަޤީޤަތް އެނގިގެން ނުވެއެވެ.
ثُمَّ تَلَا صَلَّى اللهُ عَلَيْهِ وَسَلَّمَ:
ދެންއެއަށްފަހު، އެކަލޭގެފާނު އަންނަނިވި އާޔަތް ކިޔަވާ ވިދާޅުވިއެވެ.
{إِنَّ اللهَ عِنْدَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِيْ الْأَرْحَامِ وَمَا تَدْرِيْ نَفْسٌ مَاذَا تَكْسِبُ غَدًا وَمَا تَدْرِيْ نَفْسٌ بِأَيِّ أَرْضٍ تَمُوْتُ إِنَّ اللهَ عَلِيْمٌ خَبِيْرٌ}. [31- سورة لقمان، آية 34]
''ހަމަކަށަވަރުން، قيامة ވުމުގެ ވަގުތު ދެނެވޮޑިގަތުން ވަނީ، اللَّه ގެ حضرة ގައެވެ. އަދި އެކަލާނގެ ވާރޭ ވެއްސަވަތެވެ. އަދި رحِم ތަކުގައިވާ ތަކެތި އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެއްވެސް نفس އަކަށް، އެ نفس އެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަމެއް ނޭނގޭނެތެވެ. އަދި އެއްވެސް نفس އަކަށް އެ نفس އެއް މަރުވާނީ ކޮންބިމެއްގައި ކަމެއް ނޭނގޭނެތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ.''
قَالَ ثُمَّ أَدْبَرَ الرَّجُلُ.
ދެން أَبُوْ هُرَيْرَةُ ވިދާޅުވިއެވެ. (ކީރިތި ރަސޫލާ މި އާޔަތްކިޔަވައި ވިދާޅުވުމާއެކު) މި މީހަކު ނިކުމެގެން ގޮސްފިއެވެ.
فَقَالَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ "رُدُّوْا عَلَىَّ الرَّجُلَ"
އެހިނދު رَسُوْلُ اللهِ z حديث ކުރެއްވިއެވެ. ތިމަންކަލޭގެފާނުގެ އަރިހަށް އެމީހާ ނިކަން ގެނެސްބަލާށެވެ!
فَأَخَذُوْا لِيَرُدُّوْهُ فَلَمْ يَرَوْا شَيْئًا.
އަވަހަށް އަޞްޙާބު ބޭކަލުން އޭނާ ހޯއްދެވުމަށް ނިކުމެވަޑައިގަތެވެ. އެކަމަކު ޖެހުނުތާ ލަކުނުވެސް ނެތެވެ. (އެބޭކަލުންނަކަށް އެމީހާ ފެނިވަޑައެއް ނުގަތެވެ.)
فَقَالَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ "هَذَا جِبْرِيْلُ.
(މިޚަބަރު ލިބިވަޑައިގަތުމުން) رَسُوْلُ اللهِ z حديث ކުރެއްވިއެވެ. އެއީ ޖިބްރީލް އެވެ.
جَاءَ لِيُعَلِّمَ النَّاسَ دِيْنَهُمْ"
(އެކަލޭގެފާނު) ވަޑައިގަތީ މީސްތަކުންނަށް އެއުރެންގެ ދީން އުނގަންނައިދެއްވުމަށެވެ.
No comments:
Post a Comment