ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި ޙަދީޘް ލިޔެ ޖަމާކުރުމުގެ މަސައްކަތް ކުރެވިފައެއް ނުވެއެވެ. ސަބަބަކީ ކީރިތި ޤުރުއާނާއި ޙަދީޘް މަސްހުނިވެ އޮޅުން އަރާފާނެތީ، އެކަން ރަސޫލާ މަނާކުރައްވާފައިވުމެވެ. އެހެން ނަމަވެސް ރަސޫލާގެ ޙަޔާތްޕުޅުގައިވެސް އެކަލޭގެފާނުގެ އަރިހުން ހުއްދަ ހޯއްދަވައިގެން އަޞްޙާބުންގެ މަދުބަޔަކު ޙަދީޘް ލިޔެ އުޅުއްވިއެވެ. "ޚާމިސުލް ޚުލަފާއުއްރާޝިދީން" މިފޮތުގައި ބަޔާން ކޮށްފައިވާ ގޮތުގައި ހަދީޘް ލިޔެ ޖަމާކުރުމަށް އެންމެ ފުރަތަމަ އަމުރު ކުރެއްވީ ހިޖުރައިން ނުވަދިހަ ނުވަވަނަ އަހަރު ޚަލީފާ ޢުމަރު ބުނު ޢަބުދުލް ޢަޒީޒެވެ. އިސްލާމީ ރަން ޒަމާނުގައި ޙަދީޘް ލިޔުއްވި ބޭކަލުން އެކަން ކުރައްވާފައިވަނީ ވަރަށް ފަރުވާތެރިކަމާއި އެކުގައެވެ. ޙަދީޘް ރިވާކުރެއްވި ބޭކަލެއްގެ ޢަދުލު ވެރިކަމާއި ދީންވެރިކަމާއި ތެދުވެރިކަމާއި ރައްކާކުރެއްވުމަށް ބެއްލެވިއެވެ. ޙަދީޘް އެއްކުރެއްވުމުގައި ހަމަ އެންމެ ރާވީގެ ރިވާޔަތުގެ މައްޗަށް ފުއްދާލައްވާ ހުއްޓާލެއްވެވުމުގެ ބަދަލުގައި ހުރިހާ ރިވާޔަތްތަކެއްވެސް ދިރާސާ ކުރެއްވިއެވެ. އޭގެ ފަހުގައި ވަރަށް ފަރުވާތެރިކާމާއި އެކު އެރިވާޔަތްތަށް ބައްލަވާ ތަޙްޤީޤު ކުރައްވައެވެ. މިކަމަށްޓަކައި ވަރަށް ދިގު އެހާމެ ބުރަ އުދަގޫ ދަތުރުތައްވެސް ކުރައްވާފައި ވެއެވެ. މިގޮތުން ރާވީންގެ ކިބައިގައި ހުންނަށް ޖެހޭ ސިފަތަކާއި ހުންނަން ނުޖެހޭނެ ސިފަތައް ވަކިކޮށްދެއްވާފައިވެއެވެ. މީގެތެރޭގައި ޢަދުލުވެރި ރާވީއަކަށްނުވާ ފަސްކަމެއް ހަދީޘް އިލްމުވެރީން ފާހަގަކުރައްވާފައިވެއެވެ. އެއީ
1. الكذب (ދޮގުހަދާކަން ކަނޑައެޅިގެން އެނގިފައިވުން.)
2. التهمة بالكذب (ދޮގުހަދާކަމަށް ތުހުމަތުކުރެވުން.)
3. الفسق (ރާވީގެ ފާސިޤުކަން.)
4. البدعة (ރާވީގެކިބައިގައިވާ ބިދުޢަވެރިކަން.)
5. الجهالة (ރާވީއަކީ ކާކުކަންނޭގުން.)
މިފަސް ސިފަތަކުގެ ތެރެއިން އެސައިންމެންޓް ލިޔުމަށް އަޅުގަނޑަށް ލިބިފައިވާ މައުޟޫޢު އަކީ "الفسق" އެވެ. އެބަހީ ރާވީންގެ ފާސިޤުކަމުގެ ވާހަކައެވެ.
އެސައިންމެންޓް ޑައުންލޯޑު ކުރައްވާ
No comments:
Post a Comment